މިހާތަނަށް ރާއްޖޭގެ 14 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ 50 މީހުންނަށް ވުރެ އާބާދީ މަދު ނޫން ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެގޮތުން މިހާތަނަށް 14 ރިސޯޓެއް ރަޖިސްޓްރީ ކުރިއިރު، އެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

މިދިޔަ އިންތިހާބުގައި ވޯޓު ލި މީހުންގެ އަދަދަށް ބަލާއިރު މި އިންތިހާބުގައި ގާތްގަނޑަކަށް 53 ރިސޯޓުގައި އެ އަދަދަށް މީހުން ހަމަވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިޚާބުގައި ކޮންމެ ރަށަކަށް ކައުންސިލަރުން އިންތިޚާބު ކުރާއިރު ރިސޯޓްތަކުގައި ރަށެއްގެ މަދު ބަޔަކު ތިބި ނަމަވެސް ވޯޓްގެ ސައްހަ ކަން ގެއްލުމުގެ ފުރުސަތު އޮވެއެވެ. އެހެންވެ މީގެ ކުރިން ވެސް ކައުންސިލް އިންތިޚާބުތަކުގައި ރިސޯޓްތަކުން ވޯޓް ލުމަށް ރަޖިސްޓްރީވާ މީހުންގެ އަދަދު އެހެން އިންތިޚާބުތަކާއި ބަލާއިރު މަދެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނެސް ކައުންސިލަރުންގެ އަދަދު އިތުރު ކުރުމުން މިއަހަރު 900 އަށް ވުރެ ގިނަ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެއެވެ. ކައުންސިލަރުންގެ ދައުރު ވެސް މިހާރު ވަނީ ފަސް އަހަރަށް އިތުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ލޯކަން ކައުންސިލް އިންތިހާބަކީ ރިސޯޓް ތަކުގެ ކުދިންނަށް މާ މުހިންމު އިންތިހާބެއް ނުން! ރައީސްކަމާ މަޖްލީހުގެ މެޖޯރިޓީލިބިގެން ނުވިކަމެއް ކުރެވޭނެ އެހެންބަޔަކު ނެތް! ނަމަވެސް ސަރުކާރުން އެމްޑީޕީ ކެންޑިޑޭޓުން ނުހޮވިއްޖެއިޔާ ބުނާނީ ކައުންސިލަރުން ޖެއްސުން ކުރަނީޔޯ އެއްޗެކޭ މިއެއްޗެކޭ!