އިދިކޮޅު ޕީޕީއެމްގެ ޖަލްސާ އަށް އެހާ ގިނަ މީހުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ކުރައްވާ ދުއްތުރާލުގެ ސަބަބުން ކަމަށް، އެމްޑީޕީގެ އިސްސަފުގައި ކުރިން މަސައްކަތް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ ކާނިވާ ސަރަހައްދުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޕީޕީއެމް އިން ބޭއްވި "މިއީ މަގޭ ރާއްޖެ" ޖަލްސާއަށް ގިނަ ބަޔަކު ގޮސްފައިވާތީ، އެކަމަށް އިޝާރާތްކުރައްވާ އަލްހާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ޖަލްސާ އަކީ ރައްޔިތުން ސަރުކާރުގެ މޫނުމަތީގައި ޖެހި ބޮޑު ތަފާއްޔެއްކަމަށެވެ.

"އިދިކޮޅު ޕާޓީގެ ޖަލްސާ އަށް އާދަޔާ ޚިލާފު އަދަދަކަށް މީހުން ނުކުތުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް، އަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ދުއްތުރާލުގެ ސަބަބުން ވާގޮތެއް! މީ ރައްޔިތުން ސަރުކާރުގެ މޫނުމަތީގައި ޖެހި ބޮޑު ތަފާއްޔެއް!" އަލްހާން ވިދާޅުވިއެވެ.

ކުރިއަށް އޮތް އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭނުން ކުރާނެ ފަސް ސިޔާސަތު ރޭ ވަނީ ހާމަކޮށްފައެވެ. އެއީ އިސްލާމް ދީން، މިނިވަން ކަމާއި މުސްތަގިއްލުކަން، ރައީސް ޔާމިން ދެއްވި އިރުޝާދުތައް، އިގްތިސާދު އަދި ތަހުޒީބު ކައުންސިލެއް، މިއެވެ.

ރޭގެ ޖަލްސާއަށް ގިނަ ބަޔަކު އެއްވުމުން، ޕީޕިއެމްގެ އިސް ބޭފުޅުން ތިއްބަވަން ޖެހިވަޑައިގަތީ ކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާމީ

    އަލްހާނު މާ އަނގަ ދިއައިނިވެ މަޑުންހިށުފެލަ މިކޯއަލްހާނުމެން ދައްކާ ވާހަކަ އަޑައަހާ ބާކީ ނެތާ މިކޯ އަލަހާނު މެން ބުއްޅަބޭ މެން ތެތިބީ ރައްމެދެ ވެގޮސް ސަލާމް ވާ،،،،،

    51
    6
  2. އައްދޯތް

    ލިއަމް ޖޯން އޮފް ޕޮލިޓިކްސް

    18
  3. Anonymous

    ތިޔަ ބުރާންޗެއްގެ ލާދީނީކަމާހެދި

    46
    2
  4. އަޙްމަދު

    ވަރަށް ބޮޑު ތެދުފުޅެއް! 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ނަޝީދު އާއީ ޔާމީނު ކުރިމަތި ލިނަމަ ފަސޭހަކަމާއެކު ޔާމީނު ކާމިޔާބު ކުރާނޭ. 2023 ގައި ނަޝީދު އާއި ޔާމީނު ކުރިމަތި ލިޔަސް ޔާމީނު ހޮވޭނެ ކަމައިމެދު ޝައްކެއްނެތް!

    75
    4
  5. ދެފުށްކެހެރި

    އަލްހާންއަށް ހީފުޅުތި ކުރެވުނީ މުޅީންރަނގަ ޅަކަށެއް ނޫންއިނގޭތޯ

    8
    41
  6. ހިގާ ނުކުންނަން

    އަލްހާނަށް ހާ ދަ އަސަރެކޭ ތިކުރަނީ..

    15
    8
  7. ރިފާއު

    އަލްހާން ބުންނަސް ތދުވާނީ ހަމަ ތެދައް

    43
    4
  8. ވަގު ޔާނު

    މީހުންގިނަވީ ރާއްޖޭގެ ކޮންމެރަށަކުން 5 މީހުން ގެނެސްގެން ބޭއްވިޖަލްސާ ހާދަގިނަޔޭދޯ

    1
    26
    • ވިސްނާލުމަށް އެދެމޭ

      ހާދަ ކަ މެނުވާ ބައެކޭދޯ މޑޕއަކީ ވެރިކަ މުގައޮވެ ހުރިހާ ބާރެ ދައުލަތުގެ ހުރިހާ ވަސީތެ ފައިސާ ފެންފަދައިން އާރުތަކުން އޮހޭއިރު..ތިބުނިގޮތަށް ކޮއް މެ ރަށަކުން 19 މީހުން ގެނެސް ޖަލްސާނުކުރީ ކީއްވެ..އަންނާނެ ބަޔަކުތިބިނަ މަ..ޕޕ މ އަށްތަ ފައިސާގެ ތަނަވަސްކަންއޮތީ މޑޕއަށްވުރެ. ހަގީގަތް ގަބޫލުކުރޭ ޕޕ މގެ ތާއިދު އިތުރުވީ ގައު މު އަޅުވެތިކަ މުން ސަލާ މަތްކުރަން އިސްލާ މްދީނަށް ނަސްރުދިނު މަށް ގައު މުގެ އިގްތިސޯދު ހި މާޔަތްކުރަން އެދޭ މީހުންގެ މެޖޯރިޓީ އަދިވެސް މިގައު މުގަ ގިނައީ...ޖީބައްޓަކާ ވިކޭ މީހުންތބިގޮތަށް ވަތަނީ ދީނީ ފިކުރުގެ މީހުންވެސް ތިބިގައު މެ މީ..ޙާއިނުން އިފެދުނު ގޮތަށް ބަތަލުންވެސް އުފެދުނު ގައު މެ މީ.....

      12
  9. ޙެހެ

    ކައުންސިލގެ ގޮނޑިތައް ލިބިއްޖެއްޔާ އައްނިއާ ވަކިވާނަމޭ ބުންޏަޔސް އެކަމެއް ސާލިހަކައްނުވާނެއެ. ޢަންނިބުނާގޮތައް އެބުރެވޭނީ. ށްކުލްތައް ހަލާކު ރާއްޖޭގެ ތައުލީމް ހަލާކު ދީން ހަލާކު

    23
  10. Anonymous

    އަލްހާން ކަލޭ ތީ ބޮޑު ދެފުއްކެހެރިއެއް!!! ކަލޭ ދައްކާ ވާހަކަ އަޑެއްނާހާނަމޭ!!

    6
    3
  11. މާހިރު

    ޢަލްހާނު ކަލޯ އައިނު ނަގާބަލަ ބޭބެއަކަށް ތިޔަބުނާހާ މީހުނެއް ނުފެނެ މީ3000 މީހުން އުޅޭ ރަށެއްނޫނޭ މީގައުމެކޭ ދެންހަމަ ކިޔާފާނެ ރައްފުށު މުސްކުޅިން ހައްލަން ..ކަލޯ މިކޮޅުގަ ހުރީ ނަސީދޭ 6ކުޅި ކުރިޔައް ކުޅޭނެ ހީވަނީތަ ލައްކައެކޭ މިބުނީ ނުވާނެ ނުވާނެ.....މަސްނުކިރުނަސް ހެޔޮ މަހައްދޭ.... މޑޕ ނުކުޅެވޭނެ ރާއްޖޭގެ ނަމްބަރ 1މިފިކުރެއް މިރާއްޖެއަކުން ނުފޮހެވޭނެ...ތީ ފައިސާ އެފައިސާ މިފައިސާ.... ފައިސާގޯނި..

  12. އަލްހާން ފަހުމު ނުވި

    ނޫން. ޕީޕީއެމް ޖަލްސާ އަށް މީހުން ގިނަވީ ނަޝީދާއި ސޯލިހަކީ އެކައްޗެއްކަމާއި އެއްވަރުގެ ނުބައި ބައެެއްކަން ގަބޫލުކޮށް އެމީހުން ބޮޑުތަނުން ފެއިލް ވެފައިވާތީ. ދީނާއި ގައުމު ވިއްކަން އަތުގުޅުވައިގެން ތިބި ދެމީހުންނަށް ނޫނެކޭ ބުނަން. އޮޅުވާލަން ނޫޅޭ.