އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ރަސްމީ ޓްވިޓަރ އެކައުންޓް ހެކް ކޮށްފިއެވެ.

އެ ހޮސްޕިޓަލްގެ ރަސްމީ ޓްވީޓާ އެކައުންޓް ހެކް ކުރީ މިއަދުއެވެ.

އެ ހޮސްޕިޓަލްގެ ޓްވިޓާ އެކައުންޓް ހެކްކުރިކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އިން "ވަގުތު" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، އެ ހޮސްޕިޓަލްގެ ޓްވީޓަރ މިއަދުގެ ވަގުތެއްގައި ހެކްކޮށްފައިވާ ކަަމަށެވެ. އަދި އެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި މި މައްސަލަ އިތުރަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އޮފިޝަލް ވަނީ ވިދާޅޫވިއެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވީ، މައްސަލައިގެ ތަޙުޤީގު ކުރަމުންދާ ކަމަށާއި، އެއަށްފަހު ކަން ހިނގާދިޔަ ގޮތުގެ އިތުރު މަޢުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

މީގެ ކުރިންވެސް ބައެއް މުވައްސަސާތަކުގެ ޓްވިޓާ އެކައުންޓްތައް ހެކްކޮށްފައި އެބަހުއްޓެވެ.