"ފައުންޑޭޝަން ފޯރ އަ ސްމޯކް ފްރީ ވޯރލްޑް" އިން، ނުވަތަ އެ ފަރާތާއި ބައިވެރިވެގެން ނުވަތަ އެފަރާތުގެ މާލީ އަދި ފަންނީ އެހީގައި ހިންގާ އެއްވެސް ޙަރަކާތެއްގައި، އެއްވެސް ފަރާތަކުން އެއްވެސް މިންވަރަކަށް ބައިވެރިނުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ،"ފައުންޑޭޝަން ފޯރ އަ ސްމޯކް ފޮރ ވޯރލްޑް" އިން، ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި، ކުންފުނިތަކާއި އަދި ސަރަޙައްދީ ބައެއް ޖަމާޢަތްތަކާ ގުޅިގެން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާތައް ކުރުމުގެ ނަމުގައާއި، ސީ.އެސް.އާރު ޙަރަކާތްތަކުގެ ނަމުގައާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ބައެއް ޙަރަކާތްތައް ހިންގާފައިވާ ކަމާއި އަދި ހިންގުމަށް ރާވަމުން ދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ދުންފަތަކީ، ކޮންމެ ގޮތަކަށް ތައްޔާރުކޮށް ކޮންމެ ގޮތަކަށް އަދި ކޮންމެ މިންވަރަކަށް ބޭނުން ކުރި ނަމަވެސް އާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

"ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ބޮޑެތި ބަލިތަކަށް މީހާ ހުށަހެޅޭ މައިގަނޑު އެއް ސަބަބަށް ވީހިނދު، ދުންފަތުގެ އެއް ބާވަތް އަނެއް ބާވަތަށްވުރެ ރައްކާތެރިކަމަށް ނުވަތަ ގެއްލުން ކުޑަކަމަށް ދެއްކުމަށް ދުންފަތުގެ ސިނާޢަތުންކުރާ މަސައްކަތަކީ ސައިންޓިފިކް ގޮތުން ސާބިތު ނުހިފޭ އަދި ދުންފަތުގެ ޙަޤީޤަތް އޮޅުވާލުމަށް ކުރެވޭ މަސައްކަތެއް". އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަދި "ފައުންޑޭޝަން ފޮރ އަ ސްމޯކް ފްރީ ވޯރލްޑް" އަކީ ދުންފަތުގެ ސިނާޢަތުގެ މާލީ އެހީގައި މަސައްކަތް ކުރާ ޖަމްޢިއްޔާ އަކަށްވާތީ، މި ޖަމްޢިއްޔާއާއެކު ބައިވެރިވާ އެހެން ފަރާތަކަށް ވިއަސް ދުންފަތް ކޮންޓްރޯލް ކުރުމުގެ އެއްވެސް ދައުރެއް އަދާ ނުކުރެވޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މި ޖަމްޢިއްޔާގެ މާލީ އަދި ފަންނީ ވަޞީލަތްތައް ބޭނުން ކޮށްގެން ނުވަތަ މި ޖަމްޢިއްޔާގެ ބައިވެރިވުމާއެކު، ދިވެހިރާއްޖެ އަކީ މުޢާހަދާގެ މެމްބަރު ޤައުމެއް ކަމުން މިފަދަ އެއްވެސް ޙަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެ އެއްބާރުލުން ދީގެން ނުވާނެކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮޑު ހަސަންބެ

    ކިހާ ދެރަވެއްޖެ ކަމެއްމީ. މިގައުމުގަ މިނޫނަސް މައްސަލަތއް އެބަހުރި.

    9
    1
  2. ބޯކިބާ

    ފާދިރީއަކު އަޑީގަހުރެގެން އަނބުރާ ގޭހެއްނަމަ ކޮންމެހެންވެސް ބައިވެރި ކުރުވަން އުޅޭނީ.

    11
  3. ނަޖްވާ

    ރަނގަޅު ވާހަކަ އެއް!

  4. ޟޮމޮ

    ކިހާދެރަކަމެއް ސަރުކާރަކައް ނެގެ ސަރުކާރައް ލިބޭ ޢާމްދަނީވެސް. ...؟