ސަރުކާރު އޮފީސްތަކުން ލިބޭ އާމްދަނީގެ ތަފްސީލް ފިނޭންސް މިނިސްޓްރީ އާ ހިއްސާކުރުމަށް އަންގައިފިއެވެ.

އެ މައުލޫމާތު ހިއްސާ ކުރުމަށް އެދި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ވަނީ ސާކިއުލާއެއް ނެރެފައެވެ.

އެ ސާކިއުލާގައި ވަނީ، ދައުލަތަށް ލިބޭ އާމްދަނީގެ ތަފާސްހިސާބު ބެލެހެއްޓުމަށާއި ދައުލަތަށް ލިބޭ އާމްދަނީއަށް އަހަރު ދުވަހުގެ ތެރޭގައި އަންނަ ބަދަލު ދެނެގަތުމަށްޓަކައި އޮފީސްތަކުގައި ހިދުމަތްތަކުން ނަގާ ފީ ހިމެނޭހެން އެ އޮފީސްތަކަށް ލިބޭ ހުރިހާ އާމްދަނީއެއްގެ ތަފްސީލު މިނިސްޓްރީ އާ ހިއްސާ ކުރުމަށެވެ.

އެ ސާކިއުލާގައި ވާގޮތުން އޮފީސްތަކަށް ލިބޭ އާމްދަނީގެ ޖީއެލް ކޯޑާއި ޖަމާކުރާ ފަންޑުގެ ތަފްސީލް، އާމްދަނީ ނެގުމަށް ހަމަޖެހިފައިވާ ގާނޫނާއި ގަވައިދު ނުވަތަ އެއްބަސްވުމުގެ ތަފްސީލު އެނގޭނެހެން އެ މައުލޫމާތު ހިއްސާ ކުރަން ވާނެއެވެ. އަދި އެ އާމްދަނީ ނަގަން ފެށި ތާރީހާއި އާމްދަނީ ނަގާ ގޮތް (ރޭޓު އަދި ފްރެކުއެންސީ އެނގޭނެން) ހިއްސާ ކުރުމަަށް އެދިފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އެ މައުލޫމާތުތައް މި މަހުގެ ފަސްވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހިއްސާ ކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބެއްޔާ

    އަޖައިބެއް. ވާނުވާނޭނގޭ ބައެއްމީ. މިއޮތް ހުރިހާ ދުވަހު ތިޔަ މައުލޫމާތެއް ނުލިބޭތަ. އަމުރު ކީއްތަތިކުރަނީ. ފިނޭންސް މިނިސްޓަރުގެ ގާބިލްކަމާމެދު ސުވާލުއުފެދޭ. އަނެއްކާ ލާރިކޮޅެއް ބަނޑުއަޅަންތަ

    25
  2. ޙާލަތު

    ކައުންސިލް ތަކަށް ލިބޭ އެތިކޮޅުވެސް ކާލަންވީދޯ މިހާރު...

    22
  3. ޓިނު ވަގު

    ކާލަނީ ކާލަނީ... ރައްޔިތުންގެ ލާރިކޮޅު ކާލަނީ

    23
  4. ނަރުދޫ

    އެބޮޑައް ބަލަން އެއުޅެނީ ކައުންސިލްތަކައ ލިބޭވަރު އޭރުންތާއޭގެން ބައެއް ކާލެވޭނީ

    17
  5. މާމީ

    ކުރީފަހަރު ވެރިކަން ލިބުނީމަ ރައްރަށުގެ އަވައްކުރިއަރުވާ ކޮމިޓީ ތަކުގަހުރި ލާރިކޮޅުވެސް ފިނޭންސް އިން ނެގީ،،،،،،

    23
  6. ތެދުބަސް

    ކަލޯގަޔާ! ހުރިހާ އެއްޗެއް ދިރުވަލަން ހިފާފަ މިތިބީ.ތެލީގެފޫ މިކަހާލަނީ، ހުރިހާ ފައިސާއެއް ދިރުވާ ލައިގެން ޤައުމުން ފިލަން މިރެޑީވަނީ.ރަށްޔިތުން ވަރަށް ވިސްނާ ތިބެންވާނެ.މިމީހުން އިރުއިރުކޮޅާ ބޭރަށް އެދަނީ ބޮނޑި ބޮނޑި އަށް ހިފައިގެން.މިމީހުން ފިލިޔަ ދީގެންނުވާނެ.މީއަހަރުމެން އެންމެންގެ ރާއްޖެ.މިޤައުމުގަ ހުންނާނީ އަހަރުމެންގެ މުދާ.މިތާގަ ހިނގާނީ އިސްލާ ދީން.

  7. މާހިރު

    ދެން އަހަރެން ދޭނީ ސީދާ ތިކޮޅަށް މީގެ ކުރިން އަހަރެން ހީކުރީ ކޮންމެދިމާލަކުން ޕޭކުރީމަ ތިކޮޅަށްވެސް އެނގިލާނެ ކަމަށް ވަތްގަޑަށް ނޫނަސް

  8. ބަންގާޅު މިއާ

    އޭ ބީތާ، އޮފީސްތަކަށް ލިބޭ އާމްދަނީ މިހާރުވެސް ހިއްސާކުރޭ. މިވަރުގެ ކަނޑުކޮސް މާލީ ވަޒީރެއް ރަށްވެހި ފަތިހަކު ނޫޅޭނެ.

    12