ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގެ ދެ ސަރަހައްދެއްގައި ޓީޗާ ޓްރެއިނިން އޮން އޮންކުލޫސިވް އެޑިއުކޭޝަން ފޯ ނިއުޓީޗަސް ވޯކްޝޮޕް އެއް ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދަނީ ބ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ. މި މަސައްކަތު ބައްދަލުވުމުގައި ނ، ރ، ބ އަތޮޅުގެ ސުކޫލުތަކުން 29 އިންކުލޫސިވް ޓީޗަރުން ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން، އައްޑޫ ސިޓީގެ ޝަރަފުއްދީން ސުކޫލުގައި ކުރިއަށް ގެންދާ މަސައްކްތު ބައްދަލުވުމުގައި ގއ، ގދ، ޏ އަދި ސ.އަތޮޅުގެ ސުކޫލުތަކުން 41 އިންކުލޫސިވް އެޑިއުކޭޝަން ޓީޗަރުން ބައިވެރިވެ ވެއެވެ.

މި ދެ ސަރަަހައްދުގައި ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ފެސިލިޓޭޓް ކުރަނީ ޑިޕާޓުމަންޓް އޮފް އިންކުލޫސިވް އެޑިއުކޭޝަން ޕްރޮޕެޝަނަލް ބޭފުޅުންނާއި އިންކުލޫސިވް އެޑިއުކޭޝަން ދާއިރާގެ އިސްކޮށް ހަރަކާތްތެރިވާ ބައެއް ސުކޫލުތަކުގެ ޓީޗަރުންނެވެ.

މި މަސް ތެރޭގައި މިފަދަ އިތުރު ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިި ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ޑިޕާޓުމަންޓް އޮފް އިންކުލޫސިވް އެޑިއުކޭޝުން ވަނީ ބުނެފައެވެ. އޭގެތެރޭގައި 170 ޓީޗަރުން މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނު ކުރުމަށް ރާވާފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު