އައްޑޫގެ މޭޔަރު ކަން ލިބިއްޖެ ނަމަ، 100 ދުވަސް ތެރޭގައި ފުއްދެވުމަށް، ގިނަ ވައުދުތަކެއް ޕީޕީއެމް ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފް ވެވަޑައިގަންނަވައިފިއެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ޕީޕިއެމްއިން ކުރިއަށް ގެންދާ "މަގޭ ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ މޭޔަރުކަމަށް ހޮވިޑައިގެންފި ނަމަ 100 ދުވަހުގެ ތެރޭގައި އައްޑޫސިޓީގެ ހުޅުދޫ މީދޫގެ ސިއްހީ މަރުކަޒުގައި ސްކްރީން ކުރުމާއި އެކްސްރޭގެ ޚިދުމަތް ދެވޭނެ މަގު ފަހިކުރައްވާނެ ކަމަށެވެ.

އަދި އެ ސިޓީގެ ހުރިހާ ރަށެއްގައި ގެސްޓް ހައުސް އެޅުމުގެ ހުއްދަ ދެއްވުމާއި، ވިޔަފާރިވެރިންނަށް ބިންދޫކުރުމާއި ގެދޮރު އިމާރާތް ކުރުމަށް ބިން ދިނުމުގެ މަަސައްކަތް ވެސް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެސިޓީގެ އަތިރިމަތި ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

މޭޔަރު ކަމަށް ވަޑައިގެން މަސައްކަތް ކުރައްވާނީ ހުރިހާ ފަރާތްތަކާއި ވެސް ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަން ފާހަގަކުރައްވާ ލަތީފް ވިދާޅުވީ، މޭޔަރުކަމުގައި ހުންނަވާއިރު ހުރިހާ ފަރާތްތަކުގެ ޚިޔާލައި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.

އައްޑޫ ސިޓީ އަކީ އެމްޑީޕީ ސަރުކާރުގައި ކުރީގައި ބުދު ބެހެއްޓިތަނެއް ކަމަށާ، އެފަަދަ ދީނާއި ޚިލާފް ކަމެއް ތަކުރާރުވާން ފުރުސަތު ނުދެއްވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑު ނޭވާލާހާ ހިނދަކު ލާހިކެއް ނޫނޭ ދެން ބުދު ބަހައްޓާކަށް. އައްޑޫސިޓީގެ އާސާރުތައް ބަލަހައްޓާނަން. އައްޑޫސިޓީގެ ބިމުން އެންމެ ބިން ފޮއްޗެއް ވެސް އިތުރު ބަޔަކަށް ދޭކަށް ފުރުސަތު ނުދޭނަން." ލަތީފް ވިދާޅުވިއެވެ.

އައްޑޫގެ ތަރައްގީއަށް ހުރަސް އެޅެނީ ސިޔާސީ ފިތުނަ ފަސާދައިގެ ސަބަބުން ކަމަށް، މީގެ ކުރިން ވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ބައިބައިވުމާއި ހިޔާލް ތަފާތުވުމުގެ ސަބަބުން އައްޑޫގެ ތަރައްގީ އަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާކަމަށާއި އައްޑޫގެ އެއްބައިވަންތަކަން އާލާކުރަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    އައްޑޫގަ އަޅަމުންދާ މިލިޓަރީ ބޭސް ފެނޭތޭ ފެނޭދޯ ފެނޭތޭ އެވާހަކަ ނުދައްކަނީ ކީއްވެހޭ އެކަން ހުއްޓުވާނެ ބަޔަކު އެވާހަކަ ދައްކާނެ ބަޔަކު ނެތީހޭ އެންމެން ދެން ޑާންސް މިނިވަންކަންގެއްލުނަސް ހަމަ ޑާންސްތޭ ޗެޕްޓަރކްލޯސްޑ

    28
    3
  2. އަލިކަލޯ / ކައިދަ ގެ

    ??❤️

  3. ބޭރުމަތި

    މަގޭ ވޯޓް ދޭނީ ލަތީފް އަށް ޔަޤީން ކަށަވަރ. ނުވިސްނާ އަޅުގަންޑުމެން އެމްޑީޕީ އައް ވޯޓު ދީފީޔާ ފަސްއަހަރު ފަހަތައް ތަރައްޤީ ދެންވެސް ދާނީ . އެމްޑީޕީ އައް ރަންގަޅު ފިލާާވަޅެއް ދީގެން ނޫނީ އައްޑޫ މީހުންނަކައް ނެއް ދުވަކުވެސް ކުރިއެރުމެއް. މިދިޔަ ރިޔާސީ އިންތިޚާބުގަ އައްޑޫ ހުރިހާ ރައްޔަތުން އެމްޑީޕީ އައް ވޯޓް ދިނީމަވެސް ވީ ކަމެއް ހަރާމުން ހަރާން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮޑިއެއް ދިނީމަވެސް ވީކަމެއް ނެއް .ދެންވެސް ނުވާނެ ފަހުންވެސް ނުވާނެ

    23
    2
  4. މާމިގިލީ މީހާ

    ކުރިން ކަލޭމެންގެ ސަރުކާރުގަ ނުކޮއްދެވުން، ކަމެއް ދެން ކޮއްދެވޭނެތަ؟ އަބަދުވެސް ކަލޭމެން ބޭނުން ވަނީ މީހުން ގުބޯހައްދައިގެން ވޯޓް ހޯދާން. ނުދޭނަން 1 ވޯޓުވެސް.

    9
    21
    • އެދުރު

      މާމިހިލީ މީހާއަށް އެނގޭނީ މާމިގިލީގެ ކަންކަން. އައްޑޫގަ 100 އެނދުގެ ހޮސްޕިޓަލް؛ ފޭދޫ ބިން ހިއްކުން، އައްޑޫގެ ނަރުދަމާ، ހުޅުމީދޫ މަސް ފެކްޓަޜީ، މަރަދޫ ބަނދަރު ބޮޑުކުރުން. 5 އަހަރަށް މަދު ތަ؟ މީ 2ރ.ގެ ޕްރޮޖެކްޓްތަކެއް ނޫނޭ.

      8
      1
    • Anonymous

      މާމިގިލީމީހާ ހުރީ ހަމަގޭގައި މިގައުމުގަތަ؟؟ ކުރީސަރުކާރުގައިވެސް މޭޔަރކަށްހުރީ ކަލޭމެންގެ އެމްޑީޕީ މޭޔަރ ސޯބޭ، އޭނަހުރީ ރައީސް ޔާމީނު ސަރުކާރު 5އަހަރުގައި އައްޑުއަތޮޅަށް އެއްވެސްކަމެއް ވިޔެނުދޭން، މޭޔަރ ހުރަސްއަޅާ ފިއްތުންތައް ކުރުމަތި ކޮށްފައި ވަނިކޮށްވެސް ރ.ޔާމީނު ސަރުކާރުން އައްޑުއަށް ކޮށްދީފައިވާ ކޮލިޓީ ތަރައްގީތައް އެހެރީ ފެންނަން، ހިތަދޫގައިހުރި ޓާޝަތީ ހޮސްޕިޓަލާއި ހުޅުދޫ މީދޫ ގައިހުރި މަސްފެކްޓްރީން ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބެމުން އެދަނީ، ތިގޮތަށް ރައްޔިތުން އޮޅުވާނުލެވޭނެ ތަންދޮރު ނުދައްނަ މީހުންނަށް

      5
      2
  5. ރިނީ

    އައްޗީޑި... މީ ވަރަށް ކްރީޕީ މީހެއް. މީނަ ކެބިންކްރޫ ދުވަސްވަރު އުޅޭ ހަޑި ވައްތަރު އަދިވެސް ހަނދާން އެބަހުރި. ޗީޗީ.

    3
    5
  6. Anonymous

    ޔާމީން ގެ ސަރުކާރުގައި ވެސް މީނަ އައްޑޫ އެއަރޕޯޓާއި ހަވާލުވެގެން ހުރި. ވީ ކަމެއް ލިބުނު ކުރިއެރުމެއް

    4
    2
  7. Anonymous

    މާމިގިލީމީހާ ހުރީ ހަމަގޭގައި މިގައުމުގަތަ؟؟ ކުރީސަރުކާރުގައިވެސް މޭޔަރކަށްހުރީ ކަލޭމެންގެ އެމްޑީޕީ މޭޔަރ ސޯބޭ، އޭނަހުރީ ރައީސް ޔާމީނު ސަރުކާރު 5އަހަރުގައި އައްޑުއަތޮޅަށް އެއްވެސްކަމެއް ވިޔެނުދޭން، މޭޔަރ ހުރަސްއަޅާ ފިއްތުންތައް ކުރުމަތި ކޮށްފައި ވަނިކޮށްވެސް ރ.ޔާމީނު ސަރުކާރުން އައްޑުއަށް ކޮށްދީފައިވާ ކޮލިޓީ ތަރައްގީތައް އެހެރީ ފެންނަން، ހިތަދޫގައިހުރި ޓާޝަތީ ހޮސްޕިޓަލާއި ހުޅުދޫ މީދޫ ގައިހުރި މަސްފެކްޓްރީން ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބެމުން އެދަނީ، ތިގޮތަށް ރައްޔިތުން އޮޅުވާނުލެވޭނެ ތަންދޮރު ނުދައްނަ މީހުންނަށް

    2
    1