މާލޭގައި ދަންޖެހުނު މީހަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އޭނާ ދަން ޖެހިފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގައެވެ. އޭނާ ފެނުނުއިރު ހުރީ އަމިއްލައަށް ދެންޖެހިފައި ކަމަށް ވެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ޒުވާނާ ދަންޖެހިފައި ހުއްޓާ ފެނިގެން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާލު ސީރިއަސް ކަމަށް ވެއެވެ.

އަދި އޭނާ އޭޑީކޭއަށް ގެންގޮސް ފަރުވާދެމުން ދިޔައީ އެމާޖެންސީ ކޮޓަރީގައެވެ.

ބައެއް މީހުން ބުނާގޮތުގައި، އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަރިޔަމް

    ކީކޭ ދެން ބުނާނީ އީމާންކަން ބަލިކަށިވީމާ ވާގޮތްތީ.އެވަރުންވެސް ބުނާނެ މުސްލިމުންނޭ.

    41
    14
    • ހޫ

      ތިމާއަށް މިފަދަ ހާލަތެއް މެދުވެރިވީމަ އެނގޭނީ.

      15
      24
  2. ޣަނީ

    ހަމަ ކޮންމެ ކަމެއް ދީނާ ގުޅުވަން ޖެހޭތަ

    16
    45
    • ނޯނޭމް

      ދީނާ ގުަޅުވީތަ އެއަކީ ކަންއޮތް ގޮތް އެބުނީ މުސްލިމުންނޭ ނުކިއާ ތިބޭ އެހެންޏާ.. ކާފަރެއް މަރުވިއްޔާ ނުބުނާނެ..އެހެނެއް ...އަގީދާ ބަލިކަށި ވީމަ މީހުން ދަންޖެހެނީ އަމިއްލައަށް...ލާދީނީ މީހުންނައް ދީނީ ކަމެއް އައިސްފި ނަމަ ވަރައް މޭ ކަރާނެ...

      43
      7
    • ޢަޚް

      ގުޅިފަ ހުރިވަރު ފެންނާނެ މިހާރު

      5
      1
    • ދޮންބެ

      ހުރިހާކަމެއްގެ ހައްލު އޮތީ އިސްލާމް ދީނުގަ. އެހެންވީމަ ކޮންމެކަމެއްވެސް ގޮސް ގުޅޭނީ ދީނާ. ދީން ގަބޫލު ނުކުރާމީހުންނަށް އެކަން ގަބޫލުނުކުރެވުމަކީ އަދި މުޅިން އެހެން މައްސަލައެއް.

      37
      2
    • ޖުންދުލް މާލްދީފީ

      ޙަމަ އީމާން ކަން ދަށީ. ޢަހަރެމެން ކުރާ ކޮންމެ ކަމަކީ ދީނީ ގިއުގަނޑުގެ ތެރޭގައި ހިމެނެންޖެހޭ ކަންކަން. ޥާނުވާ ނޭގުނަސް ބޮޑުވަރު ތިއީ

      13
      1
  3. ކިނބޫ

    ޢޯ އެމް ޖީ

    7
    3
  4. ސީރިއަސް

    ކޮބާ ދަންޖެހުނު ސަބަބު؟ ކިހިނެއްވެތޯވެސް ބަލަންޖެހޭނެދޯ

    20
  5. ފާތޭ

    މިލިޔުން ރަނގަޅު. މުސްލިމުންގެތެރޭ ހޭލުންތެރި ކުރުވުމަށް ނޫސްވެރިންނަށް ވަރަށްވެސް މުހިއްމު ދައުރެއް އަދާކުރެވިދާނެ. އެކަށީގެންނުވާ ފޮޓޯތަކާ ވާހަކަތަށް ނުޖަހަންވީ....އަދިވެސް އިތުރަށް ދީނީބައި ލިޔަންވީ.... ވަގުތުގެ ނޫސްވެރިންނަށް ހެޔޮވިސްނުމާ ހެޔޮގޮތް މިންވަރު ކޮއްދެއްވާށި. އާމީން...

    34
  6. ބ

    ޔަގީން ދަންޖެހުނީ ކޮންމެވެސް ލޯބީގެ މަސަލައެއްގައި.

    11
    6
    • ޅ

      ޔަގީން، ކަލޭ ތީ އޭނާގެ ލޯބިވެރިޔާ

      5
      2
  7. ދެރަ

    އިސްލާމް ދީނުގައި އެކަމެއްގެ ހައްލު ނުވާ އެއްވެސްކަމެއް ނުވެއެވެ. އެކަންކަލެއަށް އެނގޭތަ! އިންސާނާ އުފައްދާފައިވަނީ ބިމުގެ މަށިން އެހެންކަމުން އޭނާގެ ހެދިބޮޑުވުމާއި ހަށިގަނޑަށްބޭނުންވާ ކާނާ ﷲ ވަނީ މިބިމުގައި ލައްވާފައި، ނަމަވެސް ފުރާނައަކީ ﷲ ނޫރުންލައްވާފައިވާ އެއްޗެއް، އޭގެކާނާވެސް ﷲ ވަނީ މަތިންބާވާލައްވާފައި އެއީ ކީރިތި ޤުރުއާން އަދި ނަބިއްޔާގެ ސުންނަތް މިދެކަމުގައި ރަނގަޅަށް ނުހިފެހެއްޓޭތީ ވާގޮތް އެއީ ! ޣަނީމެން އަދި ޅައީ ނުވަތަ ދީނުގެ ކަންފުޅެއްވެސް ނެތީމަ ދީނާއި ދުރު ކޮމެންޓް ތިކުރަނީ! އިސްލާޙުވޭ!

    27
    2
  8. އަލިފު!

    ވަރަށް ރަނގަޅު ވާހަކައެއް! އީމާންތެރިކަމުގެ ކުޑަ މިންވަރެއް ހުރިނަމަވެސް އަމިއްލައަށް މަރުނުވާނެ! މިކަމާ ދެކޮޅަށް ބަސްބުނާ މީހުންނަކީ ޖާހިލުންނެވެ.

    8
    1