ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ"ތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ ގޭދޮށު މަސް ޕްލާންޓްގެ ކޮންސެޕްޓް ކަރުދާހެއް ތައްޔާރުކޮށް އޭގެ މައްޗަށް ބިނާކޮށް ލާމަރުކަޒު ކުރުމުގެ ވިސްނުމާ އެއްގޮތަށް ސިޓީ ކައުންސިލްތަކަށް ސީދާ ޓެންޑަ އަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާގެ އެހީގައި އައްޑޫގެ ތިން ރަށެއްގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމަށް ޓެންޑަ އަށް ހުޅުވާލަން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ތައްޔާރުވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ. އަދި މިކަމުގައި އައްޑޫ ސިޓީ ކައުންސިލަށް މިނިސްޓްރީން ދޭން ޖެހޭ ފަންނީ އެހީތެރިކަމާއި ލަފާ ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެއިތުރުން މިފަދަ އެހެން ގޭދޮށު މަސް ޕްލާންޓްތައް ގާއިމުކުރުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ދަނީ ކުރަމުން. މިފަދަ ޕްލާންޓްތަކަށް ފައިނޭންސް ކުރުމަށް އޭޑީބީ (އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް) ގެ ފަރާތުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި،" ޒަހާ ވިދާޅުވިއެވެ.

"މި އަހަރުގެ ތެރޭގައި މ. އަތޮޅުގައި މިފަދަ ޕްލާންޓެއް ގާއިމު ކުރަން ހުޅުވާލެވޭނެ. އަދި އިތުރު ރަށްރަށުގައި މިފަދަ ޕްލާންޓްތައް ގާއިމުކުރަން އިއުލާން ކުރެވޭނެ،"

ގޭދޮށު މަސް ފެކްޓަރީއެއް ގާއިމުކުރަން ގޮވާލައި މީގެކުރިން ރައްޔިތުންގެ މަޖިލިހަށް ވަނީ ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރުގައިވާ ގޮތުން މަސްވެރިކަމަކީ އިގްތިސާދުގެ މުހިންމު ސިނާއަތަކަށް ވާ އިރު، އެ ސިނާއަތް ފުޅާކޮށް އެ މަސައްކަތުގެ ސީދާ ނަފާ ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދައިދޭން ޖެހެއެވެ.

ގަރާރުގައި އެދުނީ ރަށްރަށުގައި ގާއިމްކުރާ މަސް ބަންދުކުރާ ޕްލާންޓުތަކުގައި ބޭނުން ކުރާނެ ވަސީލަތްތައް ކަނޑައަޅައި އެތަންތަން ގާއިމްކުރަން ކައުންސިލްތަކުން ބިން ދޫކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށެވެ. އަދި އެ ވިޔަފާރީގައި ރަށު ކައުންސިލާއި ސިޓީ ކައުންސިލަށް ބައިވެރިވެވޭނެ އުސޫލުތައް ހަދައި، މަސްވެރިން އަތުން މަސް ގަނެ، ޕްރޮސެސް ކުރާނެ ޕްލާންޓްތައް ތަރައްގީކޮށް ހިންގަން ފުރުސަތު ހުޅުވާލަން ވެސް ގަރާރުގައިވެ އެވެ.

ގޭދޮށު މަސް ފެކްޓަރީތައް ގާއިމު ކުރަން ކަނޑައަޅައި މަޖިލިހުން ފާސް ކުރި މަސްވެރިކަމުގެ ގާނޫނުގައި ވަނީ ވަކި ބާބެއް ހިމަނައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަހުމަދު އުސްތާޒް

  ފިޝަރީޒް މިނިސްޓްރީއަކަށް އެއްޗެއް ނުބުނެވޭނެ. ކޮށިގަނޑުގައި އެއިނީ އަލީ އާޒިމްގެ ކޮއްކޮ.

  26
  1
 2. ޙަސަނުބެ

  މުޅިން ހަދަމުން ތި ދުވަނީ ހުސް ޗާޓް ތަކެއްނު ވެރިކަމަށް ދޮޅު އަހަރުވީ އިރުވެސް އަދި ކިރިޔާ ތި ނިންމާލެވުނީ ބައެއް ކަންކަމުގެ މަގުޗާޓް އެ ވެސް ދައުރުގެ އެންމެ ފަހު އިންތިހާބު ބޯމަތިވީމާ ކީކޭ ބުނާނީދޯ ރައްޔިތުން ގުނބޯ ހައްދަން މި ވަރެށްނެއް????????

  28
  1
 3. ހުސޭނުބޭ

  100 ގެ ކޮންމެ ގެއެއްގެ ކުރިމަތީ އުދުނެއް ޖެހީމާ އެ ޤާއިމްކުރެވުނީ 100 މަސްފެކްޓްރީ! ދެން އެ މަސްފެކްޓަރީތަކަށްވާ 100 މިލިއަން ރުފިޔާ ގުންކިޔާފައި ދިރުވާލީމާ 100 ޕްރޮޖެކްޓް ހިމްގުނީ!

  41
  1
 4. ގައްބެ

  ކޮބައިތޯ ޕްލެޓްފޯމުތައް؟ މިހާރު ނިމުނީތަ؟

  18
 5. އަލިފް

  ގޭދޮށު ސްޕާތައް ހަދަންވީ..........

  17
 6. ގޯތި އާދަނު

  ބޭނުމެއްނޫން މަސްފެކްޓްރީއެއް ! ޣޭދޮށު މަސް ފެކްޓްރީ ކުރެވިފައި އެބައޮތް! މަސް ސޭލް އަޅުވައިގެން އުޅެ ގައްނާނެ ބަޔަކުނުވި! ޢެތިކޮޅު މާކުޑަވީމަޔޯ!

  14
 7. ދަރަނި ދަންތުރަ

  ވީކަމެއް ހަމަ ހަރާމް އިންތިހާބު ކައިރިވީމަ ދެން މިިކިޔަނީ މަސްފެކުޓްރީެޢ ފަޅޮލޭ ތޮރަޔޭ ބަރަބޮޅޭ ވޯހޯދަން ޒަހާވެސް ދޮގުނުހަދާ މިފަހަރު ހަމަޔަގީން ތިހަދަނީ ދޮގު ނުދޭނަން ވޯޓެއް ނުދޭނަން ވޯޓެއް ނުދޭނަން ވޯޓެއް އިސްލާމް ދީނަށް ފުރައްސާރަކުރާ އައްނި ހުރި ޕާޓިޔަށް ނުދޭނަން ވޯޓެއް ނުދޭނަން ވޯޓެއް...

  24
 8. ޟައި

  މިހެޔޮވެރިކަމުގައި ކައްނެލި ކިލޯއެއް 30 ރުފިޔާ. ތާރީޚުގައިވެސް މަހުގެ އަގު މިހާ ދަށެއްނުވޭ

 9. މެކް

  ގޭދޮށުގެ މަސްފެކްޓްރީއަކީ ކާބައިންގެ ޒަމާނުއްސުރެން ގާއިމުކޮށްފައިވާ ނިޒާމެއް މަސްކޮޅުބައިގެ އައުމުން އެމަސްކައްކާ ގަރުދިޔަ، ރިހާކުރު، ވަޅޯމަސް، ހަރުމަސް، މަސްބޮޑި، އަދި ތަފާތު ވައްތަރުގެ ރިހައާއި ކަށިކުޑި ތައްޔާރުކޮށް ވިއްކާ އޭގެ ބޭނުންކޮށް އޭގެއިން ނަފާހޯދަމުންދާކަމެއް މިކަންނޭގިގެން އުލެނީ ކޮށްބަޔަކަންހެއްޔެ. އަބަދުވެސް މޮޅުވާހަކެއްދައްކާ ރައްޔިތުން ގުބޯހެއްދުން ނޫކަމެއްނެތްބައިގަޑެއްމީ

 10. ގަހާ

  ގޭ ގިފިލިވަޅުން ބޮޑު ގޮދާ ބޭނޭގޮތްވެސް ހެދިއްޖެ ހެހެހެ

 11. މ

  ފިސަރީޒް މިނިސްޓްރީގެ އެންމެ އިސްވެރިންގެ ގޮތުގައި މިވަގުތު އެތިބީ ކުރިން އޮފީހުގައި ތިބެ މިނިސްޓަރަށްކަން ނުވާކަން ބޭރުތެރޭގައި ދައްކަން އުޅުނު މީހުން މިއަދު މިމީހުންނަށް ވާކަމެއް ދައްކަބަލަ.... މަހުގެ ހަމަ އަގޭ އިއްޔެވެސް ކަންނެލި ކިލޯއެއް ހުރީ 35 ރުފިޔާ އަށް ( މަސް ކިރުވާ ތަންތަތުން ދޭ އަގު) ކަންނެލީގެ އަގު މަސްކިރުވާއިރު ނުވެއްޓޭހާ ދަށަށް ވަނީ ވެއްޓިފައި
  އެކަމު އެހަދާލި ބޮޑު ދޮގު ދެން ޚަބަރު ކިޔާ މީހުން ހިތައް އަރާނެ މިސަރުކާރުގެ ވައުދު ޒަހާ ފުއްދާ ދެއްވެވީއެވެ. ކޮބައިތަ ކަނޑު ގައި އަޅަން ބުނި ޕްލެޓް ފޯމް ތައް ނޫނޭ ވާ މޮޅު ވައުދު ތަކެއް ... ޒަހާ އައިފަހުން ދަނޑު ވެރިންނަށް ކޮށްދިން ކަމެއް ބުނެބަލަ .....

 12. ބުރުތުގާލް \އޮރެންޖާ

  ގެރި ޑްރިންކް ފެކްޓަރީ އެއް ގޯތި ކަންމަތީ ހަދަނިއްޔޯ