ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރިމާންޑް ޖަލެއްގައި ބަހައްޓަން ސުޕްރީމް ކޯޓުން ހުކުމްކޮށްފައި އޮއްވައި ގޭބަންދަށް ބަދަލު ކުރީ މި ސަރުކާރުގެ ވެރިން އޭނާ ދެކެ ބިރުގަންނާތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ތަފާތު ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވިޔަސް، އެ ހުކުމްތައް ފަހުން ވަނީ ބާތިލްކޮށްފައެވެ. އެކަމަކު އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައެއްގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުއްވި މައްސަލާގައި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.

އެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފައެވެ. އަދި އޭނާ މިވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށްވެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ، ސަރުކާރުގެ އިސް މަގާމްތަކުގައި މިއަދު ތިއްބެވި އެތައް ބައެއްގެ "ގޮހޮރުގައި" ވެއްޖެ ކަމަށެވެ. ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުގެ ވެރިން އޭރުގައި ވާހަކަ ދެއްކެވި އިރު، އެ ބޭފުޅުން ވެސް ތިއްބެވީ އެ "މަޅީގައި" ޖެހިފައި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"އަދީބު މާދަމާ ނުކުމެފައި މިސާލަކަށް ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެމްއެމްޕީއާރުސީޣެ ފައިސާ ދިނީމޭ. ބުނެފިއްޔާ ދެން ކިހިނެއްތޯ ހަދާނީ؟ އެހެންވީމަ މިކަހަލަ ކަންތައްތަކާ ގުޅިގެން ބިރުން އަދީބު ޖަލަށް ނުގެންގޮސް ގޭގައި ބަހައްޓާފައި އެހުރީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއިން "ބައި އެޅީ" އޭރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެކަނި ނޫން ކަމަށެވެ.

އޭގެ ތެރެއިން ބޮޑު ބައެއް އިދިކޮޅުގައި ތިބި މީހުންގެ އަތަށް ވެސް އެރި ކަމަށާއި ޚާއްސަކޮށް އެމްޑީޕީ އަށް ނިސްބަތްވާ އޭރުގެ ޕާލިމެންޓުގެ އެތައް ބަޔަކަށް ވެސް އޭގެ ތެރެއިން ބޮޑުބައެއް އެރި ކަމަށް އުމަރު ވަނީ ތުހުމަތު ކުރައްވައިފައެވެ.

"އެހެންވީމަ އެ ހާލަތު އެހެން އޮތީމަ މިސަރުކާރަކަށް ކުރީ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ނުބެލޭނެ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު ވެރިކަމާއި ހަވާލުވި ސަރުކާރުގެ އިސް މަގާމުތަކާއި މަޖިލިހުގައި ގިނައިން ތިއްބެވީ އެމްއެމްޕީއާރުސީގެ ކޮރަޕްޓް ފައިސާ ޖީބަށް ވަދެފައި ތިބި މީހުން ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޓް މީހުން ދުރު ކުރުމަށްފަހު ފަސްބައި ސާފު މީހުން އެ ތަންތަނަށްލުމަކީ ރައީސް ސޯލިހަށް ކުރެއްވޭނެ ކަމެއް ވެސް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބކރ

    އަދީބު ގޭގަ އެބަ ހުރިތަ މިހާރު؟

  2. ޙައްގުބަސް

    އުމަރުގެ މިވާހަކައަށް %100 ތާއީދު! އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ޕޫބެއަރ ވަނީ ވަރަށްގިނަ ސިޔާސީ އިސްފަރާތްތައްވެސް ޝާމިލްވާގޮތަށް ބައި އަޅާފަ! ކުރީ ސަރުކާރުގެ ފަރާތްތަކަށާ މިހާރުގެ ސަރުކާރުގައި ތިބި ފަރާތްތަކަށްވެސް! އެކަން ބަލަން މިސަރުކާރަކަށް ނުކެރޭނެ!! އަދި ފޫބެއަރ ޖަލަށް ބަދަލުކުރާކަށްވެސް ނުކުރޭނެ! އުމުރަށް ތާޢީދުކުރެވޭ ވަރަށް ރަގަނޅު ސިފައެއް އޭނާގެ ކިބައިން މިހާތަނަށް ފެނިފައިވޭ! އެއީ މިރާއްޖޭގެ ސިޔާސީ އެއްވެސް މީހެއްގެ ކިބައިން ފެނިފައިނުވާ ސިފައެއް! 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މައުމޫނަށް ކާމިޔާބު ނުވާނެކަން އެނގުނު ހިސާބުންް އޭރު މައުމޫނާއެކު ތިބި ހުރިހާ ސިޔާސީ ލީޑަރުން ކޮޅު ބަދަލުކޮށް އެމްޑީޕީއާ ބައިއަތު ހިފިއިރު އުމަރު ހުރީ އޭނާ ގަބޫލުކުރާ ގައުމިއްޔަތުގެ ފިކުރު ދިފާއުކުރިމުގައި ސާބިތުކަމާއެކު! އޭރުވެސް އޭނާ ބުނަމުން ދިޔައީ އެމްޑީޕީއަކީ ފަނާކުރަނިވި ފިކުރުކަމަށާ ދީނާ ދުރު ފިކުރުކަމަށް އެފިކުރަކަށް ނުދާނެކަމަށް! އޭނާ ގެންގުޅޭ ފިކުރަކީ އަބަދުވެސް ޕީޕީއެމްގެ ފިކުރު! އެއީ އޭރުގެ ޑީއާރުޕީގެ ފިކުރުވެސްމެ! ކޮންމެއަކަސް މިއަދާ ހަމަޔަށް އެއްވެސް ބަދަލެއް ނުގެނަސް ސާބިތުކަމާއެކު ހުރި ހަމައެކަނި ފަރާތަކީ އުމަރު! އުމަރަކީ ވަރަށް ގޮތްދޫނުކުރާ އޭނާ ހިފަހައްޓާ ސިޔާސަތުގައި އަބަދުވެސް ދެމިހުންނަ ފަރާތެއް! އެއީ އޭނާ އެންއެސްއެސްގައި މަސައްކަތްކުރި އިރުވެސް އޭނާގެ ކިބައިން ފެނިގެންގޮސްފައިވާ ސިފައެއް!! އެހެންކަމުން އޭނާއަކީ އެގޮތުން ބަލާއިރު ވަރަށް ރަގަނޅު ރޯލް މޮޑެލްއެއް! ރައިސް ޔާމީނަކީވެސް ހަމަ އެފަދަ ފަރާތެއް! މައުމޫނު ގާސިމް އިމްރާނު މިއީ ކޮޅު ބަދަލުކޮށް އެއިރަކު ވައިޖެހޭ ކޮޅަކަށް އޮޑި ދީލާލުމުގައި ހައްދުން ނެއްޓިފައިވާ ބައެއް! ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބައެއް! ރައިސް ޔާމީނަށް 2023 ގައި އިންތިޚާބުގައި ވާދަނުކުރެވޭނަމަ ޕީޕީއެމްގެ ލީޑަރ ޝިޕް ޙަވާލުކުރަން ފެންނަ ފަރާތަކީ އުމަރު ދެން ޣައްސާނު މައުމޫނު!! ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފެންނަނީ އުމަރު ރައިސްކަމަށް އަދި ނައިބު ރައިސްކަމަށް ޣައްސާނު މައުމޫނު!! ދެމް ރައިސް ޔާމީން މިނިވަންކޮށް މަޖްލިސް އިންތިޚާބުގައި ރައިސް ޔާމީން ހޮވާ މަޖްލީހުގެ ރައިސްކަން ރައިސް ޔާމީނަށް ދިނީމަ އެވީ ފުރިހަމަ! މިއީ ޕީޕީއެމް ވަރަށް ވަރުގަދަ ވެގެންދާނެ ގޮތެއްކަމަށްް އަޅުގަނޑަށް ފެންނަގޮތް!

    20
    • ވިސްނާލުމަށް އެދެމޭ

      ހައްގުބަހުގެ ހުރިހާ ބަހެއް ހައްގުތެދެނޫން..އުމަރު ދައްކާވާހަކަތަކާ އެއްވަރުގެ ހިއްވަރުގަދަ އަމަލެނުދެއްކޭ..2018ވަނައަހަރު ރާއްޖޭގަތިބި ހުރިހާ ސިޔާސީމީހުންވެގެން މޑޕގެ ލީޑަރެ ވެރިކަމަށް ގެނުވީ އުމަރަށް މޑޕ އެގޭއިރު ގައުމީ ދީނީ ވަތަނީ ރޫހު ކުރިޔަށްނެރެ ގައުމުގެ މިބުނި ބަހާތައް ހިމާޔަތްކުރުމަށް ތެދުވަންޖެހުނުވަގުތު ފަހަތަށްޖެހި ބޮދާއޮތީ..ރޔާމީނާމެދު ހަސަދަވެރިކަން އޮތްނަމަވެސް އަދި އުމަރަށް ރޔާމީން ކަމުނުދިޔަސް އެވަގުތަކީ އުމަރު ގައުމައްޓަކާ އަމިއްލަހުރިހާ އެދުމެ އެއްފަރާތްކޮށް ރޔާމީނަށް ތާއިދުކުރަންޖެހޭ ވަގުތެ.އެގޮތަށް ހެދިނަމަ ފަހަރުގަ މިއަދުގައުމު މިއޮތްހާލަތު ނައީސް..ކުޑަ ގޯހެއްކަށްވުރެ ބޮޑުގޯސް ގޯސްވާނެ..މޑޕގެ ލީޑަރެ ވެރިކަމަށް ގެނައުމަކީ ހަމަ މޑޕ ވެރިކަމަށްގެނައުން.ލީޑަރުގެ މޫނު ތަފާތުވިޔަސް.އެޖެންޑާ ފިކުރު އެކައްޗެކަށް ވާނެކަން އުމަރަށް ނުވިސްނޭތަ..މިއަދުވެސް އުމަރު ގަދަބަސްބުނެފަ ފިލާއިންނަނީ ރޔާމީން ތަހައްމަލް އެކުރަނީ ހައްގު އަދަބެނޫންކަން އުމަރުގެ ވާހަކައިންވެސް އިގޭ ދެން ކީއްވެ ހައްގު އަދުލު އިންސާފައްޓަކާ ގައުމުގެ މިނާޒުކުވަގުތު ފިލާހުރީ..ޕޕމއާ ފިކުރު ދިމާނުވިޔަސް ރޔާމީނާ ނުރުހުނަސް ގައުމުގެ ހައްގުގަ އަމިއްލަ ނަފްސުއެކަނި ނަމަވެސް ނުކުމެ އަޑުއުފުލަންވީނުން..2023އަންނަންދެން މަހަކު އެއްފަހަރު ގަދަ ބަހެއް ބުނެފަ ފިލާއޮންނަ މީހުންނަކީ ލީޑަރެކަމަށް ގަބޫލެނުކެވޭނެ..

      20
      3
      • އަދި އެއްފަހަރު ވިސްނާލާ

        ދެން ތިޔަބުނަނީ ކެރިގެން ނުކުމެ ގައުމުގައި ހުޅުޖަހާށޭއުތަ؟ ކޮބާތަ އަމަލުން ހިތްވަރުގަދަކަން ދެއްކުމަކީ؟ މިހާ ކަރަޕްޝަން ބޮޑު ޒަމާނެއްގައި، ކަރަޕްޝަނުގެ ހާއްޔަކަށް މިކުޑަކުޑަ ރާއްޖެ ވެފައިވާއިރު، ކުޑަނަމަވެސް ލޯލާރިއެއްގައި ނުޖެހި ސަލާމަތްވުމީ ކިހާ ހިތްވަރުގަދަ އަމަލެއް. ކޯޓަކުން ނުހައްގު ހުކުމެއް ކުރީމާ ކުށްވެރިޔާ ސަލާމަތްކުރަން މަސައްކަތް ކުރަންޖެހޭނީ ގާނޫނުގައި އޮންނަ އުސޫލުގެ މަތިން. ތަންތަނަށް އެއްވެ ހަޅޭއްލަވައި އަވަގުރާނަގޮވާ ހަމަނުޖެހުން އުފެއްދުމަކީ އެމްޑީޕީން ދަސްކޮށްދިންގޮތް. އުމަރަކީ އަޚުލާގީގޮތުން ދަށްފެންވަރުގެ މީހެއްނޫން. އިސްލާމްދީނާއި ގައުމު ހިމާޔަތްކުރުމަށް އެއްވުމާއި، ޔާމީން ޖަލުން ސަލާމަތްކުރަން އެއްވުމާ ހާސްބައި ތަފާތު.

        2
        3
  3. ޙަސަން

    ހަމަ ޙަޤީޤަތުގައިވެސް ޢުމަރުވަރެއްނެތް.

    15
    9
  4. އެކްޓަރ

    އުމަރާ މިއީ ނުރައްކާ ވެރިކަމެއް 3 ބާރު ޖީބަށްލައިގެން އުޅޭ ޚޮދުމުޚުތާރު ވެރިކަމެއްކުރާބަޔެއް؛ އުމަރުގެ ކަރަޕްޝަން ފައިލް އެބައޮތޯ.... އަދީބު އަކީ ހުދު ކާފޫރު؛ އެފްޕީ އައިޑީގެ ކޭސް ހިންދާލިގޮތަށް ހިނދި ހުރިހާ އިލްޒާމެއް އެއްވެސް ކުށެއްގައި ބައިވެރިނުވާ ރ.ޔާމިން ބޮލަށް... އުމަރާ އަހަރަމެން މިހާރު ދެކެނީ އުމަރަކީ ޤައުމީ ވަންތަކަމަށް ލޯތްބެނެތް؛ ސިޔާސީ ފިނޑި އެއްކަމަށް..ޤައުމު ފަނާވާއިރު އެއްވެސްވަރެއްގެ ޤައުމީ ލޯބިވާ ދަރިން ނުކުންނާނެ.... ޕީޕީ އެމްގެ ރައީސްކަން ނުލިބެންޏާ މަ ނުނުކުންނާނަމޭ ބުނުމީ ދޯހަޅި ސިޔާސަތެއް. އުމަރުވެސް ގުރާސް ރޫޓުން ފަށައިގެން މަސައްކަތްކުރޭ...ޤައުމު ދެކެ ލޯބިވާ ދަރިން ވަކިމަގާމެއް ލިބުނީމަ ނޫނީ ސިޔާސީ މަސައްކަތްނުކުރާނަމޭ ބުނުމީ ވަރަށް ސިޔާސަ ވާހަކައެއް..
    އިންޝާ ﷲ ރ.ޔާމިން ނުކުންނާނެ..އަދި އުމަރުގެ ރަމަލުގައި 2023 އަހަރުގެ އިންތިޚާބުގައި ރ.ޔާމިންގެ ނަން ނޮއޮންނާނެކަމަށްބުނެ ކޮސްގޮވިޔަސް އެނަން އޮންނާނެ އެއީ ދިވެހި ޤައުމުގެ ސިޔާސީ ރަން ނަން....

    13
    • Anonymous

      100ގެ ތެދެތިބުނީ....👍👌

      13
  5. Anonymous

    ޜައީސު އިބޫސޯލިޙު އެމްއެމް ޕީއާރސީގެ ފައިސާގައި ޖެހިފައިވާކަމަށް ކުރީގެ ނ.ރ.އަދީބު ނުބުނެއެއްނެތެވެ!!! ޢަދީބުވަނީ މީޑިއާއަށް މުޅި ޕަބުލިކަށް ވަރަށްހާމަކަން ބޮޑުގޮތެއްގައި ހާމަކޮށްފައި ރައީސު އިބޫސޯލިޙް ތިމެންނައަތުން އެމްއެމަޕީއާރސީގެ 35މިލިޔަން ޑޮލަރ ހޯދާފައިވާކަމަށް، ރ.އިބޫސޯލިޙް އެފައިސާދަބަސް ގެންދިޔަ ވީޑިއޯވެސް މީޑިއާއިން ފެނިގެން ގޮސްފައިވަނީ، ނަމަވެސް މިހާރު އެހުރިގާފައިސާތަކެއްގެ ޝަރީޢަތް ހަމައެކަނި ރ.ޔާމީނުގެ ބޮލުގައި އަޅުވައިންގެންދަނީ އެޚިތާނާތުގެ އަސްލު ނަތްތާލުމަށް، ހުރިހާ ހަގީގަތެއް ދެނެވޮޑިގެންވާ ﷲ ކޮންމެ ކަމަކަށްވެސް އިންސާފު ޝަރީޢަތް އަރާ ހަމަކުރައްވާނެކަން ޝައްކެއްވެސް ނެތެވެ.

    14
    1
  6. ސަދސަ

    ބޭކާރު ވާ ހަކަ. ކުރީ ސަރުކާރުންވެސް ކަންކުރީ ހިތުހުރި ގޮތަކަށް.
    މި ހާރުވެސް އެގޮތް.
    ދެންވެސް ވާނީ ހަމަ އެހެ ހެން.
    ދިވެ ހިން ސިޔާސީ މީ ހުންގެ އުނގަށް ވެއްޓޭ ހާ ހިނދަކު ރަނގަޅެއް ނުވާނެ.

    1
    16
  7. މާމީ

    އުމަރުއަށް ނޭގުނަސް ޔާމީނު ޖަލައްލުމަކީ މިސަރުކާރުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެއް،،،،،،

    14
    1
    • އިންސާފެނެތް

      އުމަރަށްވެސް އެގޭ ޔާމީން ޖަލަށް ލުމަކީ އުމަރުވެސް އެދޭގޮތް...އުމަރަކަސް ކާސިމަކަސް ނާޒިމަކަސް ރިޔާޒަކަސް މައުމޫނަކަސް އިވުރާހިމަކަސް ނަޝީދަކަސް ދެންވެސްތިބި ވެރިކުގެ ބޫތުކައިފަތިބި ކޮއްމެ މީހެއްގެ އެދުމެ ބޭނުންވިގޮތް...ރޔާމީންގެ ފުރާނައަށް ދަހިވެތިވަނީ ހަމައެކަނި ޕެންޑާ އެކަންޏެނޫން...މިއެއްމެންވެސް ބޭނުންވިގޮތް.ރޔާމީނަކީ މިއެއްމެންގެ ޗެލެންޖް ނުކުރެވޭނެ ލީޑަރަކީ..އުމަރަކީ ފިޑި ޒާތީވާ މީހެއް..

      14
      1
  8. ޔާމިން

    ރަގަޅު ވާ ހަކައެއް އުމަރު ނަސީރު ތިބުނީ.

    5
    11
  9. ސާސް

    އެހެންތަ ސަރުކާރުގެ އެތެރޭގެ ޚަބަރުވެސް ނުބުނާ ވާހަކަވެސް ޢުމަރު ގާތު އެބަ ބުނޭތާ؟

    4
    1
  10. އިބިރިން ތައްކާނު

    ޢުމަރު އެދެއްކިވާހަކަ ދޮގުކުރަން ކެރޭނެ އެކަކުވެސް ނުހުންނާނެ ޙަޤީޤަތްވާނީޙަޤީގަތައް އެކަންއެއޮތީ އޭސީސީގެ ތަޙުޤީޤުންވެސް އެނގެން އެކަމަކު ޢުމަރުވެސް ފިލާނުހުރެ ރައްޔިތުންނައްޓަކާ ޢުމަރުގެވެސް އުފަން ބިމައްޓަކާ ތިޔަގޮތްދޫކޮއް ނިކުންނަންވީ ވަޤުތަކީ މީ

  11. ާއަބޫ

    އުމަރު ތިއީ ކިހާވަރެއްގެ ބުރަދަނެއް ހުރި މީހެއްތަ ؟ މަށަށް އެނގޭ ކަމަކީ ތިހާ މޮޅު ތިހާ ސާފު ތިހާ ގަދަބަސް ބުނާއިރުވެސް ވެރިއަކަށް ގެންނަން ރައްޔިތުން ބޭނުމެއް ނުވިކަން. ލިބުނީ 3000 ވޯޓުކަން.