ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މާރޗް މަހު ބާއްވަން ތާވަލު ކުރި އުމްރާ ދަތުރުތައް ކެންސަލް ކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައިި ވަނީ މެދު އިރުމަތީގައި ހަކުވި ކަމާއިއެކު ކޮވިޑް-19 ވައިރަސް ފެތުރެމުންދާތީ، މިކަމުގެ ސަބަބުން ފެތުރިދާނެ ބޮޑު ސިއްހީ ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި ސަޢޫދީ އަރަބިއްޔާ ސަރުކާރުންވާނީ ވަގުތީގޮތުން އެ ގައުމަށް ދަތުރުކުރުން މަނާކޮށްފައި ކަމަށެވެ/

ސަޢޫދީ ފޮރިން މިނިސްޓްރީން މިކަން ކަށަވަރުކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ސިއްހީ އިދާރާތަކާއި، ދުނިޔޭގެ ސިއްހީ ޖަމާއަތުގެ މަޝްވަރާގެ މަތީން ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެޅިފައިވަނީ ފިޔަވަޅެއް ކަމަށެވެ.

ނަމަވެސް މި ބަޔާނުގައި އުމްރާއަށް މީހުން ދިޔުމަށް މަނާކޮށްފައިވާ ވަކި މުއްދަތެއް ހާމަކޮށްފައި ނުވެއެވެ.

އަދި މިކަމާއި ގުޅިގެން 28 ފެބްރްއަރީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީނު ބައްދަލުވުންތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮސްބެ

    މާތްވެގެންވާ މައްކާއިން ތިޔަ ވައިރަސް ފިލާތޯ އެންމެން ދުއާކޮށް އެފަރާތަށް ދަންވީނު؟

  2. ?

    ސުބުހާނައްﷲ.....!!!މި ދުނިޔެ މަތީގަ ވާ އެންމެ މާތް ބިން އެއީ...އެބިމައް ގޮސް މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްކޮށް ދެއްވުން އެދި މާތްﷲ އަށް ދުއާ ކޮށް އެކަލާންގެ ހަސުރަތުން ރައްކާތެރިކަމަށް އެދުމަށް ވުރެ މުހިންމީ އެބިމަށް ވެސް ނުދިއުން ދޯ..... ކޮބާތަ މި ރާއްޖޭގަ ތިބި ދީނީ އިލްމުވެރިން...މިކަމާ ބެހޭގޮތުން ދަރުހެއް ދޭކަށް ނުވޭތަ...މިފަދަ ހާލަތެއްގަ މުސްލިމުން ކަންތައް ކުރަންޖެހޭ ގޮތް ކިޔާދޭކަށް ނުވޭތަ....؟؟؟ ޔާﷲ... އޅަމެންނަށް ހެޔޮގޮތް މެދުވެރިކުރައްވާ މި ދިވެހިރާއްޖެ މި ނުރައްކާތެރިކަމުން ސަލާމަތް ކުރައްވާންދޭވެ!!! އާމީން!!

    1
    1