ހދ.ގެ ދެ ރަށެއްގެ ޕްރޮޖެކްޓްތަކުގެ އަދާހަމަތައް (އަޕްޑޭޓް) ހިއްސާކުރައްވަން، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހިއްސާ ކުރައްވާފައިވާ ފޮޓޯތައް އެއްގޮތްވުމުން، އެއީ ޕްރޮޖެކްޓްތަކުގެ މައުލޫމާތުތައް އޮޅުވާލަން ވެގެން ކުރައްވާ ކަމެއްގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކޮށްފިއެވެ.

ހދ.ގެ ދެ ރަށުގެ ޕްރޮޖެކްޓްގެ ފޮޓޯތައް ހިއްސާކުރައްވަން ހަސަންލަތީފް ކުރެއްވި ޓްވީޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރީޓްވީޓްކުރައްވާފައެވެ. އެކަމާއި ގުޅިގެން ރައީސް ނަޝީދު ޓެގްކުރައްވާ، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހދ.ވައިކަރަދޫ އާއި ހދ.ނެއްލައިދޫގެ ދެ ޕްރޮޖެކްޓްގައި ކުރަމުންދާ ކަމަށް ވިދާޅުވާ މަަސައްކަތް ފެނިފައި ހައިރާންވެވަޑައިގަންނަވައިފިކަމަށެވެ.

އަދި އެ ދެ މަންޒަރުންވެސް ތަފާތެއް ނުފެންނަ ކަމަށް ފާހަގަކުރައްވާ، މި ސަރުކާރަކީ ހަގީގަތުގައި ވެސް އެއްގޮތް ޕްރޮޖެކްޓް ހިންގާ ސަރުކާރެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

 

އެމްޑީޕީގެ ޗެއާޕާސަން ހަސަންލަތީފް ގެންދަވަނީ ފަހަކަށް އައިސް ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއެއްގެ އަދާހަމަތައް ފޮޓޯ އާއި އެކު ހިއްސާ ކުރައްވަމުންނެވެ. އެގޮތުން ހދ.ގެ ދެ ރަށުގެ ޕްރޮޖެކްޓްތަކުގެ ފޮޓޯތައް ހިއްސާކުރެއްވި އިރު އެއްގޮތް ފޮޓޯތަކެއް ހިއްސާކުރެއްވިފައި ވަނީ އޮޅިގެން ކަމަށް ވުން ވެސް އެކަށީގެންވެއެވެ. ނަމަވެސް އެއީ އޮޅިގެން ކުރެވުނު ކަމެއްކަމަށް އޭނާ ވެސް އަދި ނަޝީދު ވެސް މިހާތަނަށް ވިދާޅެއް ނުވެއެވެ.

ހަސަން ލަތީފް ހިއްސާކުރައްވާފައިވާ އިތުރު ފޮޓޯތަކުގެ ތެރޭގައި، ޅ.ނައިފަރު، ޅ.ހިންނަވަރު، މ.ވޭވަށް، ހދ.ނޮޅިވަރަމް، ބ.ތުޅާދޫ، ބ.ފެހެންދޫ، ފުވައްމުލައް ސިޓީ، ޅ.ކުރެންދޫ، ނ.ހޮޅުދޫ، ނ.މަގޫދޫ، ބ.ފުޅަދޫ، ހދ.ވައިކަރަދޫ، މ.ވޭވަށް، ގއ.ގެމަނަފުށި، ގއ.ކޮނޑޭ، ހދ.ނެއްލައިދޫ، ހދ.ކުމުންދޫ، ހދ.ކުރިނބި، ރ.ފައިނު، ލ.ފޮނަދޫ، ރ.ހުޅުދުއްފާރު، ރ.މާކުރަތު، ނ.ޅޮހި، ށ.ނަރުދޫ، ށ.ފީވަށް، ށ.މިލަންދޫ، ހއ.އިހަވަންދޫ، ހއ.މޮޅަދޫގެ އިތުރުން މާލޭގައި ހިންގާ މަޝްރޫޢުތަކުގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ާނޫސް ކިޔާމީހާ

  ޙުރިހާތާކު ފައްޅުވެސް ހުންނަނީ އެއްގޮތަކަނު. ޢެހެންވީމާ ޕްރޮޖެކްޓްރައް އެއްގޮތް ކޔރެވުދާނެނު

  16
  3
 2. ނާކަސް

  ބަލަ ކެނެރީގޭ ނަޝީދަކީ ލާދީނީ މީހެކޭވިދާޅުވަނީ ސޭހް އިލިޔާސް އިމްރާނު މިފަދަ އިލްވެރިބޭފުޅުން އެކަން މިހާރު ޔަގީން މިހާރު އަބަދުވެސް ދީނާ ބީރައްޓެހިވާހަކަ ކިޔަނީ ނަތަންޔާހޫއާ މޯދީއާ މިވެރިންގެ އެޖެންޓެއްކަމަން ގިނަރައޔަތުން ތުހުމަތު ކުރަމުންދަނީ ސާހިންދާމެންގެ ކުލަބައް ސަޕޯޓްކުރަނީ މިގައުމުހަލާކު މިކެނެރީގޭ އާ ސިއްކައާލާގުޅިގެން ގައުމުދަވާލާފި މިގައުމުގެ ރަޔަތުން ދެން ތިޔަލާދީނީ ބައިގަޑުބަލައިނުގަންނާނެކަން ވަރައްސާފު ؟؟ ފެންނާނެބޮޑުމަންޒަރު<؟

  30
 3. ބެއްޔާ

  ޔާމީނުގެ ވެރިކަން ބަދަލުވިއިރު ހިންގަންފަށައި މިސަރުކާރު އައިއިރު ނުނިމިހުރި ޕްރޮޖެކްޓްތައް އެކި އެންގަލްތަކުން ފޮޓޯނަގައިގެން އެކިއެކި ރަށްރަށުގެ ނަމުގައި އަޕްލޯޑްކުރަމުންދަނީ. މީ އެމްޑީޕީގެ ފެންވަރަކީ. ހަސަން ލަތީފަށް މިހާރު ކޮންކްރީޓަކީ މުހިއްމު އެއްޗެއްކަން އެނގުނީބާ؟؟ ޖަޒީރާ ވަންތަކަން ދޫކޮށްލީ؟؟ ގުނބޯހެއްދިޔަސް ބޮޑުވަރުތީ

  43
  1
 4. ސޭކްސްތާން

  ތި ހުރިހާ ޕްރޮޖެކްޓަކީވެސް ނުހައްގުން ޖަލަށްލެވިފަވާ ރައީސް ޔާމީން ފަށްޓަވައި ދެއްވާފައިވާާ ޕްރޮޖެކްޓްތަކެއް. މި ލާދީނީ ސަރުކާރުން ނީންނާނެ އަދި ރަށެއްގެ ފަޅުތެރެއެއަށް ވެލި މުށެއްވެސް އެއްލާފައެއް. އޮޅުވާލަން އުޅުނަސް ބޮޑުވަރު. ގުނބޯ ހައްދާަ މިވަރެއް ނެތް. ތިކަން ގަބޫލުކުރާނީ ލާދީނީ ބައިގަނޑު އެކަނި.

  43
  2
 5. ހުސެން

  މުޅިން އޮޅުވާލުން

  40
 6. އެމް އެލް

  ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރުންވެސް ބޮޑު ޕްރޮޖެކްޓެއް

  43
 7. ފާއިޒު

  އެއީ ހިންގުމުގެ މޮޅުކަން. ޝިޔާމު މެންނަކަށް ނޭނގޭނެ. ރޭވުންތެރިކަމާ ހިންގުމުގައި އެއްވައްތަރު ޕްރޮޖެކުޓު ހިންގާނަމަ ހިންގަން ޖެހޭނީ އެހެން. ކޮންކުރީޓު ތަނބުތައް އެއްވަރުވެފައި އެއްގޮތްވާ ފަދައިން މަސައްކަތް ކުރަންގެންގުޅޭ ސާމާނު ތައް ބަހައްޓާތަނާއި އެތާމީހުން ލައި އުޅޭ ގަމީހާ އަތް ހަލުވާ ގޮތާ ހުއްޓިގެން ތިބޭ ތަނާއި ބެކުގުރައުންޑަށް ވިލާ ގަނޑެއް އެރިނަމަ އެ ވިލާގަޑެއްގެ ބައްޓަންވެސް އެއްގޮތްވާންޖެހޭނެ.

  28
 8. ޢަލީ

  މަކަރާއި ހީލަތާ އޮޅުވާލުން ނޫން ކަމެއް ނޭގޭ ބައިގަނޑައެއް މިއީ

  36
 9. ޔާމިން

  ފޮޓޯއެއް ލާއިރުވެސް މިލެވެނީ އެއް ފޮޓޯއެއްކަންނޭއްގޭ ގަމާރުންތަކެއް ދެންކޮއްކަމެއްރަގަޅަށްވާނީ.

  32
 10. ބޯބިއްލޫރި

  އެހެން ވެދާނެނޫންތޯ ތީގެން އެކަކީ 4 ކަށި މަތީގެވެރިޔެއް ދެންއެހުރީ ދެބޯލީގެރި އޭގެތެރެއިއަކަކުވަރަށް މޮޅުވާނެ އިމާރާތްތަކު ގައިހުންނަ ބޯބިއްލޫރި ތަޅާހިމުންކުރަން އަނެ ކަކުވަރަށް މޮޅުވާނެ އިމާރާތްތަކުގައި ބޮޑު ހުޅުޖަހަން ތިދެމީހުނަ ކީތާއަބަދުމެ ރައްޔަތު ތުންގެ ދިއުޅުން ފަނާކުރު މުގައި ދެމިތިބޭނެ ދެޖައްބާރުން ތިދެޖާހި ހިލުން ނުދަންނަ އެއްވެސްރައްޔަތަކުނު ނުހުންނާނެ ތިއީހަމަ މިދިވެހިރާއްޖޭގެ ހަލާކު ރައްޔަތުންނާއި ކުރިމަތި ވެފައިވާ ދެބަލާތި އަންނި އަދި ތި4 ކަށިމަތި ބޯބިއްލޫރި ތިއީ ކޮރޯނާ ވައިރަހައްވުރެ ނުރަށްކާތެރި ބިރުހުރި ދެވައިރސް ރައްޔަތު ތުންސަމާލުވާތި'

  28
 11. އައުޒަމް ތިނަދޫ

  އަހަރެންނަށް ގދ ކާޑެއްދޫއިން ވަޒީފާ ހަމަ ޖެހިއްޖެ. ނަޝީދާއި ހަސަނުވެސް ކެވުނު ގޮތަކަށް ކާންވީއެވެ. އަހަރެނަވެސް ކާޑެއްދޫ ވީއައިޕީ ލައުންޖުގައި ޓައިއަޅައިގެން އިދެ ކެވުނުވަރަކަށް ކާނަމެވެ. ޝުކުރިއްޔާ އެމްޕީ މުޢުނީ

  22
 12. ޝައިޚް

  ޕީ.ޕީ.އެމް.ގަ ތިބީ ގަމާރުން ނޫނީ އެ 2 ފޮޓޯ 2 ރަށެއްގެ ނަންޖަހާފަ ޕޯސްޓް ކުރީމަ އެނގެންވާނެ މީގަ 2 ރަށުގެ ފޮޓޯކަން އެހުރީ، ނޫނޭ ތީވާ ސިޔާސީ މީހުން، ގަމާރުންނެކޭ ނުބުނާނަން،

  1
  29
  • ހުސްނުވި ސޫދު

   ގަމާރާ އެއް ފޮޓޮއެއްގަ ދެ ނަން ޖެހުމޭ ގަމާރުކަމަކީ... ބުރާންތިވެ ހޭ ދެބައިވުމަކީ އެހާވަރުވެސް ވަކި ނުވުނޭ... އެއީ އެއް ރަށެއްގެ ފޮޓޮއޭ.... މިހިރަ ބުރަފައްޗާ ދެ ޕޮރޮޖެކްޓެއް ނޫނޭ....

   23
 13. ހުސޭނުބޭ

  ވެލާނާގެއިން ވައްކަންކުރި މީހާ ބާރެއްލިބުމުން އަތުޖެހުނުހައި ތާކުން ވައްކަންކުރުމަކީ އަޖައިބެއްނޫން! ނަޝީދަކީ ބޮޑު ވަގެއް!

  25
 14. ފިޔަލަ

  އެކަލޭގެ ބުނީ ތިމަންނަމެންނަކައް ބުރިޖެއްނޭޅޭނެޔޭ އެހެންވީމާ ބްރިޖް އޯކޭއޭ އެކަމަކު ވައްކަމެއް އޯކޭއެއްނޫނޭ ތޭރަމިލިއަން އޯކޭއޭ

  12
 15. ހަމްދު

  ލާދީނީ ބައިގަނޑު މަރައް ތެޅޭހެން އެތެޅެނީ. ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވާލައިގެން ދޮގުހަދައިގެން. މިހާރު ރައްޔިތުންނަށް އިހުސާސްކުރެވޭނެ މުނާފިގުން ގެ މަކަރާއި ހީލަތް.

  13
 16. Anonymous

  އުފެ ދުމުގައިވެސް މަކަރުވެރިބައެއް.

 17. ބްރޯ

  އެއްވައްތަރުގެ ކަރުދަހުގަ ނަގާފޮޓޯ އެއް މަންޒަރަކަށް ބަދަލުވެދާނެ . ފޮޓޯ ނެގުމަށް ޑަމްޕްރަކަށް އަރާފާނެ ކޮނެފާހުރިތަނަކަށް ދާނެ އެފޮޓޯ ހުރިހާތަނަކަށް ލީމަ ރަނގަޅުވާނެ އެއީ ހުރިހާ ޑަމްޕަރު ވެސް އެއްގޮތަކަށް ހުންނާނެތީއާއި ކުލަބަދަލުކުރާނަމަ ފޮޓޯގަ ކުލަޖެއްސިމަ އެވީ ދޯ

 18. Anonymous

  އެއްކަލަ ގަޑީގައި ނާގާ ފޮޓޯ އެއްގޮތްވާނެ! އަޅާ ނުލާ ފަހުން ރަނގަޅުވާނެ!

 19. ނެތީމޭ

  ހިޓު ޖަލްސާގެ އަސަރު ވަަރަށް ބޮޑަށް ކޮށްފި ކަމަށް އާދަމް ޝަރީފް ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ތަމެންގެ ވެރިކަމުގައި ތަމެންގެ ކަމަކީ އެއީ ދައުލަތުގެ ޚަޒާނާއިން ފައިސާ ނަގަ ނަގައިގެން ބަަދަލު ދިނުން ނޫންތޭ ތަމެންގެ ވެރިކަން މިހާރު ވަނީ ބިއުޓިފުލް ވެރިކަމަކުން ޑާެރޓީ ވެރިކަމަށް ބަދަލު ވެފައޭ ތަމެން ދެން ރަށުތެރޭން އެހެން ކަމަކާއި ގެން އުޅުނިއްޔާ މާބޮޑަށް ތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ ނެތީމޭ ނެތީމޭ ނެތީމޭ ނެތީމޭ ނެތީމޭ...

 20. ާއަފްލާ

  1 ވޯޓް ވަގު 2 ޓާމިނަލްވަގު 3އެމްއެމް އާރު ޕީސީ ވަގު 4 ބަޖެޓް ވަގު 5 ލާދީނީ ވަގު 6ގައުމުގެ ބޮޑު ވަގުން 7 ސިއްރު ވަގު 8ލާމަރުކަޒީ ވަގު 9ވެލާނާގެ ތަޅުދަނޑި ވަގު ހުސް ބުރާންތި ވަގުން ތިބީ އެމްޑީޕީ ލާދީނީ ޕާޓީގަ

 21. ތެދުބަސް

  މުޅިރާއްޖެ މި 5 އަހަރު އޮންނާނީ އެއްގޮތަކަށް.އެއްރަށް އަނެއްރަށް ނޭގޭނެ ބަލާފަ ވަކިކުރާކަށް އެހާވެސް ވަށްތަރު ޕޮރޮޖެކްޓް ތަކެއް މިސަރުކާރުން މިކުރިޔަށް ގެންދަނީ. .