އެމްޑީޕީ ސަރުކާރުގައި ރައީސް މައުމޫން ޖަލަށްލުމަށް އެތައް ޕްރެޝަރެއް އައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ރައީސް މައުމޫން ޖަލަށްލުމަށް އެތައް ޕްރެޝަރެއް އައި ކަަމަށާއި ނަމަވެސް އެކަން ނުކުރީ ގައުމުގެ ރައީސްކަން ކުރުމަށްފަހު މަގާމުން ވަކިވުމުން ދެން ހުންނަން ޖެހެނީ ޖަލުގައި ކަމަށް އޭރުގެ ވެރިންނަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ އެމީހެއްގެ ވެރިކަމުގައި ހިންގާ ޖިނާއީ ކުށްތައް ބަލައި ޝަރީއަތް ކުރެވެން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން ކުރަންޖެހޭނީ އިންސާފުން ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން އެއުމުރުފުޅުގައި ޖަލުގައި އެކަހެރިކޮށް ބަހައްޓައިގެން ރައީސް ޔާމީން ކުރައްވާ ކަންކަން ވަރަށް ސާފު މިއީ އެމަނިކުފާނުގެ ހިތްހަމަޖެހުމަށް ކުރައްވާ ކަމެއް" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީއާ ބައިއަތު ހިއްޕަވައިގެން މިހާރު ހުންނެވި ކުރީގެ ރައީސް މަޢުމޫނަށް އެމްޑީޕީ ސަރުކާރުގައި ހެއްދެވި ގޮތަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ "މުޅި މަގަށް ދުން ޖަހާފައި ރައީސް މައުމޫން ގެންދިޔައިރު" އެމަނިކުފާނު ވެސް އަލިވާގޭގައި ހުންނެވި ކަމަށާއި "މީހުންނަށް ކަންތައްތައް ހަނދާން ކޮށްދިނުމަކީ އިންސާނީ ސުންނަތެއް." ކަމަށެވެ.

"މިދައްކަނީ 12 ވަނަ ގަރުނު ނުވަތަ 13 ވަނަ ގަރުނުގެ ވާހަކައެއް ނޫން. މިއީ ދެތިން އަހަރު ކުރީގެ ވާހަކައެއް." ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދާއި ރައީސް މައުމޫން މިފަހުން މަސައްކަތް ކުރައްވަމުން ދަނީ އެކުގަ އެވެ. އަދި އެ ދެ ބޭފުޅުން ވަނީ މާޒީގައި ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

އަނިޔާއާ ދެކޮޅަށް އެމްޑީޕީން މީގެކުރިން މަގުތަކަށް ނުކުމެ އަޑު އުފުލި ނަމަވެސް މިއަދު އެކަން ކުރަން ނުކުޅެދިފައިވަނީ އިދިކޮޅުގައި ރައީސް މައުމޫން ހުންނެވުމުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބޭރުގަނޑު

    ކާކު ޕްރެޝަރ ކުރީ؟ ޕްރެޝަރ ކުރި މީހެއް ފަރާތެއް ކަލެއަކަށް ނޭނގޭ އެކަމަކު ޕްރެޝަރ ކުރި! ކަލޭ ދެން ހަމަ އެއްޗެކޭ ކިޔާލީއޭ ދޯ؟

  2. ރުޒާނާ ޗޮއްޕަޓު

    ޖަލަށް ލާން ހާދަ މަސައްކަތެއް ކުރީމެއްނު ކަލޭމެން. އެކަމަކު ރައްޔިތުންގެ ޕްރެޝަރާހެދި ނުކެރުނީނު. ނަޝީދާ ބައިވެރިވެގެން ކުރާނެ ރަނގަޅު އެއް ކަމެއް ނެތްކަން ރައްޔިތުން ގަބޫލު ކުރާތީ މިހާރު އެ ޕްރެޝަރެއް ރައްޔިތުން ނުކުރޭ. މި ގައުމުގަ ނަޝީދުގެ މަގާމު ކަލެއަށް ފެނިއްޖެނު. މައުމޫނަށް ވިޔަސް އެހެން މީހެއް ވިޔަސް އޭނައާއެކު އުޅެން ރައްޔިތުން ނުރުހޭކަން ކަލެއަށް އެބަ އެނގޭނު. ދެން އަނގައެއް ކުޑަކުޑާ ތަޅާކަށް.

  3. ރަޝީދު

    އެކަން ކުރެވޭނެ މަގެއް ނުފެނުނީ، ދެއްކޭނެ އެއްވެސް އުޒުރެއްނެތީމަ މައުމޫނު ހައްޔަރު ނުކުރެވުނީ

  4. ޖެޓް

    ބަލަ ހަސަނާ ޤައުމުގައި ރައީސްކަން ކުރާ މީހުން ޖެހޭ ތޯ ޤައުމަށް ޤައްދާރުވާން ބޭރުގެ މީހުން ރާއްޖެ ހިފަންއަންނަން ގޮވާލުމާއި ދިވެހިންގެ ދީންވިއްކާފަ ވިޔަސް ވެރިކަން ދޯ ބޭނުންވަނީ

  5. ޙަފްޞާ / މާލެ

    ކާކަށްހޭ ތިޔަ އޮޅުވާލަނީ؟؟؟ މައުމޫނަށް ކަލޭމެން ދެއްކި އަހުވާޔާ ކުރި ފުރައްސާރަޔާ މަލާމާތް ދިރިތިބި އެންމެންވަނީ ދެކިފައެވެ. މައުމޫނުގެ މައްސަލަތައްބަލަން ހެދި ކޮމިޝަންއާއި އެކަމަށް ކުރި ޚަރަދާއި އެކޮމިޝަންގެ ވެރިންނަށް ހެދި ދެމީހުން އަދިވެސް އެތިބީ ހެޔޮޙާލުގަ ދުނިޔޭގައެވެ. އެ ދެމީހުންގެ ޕްރެސްތަކުގެ ރެކޯޑިންތައް އެހުރީ ލިބޭށެވެ. އެވަރުން ނުވެގެން މައުމޫނުގެ ގޯތި ދައުލަތަށް ނެގި ގޮތާއި މައުމޫނު ހިފާހައްޔަރުކޮށް ބަންދަށް ގެންދިޔަ ދުވަސް އެއޮތީ ފެންނާށެވެ. ވެރިކަންނިމިގެނދިޔައިރު މައުމޫނަށް ކެއްސެއް ނުދެވުނީމާ ، ކަލޭމެންގެ ރޭވުމެއްގެތެރެއިން މައުމޫނު ކިރުރޮދީގައިލާ މައުމޫނުލައްވާ ކުށްކުރުވީ މިދުވަސް މައުމޫނަށް ދައްކަންވެގެންނެވެ. މިއަދު ތިޔަ ވާހަކަދައްކަނީ ކާކުގެ ޙަމްދަރުދީއެއް ކަލޭމެނަށް ލިބޭނޭކަމަށްހެއްޔެވެ؟ ޔާމީނަކީ ޤާނޫނު ހިންގުމުގަ ވަކިމީހަކަށް ބަލާނޭ ވެރިޔެއްނޫންކަން ކަލޭމެންނަށްވެސް އެގެއެވެ.

  6. އާބިދާ

    ތިޕްރެޝަރު ދިޔައީ އެމް.ޑީ.ޕީ އިން، އޭރު މައުމޫން ހައްޔަރު ނުކުރެވުނީ އެ ފުރުޞަތު ނުލިބިގެން، ކިތަންމެހާވެސް މަސައްކަތެއްކުރި

  7. Anonymous

    ހުސް ދޮގު.އެކަން ނުކުރެވުނީ ޝަރުއީ ނިޒާމަށް އިތުބާރު ނެތީމާ. ތިމަންނަމެން ބޭނުން ގޮތަށް ހުކުމް ކޮށް ދިނުމަށް އޭރު އެއްވެސް ފަނޑިޔާެރެއް އެއްބަސް ނުވީމަ.

  8. މާރިޔާ

    ހަސަނާކަލޭމެންނަކީވެރިކަމައް ތަސައްރަރު ފުދޭބައެއްނޫން މައުމޫންވެރިކަންނޫންއެހެން ވެރިކަމެއް ދެކެން ވެގެން ދިންވޯޓެކޭ މޮޔަޔާ މިހާރުމިހިރީދިވެހިން ދެކެލޯބިވާވެރިއެއްކަން ކަލެއަކައް ނޭގޭތަ ދެން ލަލަލާ 2018 ރައީސްޔާމިން އިރާދަކުރެއްވިއްޔާ

  9. ބުއްޅަބޭ

    އެއިރު ހައްޔަރުކުރަން ނަޝީދަށް ނުކެރުނީ ކުރެވޭނެ އެއްވެސް ގޮތެއް ނުފެނިގެން! ވެރިކަންކުރަންވެސް ނޭގުނީ، އަދި ގާނޫނު ދަންނަ ބަޔަކުވެސް އެސަރުކާރުގައި ހަމަ ނެތީ!

  10. ކިންގފިޝަރ

    މަސައްކަތްކުރީ ރިޔާސީ ކަމިޝަނެއް އުފައްދައިގެން ޖަލަށް ކޮއްޕާލެވޭތޯ. އެކަން ނުވުމުން އެކަން ނުކޮށް އެއޮތީ.

  11. ދޮގު ހަސަނު

    އެމް.ޑީ.ޕީ ވެރިކަމުގައި މައުމޫނު ފުލުސް އޮފީހަށް ހާޒިރު ކުރަން އެންދެރިމާގެ ތެރެޔަށް ދާނެހެން ކަރުނަގޭސް ޖަހާ މަކުނުތަކެއްހެން ފުންމަ ފުންމައިގެން އެމް.ޑީ.ޕީ އެކްޓިވިސްޓުން އެންދެރިމާގޭ ދޮރުގަ ފައިން ތެޅިދުވަސް އަދިވެސް ހަނދާން އެބަހުއްޓެވެ. ހަސަނާ މަގޭވެސް ހަތަރު ކަށިމަތި މާލެއެވެ. "ގޮޅާބޯ" ފުރަތަމަ ކިޔީ ކޮންބަޔެއްހެއްޔެވެ؟ އެއީވެސް އިހްތިރާމް ކުރުމުގެ ބަޔެއްހެއްޔެވެ؟

  12. އެއްމެން

    ނަޝީދަކީ ސަރުކާރު ހިންގަން އެނގުނު މީހެއްނޫން. އަދި އޭނައަށް އޭނަ އުފެއްދި ކެބިނެޓް ގަ މިނިސްޓަރުން ކުރަންވީ ކަންތައްތައް ބުނެދޭން އެނގުނު މީހެއްނޫން. ނަތީޖާ އަކީ ކުރަން ކޮންމެހެން މަޖުބޫރު ކަންތައްތައް ހުރީ ނުކުރެވި، ސަރުކާރު ފެއިލްވުން، ވެރިކަން ގެއްލިގެން ދިއުން އަދި އެއްމެ ފަހަކަށް އިންޑިޔާ އާއި އިނގިރޭސީން ފަދަ ބޭރު ގައުމުތަކުގެ ފައިބުޑަަށް ވެއްޓި ހަނގުރާމަ ކޮސްގެން ނަމަވެސް ތިމަންނަ އަލުން ވެރިކަމަށް އަރުވަދޭށޭ ކިޔާފަ އާދޭސް ކުރުން. އެއަށް ކިތަންމެ ބޮޑު އަގެއް، ރާއްޖެއަށް އިތުރު ދީން ތައާރަފް ކުރުންކަމަށް ވިޔަސް،އެކަންވެސް ކޮށްދޭނެ ކަމަށް ބުނަމުން ދުވެ ނަގަނީ. ދެންކޯޗެކޭތަ ތިކިޔަނީ.

  13. ނާނު

    ކޮންމެ މީހަކު ވިޔަސް ކުށެއް ކޮއްފިއްޔާ އަދަބު ލިބޭނެ

  14. ދުރުބަލާ

    ޙަޤީޤަތުގައި މައުމޫން ހައްޔަރު ކުރަން ނަޝީދު ޖެހިލުންވީ. ތަޙްޤީޤް ކުރާ ކޮމެޓީއެއް ހަދައި ޝައިޚް ހުސައިން ރަޝީދަށް އެކޮމެޓީގެ ރައީސްކަމާ ކާރަކާ ދީގެންވެސް ކޮމެޓީ ވައިގައި ނުހިފި. ދެން ކެރަފާ ނަސީމާ ރީކޯ މޫސާމަނިކު ޖަމްޢިއްޔާއެއް ހަދައިގެން އަނިޔާއެއް ލިބިފައި ހުރި މީހަކު ހުރިއްޔާ އެކަމެއް ހުށަހަޅަން ގޮވާލި. ޢަމާޒަކީ މައުމޫން. ޝަފީގުގޭ ބޮޑު ޝަފީޤު ނޫނީ އަޅާވެސް ނުލި. ޙަސަން ލަތީފު އޮޅުވާ ނުލައި

  15. އަބްދުއްލާ

    މައުމޫނު ޖަލަށް ލުމަށްޓަކާ އެމްޑީޕީން ވަރަށް މަސައްކަތް ކުރީ ގާ ފުރޮޅަމުންގޮސް އެއްވެސް ގަލެއްގަ ތާށި ނުކުރެވުނީމަ 800 މިލިއަން ޑޮލަރުވެސް ހެދި މިވަރުންވެސް ނުވީ .އެތައް އޯޑިޓް ރިޕޯޓް ވެސް ހެދި ހަމަ ތާށިކުރާނެ ގޮތެއްނުވި ވިހާރު ތިމަންނަމެން ނުކުރީއޭ ނުބުނޭ ހަމަ ނުކުރެވުނީ

  16. އެރު

    މައުމޫނު ޖަލަށްލާންވެގެން އިންކުއަރީ ކޮމިޝަނުގެ މައްޗަށް އިތުރުކޮމިޝަނެއް ހަދައިގެންވެސް އެކަންކާމިޔާބުނުވެގެން ޕޮލިހަށް ޙާޟިރުކޮށް ގޭދޮށަށް އެއްވެ ގަދަކަމުން ހަވަރާއި ހަވާލުކުރަބން އުޅުނު ހަނދާންވޭ. ޖަލަށް ނުލެވުމުން ދެންކޮންހާ ވާހަކައެއް