މޫދުގައި ގާއިމްކުރާ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕީވީ ސިސްޓަމް އައްޑޫ ސިޓީގައި ގާއިމްކުރުމަށް ނިންމައި އެ މަސައްކަތުގެ ބީލަން ހުޅުވާލައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެންވަޔަރަމެންޓު މިނިސްޓްރީ އާއި ވޯލްޑް ބޭންކު ގުޅިގެންނެވެ. އެގޮތުން ރާއްޖޭގެ ހަ ސަރަހައްދެއްގައި މިފަދަ ސިސްޓަމް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. މި ހަރަށުގެ ތެރެއިން އެންމެ ބޮޑު ސިސްޓަމެއް ގާއިމް ކުރަނީ އައްޑޫ ސިޓީގައި ކަމަށާއި، އެއީ 10 މެގަވޯޓުގެ ކަރަންޓު އުފެއްދޭ ވަރުގެ ސިސްޓަމެއް ކަަމަށް އެންވަޔަރަމެންޓު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މި ސިސްޓަމުގެ ތެރެއިން ނުވަ މެގަވޯޓު ކަރަންޓު އުފެއްދޭ ސިސްޓަމް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ބަނދަރާއި އެ ރަށުގެ ވިޔަފާރި ބަނދަރު އޮންނަ ސަރަހައްދުގައި ކަމަށްވެއެވެ. ބާކީ އެއް މެގަވޯޓު އުފެއްދުމަށް ހަމަޖެހިފައި ވަނީ ހުޅުމީދޫ ފަޅުގައެވެ.

މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ދާނެ ކަމަށް ބެލެވޭ އިރު، ހަރަދުވާނެ މިންވަރު އެނގޭނީ މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކަމަށް އެ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

އާންމުކޮށް ބޭނުންކުރާ ކަރަންޓުގެ ބަދަލުގައި އިޔާދަކުރުވަނިވި ހަކަތަ ބޭނުން ކުރުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މޫދުގައި ބަހައްޓާ ސޯލާ ޕެނަލްތަކުގެ އިތުރުން ރަށު ތެރޭގައި ވެސް ސޯލާ ޕެނަލްތައް ބެހެއްޓުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން މި މަޝްރޫގެ ދަށުން ކުރެވޭ މަސައްކަތްތަކަށް ބަލާއިރު މާލެ ތެރޭގައި ސޯލާ ޕެނަލް ބެހެއްޓުމުގެ މަސައްކަތް މިހާރު އަންނަނީ ސްޓެލްކޯ އިން ކުރަމުންނެވެ. މި މަޝްރޫއު އިތުރަށް ފުޅާކޮށް އަތޮޅު ތެރޭގެ ރަށް ރަށުގައި ހިދުމަތް ދޭން ފެށުމަކީ ސްޓެލްކޯގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސޮމެޮނެ

    އިންތިޚާބަށް ކަޑަޖެހުން!
    ހުރިހާވޯޓެއް ތިލަފަތަށް ލިބުނިއްޔާ ތިޔަގޮލާ ފުލޯޓް ކުރާނީ!

    32
    2
  2. ނާސްތާ

    މި ދުވަސްކޮޅު ހާ ދަކަޑައެކޭމިޖަހަނީ

    24
    1
  3. އަބުދުﷲ

    އެނެއްކާވެސް ދުނިޔެވަރު ބޮޑު ދޮގެންހަ ދާލީ

    18
    1
  4. ޢާފްތާބު

    ދެރައީ ތީގެން އެއްވެސް އެއްޗެއް ނުފެންނާތީ ދޯ، ކުރެވޭ ވެވޭ މީހުން ކުރިކަންތައްތައް ފެނޭދޯ

    10
  5. ފިރުޝާން

    ތަންކޮލެއް ކުރީގެ ވެރިކަމެއްގައި.. ވިންޑް މިލް ވެސް ބެހެއްޓި ދޮއްތޯ..

    މަގުމަތީން ދޮންކުދީން ގޮވައިގެން ގޮސް ފޮޓޯނަގާފަ.. އަންނި އޭރުވެސް ޖެއްސި ސްޓަންޓް މިހާރުވެސް ތިޔައްސަނީ..

    ކަލޯ މީހުންނަށް އިނގޭ ތީ ކީއްކުރަން ދައްކާ ދަޅައެއްކަން..

    އައްޑޫ މީހުން ގުބޯ ހައްދަން.. ވޯޓު ހޯދަން.. މަވާ ސަލާން

    10
  6. ސޮރީ

    ގުނބޯ ނުހެއްދޭނެ އިބުރާ

    8
    1
  7. ބްރޯ

    ބޭކާރު ވާހަކަ ނުދައްކާ ކަމެއް ފަށާބަލަ އެއްވެސް ކަމެއް ކުރަނިކީ ނޫން އަބަދުވެސް މިކިޔަނީ ކުރާނެވާހަކަ .އިންޖީނެއް ވެސް ގެނެސް ދެވެނީކީ ނޫން ތިވެސް ވާނީ ޑެންމާކް ކުންފުންނަކަށް ވިޔަފާރި ކޮށްދޭން ރާވަނީކަމަށް. ބަލަގަ އަހަރުމެންވެސް ދޫނީގަ ހުންނަހެން ދެ އަތުގަ ފަތްފެޅި ދުވަހަކުން އުދުހެން ފަށަން ވިސްނަން. އެކަމަކު އެއީ ދުވަހަކުވެސް ވާނެކަމެއްތަ؟

  8. ހައްސާން

    މާލޭގައިވެސް ބައިވަރު ސޯލާބަހައްޓާފަ އެބަހުރި.. އެކަމަކު އެއްވެސް ރައްޔިތެއްގެ ކަރަންޓުބިލް އަގުހެޔޮވެފަކާއެއް ނެތް.. ދެން ކޮބާތޯ ތީގެ ފައިދާއަކީ.. ދައްކާ ޓެކްސް މިދިޔައީ މައްޗައް.. އެކަމަކު އެއްވެސް ޔޫޓިލިޓީ ބިލެއް ކުޑައެއް ނުވި. އިންޓަނެޓުވެސް އަގުހެޔޮނުވި.. ފެނުގެ އަގު އެހާމެ ބޮޑު.. ޑިއުޓީވެސް އެބަނަގާ.. އެޔާޕޯޓު ޓެކުސް އެބަނަގާ މަގުމަތީ ހުންނަ ވެހިކަލްތަކުގެ އިސްޓިކާއައް އެބަފައިސާ ނަގާ.. ހުރިހާ އުޅަނދެއްގެ އަހަރީފީއެބަނަގާ.. އެކަމަކު އަދިވެސް އެއްވެސް ޔޫޓިލިޓީ ބިލެއް ކުޑައެއް ނުކޮއްދެވޭ.. ސިވިލް ސާވެންޓުންގެ މުސާރައެއް ބޮޑެއް ނުވޭ.. މަގުމަތުގެ ފެންވަރު ރަނގަޅެއް ނުކުރެވޭ..

  9. ާރަސީދު

    އެންމެ ފުރަތަމަ ވެރިކަން ލިބިގެންވެސް ތިކަހަލަމަންޒަރުތަކެށް އަޑޫމީހުނައްދެއްކި، މޮޅުޑިޒައިން ތަކެއް ސަރުކާރުގެ ވެބުސައިޓުތަކައްލާފަ ރިސޯޓަކުންގެނާ ދެމެފިރިޔަކުކޯޓު ފަޓުލޫނުގަ ބާއިތިއްބާފަ ފޮޓޮނަގާ އެ މީހުނަކީ އެކުންފުނީގެ ބޮޑެތި މީހުނޭކިޔާފަ، މިހިރީއަކީ ތިލާދީނީޕާޓީން ކުރި ކަންތައް، އެކަމަކުވެސް އައްޑޫމީހުން ތިބީ އައްޖަހާލަ ޖަހާލާ، އެކަން އެނގުނު މީހުން ވެސް ތިބީ ހިމޭނުން، ބުނާނެ އެއްޗެށް ނޭނގިފާ،

  10. ނަސިދު

    ހަބަރެއް ގެނެސް ދޭން ވެގެން ދެން ލިޔެލަނީ ދަަރަވަމްދޫގަވެސް ތީގެ ހަތަރުޕެނަލް އޮންނަތާ ފަސްއަހަރުވެދާނެކަންނޭނގެ

  11. މޯދީ

    ކޮބައިތަ މަޖިލިސް އިންތިޚާބަށް ހޯދި 500މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތައް. އެފައިސާއިން ތަރައްޤީކޮށް ނިންމާފަ، މިހާރު ކަރަންޓް ހިލޭކޮށްލީ. ސާބަސް ގަންޖާ. ތިވާހަކަ ގަބޫލުކުރާނީ ޖަޒީރާ ޝާފިއު ޖަމީލް އެކަނި.

  12. ކަލޯ

    މިހާތަނައް ދުނިޔެއިން ނުފެންނަ ވަރުގެދޮގެއް އަނެއްކާ ހަދަންތިއުޅެނީ