ރައްޔިތުންގެ މަޖިލީހަށް ވަންނަން އުޅުނު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް މެމްބަރުންނަށް އަނިޔާވެއްޖެއެވެ.

އިއްޔެއެކޭ އެއްގޮތަށް މެމްބަރުން މިއަދުވެސް މަޖިލީހަށް ވަންނަން މަސައްކަތް ކުރީ މަޖިލިސް އަލުން ހުޅުވާނެ ދުވަހެއް ސާފުކުރުމަށެވެ.

މެންބަރުން މަޖިލީހަށް ވަނުމަށް މަސައްކަތް ކުރުމުން ފުލުހުން ވަނީ ހުރަސް އަޅައި އެ މެންބަރުން އެސަރައްދުން ދުރަށް ޖައްސާފައެވެ. ދުރަށް ޖައްސަން ކުރި މަސައްކަތުގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެފައެވެ. އެގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުﷲ އަހުމަދަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް މިހާރު ވަނީ އޭޑީކޭ އަށް ގެންގޮސްފައެވެ.

މަޖިލީހަށް ވަނުމަށް އިދިކޮޅު މެމްބަރުން އަދިވެސް މަސައްކަތް ކުރަމުންދާއިރު ފުލުހުން ދަނީ އެކަމަށް ހުރަސް އަޅަމުންނެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާފައި ފަށަން ޖެހޭނެއެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ޖަލްސާ މިދިޔަ ހޯމަ ދުވަހު ބާއްވަން ތާވަލުކޮށްފައިވަނިކޮށް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާ ކެންސަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޮންބެ

    ކޮންމެ ހެންމަޖިސް ހުލުވަދުވަްސް ބަލާސެކިޔާފަހާޖަނު ހައްދާކައްނުޖެހޭ ތިމެންބަރުން ނާހެދި އުދަގުލަކައުދަގުލަކައް ވެއްޖެ

  2. ބިޮންދު

    ފުރަތަމަ ހުރިހާ މީހުން އެއްފަރާތަކަށް ޖައްސާފަ ދެން ތަޅާ ހިތްގަނުވާފަ ބޭރަށް ހޫރާލާ!

  3. ާފލަ

    ޟަހަރުގެ ގަމަަރުނ ގަަދަރު ނެތި ޖަނަވަަރުނ ސިޔަސިި ގަމަަރުނ ވަގު ފަނޑިޔަރުނ ވިޔަފަރި ވެރިޔަ ގަސިމ މިގަުމުގެ ހަލަަކު ޖަރުމަނ ސުފރަ

  4. އަމިއްލަ

    އަމިއްލައަށް ވެއްޓިގަނެގެން އަނިޔާވީ. ފަހަތުގަ އާޒިމް ހުރެގެން މެމްބަރުންތަށް ކުރިއަށް ކޮށްޕާ ހެދުމުން އެމީހުން ވެއްޓުނީ....

  5. އިންސާނާ

    އަނިޔާވެސް ވާނެ ކޮންކަމެއް ނުވެގެން ކާކުގެ ސަމާލުކަމެއް ނުލިބިގެން ކިހިނެއްވެގެން އުޅޭ މޮޔައިންތަކެއް މަޖިލީސް ހުޅުވާނެ ދުވަހެއް މަޖިލީހުން އިއުލާންކުރުމުން އެދުވަހަކުން މަޖިލީހައް ވަންނަން ތިބެބަލަ

  6. ރައްޔިތުން

    ޢަނިޔާވާނެ ކަމެއްނެތް ތިޔަ މަޖިލިސް މިހާރަކު ބޭނުމެއްނޫން. ޢަހަރެމެން މަޖިލިސްކުރާރީ ރައީސްގެ ވޯޓަށްފަހު