ހއ. ދިއްދޫ އާއި ބ. އޭދަފުއްޓާއި ދ.ކުޑަހުވަދޫގައި އެޅުމަށް ހަމަޖެހިފައިވާ ތިން ހޮސްޕިޓަލްގެ ކުރެހުން މިއަދު ދައްކާލައިފިއެވެ.
ސިއްހީ ޚިދުމަތް ދިނުމުގައި ދިމާވާ ގިނަ ގޮންޖެހުންތައް ހައްލުކުރުމާއި އެފަދަ މައްސަލަތައް ދެނެގަނެ އެކަންކަމަށް ދާއިމީ ހައްލު ހޯދައިދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރުމަކީ ހެލްތު މިނިސްޓްރީގެ އަބަދުވެސް އަމާޒެވެ. އެގޮތުން އަތޮޅުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު ހިދުމަތް ދިނުމަށް ބޭނުން ކުރަމުން ގެންދާ އިމާރާތްތަކުގެ ޖާގައިގެ ދަތިކަމެވެ. އަދި ބައެއް އިމާރާތްތަކަކީ ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް އެންމެ އެކަށިގެންވާ އިމާރާތްތަކެއް ނޫން ކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
މީގެ ސަބަބުން، ޚިދުމަތް ދޭ ފަރާތްތަކާއި އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.އަތޮޅުތަކުންދޭ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން މުޅިން އަލަށް ތައާރަފު ކުރުމަށް ބޭނުންވާ ޑައިލިސިސް، ފިޒިއޮތެރަޕީ ފަދަ މުހިންމު ޚިދުމަތްތައް ޖާގަ ނެތިގެން އޮތީ ނުފެށިއެވެ.
ހއ. ދިއްދޫ ހޮސް
ހއ. ދިއްދޫ ހޮސްޕިޓަލްގެ ކުރެހުމެއް
ގިނަ ހޮސްޕިޓަލްތަކަށް ބޭނުންވާ މިންވަރަށް ޑޮކްޓަރުން ލިބުމާއި ޚިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ކޮންސަލްޓޭޝަން ރޫމްތައް ނެތުމުގެ ސަބަބުން އޯޕީޑީގެ ޚިދުމަތްތަކަށް ވެސް ނުހަނު ބޮޑު ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އެހެންކަމުން މި މައްސަލަތަކަށް ދާއިމީ ހައްލު ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެ ފަދަ ފަހުގެ އާ ހޮސްޕިޓަލްތަކެއް ޑިޒައިންކޮށް އެފަދަ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމައިފައެވެ.
ކުޑަހުވަދޫ ހޮސްޕިޓަލްގެ ކުރެހުން.
ހެލްތު މިނިސްޓްރީން ބުނީ މުޅިން އަލަށް ގާއިމް ކުރުމަށްއި ނިންމާފައިވާ ހޮސްޕިޓަލުތަކުގެ ގޮތުގައި ހއ. އަތޮޅު ހޮސްޕިޓަލް ، ބ. އަތޮޅު ހޮސްޕިޓަލް އަދި ދ. ކުޑަހުވަދޫ ހޮސްޕިޓަލް ހިމެނޭ ަމަށެވެ. އާ ހޮސްޕިޓަލް އެއް ގާއިމު ކުރެވިއްޖެ ނަމަ ތިން އަތޮޅުގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ލިބުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ތިން ހޮސްޕިޓަލް ވެސް ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތުގައެވެ. މި ހޮސްޕިޓަލްތައް ގާއިމްކޮށް ނިމޭއިރު، ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، ހަ ޕްރައިވެޓްރޫމްގެ އިތުރުން ތިން އެނދުގެ އެންއައިސީޔޫ، ތިން އެނދުގެ އައިސީޔޫ، ދެ އޮޕަރޭޝަން ތިއޭޓަރު އަދި 12 އެނދުގެ އަށް ވޯޑު ހިމެނޭނެއެވެ.
ބ. އޭދަފުށި ހޮސްޕިޓަލްގެ ކުރެހުން.
ބ. އޭދަފުށި ހޮސްޕިޓަލްގެ ކުރެހުން.
ޑައިގްނޯސްޓިކް ޚިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށްޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް ވެސް މި ހޮސްޕިޓަލްގައި ގާއިމު ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އަދި ޚިދުމަތް ހޯދަން އަންނަ މީހުންނަށް ހޮސްޕިޓަލްގައި ހޭދަވާ ވަގުތުތަކުގައި ހޮސްޕިޓަލަކީ ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ވާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހުވަދޫ ޑޮކް

    ތިއަށް ކިޔާނީ ލޯކަލް ކައުންސިލް އިންތިޚާބީ ޖަމަލް ފޮނޑި!!!

    83
    • ތަކުރުފާނު

      ފޮނޑި؟ ފޮޑިއެއްނޫން؟؟?

      30
      4
  2. ރައްޔިތުން

    ވޯޓް ކާރިވީމާ އެބަ ހުއްޓެއްނު ފޯރިއެއް، ކުރެހިޔަސް އަދި ތިކަން ވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް... ގައުމުގެ ބަޢިތުލްމާލް ހުސްކުރަން ހިފާފަ ތިބި ބަޔަކަށް ކޮން މަޝްރޫ އެއް ހިންގޭނީ..

    73
    1
  3. ސޮމެޮނެ

    ހުރިހާ ވޯޓެއް ތިލަފަތަށް!!! ހޯޕް ހޯޕް! ދެން އަތްޖަހާ!

    5
    75
  4. ަައަލީ

    ދެން ދައްކާނެ ކިތަންމެ ތަނެއް. ހެހެހެ

    65
    3
  5. އަންނި

    މިދެން ވޯޓް ކާރިވީމަ ޒަމާނީ ކަޑައެއް ޖަހާލި..

    71
    2
  6. އަނދިރި އަނިދިރިން

    ދެންވީ ވޯޓުދޭންތަ..ކޮންތާކުތަ އުވަގަށާ އުވަދޯނިވީ.. އެކަ އްޗެ ނުދެ އްކިޔަސް ޢާފިލުވެފަތިބި ޖީބަ އްޓަކާ އުޅޭމީހުން ވޯޓުދޭނެ..ބަ އެއ އްމީހުންނަކީ ލާރި އަށް ދަރިން ވި އްކާބަ އެ އް.. އެފަދަމީހުންވެސް މަދުންނަމަވެސް އުޅޭ މިގަ އުމުގަވެސް އެހެންވެ ވޯޓުވި އްކާމީހުން ތިކުރެހުމަކަށް ނުބަލާނެ ލާރިދިނީމަ ވޯޓުދޭނެ..ކުރެހުން ބާ އްވާ ލާރިދިކޮ އްލާ.މެނިފެސްޓޯބަލާފަ ގާބިލްކަމަށްބަލާފަ ވޯޓުދޭބަޔަކުނެތް.ކިތަ އްމެ ލާދީނީވިޔަސް ގަ އުމުވި އްކިޔަސް މިބުނި ބަ އިގެ މީހުން ވޯޓުދޭނެ..

    45
    2
  7. ކާފު

    ވޯޓް ނިމެންދެން ތީކަހަލަ ހުވަފެން ދައްކާނެ ،،

    54
    3
  8. ލުޓޭރުންގެ ސަރުކާރު

    ތިތަނުން އެ އް ހޮސްޕިޓަލު އަޅަން ހަވާލުކުރާނީ ހާޑީހަމް އާ އަނެ ހޮސްޕިޓަލު މޯދީ އަށް އަނެ ހޮސްޕިޓަލު އާމާލުކުލޫނީ އަށް.ހޮސްޕިޓަލު އަޅާތަން ބަލަން ކޮމިޝަނެ.ކޮމިޝަނު ބަލަހަ އްޓަން ކޮންސަލްޓެންސެ.

    50
    2
  9. ގައްމު

    ތިހޮސްޕިޓާ އެޅިތަން ފެއްނާނީ ފެނުން މަހޮރޫމު ވެފާތިބި މީހުނައް އެކަނި

    44
    4
  10. ކެނެރީ ބުއްޅަ

    ކިހިނެއްތޯ ތިޔަ ހޮސްޕިޓާތައް އަޅާނީ، ކޮބާތޯ ތީގެ އިންޖިނޭރަކީ.. އަދި ހޮސްޕިޓާތައް އެޅިޔަސްވެސް ކޮންތާކުންތޯ އެވަރަށް ޑޮކްޓަރުން ތިތަންތަނަށް ގެންނަނީ؟؟

    23
  11. މީހާ

    ނ.މާފަރު ގަ ނެތް ހަސްފަތާލު ގަނޑެއް ވެސް
    ސަރުކާރުން ވައި ޖަހަނީ އަބަދު

    19
  12. ސިކަންދަރު

    ތިޔައީ ކައުންސިލް އިންތިހާބް ކާމިޔާބް ކުރުމައް ޖަހާ ސްޓަންޓް ދިއްދުގަ ގިނައީ ފަޅުގޯތިތައް ފަޅުރަށެއްގަ ހޮސްޕިޓަލް އަޅައިގެން ވާނެ ފައިދާއެއް އޮވޭތޯ ހޮސްޕިތަލްތަނެތީ ޙިދުމައް ނުދެވިގެން މއުޅެނީ މިމާލޭގެ ހޮސްޕިޓަލަކުންވެސް ޓެސްޓެއް ހަދަން ކިޔޫގަ 3 މަހާ 6 މަހާ ދޭތެރޭގަ އިންތިޒާރް ކުރަންޖެހޭ ދެން ކޮން ހޮސްޕިޓަލެއް އެޅޭނީ މުޅިސަރުކާރު ހިންގަނީ ރައްޔަތުން އަތުން ޖިޒީނަގައިގެން

    22
    1
  13. އިބްރާ

    އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ އަލަގަސް ދިގުވެ ވިލާތަކާއިޖެހުނަސް. ރައްވެހި ފަތިސް ޖަޒީރާއަށްވެ ގޮނޑުދޮށަށް ދެކަމު ހާޖަތަށް ދާން ތައްޔާރުވަންޏާމުން އެމް ޑ ޕީއަށް ތާއީދުކުރޭ.

    20
  14. އއ

    ކުޑަހުވަދޫއަށް ބޭނުންވަނީ އާ ހޮސްޕިޓަލެއްނޫން. ބޭނުންވަނީ އިޤްތިސާދީ ހަބަކަށް ހަދަން ވެފައިވާ ވައުދުގެ ކަންކަން ކުރަން. އަދި މިވެރިކަމުގައި ކުޑަހުވަދޫގައި އަލަށްފެށި އެއްވެސް ޕްރޮޖެކްޓެއް ނެތެވެ. ރައީސް އެންމެ ފަހުންވެސް ވީ ވައުދަށް ބަލާއިރު ދުވާލަކަށް 1.8ވައުދު ޕްރޮޖެކްޓް ނިންމަންޖެހޭ.. 500 ޕްރޮޖެކްޓް މިއަހަރު އެކަނި.

    19
    1
  15. ސާކިރު

    މައުމޫނު ދުވަސްވަރު ތަނއތަނުގަ ކަޑަޖަހާ ބިންގާ އެޅީ އެރުރައްއިތުންނައް ދައްކާނެ މާގިނަ ފޮޓޯ އެއް ނުހުރެ މާބޮޑު ތަފާތެއްނެތޭ ދަންނަވާނީ....ތަފާތަކީ މިހާރުގެ ހިތްގައިމު ފޮޓޯ ވ.ސަޅި....

    22
  16. އަހްމަދު

    ތިޔައީ އިސްލާމްދީންވިއްކާލައި އެހެންދީންތަކަށްފުރުސަތު ފަހިކޮށްދޭނަމަ ބަޔަކުކޮށްދޭންބުނި މަސައްކަތެއްތަ؟

  17. ބްރޯ

    ކުރެހުން ދައްކަނީ ކީއްކުރަން .ނިދާފަ އޮންނަ އިރު ހުވަފެނުންވެސް ފެނޭ. އ ހަގީގަތަކަށް ވާނެތަ؟ބަލަގ 2008 ގަ ވެރިކަމަށް އައިސް ދެއްކި ތަރައްގީގެ އުސް އަލިތަކުގެ ވިޑިއޯ ޗެކްކޮށް ބެލިއިރު އެ ވީޑިއޯއަށް ލާފަހުރީ ޑުބާއީ އާ ސިންގަޕޯރް ފަދަ ގައުމު ތަކުގާ ހެދިފައި ހުރި އިމަރާތްތަކާ މަގުތައް . ވީމާ ތިޔަ ކުރެހުންތަކަކި ހަގިގީ ތަކެތިކަން ނުވަތަ ވާސިލްވެވެނެ ލަނޑުދަނޑިއެއްކަން އެގޭނީ ކިހިނެތް . ކުރެވިދާނެ ކަމެއްނަމަ ކުރެހުންތަކެއް އާއްމު ނުކުރީސް.ފުރަތަމަވެސް ދައްކާނީ އަމަލީ މަސައްކަތް.

  18. ދިވެހިސޮރު

    އަޅުގަނޑު ނުބުނަން ހޮސްޕިޓަލް އެޅޭނެއެކޭ ހައްހައްހާ

    3
    1
  19. ނުވާނެ

    ހެލްތު މިނިސްޓްރީން ބުނީ މުޅިން އަލަށް ގާއިމް ކުރުމަށްއި ނިންމާފައިވާ ހޮސްޕިޓަލުތަކުގެ ގޮތުގައި ހއ. އަތޮޅު ހޮސްޕިޓަލް ، ބ. އަތޮޅު ހޮސްޕިޓަލް އަދި ދ. ކުޑަހުވަދޫ ހޮސްޕިޓަލް ހިމެނޭ ަމަށެވެ. އާ ހޮސްޕިޓަލް އެއް ގާއިމު ކުރެވިއްޖެ ނަމަ ތިން އަތޮޅުގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ލިބުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. ރަނގަޅުވާހަކައެއް ޤާއިމްކުރެވިއްޖެނަމަ(އުއްމީދެއްނެތް)ލޯކަލް ކައުންސިލް އިންތިޚާބުގެދަޅަ ހުރިހާރައްޔިތުން ވިސްނަވާ މިއޮތީނަމަ އައިއްސަ މާނަޔަކީ ނުވާނޭ

    2
    1
  20. ކެޔޮޅު

    މިސަރުކާރައް އަބަދުވެސް ދެއްކެނީ ކުރެހުންތަކާ ފޮޓޯތަކާ ނަނާހުވަފެންތައް ހަޤީގީމަންޒަރެއް ނުދެއްކޭނެ ކީއްތަތިކުރަނީ ކަމެއްނުވާތާންގަ އަނގަނުތަޅާނަމަވެސް ރަނގަޅު ލަދުވެސްނުގަންނަކަން ހިތައްއަރާ!

  21. ކަބީލް

    ވެރިކަންހޯދަން ކެންޕޭނުކުރިދުވަސްވަރުވެސް ރަށްރަށަށްގޮސްގެން ޓާސަރީހޮސްޕިޓަލް އަޅައިދޭންވައުދުވި އެކަންތައްވެސް ޖަމަލް ފޮޑިއަށްވެގެންދިޔައީ އަނެއްކާ ދެވަނަފަހަރަށް ޖަމަލު ފޮޑީގެ ހޮސްޕިޓަލް ތިއަޅާއިދެނީ

  22. ޢިއްސޭ

    ޑދިއްދޫގައި ސަތަރި އަޅައިގެން ދިސްއެންޓަނާ ވާރެއާ ހޮޔާވާގޮތް ހަދާބަލަ ހޮސްޕިޓަލޭ ބޮޑު ހަންގަނޑޭކިޔާބަލަ ބަޖެޓް ދިރުވާލައިގެން

    2
    1
  23. vebcam

    ކަލޯގަޔާ.... ކޮންތާކުން ވަގަށް ނަގައިގެން އުޅޭ ކުރެހުންތަކެއް މީ

  24. Anonymous

    ކީއްކުރަން އެހައި ގިނަ ކޮންސަލްޓޭސަން ރޫމެއް. އެވަރަކަށް ދޮކްތަރުނެއް ނުލިބޭނެ. ހުސްކޮށް ބަހައްޓާން ދޯ. އެންމެ ސަޅީ ކުޑަހުވަދޫ ހޮސްޕިޓަލް ކުރެހުން.

  25. ވާނެ

    ޕީޕީ މީހުން ހަޖަމް ނުވަނީ