ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން މަސްވެރިންނަށް ގެންގުޅުނު ސިޔާސަތެއް ކަމަށްވާ ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިއަކަށް 10،000 ރުފިޔާ ލިބޭ ސްކީމުގެ ދަށުން އެ ފައިސާ ލިބިގެން ދިޔައީ އެންމެ ދޯންޏަކަށް ކަމަށް މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް މިއަދު ވަޑައިގެންނެވި މިނިސްޓަރު ޒަހާއަށް މި ސުވާލު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީއެވެ. އޭނާ ސުވާލު ކުރެއްވީ ބެޔަސް ނުބެޔަސް ސިޔާސަތުގެ ދަށުން ފައިސާ ދިނީ ކިތައް ދޯންޏަށްތޯ އާއި އެ ސިޔާސަތާ މެދު މިހާރު އަމަލު ކުރަނީ ކިހިނެއްތޯއެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ކުރީގެ ސަރުކާރުން ގެންގުޅުނު އެ ސިޔާސަތުގެ ދަށުން އެ ފައިސާ ދެވިފައި ވަނީ އެންމެ އުޅަނދަކަށް ކަމަށެވެ. އަދި އެ ސިޔާސަތަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ޒަހާ ވިދާޅުވީ އެ ސިޔާސަތު މިހާރު ތަންފީޒު ކުރަމުން ނުގެންދާ ކަމަށެވެ.

މިނިސްޓަރު ޒަހާ އެފަދައިން ވިދާޅުވުމުން ސަމާސާ ރާގެއްގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީށް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ ކޮން ގެއެއްގެ ދޯންޏެއްތޯ ހިތަށް އަރާ ކަމަށެވެ.

އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެސް ވަނީ އެ ސްކީމުން ފައިސާ ލިބުނު ދޯންޏަކީ ކޮން ބައެއްގެ ދޯންޏެއްތޯ ވަރަށް ގިނަބަޔަކު ސާފު ކުރަން ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަޖިލީހަށް މިއަދު އެކަމަނާ ވަޑައިގަތީ އެ މައުލޫމާތުތައް ހިފައިގެން ނޫން ކަމަށެވެ. ނަމަވެސް އެ ދޯންޏަކީ ށ. އަތޮޅުގެ ދޯންޏެއް ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

ބެޔަސް ނުބެޔަސް އަކީ، މަސްވެރިކަން ދަށް މޫސުމުގައި ނުވަތަ މޫސުން ގޯސްވެގެން މަހަށް ނުދެވޭ ދުވަސްވަރު، މަސްވެރިންނަށް އާމްދަނީގެ ގޮތުގައި ފައިސާ ލިބޭނެ ސްކީމެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އާބިދާ

  ބެޔަސް ނުބެޔަސް ސްކީމުގައި ބައިވެރިވީ ކިތައްދޯނި ކަމާއި، އެންމެ ދޯންޏަކަށް ފައިސާ ދޭންޖެހުނުގޮތް ސާފުކޮށް ކިޔާދޭންވާނެ ރައްޔިތުންނަށް އޮޅޭގޮތަށް ކިޔާދިނުމަކީ ފިތުނަހަދަން ކުރިކަމެއްދޯ ޒަހާ

  27
  1
  • އ. ޖ. އ

   ލޮލް

 2. އިހަވަންދޫ ރައްޔިތެއް

  އެހެންވީމާތާ ޒަހާ އޭ ރިޕޯޓެއް ލިބޭގޮތް މިވީ އެންމެ ޖުމުަލައަކުން ނަޝީދު ހެއްވާލުން އޭ ރިޕޯޓެއް މިނިސްޓަރ ޒަހާއަށް ލިބިލައްވަފި.

  20
  1
 3. މާހިރު

  ޢެއީ އަހަރެން މިބުނާވާހަކަ ނުބާނާ ބަޔަކަށް ދީގެން ނުވާނެ އެހެން ނޫނީ ފުރަފުރާފަ ހަމަ ލަފާނީ ކަނޑު މަތީގަ ކައިމަޖާކޮށްފަ ފެނިފަ މިބުނީ...އެަށްވުރެ ސަޅި ސަބުސިޓީ..ދޯ

  11
 4. އަސުމާ

  އެސިޔާސަތުކަމުނުދާތީ އައިސަރުކާރެންނު މިހާރުވެރިކަން ތިކުރަނީ ތިމާމެން ހުރިހައިކަމެއް ކޮދޭން ރައްތުނަށް އެތައްވަޢު ޢުދެއްވެގެން އައިސް ދެން ބެޔަސް ނުބެޔަސް ކިޔާކަށް ނުޖެހޭނެ ރަޔާމީން ކަމުނުދާތީނު ވެރިކަން ފޭރިގަތީ ހޭބަލިވާ ރައީސްޔާމީން ވެރިކަ މުގައި މަސްވެރިން ނޫޅެޔޭ މަސްނުކިރިގެ އަނބިދަރީނަށް ކާން ނުދެވިގެ ޖީބުހުސް ވެގެން މަސްވެރީނަ އެއަށް ވުރެ ފައިދާ ވާގޮތެކޭރައީސް ޔާމީން ހައްދަވައިދެއްވީ ތަނެއް ދޮރެއް ނޭނގުނަސް ތިއީބޮޑުވަރު ތ ފެންވަރު ރުންވާހަކަދައްކަބަ ކަމެއްކުރަން ނޭނގެއްޏާ އަނގަ ހިމޭނުލައިގެން ތިބެބަލަ ރައީސް ޔާމީން ބެޔަސް ނުބެޔަސް އޭބުނުއްވީ ވީމަ ދުވަހަކު މަހަށް ނުދާމީހުންވެސް ތަނަތަނު ފީވެފަހުރި ބާދޯނިގެނެސްރަށުގެ ހިކިފަސްމަތީ ބެހެއްޓީ މައެއީމަސްވެރީނަށް ވޭތައެލާރިގަޑުވެސް ޖަހައިގަންނަން ވެގެން ރައްރަށުގައި އުޅޭރީނދޫ ގުންޑާތައް އެކަމުންވެސް އޮޅުވާ ލައިގެން މަކަރުން ތިރީނދޫ ބައިގަނޑު ދިމާކުރީ އެލާރިގަނޑު ވެސްކާލަން މާމޮޅު މަސްވެރިންނަށް ހެދިގެ ތި ކުނިގޮޑުން ހިހޮވައިގެންގެން ނައިދޯނި ތައް މޫދުގައިހުރިދޯނިހު ހުރިދިމާއިން އަޑިޔަށް އެއްގަމުގައި ހުރިދޯނި ފީވެކުޑިގަނޑަކަށްވެފަ ލާދީނީ ރިޕޯޓު ނެރުނު ގުންޑާތައްކަށް ރައްޔަތުންގެ ލާރިން ބޮޑުމުސާރަދީ ރައްޔަތު ން ބަނޑަށްޖައްސާފަ ރައްޔަތުންގެހުރިހާލާ ރިޔެއްކައި ހުސްކުރަމު މުން ބެޔަސް ނުބެޔަސް ސޭކިޔާފަ އަނގަ ފޭކުރަން އެމްޑީޕީ ޖާހިލު މެމްބަރުންގެ ލަދުހަޔާކޮބާތަ ތިމާމެން ފުރަތަމަ ތިރިޔާސަތުގަ އިތިތިބަ ފަރަންޖީންގެ ވާހަކަދެއްކިއްޔާ މާތާހި ރުވާނެ،

  17
  1
 5. ބޮކި

  އެޔޮތީ ވައުދު ފުއްދާފަދޯ ؟؟

  11
  1
 6. ޙާލަތު

  އެ އޮންނަ އުސޫލަށް ތަބާވީމަ ބެޔަސް ނުބެޔަސް ސްކީމުން ލިބޭކަން ހާމަވީ ދެއްތޯ؟. ބޯޅަ އޮތީ މަސްވެރި އޮޑިވެރިން ކޮޅުގަ... ޝުކުރިއްޔާ ރައީސް ޔާމީން.

  26
  1
  • އ. ޖ. އ

   ވައުދު ފުއްދުން ކަމަކަށް ނުވާނެ...

 7. ކޮމަންޑޫ

  ށ. ކޮމަންޑޫ ކުރުމަސް ނަމަ ކަށް ކިޔާ ދޯނި

 8. ވެރިން

  މި ސުވާލުގެ ޖަވާބަށް ދޯ ޒަހާ އަށް À+ ދިނީ

 9. ސަމޭދާން

  ހެހެހެހެ... މަހީކުރީ ޔާމީނު އެވައުދު ނުފުއްދާކަމަށް. އަދިކިރިޔާ މިއެނގުނީ އެވެސް ފުދިފައި އޮތް ވައުދެއްކަން. އުސޫލާއެއްހޮތަށް ލިބުނީ އެއްމެ ދޯންޏަކަށް. މިއިންވެސް އެނގުނީ ގާތްމީހުންނަށް ބައިތުލްމާލު ނުބަހާކަން.