ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޙިދުމަތް ރަސްމީކޮށް ތަޢާރަފް ކޮށްފިއެވެ.

އެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީންއެވެ.

ނ.މަނަދޫއަކީ ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ އަތޮޅުގައި 15000 މީހުންގެ އާބާދީއެއް އޮވެއެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ތަޢާރަފް ކުރުމުގެ ސަބަބުން ނ. މަނަދޫގެ ރައްޔިތުންނާއި އެ މިސަރަހައްދުގެ އެހެން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެއެވެ. މީގެއިތުރުން މަނަދޫގައި ދަތުގެ ފަރުވާގެ ޚިދުމަތް ތަޢާރަފުވެގެން ދިއުމަކީ ނ. އަތޮޅުގައި ހުރި ރިސޯޓްތަކަށްވެސް ލިބޭނެ ލުއިފަސޭހަކަމެއްކަން ފާހަގަކޮށްލެވެއެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށިގެން ދިއުމަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ޚިދުމަތެއްކަން ފާހަގަ ކުރައްވާ ކަމަށް މިނިސްޓަރ އަމީން ރޭ ވިދާޅުވިއެވެ.

ދަތާއި އަނގައިގެ ބަލިތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކެއް ކަމަށް ވާއިރު، މިޚިދުމަތް ހޯދުމަށް ނ. މަނަދޫގެ އިތުރުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން މާލެއަށް ކުރާ ދަތުރުތައް ނިމުމަކަށް އަންނާނެ ކަން ހެލްތް މިނިސްޓްރީއިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަބަރު ކިޔާމީހުންނަށް

    ތ އަތޮޅު ހޮސްޕިޓްގައިވެސް ފެށި ކަމަށް އޮތް މީގެ އެތަ ށް މަހެއް ކުރިން ފަރުވާ ހޯދަން ދިޔައީމަ އެއީ ދޭހިދުމަތަ ކަށް ނުވި!!!

  2. ޅިނކްސް

    ކްރޯނާ އިން ސަލާމަތްވޭތޯ ޤައުމުތަކުން ފިޔަވަޅު އެޅޭތޯ ބަލަމުންދާ ދުވަސްވަރެއްގައި އަހަރުމެން ދަތް އުފުރަން އުޅުމަކީ އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް.

    2
    1