މިހާރު ރާއްޖޭގައި އޮތް އެމްޑީޕީ ސަރުކާރުގައި ތިބި އިސްވެރިނަނަށް ހަމަ ނިދި ނުލިބިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މުޅިން އާ ކަންތައްތަކެއް އުފަން ކުރުވައިގެން އެމަނިކުފާނުގެ އިސްތަށިފުޅުގައި އެތައް އިލްޒާމްތަކެއް އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ބޭއްވި "މިއީ މަގޭ ރާއްޖެ" ކެމްޕެއިން ލޯންޗް ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފީ މަރުހަލާގައި އެމަނިކުފާނުގެ ފަރާތުން ބުރަދަން ހުރި 75 ނުކުތާއެއް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުނު ކަމަށާއި އެ ނުކުތާ ތަކަށް ވިސްނާލުމުން އިންސާފުވެރި ޝަރީއަތެއް ހިންގައިފިނަމަ އެމަނިކުފާނު މިނިވަން ވެގެން ދާނެ ކަން އެނގިގެން ދިޔަ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގައި އެ ނުކުތާތައް ހުށަހެޅުމުން ސަރުކާރުން ހޫނު ފެނަށް ވެއްޓިފައިވާ ކަމަށެވެ.

"އެހާ ހިސާބުން މި ސަރުކާރު ހޫނު ފެނަށް ވެއްޓިއްޖެ. މި ސަރުކާރަކަށް ހަމަ ނިންޖެއް ނުނިދޭ. މި ސަރުކާރުގައި ތިބި ވެރިންނަކަށް ދެފައި އެއްތާކު ނުޖެހުނު. ރައީސް ޔާމީންގެ މައްޗަށް މުޅިން އާ ކަންތައްތަކެއް އުފަން ކުރުވައިގެން އަނެއްކާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެތައް އިލްޒާމްތަކެއް އެޅުވުމުގެ މަސައްކަތް ހިނގަމުން އެބަދޭ" އަދުރޭ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލަައިގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ އިރު، މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހްވެސް އެ ފައިސާ ބޭނުން ކުރައްވާފައިވާ ކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަކައިން އަޑުއިވިގެން ގޮސްފައިވާ ކަަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު ރާއްޖޭގައި ކުރަމުން އައި ވެރިކަން ބަދަލު ކުރި ބަޔަކު ބަދަލުކޮށްފައިވަނީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށެވެ. އެހެން ނަަމަވެސް މިހާރުގެ ސަރުކާރުން، ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރައްޔިތުންގެ ފޮނި އުއްމީދުތައް ނާއުއްމީދަކަށް ބަދަލުވެގެން ގޮސްފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހޫން

    އިސްތައްޓެއް ނެތް އެޔަކު

    3
    12
  2. އައިސް

    ހަޖަމު ނުވިޔަސް ލާދީނީ ބަލިވަނީ ....

    20
  3. ޙެހެހެ

    ޢިންސާ ﷲ ބަލިވާނެ

    17
  4. ލަވަ

    އަސުރަށްފޮޅިފާވާއަސު ސުރުމަލެއް.ގަހުގާއިން ކަންއެންމެންދަނެޔޭ.

    11
  5. ކޮމެންޓްކުރާމީހާ

    ކޮންމެ އިންތިޚާބަކާ ދިމާކޮށް އަދަދު މަތިވާހެން ހާދަހީވެޔޭ އެބަ ތަކެތީގެ އަގުބޮޑުވާ އުޞޫލުން

    14
  6. އަސުރުމާ

    ހަޖަމްކުރަންދަސްކުރޭ
    ދެންމިފަހަރުކެއްކުރޭ މީއެގޭހަގީގަތޭ
    ސާފު ތެދޭމީ

    1
    3
  7. ފައިސަލް

    ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް އަދުރޭ އަކީ ރ.ޔާމީނުގެ މިއަދު ޙާލު މެދުވެރިވި ސަބަބުތަކުގެ ތެރެއިން ހަމަ ބޮޑު ސަބަބެއް! އެކަމަކު ރ.ޔާމީނު މިއަދުވެސް އެހުންނަވަނީ ސާބިތުކަންމަތީ! އަދުރޭ ރ.ޔާމީނާ ރައްޔެތުންގެ ކިބައިން މަޢާފަށް އެދެން ގޮވާލަން! ރ.ޔާމީނު ސަލާމަތްކުރާކަށް މަސައްކަތެއް ނުކުރޭ! ޕާޓީ ހަދައިގެން ދަރިއާ ދެމީހުން ލާރިކަނީ! ކަންކޮށްފަ ނަންއަޅުވަނީ ނިކަމެތި ރ.ޔާމީނު ބޮލުގަ! ވަރަށް ދެރަވޭ!

    3
    2
  8. ނަން

    ބައްލަވާ ވައްކަން ކޮށްފަ ސާބިތުވީމާ އަދިވެސް ވެރިކަމަށްތަ ގެންނަން މަސަތްކަން ކުރަންވީ، އެހެން ނޫނީ އަދޫގެ ސަލާމަތް ހޯދަން މަސައްކަތް ކުރަނީތޯ. އަދޫގެ މެލޭސިޔާގެ ކާރުތަކާއި ގެތަށްވެސް ފާސްކުރަން މިހާރު ފޮނުވަންވީ.....

    3
    2
  9. ނަން

    ދެންއެހެންވިއިރު މައިބަދަ ބިދިފައޭ ކިޔާފަ ގޮނޑި ދުއްވާ ވާންބޭރައްތަ ދާންވީ؛