އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ، "މަގޭ ރާއްޖެ" ޖަލްސާ އަށް ދިޔަ އާއްމުންގެ އަދަދު ގިނަވުމުން އާއްމުންނަށް ކުރީ ސަފުގައި ހުރި ގޮނޑިތައް ވެސް ދިނުމަށް ފަހު، ޕީޕީއެމްގެ އިސް ބޭފުޅުން އެ ޖަލްސާގައި ކޮޅަށް ތިއްބަވައިގެން ޖަލްސާ ކުރިއަށް ގެންދަވަން ފައްޓަވައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކާއި، ލައިވްކޮށް ދުރަށް ދައްކަމުންދާ މި ޖަލްސާގެ މަންޒަރުތަކުން ފެންނަ ގޮތުގައި ޕީޕިއެމްގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ގިނަ ކެންޑިޑޭޓުން ތިބީ ކޮޅަށެވެ.

5 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި ޕީޕީއެމްްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދޫކޮށްލުމަށް ޖަލްސާގައި ދަނީ ގޮވާލަމުންނެވެ. އަދި ޖަލްސާގެ ގިނަ ބައިވެރިން ތިބީ، ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ، ތަފާތު މެސެޖްތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފަހައްޓައިގެންނެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ، ތަފާތު މެސެޖްތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފަހައްޓައިގެން ތިބި ސަޕޯޓަރުން: ފޮޓޯ ޓްވިޓަރ

ޖަލްސާ ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިން ޕީޕީއެމް މެމްބަރުން ޖަމާވެ މުޅިތަން ފުރާލި އިރު ގޮނޑިތައް ފުރި، ޖާގަ ކުޑަވެގެން، ގޮނޑިތައް އަތުރާފައި ހުރި ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އަދި އިށީންނާނެ ޖާގަ ނެތިފައި ވެސް ހާހަކަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެސަރަހައްދުގައި ތިބި ނޫސްވެރިން ވަނީ މައުލޫމާތު ދީފައެވެެ.

ޕީޕީއެމްގެ ކެމްޕޭން ފަށަން މިރޭ ގިނަ އަދަދެއްގެ މެންބަރުން ޖަމާވިއިރު މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެމްޑީޕީގެ ކެމްޕޭން ފަށަން ޖަމާވީ ދެތިން ސަތޭކައެއްހާ މެންބަރުންނެވެ. މިރޭގެ ޖަލްސާއަށް މިހާ ގިނަ މެމްބަރުން އެއްވީ ސަރުކާރަށް އޮތް ތާއީދު ގެއްލުމުން ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޕީޖާ

    ބަލަ ކަލޯ ފެނޭތަ

    120
    7
  2. މާމީ

    ގަންޖާ ލޮލާލޯ ޖައްސަން ދިޔައީ މިޖަލްސާ ފެނިފަ ހަޖަމު ނުވާނެތީ،،،،،

    116
    3
  3. ޙަސަން

    މިހާރުހުންނާނީ ރާކެނިމަސް ކެވިހީބިހި ނަގާ ހުންއައިސްފަ?????

    109
    2
  4. ވިސްނާލުމަށް އެދެމޭ

    މިމަންޒަރު ބަލަން މޑޕ ލީޑާރޝިޕަށް ކެތެނުވާނެ..މަ އުމޫނާ ގާސިމަށް ކެތެނުކުރެވޭނެ..މި އަދު އިހުސާސްކޮ އްލާ ތިޔަ ޖަލްސާ އަށް ރޔާމީން ވަޑަ އިގެންނެވިނަމަ ތިޔަތަނުގަ ކިތަ އްހާސްމީހުން ތިބޭނެ. ﷲ އަކްބަރު ﷲ އަކުބަރު ﷲ އަކުބަރު....އަލްހަމްދުﷲ...ﷲ އީ ހުރިހާކަމެ އްގެ ކުޅަދުންވަންތަ ރަސްކަލާންގެ..ޕޕމ އަށް މާތްﷲކާމިޔާބު ދެ އްވާށި.....އާމީން..

    142
    2
    • އަޒޫ

      ޢާމީން.

      131
      3
      • އަފޫ

        ހުސް ވަގުން

        6
        32
        • ފުފޫ

          ވަގަކައް ނޫނީ ވަގުންފާހަގަ ކުރާކައްވެސްނޭގޭނެ، ތީއަސްލުބޮޑުވަގު، ތީނަގެ އާއިލާގަވެސް ވަގުން .

  5. ޢަންސާރު

    ލަޝްކަރް .....?

    99
    2
  6. Anonymous

    ހުރިހާ ދިމާއަކުން މީހުން ގެނެސްގެން... ?

    23
    117
    • އަންނި

      ތީ މީހުން ގިނަ ވީމަ އަބަދުވެސް ބުނާ އާނމު ބަހެ އްނު ަ

      26
    • ތޯބެ

      އޯކޭ އެއް ނޫން ބާ ހުތިހާ ހިސާބަކުން ވިއަސް

      22
      3
    • Anonymous

      ޢެވަރުވެސް ގަންޖާމެންނަކަށް ނުވެއެއްނު..?

      22
      2
  7. ހަބީބު.

    އަހަރެން އެމްޑީޕީމަތިން ފޫހިވީ ހދ އަތޮޅު ވަރައްބޮޑައް ނިކަމެތި ކޮއްފަވާތީ ވަޒީފާގެ ގޮތުންވެސް ވަރައް ނިކަމެތި ފަތުރުވެރިކަމެއްނެތް މަސްވެރިކަމެއް ސިއްހީނިޒާމު ބެންކުން ލޯނުލިބެނީ ބޮޑުއިންޓްރެސްޓްގަ

    90
    2
  8. މިނިވަން

    ކޮބާ ފެނޭތަ މާތްﷲއިރާދަކުރެއްވިއްޔާ ހުރިހާ ގޮނޑިއެއްކާމިޔާބުކޮއް ތަރައްޤީގެބާނީ ރައީސްޔާމީން މިނިވަންކުރާނައް

    25
    3
  9. ހަޖަމް

    ހުރިހައި ދިމާއަކުން ވެސް ޕޕމ އާއި އެކު ރައްޔަތުން ތިބިކަމެން ނޫންތަ އެޖަލްސާއި ފެންނަން އެއޮތީ ދެން ކޮން ތަނަކުން ވޯޓު ހޯދައި ގެތަ ލާދީނީ ކޯލިޝަން ސަރުކާރެއް އައިސް ގެންމިއުޅެނީ ދެން ވެސް އާތިމާމެނަކަށް ތާއިދެއްނެތޭ ބުނެފަ އިސްތުއުފާ ދޭންވީނު ރައްޔަތު އެއޮތީދައްކަ ދީފަރައީޔާމީން ވައްކަން ނުކުރާކަން ލާދީނީ ސަރުކާރުން ކޮންމެގޮތަކަށް ރަޔާމީން އާއިދޭތެރޭ ކަތަކުރިޔަސް ރޔާމީން ވައްކަންކުރި ކަމަކަށް ނުވާނެ ޖޭވައްޏާދެން ހިފަހައްޓައިގެން ތިބޭ މިރާއްޖޭގައި މިހާރު އޮތީހަމައެކަނި ރޔާމީން ފިކުރު ދެން ބާރަށް އަތްޖަހާ

    27
    2
  10. ދާއޫދު

    މި ސަރުކާރުން ވަޒީފާ ޢިން ކެނޑިހާ މީހުންނާ، އެމީހުންގެ އާއިލާ މީހުންނާ ރައްޓެހިން ދިޔަސް ފުރޭނެ...
    އެހާވެސް ނުބައި ނުލަފާ ޖައްބާރު ސަރުކާރެއް މީ...

    37
    5