އަންނަ އޭޕްރީލް މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މާލޭގައި ހުއްދަ ނެތި ކެމްޕެއިން ޕޯސްޓަރު ހަރުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އޭޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަކީ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބަކަށްވާތީ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުން ފީއަކާ ނުލައި މާލޭ ސީޓީގައި އިސްތިހާރު ހިއްޕުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެކަން ކުރެވޭނީ ވަކި އުސޫލުތަކެއްގެ ދަށުން ހުއްދަ އޮވެގެން ކަމަށް އިއުލާންގައިވެއެވެ.

ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ ހުއްދަ އަށް އެދި ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް އޮންނާނެ ކަމަށާއި އެކަމަކު ހުއްދަ ނެތި ޕޯސްޓަރު ހަރުކޮށްފި ނަމަ ނުވަތަ ޕޯސްޓަރުތައް ނަގަންޖެހޭ މުއްދަތު ހަމަވުމަށް ފަހު އެތަކެތި ނުނަގައިފި ނަމަ ޖޫރިމަނާކުރާނެ ކަމަށް އިއުލާންގައިވެއެވެ.

އެގޮތުން، ހުއްދަ ނުނަގާ ޕޯސްޓަރު ހަރުކުރާ ނަމަ، ކޮންމެ ދުވަހަކަށް 1،000ރ. އާއި 2،000ރ. އާ ދެމެދުގެ އަދަދަކުން އެ ކެންޑިޑޭޓަކު ޖޫރިމަނާ ކުރެވޭނެ ކަމަށާއި ޕޯސްޓަރު ނަގަންޖެހޭ މުއްދަތު ހަމަވުމަށް ފަހު އެ ތަކެތި ނުނަގާ ބަހައްޓާ ކޮންމެ ދުވަހަށް ވެސް 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އިއުލާނުގައިވާ ގޮތުން ޕޯސްޓަރު ހަރުކުރުމުގެ ހުއްދައަށް އެދޭއިރު ކެންޑިޑެސީ ބަލައިގަތް ކަމުގެ ލިޔުމާއި ހަރުކުރާ ޕޯސްޓަރެއްގެ ހާޑް ކޮޕީ އާއި އަމިއްލަ އިމާރާތެއްގައި ހަރުކުރާ ނަމަ، އެތަނެއްގެ ވެރި ފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. ދީނާ ގުޅުންހުރި ލިޔުމެއް ލިޔެފައިވާ ޕޯސްޓަރެއް ނަމަ، އިސްލާމިކް މިނިސްޓްރީން ހުއްދަ ނަގަން ވާނެ ކަމަށާއި ދަމާފައިވާ ބެނާ ޕޯސްޓަރުގެ ސަބަބުން އާންމު ރައްޔިތަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވެއްޖެ ނަމަ އިސްތިހާރު ހަރުކުރި ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް އިއުލާންގައިވެއެވެ.

އެކަމަކު ދައުލަތުގެ އިމާރާތްތަކާއި އެފަދަ ތަންތަނުގެ ފާރުތަކާއި ސަހަރާތަކާއި ޕާކްތަކުގެ އިތުރުން ކަރަންޓް ފޮށިތަކުގެ ޕޯސްޓަރު ހަރު ނުކުރެވޭނެ ކަމަށާއި މަގުމައްޗަށާއި ވެހިކަލްތަކުގެ ތެރެއަށް ޕޯސްޓަރު އެޅުން ވެސް މަނާ ކަމަށް އެ އިއުލާނުގައިވެއެވެ.

މުއްދަތު ހަމަވުމުން އެ ތަކެތި ނަގައި، ސާފު ކުރުމަކީ ވެސް އެ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖޫރިމަނާ

    ހަދާފައި އޮތް ގަވާއިދާ ޚިލާފަށް ތިމަތިމާމެން ހިތުހުރި ގޮތަކަށް ޖޫރިމަނާއެއް ނުކުރެވޭނެ. ތިޔަ ކައުންސިލުން ޤާނޫނު ބުނާގޮތުން ހަދާފައި އޮތީ އެންމެ ދެގަވާއިދު 11 ވަރަކަށް އަހަރުގެ ތެރޭގައި. އެއްގަވާއިދަކީ މަގުމަތީގައި އިސްތިހާރާއި އިއުލާން ހިއްޕާ ގަވާއިދު. އަނެއް ގަވާއިދަކީ ފިހާރަފިހާރައިން މަގުމަތީގައި އެއްޗެހި ބެހެއްޓުމާބެހޭ ގަވާއިދު. ލާމަރުކަޒީ ގާނޫނުގެ 78 ވަނަ މާއްދާއިން ލާޒިމުކޮށްފައިވާ 25 ގަވާއިދުގެތެރެއިން މިނޫން ގަވާއިދެއް ހަދާފައެއް ނެތް. ދިވެހި ސަރުކާރުގެ ގެޒެޓުގައި އޮތީ މިދެގަވާއިދު އެކަނި. ގާނޫނުން ބެލެނިވެރިކަން ދީފައި ނުވާ ހަދައިގެން ތިހިންގާ ގަވާއިދުތަކަކީ ރައްޔިތުން އެމައްޗަށް އަމަލުކުރަންޖެހޭ ގަވާއިދުތަކެއް ނޫން.

    16
  2. ބޭޗާރާ

    ދިވެހިސަރުގެ ގެޒެޓުގެ ވޮލިއުމް 43 ގެ 269 ވަނަ އަދަދުގައި އަމަލުކުރަންޖެހޭ ގަވާއިދު އޮންނާނެ. އެނޫން ގަވާއިދަކަށް އަމަލުކުރާކަށް ނުޖެހޭނެ. ތިޔައީ ގާނޫނާ ޚިލާފަށް ލާޗާރުބިޗާރުވެގެން ނާޗާރުވެގެން ނެރޭ އިއުލާންތަކާއި ކުރާ އަމުރުތައް.

    15
  3. ާސުރެން ސުރެން

    އީސީ ސަރީފޫ ބުނި 2400 މީހުން ވާދަކުރެޔޭ ދޯ. ދެން މިހުރިހާ މީހުންގެ އިޝްތިހާރުތައް ހުއްދަ ނުދެވޭނެކން ޔަގީނެއްނު. އެހެންވީމާ ޕާޓީ ކުދިންކޮޅު ޖޫރިމާނާ ނޮކޮށް އެކުދިންނަަށް އެކަނި ހޔއްދަ ދޭނަމޭ ބުނި ނަމަ މާރަނގަޅުވީސް. ޚިންމެ ކުއްޖަކުވެސް ފިޔާރަތަކުގެ ބިއްލޫރިގަނޑުގައި އެތެރެއިން ޕޯސްޓަރ ތަތްކޮށްލާފަ ބަހައްޓަބަލަ.

    10
    1
  4. މީޒްލީ

    ހައްގު ކަށަވަރު ކުރުމާއިގެން ކުރިއަށް އަދިވެސް ރީދޫ ޕާޓީއަށް ވޯޓުދޭތި، އެކަމަކު ވޯޓް ދޭންވާނީ ނިކަން ގިނަ ފައިސާ ބަހައްޓާއިގެން ހުރެމެ، އޭރުން ޖޫރީންގެ މަނާ ދެއްކޭނީ!

    10
  5. ތެދުބަސް

    ޒީރޯ ޓޮލަރެންސްގެ ދަށުންވީމަ ނުޖެހޭނެތާދޯ.ކޮރަޕްޝަން އެއޯކާވާނެ ވިއްޔާ.ކިތަށް ޕޯސްޓަރ ލޯކަލް ކައުންސިލަ އެިންތިޚާބުގަ މީހުން ޖަހާޏެ.ކިހާ ލާރިއެއް އާމްދަނީ ގޮތުގަައި ރަށްޔިރުން ފެލައިގެން މިމީހުން މިބޭނުން ކުރަނީ/ދުވަސް ކޮޅަކުން ނޭވާ ލާތީވެސް ޖޫރިމަނާ ކުރާނެ.

  6. އަހުމަދު ނަސީމް

    އަސްލު ސިޓީ ކައުންސިލް އަކަށް ތި ހުއްދަ ނުދެވޭނެ. ޢަހަރެމެންގެ ގޭ ފާރު ރީތިކޮށް ބަލަހައްޓަނީ އަހަރެމެން އަމިއްލަ އަށް. ސިޓީ ކައުންސިލަކުން އެފާރުގަ ސިމެންތި ޖެހުން ކުލަލުން ކަމެއް ނުކުރޭ. ފާރުގަ ޕޯސްޓަރު ހިއްޕަން ކުލަލުމުގެ ޚަރަދު ދޭން ޖެހޭނެ.

  7. ހުސޭނުބޭ

    ކެންޕޭނުކުރަން ގޭގެއަށްވެސް ވަ ދެވޭނީ ވަންނަކޮންމެމީހަކު ކޮންމެގެއަކަށް 5000ރުފިޔާ ދީފަކަމަށް ނިންމަންފެނޭ އޭރުން ރަގަޅު ލާރިކޮޅެއް ލިބޭނެނު

  8. ނައީމް

    ކޮބާހީވޭ ރަށްވެހިފަތިހޭކިޔާފަ ހިތްޕިހާޕޯސްތަރުތަށް މުޅި މަގުތަކުމަތީގަ ތަށްރަށުގަވެސް ކޮބާ ޖޫރިމަނާ އަދިވެސް ނުނަގާ އާންމު އުދަގުލަކަށްވެފަ