ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އިން ފެނިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި އިހްލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

"މިއީ މަގޭ ރާއްޖެ" ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް އެތައް ހާސް ބަޔަކު ހާޒިރުވުމާ ގުޅިގެން އެކަން އިޝާރާތް ކުރައްވައި ރައީސް ޔާމީންގެ ގާނޫނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލްސާ އިން ތިން ކަމަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.

އެއީ އިސްލާމް ދީނާއި މިނިވަން ކަމަށް ގޮންޖެހުމާއި އާންމުވަމުންދާ ކޮރަޕްޝަންގެ އަމަލުތަކާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާ އަށް ދިޔަ އާއްމުންގެ އަދަދު ގިނަވުމުން ކުރީ ސަފުގައި ހުރި ގޮނޑިތައް އާންމުންނަށް ދިނުމަށް ފަހު، ޕީޕީއެމްގެ އިސް ބޭފުޅުން އެ ޖަލްސާގައި ތިއްބެވީ ކޮޅަށެވެ.

ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ޔާމީން ދޫކޮށްލުމަށްގޮވާލައިފައެވެ. އަދި ޖަލްސާގެ ގިނަ ބައިވެރިން ތިބީ، ޔާމީން ދޫކޮށްލުމަށް ގޮވާލާ، ތަފާތު މެސެޖްތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފަހައްޓައިގެންނެވެ.

ކުރިއަށް އޮތް އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ބޭނުން ކުރާނެ ފަސް ސިޔާސަތު ރޭ ވަނީ ހާމަކޮށްފައެވެ. އެއީ އިސްލާމް ދީން، މިނިވަންކަމާއި މުސްތަގިއްލުކަން، ރައީސް ޔާމިން ދެއްވި އިރުޝާދުތައް، އިގްތިސާދު އަދި ތަހުޒީބު ކައުންސިލެއް، މިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އަލްހަ މްދުﷲ ﷲއީ ހުރިކަ މަކަށް ކުޅަދުންވަންތަ ރަސްކަލާން.. މިގައު މު ސަލާ މަތްކުރަން ހި މާޔަތްކުރަން ނިކުތް ބަތަލުން ރޭގަފެނުނީ...ކޮއް މެ ގޮތެވަރިހަ މަ ނޫންކަން ރޭގަބުނީ..ކާބަފައިންފަދަ އަބުތާލުން ބަތަލުން އަދިވެސް ތިބިކަންއެގުނީ..އިސްލާ މްދީން ނޫން ދީނެ ބޭނުން ނޫންކަން..ފަސްޓް އިންޑިޔާ ނޫންކަން..ތަރައްގީއަކީ ކުއްލިޔަކަށް މީހާގެ ވިސްނު މަށް ވާގޮތެނޫންކަން..ނާލުބައްތެއްޔާ 4ގިޔަރު ފާޙާނާއާ ނޫންކަން..ހަސަނު އަބަދު ވެލިގަލަށް ދާންބޭނުން ނޫންކަން.ހައްވަދައިތަ އަބަދަކު ވޮއްދިއްލައިގެން ޕަރުވާނާ ގުނަން ބޭނުން ނޫންކަން.. މަރިޔަން ވިހަންއެރިތަދު ކަޑުވަން ދޮންރުކު ބޮންތި ފަންވަތް ބަންނަން ބޭނުން ނޫންކަން..އާދަނު ގަދަ ކަނޑުގަ ކުޑަހުސެއިނު ގޮވައިގެން ދަތުރުކުރަން ބޭނުންނުވާކަން.ފާތާނިކާ ހާރޫނު ޖަޒަވާޖީ ހަޔާތެފަށާ މުނި މާ މަ މުނިކާފަ އު މުރަށް އެޅުނުއިރުވެސް ގޭގެ ވަށާފާރު 5ފޫޓަށް ރާނާނުލެވިހުރުން ކަ މުނުދާކަން. ކުޑަހުސޭނު މިއަދު ބޮޑުވެއްޖެ ބެންޒްކާރެގަ ދަތުރުކޮއްލު މަކީ ހަގީގަތަކަށް ކުރެވިދާނެކަން ރޔާ މީން ވިސްނަދިނީ...

    33
  2. ފިއްޓޭ

    ކޮއްކޯ ޖަލްސާއިން ފެނުނީ ރައީސް ޔާމީންގެ މަސައްކަތް ބަލައިގަތުމެއް ނޫން. ޖަލްސާއިން ފެނިގެން ދިޔައީ ރައީސް ނަޝީދު ދެކެ ދިވެހިން އަންނަ ރުޅި އާއި ނަފްރަތު ދައްކާލިތަން. ދިވެހި ރައްޔިތުން ރައީސް ޔާމީން ބަލައިގަތް ގޮތް 2018 ގެ އިންތިޚާބުގެ ނަތީޖާއިން ވަނީ ދައްކާލާފަ. ޢެއިރު ޖަމީލު ދެއްކި ވާހަކައާއި ލީޑާޝިޕް އަދި ނަމޫނާ ވެސް ދިވެހިން ބަލައިގަތް އެކަމަކު މިހާރު ދިވެހިން ޖަމީލު ގުނަނީ ފަޑުއްކައިގެ ތެރޭގައި.

    4
    61
  3. އަލިފް

    2023 ޔާން..އިންޝާﷲ...........

    28
    1
  4. Anonymous

    ޖަމީލަކީ ޤައުމަށް އިޚްލާޞްތެރި ބޭފުޅެއް.
    ޝުކުރިއްޔާ ޖަމީލް. އަމިއްލަ އެދުމެއްނެތި ބަދަލު ހިފުމެއް ނެތި ޤައުމަށްޓަކައި ތިވާ ޤުރްބާނީ ބަލައިގަންނަށް .

    38
    1
  5. މާހިރު

    ޖަމީލޫ އަސްލުފޯޓޯއެއް ނޫން ފޭކެއް ކަޅުކަޅުކަޅު ފައިސާ އެއްކަލަ އެފައިސާ މިފައިސާ ނަތީޖާ %21ބޮޑުވަރަކަށް ނުވާނެ ތީފޭކު އަސްލު އިންނާނީ އޮރިޖިނަލް މިހެން ލިޔެފަ ނޫނީ ނަތީޖާއިން ފެނިވަޑައި ގަންނަވާނެ އިންތިޒާރު ކޮށްލައްވާ ޢަންނަނީ 5 އެޕްރީލް އިލެކްސަން ވެބުސައިޓައް ޑާޓާ ޗެކްކޮށްލާ ތައްޔާރުވޭ އަޕްލޯޑް ކޮށްލައްވާނެ ބޮޑުމަންޒަރު

    1
    5
    • Anonymous

      ވޯޓު އޮޅުވާލަނީ ދޯ މިފަހަރުވެސް. އަދިވެސް އަނގަ ފުޅާކޮށްފަ އެހެން މީހުންނަށް ބާޣީ ބާޣީ ގޮވޭތޯ ބަލާތި

  6. މާހިރޫ

    ކާކުތަ ޕޕގެ ސުޕަ ޖަލްސާފެނިފަ މާވަރަކަ ށްތަންތަން ހިރުވާވަރު ރުންމިއުޅެނީ ތިހާވަރު ރުންޖެހޭތަ ކޮންމެހެން އެޖަލްސާބަލަން ތީކޮން ކަމެއްގެ މާހިރެއްތަ އަނެއްކާ ލާދީނީ ރިޕޯ ރިޕޯޓު ނެރުމުގެ ކުޅަ ދާނަކަން ލިބިފަ ހުރި މާހިރެއްތަ ނޫނީ ވައްކަންކުރުމުގެ މާހިރެއްތަ ނޫނީ ގަންޖާރާ ވިއްކުމުގެ މާހިރެއްތަ ނޫނީ ވަކަންކުރުމަށް ކުޅަދާނަމާހިރެއްތަ ކަލޯ ކާކުތަ ކަލޯކައިރީ ބުނީ އެޖަލްސާބަލާށޭ ތިހާވަރަށް ހިރުވައްޏާ ކީއްކުރަންތަ ޖަލްސާ ބެލީ ކަލޯމާހިރު ހަޖަމް ނުވައްޏާދެން ބާރަށް އަތްޖަހަންވީނު' ހެހެ