މާލޭގައި މިދުވަސްވަރު ރޯގާ އާއި ފާނަބަސަންދު ފެތުރެމުން އަންނާތީ ބަލި މީހުންގެ އަދި އަމިއްލަ ރައްކާތެރިކަމަށްޓަކައި ބަލި ޖެހިފައިވާ މީހުންގެ ކައިރިއަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން މިއަދު އެދިއްޖެއެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނީ ފާނަބަސަންދު ޖެހިގެން އުޅޭ ގެއެއްގެ މީހުންގެ (ކުރިން ފާނަބަސަންދު ޖެހިފައި ނުވާ މީހުން އަދި ފާނަބަސަންދަށް ވެކްސިން ދެ ޑޯޒް ނުޖަހާ މީހުން) އަލާމާތެއް ފެންނަން ނެތަސް، ބައްޔަށް ހުށަހެޅިފައިވާ މީހުންގެ ޒަރިއްޔާ އިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެންވެ، ފާނަބަސަންދަ ޖެހިފައި ތިބި މީހުންނާއި ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ރޯގާ ޖެހި، ކިނބިހިއަޅާ ނުވަތަ ކެއްސާ މީހުން ކައިރި އަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން އެދެއެވެ.

މީގެ އިތުރުން ބަލިތަކުން ސަލާމަތްވުމަށާއި ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި ކެއްސާއި ކިނބިހި އަޅާއިރު، ނޭފަތާއި އަނގަމަތި ނިވާކުރުމާއި ސައިބޯނިލައިގެން ގިނަ ގިނައިން އަތް ދޮވުމާއި ސެނިޓައިޒާއެއް ބޭނުން ކުރުމާއި އަތް ދޮވެގެން މެނުވީ ލޮލާއި އަނގަ އަދި ނޭފަތުގައި އަތް ނުލުން ހިމެނެއެވެ.

އަދި ރޯގާ ޖެހި ކިނބިހި އަޅާއިރު، ނުވަތަ ކެއްސާ ނަމަ، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މާސްކް ބޭނުން ކުރުމާއި މާސްކް ޓިޝޫ ފަދަ ތަކެތި ކޮތަޅަކަށްލާ ބަންދު ކުރުމަށް ފަހު ނުވަތަ ކޮތަޅުލާފައިވާ ޑަސްބިނަކަށްލުމަށް އައިޖީއެމްއެޗުން އިރުޝާދުދީފައިވެއެވެ.

އިންފުލުއެންޒާ ވެކްސިން، ފާނަބަސަންދު، ވެކްސިން، އެމްއާރް ވެކްސިން ނުނަގާ މީހުން ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ވީ އެންމެ އަވަހަށް ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށް ވެސް އައިޖީއެމްއެޗްގެ އިއުލާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަ އ23ރ.އހ

    ހާދަހާ ބޮޑު އިމާރާތެއް ތިފެންނަނީ އެއީ އ މ ޞ އެޅި ތަނެއްތަ.

  2. ޔޫސުފް

    ކޮރޯނާ އަށް މީހަކު ޕޮޒިޓިވްވިކަން ސިއްރުކުުރުމަކީ ބައިނަލް އަގްވާމީ ކުށެއް