ކުރިއަށް އޮތް އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭނުން ކުރާނެ ފަސް ސިޔާސަތު ހާމަކޮށްފިއެވެ.
ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ "މަގޭ ރާއްޖެ" ޖަލްސާގައި އެ ސިޔާސަތުތައް ހާމަކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު އަދި ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަމުގައި ޕީޕިއެމްގެ ފަރާތުން އިސްކޮށްއުޅުއްވާ، މުއާޒް މުހައްމަދު ރަޝީދުއެވެ.
މުއާޒް ވިދާޅުވީ މި އިންތިޚާބުގައި ގެންގުޅޭނެ ފުރަތަމަ ސިޔާސަތަކީ އިސްލާމް ދީނުގެ ސިޔާސަތު ކަމަށާއި، ރާއްޖޭގައި އޮތް އިސްލާމް ދީނަށް ފުށުއަރާނެ އެއްވެސް ކަމަކަށް ޕީޕީއެމްއިން ޖާގަ ނުދޭނެ ކަމަށެވެ.
"ހުރިހާ ސިޓީއެއްގައި ބަންގީގެ އަޑު ގުގުމިގެން ދާނެ، އެއަކަށް ބަދަލެއް ނާންނާނެ." މުއާޒް ވިދާޅުވިއެވެ.
ދެވަނަ ސިޔާސަތަކީ ރާއްޖެއަކީ މިނިވަން، މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ކަމަށް ފާހަގަކުރައްވާ މުއާޒް ވިދާޅުވީ، މިހާރު ރާއްޖޭގައި ހިނގާ ބައެއް ކަންކަމަކީ ދީނަށް ފުރައްސާރަކޮށް، އިސްލާމް ދީނަށް ދޭ އަހައްމިޔަތުކަން ކުޑަކުރުމަށް މަގުފަހިވާ ބައެއް ކަންކަން ކަމަށެވެ.
"ގެއްލެމުންދާ މިނިވަންކަން އިއާދަކުރަން ކައުންސިލްތަކުން މަސައްކަތް ކުރާނެ. އަޅުގަނޑުމެން ހަނދާން ހުންނާނެ މިއީ ޔުނިޓަރީ ދައުލަތެއްކަން." މުއާޒް ވިދާޅުވިއެވެ.
ތިން ވަނަ ސިޔާސަތަކީ ރައީސް ޔާމީން ދެއްވި އިރުޝާދާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުން ކަމަށާ، ހަތަރު ވަނަ ކަމަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުން ކަމަށް މުއާޒް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި، ރާއްޖޭގެ އިގްތިސާދު އެތައް ދަރަޖައެއް ކުރިއަށް ޖެހުނު ކަމަށާ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގެ އިގްތިސާދު އޮތީ ނާޒުކު ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމަށް ފަހު އަނެއްކާވެސް ރާއްޖޭގެ އިގްތިސާދު ހީނަރުވަމުންދާ ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ފަސް ވަނަ ސިޔާސަތަކީ، ތަހުޒީބު ކައުންސިލްތަކެއް ޤާއިމްކުރުމެވެ. އެ ސިޔާސަތުގެ ދަށުން ތަރައްޤީގެ އެއްވެސް ކަމަކަށް ހުރަސް ނާޅާ، މަސައްކަތް ކުރާނެ ކަމަށާ، ޕީޕީއެމްގެ މެޖޯރިޓީ އޮތް އެއްވެސް ތަނެއްގައި ސަރުކާރުގެ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ނުކުރައްވާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ޕީޕީއެމް އިން ލޯކަލް ކައުންސިލް އިންތިޚާބުގައި ބޭނުން ކުރާނެ ލަވަ ވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި މިހާރު ޤައުމުގައި ހިނގާ ނުރަނގަޅު ކަންކަމަށް އަލި އަޅުވާލާ ތައްޔާރުކޮށްފައިވާ ރިޕޯޓެއްވެސް އެ ޖަލްސާގައި ހުށަހަޅާފައިވެއެވެ.
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ބޭނުންކުރާ ފަސް ސިޔާސަތު ހާމަކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ކުދިންނޭ...
އިދިކޮޅު ޖަލްސާގެ ގޮނޑިތައް ފުރާލައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ފުރާލާށޭ...
އިދިކޮޅު ޖަލްސާގެ ގޮނޑިތައް ފުރާލައިފި ނަމަ މިއިން އެގިގެންދާ އެއްޗަކީ ރައީސް އިބޫގެ ސަރުކާރުގެ ކްރެޑިބިލިޓީ ދަށަށް ދަނީ
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންގެ ފުޅާ ކޯލިޝަން ލާރޖް ކޮށް ފަޅަފަޅައިގެން ދިޔާއީ ކަން މިހާރު މިދަނީ ފެންނަމުން ނޫންތޭ ވިއްކާލާ
އިދިކޮޅު ޖަލްސާގެ ގޮނޑިތައް ފުރާލައިފި ނަމަ މިއިން ފިލާވަޅެއް ޖެހޭނެއޭ ޑޫ އިޓް..
ކޮބައިތަ ގެރީގެ ލޮލާލޯ ކެނެރީ ބުއްޅަ އެއޮތީ ބޮޑުމަންޒަރު ދައްކާފަ ދެން އަތްޖަހާ ދެން ވެސް ގެރި މޯދީ ކައިރީ ބުނެބަ މުސްލިމުންނާއި ނުކުޅޭށޭ މުސްލިމުން ނާއިނުކުޅޭށޭ
ސާބަހޭ ދަރީންނޭ ތިއީމިޤައުމާއި އިސްލާމްދީ ހިމާޔަތް ކުރާނެދަރީނަކީ ސާބަހޭ ޤައުމާއި ދީންދެކެލޯބިވާ ޕޕމގެ ޖަލްސާއަށް ވަޑައިގެންނެވި އެންމެ ހައިލޮބުވެތި ރައްޔަތު ނަށް ހަމައަސަރިބަހާ އިސާބަސް މިޤައުމާއި ދީންހިމާޔަތް ކުރުމުގައި ފަސްނުޖެހި ތިގޮތުގައި ތާއަބަދުމެ ދެމިތީބޭތި ސާބަސް:
ވަޒީފާގެ ބިރުބދައްކާއި ގެންނާ އެހެންގޮތް ގޮތުން ކިތައް މީހުއްނަށް ޖަލްސާއަށްދެވުނު ނުދީ ހިފަހެއްޓި.އަހަރުމެން ރައްޔިތުންގެ ވިޔާފާރި ކުންފުނި އެސްޓީ އޯގެ މަސައްކަތް ކުރާ ކުދިންއެތަނަށް ގޮސްދާނެތީ މިހާ ތާށި ދުވަސްކޮޅުވެސް ޕާޓީ އެއްބާއްވާގެން މީހުންތައް ހިފަހެއްޓީ.
ގައުމުން ލާދީނީފޮހެލާނެ ކެނެރީގެ ބޮޑު ވަގު