ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ މުސާރަ ކުޑަ ކުރަން އެމްޑީޕީގެ މެމްބަރުން ދެކޮޅު ނުހައްދަވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން މަޖިލިހުގެ މެމްބަރުންނާއި ވަޒީރުން ވެސް މުސާރަ ކުޑަ ކުރަންޖެހޭ ކަމަށް ބޮންޑާ ވަނީ ވިދާޅުވެފައެވެ.
ބޮންޑޭ "ވަގުތު"އަށް ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް ލޮޅުން އަންނާނެ ކަމަށް ބެލެވިފައި ވާއިރު، ޚަރަދު ކުޑަކުރުމަކީ އެންމެން އިސްނަގައިގެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަދި ސަރުކާރުން މިހާރު ވެސް ހަރަދު ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމާ ގުޅިގެން ވުޒާރާތަކަށް ފިނޭންސުން ސާކިއުލާއެއް ވެސް ފޮނުވާފައިވާ ކަން ބޮންޑޭ ފާހަގަކުރެއްވިއެވެ.
ހަރަދު ކުޑަ ކުރަން ޖެހޭނީ އިދާރާތަކުން އެކަނި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، މަޖިލިސް މެމްބަރުންގެ އިތުރުން ވަރީޒުންގެ މުސާރަ ވެސް ކުޑަ ކުރަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާދަމާ މަޖިލިސް ހުޅުވުމުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގައި އެކަމާ މެދުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"އެއްވެސް މީހަކު ހިއެއް ނުވޭ މިކަމަށް ދެކޮޅު ހަދާނެ ހެން، ވަރަށް އަވަހަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވާނެ، އެ ބައްދަލުވުމުގައި އެކަމާ މެދު މަޝްވަރާ ކުރެވޭނެ. އީވާ ވެސް ރައީސް ނަޝީދުވެސް، އަލީ އާޒިމްވެސް، ޚާއްސަކޮށް އީވާ، ވަރަށް ޕޮޒިޓިވް." ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ، ޕީޖީ ގުރޫޕުގައި އެކަމަށް މަޝްވަރާކުރުމަށް ފަހު މެމްބަރުންގެ މުސާރަ ކުޑަ ކުރުމަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ވަޒީރުންގެ މުސާރަ ކުޑަކުރަން ވެސް ސަރުކާރުން ވިސްނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ދިވެހި ސަރުކާރުން ވަނީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ޗައިނާ ފަތުރުވެރިން ރާއްޖެއައުން ވެސް މަނާ ކޮށްފައެވެ. އަދި ޗައިނާގެ މެއިން ލޭންޑުން ރާއްޖެ އަންނަ އެއްވެސް މީހަކު އެއާޕޯޓުން އެތެރެވުމުގެ ހުއްދައެއް ނުދެއެވެ. އެއީ ދިވެއްސެއް ނަމަވެސް އެމީހާ ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ 14 ދުވަހުގެ މުއްދަތުގައި ކަރަންޓީނު ކުރުމަށްފަހު ނޫނީ އެމީހާ ދޫކޮށެއް ނުލެއެވެ.
ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 2976 އަށް އަރައިފިއެވެ. ޗައިނާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާ އިން އިއްޔެ 35 މީހަކު މަރުވިއެވެ. އަދި އިތުރު 573 މީހަކު ބައްޔަށް ޕޮޒިޓިވް ވިއެވެ. މިހާތަނަށް ޗައިނާ އިން ވަނީ 2870 މީހުން ކޮވިޑް-19 ގައި މަރުވެފައެވެ. އަދި ދުނިޔޭގެ އެހެން ސަރަހައްދުތަކުން 106 މީހުން ވަނީ މަރުވެފައެވެ.
ޗައިނާ އިން ބަލި ޖެހުނު މީހުންގެ އަދަދު 79824 އަށް އަރައެވެ. ޗައިނާ ފިޔަވައި އެހެން ސަރަހައްދުތަކުން 6672 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އެހެންކަމުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 86500 އަށް އަރާފައެވެ.
،ދެކޮޅު ނުހަދާތޯ ބަލަން މުސާރަ ކުޑަކުރުން މަޖިލީހައް ހުށަހާޅާދީބަލަ
ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ ދެކޮޅު ހަދާނެ
އަޅެ ކެރޭނަމަ ސަރުކާރުގެ ވަޒީރުންނާއި ، މަޖިލީސް މެންބަރ ، ސިޔާސީމަގާމްތައް ދީފަތިބި މީހުންގެ މުސާރަތަށް ކުޑަކޮއްބަ
ހަރަދު ކުޑަ ކުރަން އާމާލް ކުލޫނީއަށް ތިދޭ ލާރިވެސް ކަނޑާލަބަލަ
ބައި ރުފިޔާއެއް ކަޑާލަންވެސް ނުރުހޭނެ ތީ ކޮންބައެއް. ތިހާ ގަޓު ހުރިއްޔާ ހުށައަޅާބަލަ .
މިމީހުން ވެރިކަމައް އަރާ ކޮންމެ ފަހަރަކު މުސާރަ ކުޑަކުރަން ޖެހިފަ އޮންނަނީ
ރަގަޅު ކަމެއި ކުރިޔަށްބާރަށް........
ނީ މުސާރަ ކީއްކުރަން ތި ބައިގަނޑުގެ ގައިން އުފުރޭ އިސްތައްޓެއްވެސް ރައްޔިތަކައް ދޭކައް އެއްބަހެއްނުވާނެ ވަކި ބޮންޑާޔެއްވެސް އިސްތިސްނާޔެއް ނުވާނެ؟ ވަރައް ނަޒާހަތްތެރިވާނެ؟؟؟؟
އެއްވެސް ސައްކެއްނެއް މިކަމުގެފަހަތުގަ ފޮރުވިފަވަރަްބޮޑެތި ކަންތައްތަކެއްވާނެ ސަރުކާރުމުވައްޒަފުންގެ މުސާރަކުޑަކުރުމުގެ ކޮޅުމަތި ފެންނަންމިފެށީ.
އެންމެ ފުރަތަ ގުންޑާއިންގެ މުސާރަ އެގުންޑާއެއްގެ ސައިޒަށް ކުޑަކުރަންވީނު
ކަލޭމެން ނާޗަރަނގީ ކުޅެންވީމަ މަތިން ލާރި ފައިބަނީ ދޯ
މަޖިލީހު މެންބަރުންގެ މުސާރަ ހަރުބައި ކުޅަ އެއްބަޔަށް މިހާރުން ފެށިގެން ޕާމަނަންޓުކޮން ކުޑަކޮއްލާ..އެއިރަށް ހަމަ ޖެހުނީ....މިހާރު ތިތާ ތިބި ބީތާއިން ކަނީ މުޅިން އެކަށީގެން ވާވަރާ ކައިރިވެސް ވާވަރަށް ވުރެ މާމަތީ އަދަދެއް....
ދެކޮޅު ނުހަދަންޏަ ކޮށްބަލަ ބަލަނިކަން، ބާރުއޮށްވާ ކޮންހާބޭކާރު ވާހަކައެއް ތިޔަދައްކަނީ!
ދުނިޔެ ބަލިމަޑުކަމެއް އުފެދުނީމާ މީހުންގެ މުސާރަތޯކަޑަންވީ ތިމާމެނައް އުޅެވޭ ގޮތާ ދައްކާވާހަކަޔާ މެދު ވިސްނާ އެކަންތަ އިސްލާހު ކުރަންވީނޫންތޯ
ތިވާހަކަ މާދަން މަޖްލިހަށްދާއިރު ބޮންޑޭ ހަނދާނެއް ނުހުންނާނެ. ޔަޤީނުންވެސް މަޖްލިސް ރައީސް އެއްބަހެއްނުވާނެ.
މާލޭގެ ކުލިވެސް ކުޑަ ކުރަންޖެހޭނެ
އާނ، ކުޑަކޮށްބަލަ އެޑްމިން އޮފިސަރެއްގެ މުސާރައަށް ކުޑަކޮށްލަބަލަ ކެރެންޏާ، އޭރުން ރައްޔިތުން އުޅެމުންމިދާ ހާލު ތި ބައިގަނޑަށް އިހުސާސްވާނީ، ސަރުކާރު ހުރިހާމުވައްޒަފުންގެ މުސާރަ ހަމަހަމަ ކޮށްބަލަ، ބޮންޑާމެންނަށް ކެއްވާނެތަ.ގަރުވާނެ.
ބިރުހުރި ވާހަކައެއް އެ ބުނީ! އެ އުޅެނީ ކޮވިޑޭ ކިޔާފައި މުއައްޒަފުންގެ މުސާރަ ކުޑަކުރަން! އެހެން ހަދާފަި ސިޔާސީ ލާރިބަނޑުތައް ކައިލަކައިލާ ތިބޭނެ!
ރާއްޖޭގެ ބަޖެޓް ބޮޑުކުރީ ދުވާލަކަށް ކޮމިޝަނެއްހަދައި އެލާރިގަނޑު ބައިމީހުންނަށް ބަހަން، ނުވިތާކަށް އެމްޑީޕީއަށް ތާއިދު ކުރާ މީހުންނަށް ބަދަލުގެނަމުގައި ތަޅައި ހުސްކުރަން ކަލޭ އަނގަނުތަޅާ!
ޢެކަމެށް ނޭނގޭ އަދިވެސް ސިޔާސީ ވަޒީފާ ގިނަކުރާތަން މިފެންނަނީ...
ދެން އަސްލު ކުޑަނުކޮށްވެސް ހަމަޖެހެންޏާ އޯކޭ އެކަމަކު ހުސްމުސާރަދީފަ އަހަރުނިމުނީމަ ކަމަކުނުދާނެދޯ ބައިވަރު މަސައްކަތްތައް ދޯ ކުރަންވެފަ ފަށާފަ ފަށަންވެފަ ލޯނުވެސް ނެގޭނީ ވަކިވަރަކަށްދޯ ދައްކަންވެސް ޖެހޭދޯ މަގޭ ހިޔާލު
ބަލަގަ މުސާރައިގެ އިތުރުން ކާބައި ބޮޑިއްޔާ ދެކޮޅު ހެދުމުގެ ބޭނުމެއްނެއްތާ.
ބޮންޑޭ ސައިޒް އަރުވާލައިފި.. އެހެންވެ މިހާރު އެކިޔަނީ މީހުންނާ ވާހަކަ ދައްކާ ވާހަކަ މަޖްލޯހަށް ބިލެއްނުލާ
ތި ކުޑަކުރަން ބިލެއް ލައިގެން ބަހުސްކޮށް ނިމޭއިރު މިހާރަށްވުރެންވެސް ބޮޑު ތޯއްޗެއް ވާނީ ތިބޭފުޅުންގެ މުސާރައާ އިނާޔަތްތައް..
މުސާރަ ކުޑަކުރަން މޑޕ މިހުން ދެކޮޅު ނަހާދާނޭ ބުނާއިރު ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އޯޓީ ކަނޑާލައިފި. މޑޕ ކާކުތޯ މިކަމުގައި އަޑު އުފުލީ!