މާލޭގެ ކުލީގެ މައްސަލަ ބޮޑުވެފައިވާތީ ކުލި ކޮންޓްރޯލް ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށައަޅައިިއެވެ.

ކުލީގެ މައްސަަލައިގައި 800 މީހުންގެ ސޮޔާއެކު މައްސަލަ މަޖިލީހަށް ހުށައެޅީ މާލެ ޓެނަންޓްސް ޔުނިޓް (އެމްޓީޔޫ) ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ.

މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ބިލެއް ނުވަތަ ގަރާރެއް އަދި ނުވަތަ ޕެޓިޝަނެއް ހުށައެޅޭނީ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށެވެ.

އެގޮތުން އެމްޓީޔޫ އިން އިސް ނަގައިގެން ތައްޔާރުކުރި އެ ޕެޓްޝަން މަޖިލީހަށް ހުށައެޅުމަށް ސްޕޮންސަ ކުރެއްވީ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިނެވެ.

މަޖިލީހަށް ހުށައެޅި ޕެޓްޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޖަމިއްޔާ "އެމްޓިޔޫ" އަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ހިއްސާކޮށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން 2018 ވަނަ އަހަރު އޮކްޓޯބަރު މަހު އުފެއްދި ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކާފަބޭ2020

    ތިޔަކަހަލަބޭގަރާރުހުށައެޅުމުގެ ކުރިން ދިރާސާއެއްހަދާފަ ދެންތިޔަގަރާުހުށައަޅާބަލަ! ލޯނުނަގައިގެންތަންތަން ހަދާއިރު އިންޓްރަސްޓު ކުޑަނުވެ ކުލި ކުޑަ ކުރާނީ؟

    3
    2
  2. އެމްޑީޕީ ބުރޯ

    ބަލަގަ މިހަރަ ބޯގަޅި ގަމާރާ! ކަލޭގޮސް ރަށުގަ އޮވެބަލަ! ކުލިދައްކާނެފެންވަރުނެތިއްޔާ ގޮސް ރަށުގަ އޮވެބަލަ! ކަލެޔަށް މިސަރުކާރުން ހުޅުމާލެއިން ގޯތިނުދިނީމަ ތިހެރަ އަރުވާލާ ވަރެއްދޯ!

    3
    5
    • ޢިހުސާނުއްދީން

      ކަލޭތީ ދިހަކަށިމަތި މާލޭމީހެއްދޯ! ކޮންމެމަިހަކަށްވެސް އޮންނާނެ ހައްގު. ކަލޭ ކައިރީބުނެގެނވެސް އެއްޗެއް ހުށައަޅާބަލަ. މާގައްޑާވެގެން ނޫޅެއްޗޭ!!

      4
      2
  3. ބާރިިިިި

    މަޖިލީހުގެ މެމްބަރުންގެ މުސާރަ ކޮންޓްރޯލްކުރާ ބިލެއް މަޖިލިސްއަށް ހުށަހަޅާނީ ކޮންދުވަހަކުން ކޮންޖަމްޢިއްޔާއަކުންތޯ ؟

    10
  4. ސަލާމްބެ

    ބޭންކް ތަކުން ދޫކު ރާ ލޯންތަކުގެ އިންޓް ރެސްޓް ކުޑަ ކޮށް ދިނުމަށާ ގެދޮ ރުއިމާ ރާތް ކު ރުމައް ބޭނުންވާތަކެތި ހެޔޮއަގުގަ ލިބޭނޭގޮތް ހަދައިދިނުމަށާ އަދި ކޮންސްޓް ރަކްޝަން ގެ އަގުކުޑަކޮށްދިނުމައްވެސް ޕެޓިޝަންހަދާ މަޖިލީހައް ހުށައަޅާބަލަ.!!! އަމިއްލައެދުން ބޮޑުއިންސާނާ އަށް އަނެކާ އޮހޮ ރުވާ ދަލާ ލޭގެ އަގުވަޒަން ނުކު ރެވުމަކީ ޖާހިލުކަމެއް. 20 ނުވަތަ 30 މިލިއަން ރުފިޔާ އާއި އޭގެއިންޓް ރެސްޓް އާއިއެފައިސާ އަނބު ރާ ބޭންކައް ދެއްކުމަކީ މިއަދު ހާދަވޭންހު ރިކަމެކޭ... ގެދޮ ރު އިމާ ރާތް ކޮށް އެތަނަކުން ނެގޭ ކުލިބޮޑުކަމުން ކަންބޮޑުވާހާލު ގުޅުންހު ރި އެހެން ކަންކމައް ދެލޯކަނުވީމަ އޭތިކަޑައޭ.

    2
    3
  5. ައަހްމަދު

    ކޮންމެމީހަކުވެސްގެދޮރުމިހަދަނީ ބޭންކުން ބޮޑުއިންޓެސްޓުގަލޯނުނަގައިގެން އެހެންނޫނީ ފަންސަވީސް ނުވަތަ ތިރީސްއަހަރައް ދެފުލޯނޫނީ ތިންފުލޯ އިންވެސްޓުކުރާފަރާތައްދީގެން ދެންމަޖިލީސް ކީއްކުރަން ސަރުކާރައްވެސް އެކުލިކޮންޓްރޯލުކުރެވޭނެކަމަކަށް ގަބޫލެއްނުކުރެވޭ މާލޭގަބިންކޮޅެއް ހޯދަންވިޔަސް މިޖެހެނީ ބޮޑުއަގުގަގަންނައް ރާއްޖެތެރޭގެމީހުންނައް އެރައްރަށުން ބިންމިލިބެނީ ހިލޭ އެކަމުގާނޫނުއަސާސީގަބުނަނީ އެއްވެސް މީހަކާދޭތެރެ ތަފާތުކުރުމެއް އޮވެގެންނުވާނޭ ތިޔަމަޖިލީހުން ނިންމަދޭންވީނު މާލޭރައްވެހިންނައްވެސް މާލެއިން ބިންހިލޭލިބޭގިތައް އޭރުންވެސް ކުލިންބޮޑުބައެއް ކުޑަވެގެންދާނެ

    • ގަބުޅިބާދަލާ

      މާލޭގެރަށްވެހިންނަށް ހިލޭ ދީފާހުރި ބިންތަކުންނޭ ބޮޑުކުލި ނަގަމުން އެދަނީ.

      • އަހަންމަދު

        އެމީހެއްގެ އެއްޗެއް ވިއްކާނީ އެމީހަކަށް ފެންނަ އަގަކަށް! އަގު ކަމުނުދާމީހާ ނުގަތީމަވީ.! ހަމަ އެގޮތް އޮންނާނީ ކުލީގަވެސް! ހައްގު އޮންނާނީ ހަމައެކަނި ކުއްޔައް ހިފާމީހާގެތަ؟ގައުމަށް ތިހާލޯބި ހުރިނަމަ އުފަންރަށް ތަރައްގީކުރަން ރަށަށްދޭބަލަ. މިއީކީ ކޮމިއުނިސްޓް ގައުމެއް ނޫނޭ. އަލީހަސަނުވެސް މިހާރު ގާސިމުހެން ކޮސްގިވަންފަށައިފި.

  6. ރަށުމީހާ

    ކުލި ބޮޑުކުރަނީ އިމާރާތް ހަދަންދާ ހަރަދު ބޮޑުވެގެންވެސް ނޫން. މީގެ 100 އަހަރު ކުރިން ހަދާފަ ހުރި ތަނުންވެސް ކުލި ނަގަނީ އަލަށްހަދާ ތަނަކާއެއްވަރަށް. އިމާރާތުގެ ހާލަތަށްވެސް ބަލާލުމެއްނޯވޭ. ކުއްޔަށް ހިފާމީހާގެ ހައްގެއް ނޯވޭ ދަހިވިޔަސްތަންކޮޅެއް ބޮޑުވަރެއް. ދުވަހެއްދުވަހެއް ކުލިދަނީބޮޑުވަމުން. ލިބޭ މުސާރައެއް ބޮޑެއްނުވޭ. ރަށުން ވަޒީފާއާ އަސާސީ ހިދުމަތްތައްލިބޭނަމަ މިހާގިނަ މީހުން ގަނަތެޅިޅި މިތާ ތިބޭނެތަ އުމުރުދުވަހު ހައްޖަކަށް އުމުރާއަކަށް ނުދެވިފަ ލިބޭލާރި ފާރަށްދީގެން.

  7. ހާޖަރާ

    މިއީ ވަރަށް ގަގަޅު ވާހަކައެއް. ކުލި ކޮންޓްރޯލް ކުރާގޮތަށް ބޭންކުތަކުން ގެތައް ހެދުމަށް ނަގާފައިވާ ލޯނުގެ އިންޓަރެސްޓް ވެސް ކުޑަ ކޮށްދެއްވުމަށް ޕެޓީޝަންއެއް ލާދީބަލަ.

  8. ސަޓޯ

    ތިކަމެއް ނުވާނެ... މަޖްލިސް މެމްބަރުންގެ އެންމެ ގިނައިން ތަންތަން ކުއްޔައްދީފަ ހުންނަނީ

  9. ކޮވިޑް

    ލޯންފަސްވެއްޖެ ބުނެފަ ކުލި ކުޑަކޮށްދީ ބުނީމަ ހަމަ ނުޖެހޭ، ލޯން ފަސްވެއްޖެ ދެން ކުލި ނުވަތަ ކުލިން ބައެއްވިޔަށް ފަސްކޮށްދީ މިހެން ބުނުން މާރަނގަޅެވެ. ސަބަބަކީ ގިނަމީހުން ކުއްޔަށް އުޅޭތަންތަނަކީ ގޭވެރިފަރާތް ނޫން ފަރާތަކުން ފައިސާ ހަރަދު ކޮށްގެން ދިގުމުއްދަތަކަށް ހަދައިގެން ކުއްޔަށް ދީފައިވާ ތަންނަށް ވާއިރު، ސަރުކާރުގެ ހައުސިން ލޯން ފަސްކޮށްދިނަސް އަމިލައަށް އިންވެސްޓުކޮށް ގެ ހެދިފަރާތަށް ލުޔެއް ނުލިބެނީސް ކުލި ކުޑަކޮށްދެވޭނީ ކިހިނެއްތޯ؟

  10. އަހަންމަދު

    އެމީހެއްގެ އެއްޗެއް ވިއްކާނީ އެމީހަކަށް ފެންނަ އަގަކަށް! އަގު ކަމުނުދާމީހާ ނުގަތީމަވީ.! ހަމަ އެގޮތް އޮންނާނީ ކުލީގަވެސް! ހައްގު އޮންނާނީ ހަމައެކަނި ކުއްޔައް ހިފާމީހާގެތަ؟ގައުމަށް ތިހާލޯބި ހުރިނަމަ އުފަންރަށް ތަރައްގީކުރަން ރަށަށްދޭބަލަ. މިއީކީ ކޮމިއުނިސްޓް ގައުމެއް ނޫނޭ. އަލީހަސަނުވެސް މިހާރު ގާސިމުހެން ކޮސްގިވަންފަށައިފި.

  11. އަހަންމަދު

    ރަށްފުށުގަ ހުރީ މީހުން ބޮޑުއަގުގަ ގަނެފަހުރި ގޯތިތަ! ބަލަގަ އެއީވެސް ހަމަ ހިލޭ ސަރުކާރުން ދީފަހުރި ގޯތިނޫންތަ؟
    ދެން ކުއްޔަށްދީގެން ލާރިގަޑު ނަގަންވީެެއެއްނު؟ ތިމާއަތުގަ އޮތް އެއްޗެއްގެ ބޭނުންހިފުމުގެ ބަދަލުގަ އެހެން މީހެއްގެ އެއްޗެއް ދަމައިގަންނަންތަ މަސައްކަތް ކުރަންވީ؟ އަދިވެސް ހާދަ ނާތަހުޒީބޭ!