މުޖުތަމަޢުގެ ހެވާއި ލާބައަށް ކުރާ ކޮންމެ މަސައްކަތަކީ ކޮންމެ މީހަކަށްވެސް އެކަމުގެ ސަބަބުން ފައިދާ ކުރާނެ ކަމެއްކަމަށް ޤަބޫލުކޮށް، ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުން އިސްކުރާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިގޮތަށް ވިދާޅުވީ، "ފުރާތަ"ގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިސްނަގައިގެން މުޖުތަމަޢަށް އަނބުރާ ދިނުމަށް ބާރު އެޅުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތް އިފްތިތާޙު ކޮށްދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"މުޖުތަމަޢުގެ ހެވާއި ލާބައަށް ކުރާ ކޮންމެ ކަމަކީ، ކޮންމެ ފަރުދަކަށްވެސް އެކަމުން މަންފާ ކުރާނޭ ކަމެއްކަން ޤަބޫލުކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް މަސައްކަތް ކުރުން އިސްކުރަންޖެހޭ،" ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ ފަރުދީ ހެވާއި ލާބައާއި، މަންފާއަކީ މުޅި މުޖުތަމަޢުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ބަރޯސާވެފައިވާ ކަންކަން ކަމަށެވެ. އަދި މިކަން އިޙްސާސްވުމާއިއެކު ކޮންމެ ފަރުދަކަށްވެސް އިޚްތިޔާރު ކުރެވޭނީ މުޖުތަމަޢުގެ ލާބައާއި މަންފާ އިސްކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް މަސައްކަތް ކުރާން ކަމަށްވެސް ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ އިންސާނުން ދުނިޔޭގައި ހޭދަކުރާ ވަގުތުތަކުގެ ބޭނުމަކީ އަނބުރާ ނުގެންދެވޭނެ ތަކެތި ފޮރުވައިގެން ގެންގުޅުން ނޫން ކަމަށާއި، އޭގެ ބޭނުމަކީ އިންސާނާ ދުނިޔެއަށް އުފަންވީއިރު ދުނިޔެ އޮތް މިންވަރަށްވުރެ، ހިތްހެޔޮ، އިހްސާންތެރި މިންވަރަކަށް މިސްރާބު ހިފާ އެމަންޒިލުގެ މަތީ ދުނިޔެ ދޫކޮށް ދިޔުން ކަމަށެވެ.

"އަޅުގަނޑުމެން މިދުނިޔޭގައި ހޭދަކުރާ ވަގުތުގެ ބޭނުމަކީ އަޅުގަނޑުމެނާއެކު އަނބުރާ ނުގެންދެވޭނޭ ތަކެތި އެއްކޮށް ފޮރުވައިގެން އުޅުމެއްނޫން. އޭގެ ބޭނުމަކީ މިދުނިޔެއަށް އުފަންވި ހިނދު މިދުނިޔެ އޮތް މިންވަރަށްވުރެ ހިތްހެޔޮ، އިހްސާންތެރި، ރަނގަޅު މިންވަރަކަށް މިސްރާބުހިފައި އެމަންޒިލުގެމަތީ ދޫކޮށްދިއުން. މިއީ އެހެން އިތުރު މީހެއްގެ ޒިންމާއެއްނޫން. މިއީ އެންމެންގެ ޒިންމާއެއް،" ފަޒްނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނަޖީ

    ދެން ކަލޭ މަސަކައް ކުރަންވީ އެމްމެން ޔަހޫދީ ދިނައް އަބުރާލުމައްޓަކާ ދޯ

    33
    1
  2. ނަޖީ

    ކަލޭބުނެގެން އަހަރުމެން ކުރާނެ އެއްކަމެވެސްނޯންނާނެ ކަލޭމޮޔަނުގޮވާހުރޭ ކަލޭ ދެން ތީކާކު

    32
  3. މޫސާ

    ފިރިމާހާ ކައިރީގަ ތިވާހަކަ ބުނަންވީނުން؟

    36
  4. ބެއްޔާ

    ނިކަމެތި ރައްޔިތުން މުޖްތަމއުގެ ހެވާލާބައަށް ވެރިންނާއި އެމީޙުން އަނބިން ދައުލަތުގެ ހަޒާނާގެ ހެވާލާބައަށް ދަހިވެތިކަމުގަ އަވަދިނެތި.

    37
  5. ދައިތަ

    މުޖުތަމަޢުގެ ލާބަޔަށް ޓަކައި މި މީހުން މި ޤައުމު ސެކިއުލާ ކުރުމަށް ޓަކައި ދެފައި ގާތްވެސްނުވޭ. ޢެހާ ބުރަކޮށް މަސައްކަތް ކުތަނީ. ކޮރަލްއާ ސްޓޯންނާ އުފައްދައިގެން. ލަދު ޙަޔާތް ކޮބައި؟

    33
  6. އޭތް!

    އަހަރުމެން ނިކަމެތިން މިވީ ތިބުނާ މުޖުތަމައަށް ހިދުމަތްކުރަން! މަހުޖަނުން އުޅެންވީ އަހަރުމެންވެސް ފެލައިގެން އެމީހުންނާ އެމީހުންގެ އަނބިދަރިން އުފަލުގަ އަރާމުގަ މުޅިދުނިޔޭގަ އުޅޭން. މޮޔަނުގޮވާ ސިއްކާ!

    31
  7. ކަހަނބު0

    އޭ ދޮންކަނބުލޯ ތި ކަން އެގޭއިރު މުނިމުނި ކޮޅުން ފެށިގެން ކެރަފާ ދޮންބެގެ އާއިލާ ވެރިކަމާ ހިފަނިއްޔޯ އެއީ ހަޒާނާ ކަށްވަޅަށްދާއިރު ގެންދަން ވެގެންދޯ މިހާރު މިސުރު މީހުން ހެދި ކަހަލަ އަހުރާމް ތައްވެސް ހެދީތަ ހަޒާނާ ފޮރުވަން ނަމަ ނަމަ ނަހަދާތި އިގޭ މަންޖެއައްވެސް އެނގޭ ދޯ ނުގެންދެވޭނެ ކަން ފިރިސޮރު ވެސް ނަސޭހަތްދީ އިސްލާހު ކޮށްބަލަ

    11
  8. ސޮނިފުހޭ

    ކައޭ ކެޓް ވޯކްގަ ހިގަން އޯކޭ މަހާ ރެހެންދި އަކަށް އޯކޭ އެއްނޫން ކަށި ކެޔޮފަޒުނާ ކަޑައޭ ތީނަ. ހަމަ ރަނގަޅީ ކަދުރު ފާތުމަ ދިވެހިންނާ އެކު ކުރިއަށްދާން ގެޓްވެ ބަ

  9. ބޮޑު ކަމެއް

    ކަލޭ ފުރަތަމަ އައުރަ ނިވާ ކޮއްބަލަ...

  10. އަރާމަގުދޮންކަމަނަ

    ވަރަށް ރަނގަޅުވާހަކައެއް. ފިރިމަނިކުފާނު 25އަހަރު މަޖިލީހުގައި ގޮނޑިހޫނުކުރެއްވި އިރު ތިކަން އިހުސާސެއް ނުކުރެވުނު. މަހާރެހެންދި އަކަށްވުމުން ތިކަން އިހްސާސް ވީކަމަށްޓަކައިވެސް ސާބަސް. ކަމަނާގެ އުމުރުން މިވީހާ ތަނަށް މުޖުތަމައުގެ ފައިދާއަށް ކޮށްދިނީ ކޮންކަމެއްތޯ ބުނެދެއްވާބަލަ. ފިރިމަނިކުފާނުމަޖިލީހުގައި އިންނަވާގެންވެސް މުޖުތަމައުގެލާބަ އާއި މަންފާއަށް ޓަކައި ބަޖެޓަށްވެސް ވޯޓްނުދެއްވާ. މިހާރު ޕޯޑިއަމްތަކަށް އަރަން ލިބުނީމާ ހިތަށްއަރަނީ މިހިރީ ސިދުރަތުލް މުންތަހާ އަށް އެރިފައޭދޯ؟

  11. ނޭފަރީ

    ޗަކޮއި އަހަންމެންނަކަށް ޗަވާހަކަ ކިޔާދޭނެކަމެއްނެތް. އެހެރައުޅޭ ހިންނަވަރު އިބޫގާތު ޗަވާހަކަ ކިޔާދީބަލަ. އޭއްޗަކު މަޖިލީހުގައި މިއަތޮޅުގެ ގޮނޑީގައި އިނދެގެން ކޮށްދިނީ ކޮންކަމެއްތޯ އަހޭބަލަ. އަހަންމެން ޗަވާހަކަ އަޑެއް ނާހާނަށް.

  12. ފ

    އެމް އެން ޔޫގެ ކޮންމެ ކަމަކަށް މީނާ މިގެންދަނީ މީ އަނެއްކާ ކޮންކަމެއްބާ ؟ އެމް އެން ޔޫ މިނިވަން ވެފައިވާ ވަރު މިކަމުން ދޭހަަވޭ އާ ޗާންސަލަރާ އެކު.......... ކުރިން ބުނީ އަބަދު މެޑަމް ފާތުންނޭ ...

  13. މނ

    އެމް އެން ޔޫ އިން އަބަދު މީނާ މިގެންދަނީ ކީއްވެގެންތޯ ސިޔާސީ ވެފައިވާ ވަރު ވަރަށް ރަނގަޅަށް އިނގޭ ވައި އެޅުވުން ... އާ ޗާންސަލަރ ވެދާޅުވޭ ކުރިން އޮތީ ސިޔާސީ ވެފައޭ މިހާރު މިވަނީ ކޮންކަމެއް .. ލެކްޗަރަ އިންނަށް އިންޒާރުވެސް ދިން އެމް ޑީ އެން މައްސަލާގައި