ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރުގެއެއްގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރޭ ކުރިޔަށް ގެންދިޔަ ޖަލްސާ ދައްކައިފިއެވެ.

މި މަންޒަރު ފެންނަ ފޮޓޯއެއް، އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގައި އާންމު ކުރައްވާފައި ވާއިރު، ފޮޓޯ އިން ފެންނަނީ ސީދާ ކޮން ރަށެއްގައި ހުރި އެމްޑީޕީގެ ހަރުގެއެއް ކަމެއް ނޭނގެއެވެ. އެ ފޮޓޯއިން ފެންނަނީ ރޭ އިދިކޮޅު ޕީޕީއެމްގެ ޖަލްސާ ކުރިޔަށްގެންދިޔަ ވަގުތު، އެ ޖަލްސާ ލައިވް ކުރަމުންދިޔަ ޗެނަލެއް، ހަރުގޭގެ ޓީވީގައި އަޅުވާފައި ހުއްޓައެވެ.

މި ފޮޓޯ އާންމު ކުރައްވަމުން އަލްހާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، "އެމްޑީޕީ ހަރުގެތަކުގައި ޕީޕީއެމް ޖަލްސާ ބެލުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް!" ކަމަށެވެ.

މިހާރު ދައުރުވަމުންދާ މި ފޮޓޯ އިން ޖަލްސާ ބަލަން އެވަގުތު ހަރުގެ ތެރޭގައި މީހުން ތިބި މަންޒަރުވެސް މިހާރު ދައުރުވަމުންދާ ފޮޓޯ އިން ފެނެއެވެ. މި ފޮޓޯ އާއި ގުޅިގެން އެމްޑީޕީ އެކްޓިވިސްޓުންގެ މެދުގައި މިހާރު ދަނީ ހޫނު ބަހުސްތައް ހިނގަމުންނެވެ.

"މިއީ މަގޭ ރާއްޖެ" ނަމުގައި ރޭ އިދިކޮޅުން ބޭއްވި ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވާއިރު، ރޭގެ ޖަލްސާ ވެގެން ގޮސްފައިވަނީ ފަހުގެ ތާރީޚެއްގައި ވެސް މާލޭގައި ބޭއްވި ސިޔާސީ އެންމެ ބޮޑު އެއް ޖަލްސާ އަށެވެ. ވެރިކަންކުރާ އެމްޑީޕީން ވެސް ދާދިފަހުން ބޮޑު ޖަލްސާއެއް ބާއްވާފައި ވާއިރު، އެ ޖަލްސާއަށް ދިޔައީ މަދު އަދަދެއްގެ ބައެކެވެ. ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާއަށް ދިޔަ މީހުން ގިނަ ވުމުގެ ސަބަބުން ކާނިވާ ސަރަޙައްދުގައި ޖަހާފައި ހުރި ގޮނޑިތައް ވަނީ ފުރިފައެވެ.

ރޭގެ ޖަލްސާ އަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޕީޕީއެމް އިން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާއަށް ގިނަ ބަޔަކު ގޮސްފައިވާތީ، އެކަމަށް އިޝާރާތްކުރައްވާ އަލްހާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ޖަލްސާ އަކީ ރައްޔިތުން ސަރުކާރުގެ މޫނުމަތީގައި ޖެހި ބޮޑު ތަފާއްޔެއްކަމަށެވެ. އޭނާ ވިދާޅުވީ، ޖަލްސާ އަށް އާދަޔާ ޚިލާފު އަދަދަކަށް މީހުން ނުކުތުމަކީ "ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް، އަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ދުއްތުރާލުގެ ސަބަބުން ވާގޮތެއް" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އަލްހާނަށް ހިތާމަކުރަންޖެހޭ ކަންތަކާ އުފާކުރަންޖެހޭ ކަންތައްތަނޭގޭތީ އަހަރެމެން ދެރަވޭ. މޑޕ ހަރުގޭގަ ޕޕމގެ ޖަލްސާބެލުމަކީ ލިބުނު ކުރިއެރުމެ އުފަލެ އެއީ ޕާޓީ ފިކުރަށްވުރެ ގައުމީ ދީނީ ފިކުރު ކުރިޔަށްނުކުތީމަ..އެއްވެސް ޕާޓީއަކަށްވުރެ ގައުމާ ދީން މާބޮޑު މާމަތިވެރި.. ވަކިފިކުރެނެތި ގައުމައްޓަކާ ދީނައްޓަކާ އެއްމެން އަތާއަތްގުޅުވާލާ އެކުވެރިވެ ހިނިތުންވުމާއެކު އެއްބައިވަންތަވެ މިއީ އިހުގަވެސްއޮތް އެކުވެރިކަން ބަ ދަހިކުރެވޭނެކަން އެގުމުން އުފާކުރަންވީ..

    55
    4
  2. މަނަދޫ

    ވަރަށް ދެރަވެއްޖެ.އެވަރުގެ ހިތްދަތިކަމެއް އެމްޑީޕީ ކުދިންނަށް ލިބުނީތީ

    52
    3
  3. ޅަބޭ

    ހަގީގަތުގަ އެމްޑީޕީގެ ހަރުގޭ ކިއްލާތެރޭ އުޅޭ ނޯކަރުންނާއި މަސައްކަތު މީހުންވެސް އުޅެނީ އެމްޑީޕީގެ ކިބައިން ގައުމު ސަލާމާތް ނުކުރެވިގެން.

    45
    2
  4. މާހިރު

    އެކަމަކު ފޯރިއެބަހުރި ބަލަ ޕާޓީތަކުން އަނެއްޕާޓީ ޖަލްސާވެސް ބަލާނެ މެނިފެސްޓޯވެސް ބަލާނެ އެއަކީ ހަމަ ވަރަށް ސަޅިކަމެއް ރައްޔިތުން ހިފާނީ ސަޅިއެތީގަ އެއަކީ ރައްވެހިފަތިސް ކަމަށްވާނީ ޗެލެންޖަކަށް ވެދާނެ ކޮރޯނާގެ ހީނަރުކަން އެކަމަކު އެންމެންވެސް އަންޑަސްޓޭންޑް ވާންޖެހޭ ސިޓުއޭސަން ....މިއަކީ ސުނާމީއެއް ކަހަލަ ޗެލެންޖެއް ހުރިހާ މީހުންވެސް ބައިގެން ...ފުރަތަމަ އެމީހާ...ދެން ގައުމު...ޮ

  5. މާހިރޫ

    މާހިރު ކަލޯއެޖަލްސާ ބެލިފަހުން ކޮންތަނެއް ހިރުވާވަރުންތަ ތިއުޅެނީ،

    2
    1