ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޒީރުންނަށް ރިޕޯޓު ދިނުން ހުއްޓާލަންޖެހޭ ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލީހުގައި އޮންނަން ޖެހޭނެ ކަމެއް ނޫން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިގޮތަށް ވިދާޅުވިއިިރު، މިއަދު ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޖަވަބުދެއްވިލެއް ފުރިހަމަ ކުރައްވަމުން އެކަމަނާއަށް "އޭ" ރިޕޯޓެއް ރައީސް ނަޝީދު މިއަދު ވަނީ ދެއްވާފައެވެ. އަދި މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މަޖިލީހުގައި ދެއްވު ޖަވާބުތަކުން އެކަމަނާއަށް "އޭ" ރިޕޯޓެއް ދެއްވިއެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ހުށަހަޅާފައިވާ ހަކަތައިގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، މިއަދު ހެނދުނު ސުވާލު ކުރީ މަސްވެރިކަމާއި ބެހޭ ވަޒީރާ ޒަހާ ވަހީދާއި ކަމަށާއި، އެ ވުޒަރާގެ ވަޒީރު ވިދާޅުވަނީ މަސް އެކްސްޕޯޓް ކުރަނީ ޔޫރަޕަށް ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭގޮތުން މިނިސްޓަރ ޒަހާ މަޖިލީހުގައި ދެއްކި ވާހަކަތައް އޭނާއަށް ފުރިހަމަ ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މިތަނަށް އަންނަ ވަޒީރުންނަށް އޭ ރިޕޯޓް ދީ، ބީ ރިޕޯޓްދީ، އެއީކީ މިތާ އޮންނާން ޖެހޭނެ ކަމެެއް ނޫން، ވަރަށް ހިތާމަ ކުރަން އެކަހަލަ ކަންތައް މަޖިލީހުގެ ރައީސް އެޑްވާންޓޭޖް ނަންގަވާތީ، އެކަން ހުއްޓާލަން ވަގުތުން ވަގުތަށް އަޅުގަނޑު އެދެން". ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސުޢޫދު

    ޢޭނަކިތައްމެ އޭރިޕޯޓެއްދިނަސް ރައްޔިތުން ބަލައެއްނުގައްނާނެ 300 ވޯޓުން މަޖުލީސްއައް ހޮވުނީ އެތަނުން ވޯޓުދީގެން ތިގޮނޑިލިބުނީ ވީމަ މުޅި ދިވެހިރައްޔިތުން ގެނަމުގަ ހަގީގަތުގަ ނުބުނެވޭނެ އެބޭފުޅާއައް މާލޭގެ ދާއިރާއެއްގެ ވޯޓްދިންމެންބަރުން ގެނަމުގަރިޕޯޓްދެވޭނީ ނަޝީދު އައްރާއްޖޭގެ ވެރިކަމައް އާދެވޭނެ ވަރައްވޯޓް ލިބިދާނެކަމަކައްނުފެނޭ ސަބަބަކީ ރައީސުކަމުން ބޭރުކޮއް ރައްޔިތުން ދިނީ މަޖިލީހުގެ އާއްމު މެންބަރެއްގެދަރަޖަ

    25
    1
  2. 19 ނަވާރަ

    ދޭންވާނެ ދެވޭނެ ބޯންވެސްވާނެ ބޮވޭނެ. އެ މަނިކުފާނަށް ނަސޭހަތް ނުދީ

    20
    1
  3. ފަރިޝާ

    365 ދުވަސް ވާއިރު ޒަހާ ހުރިހާ ކަމެއްވެސް އިބިލީހު ކައިވެންޏަށް ދުއްވާލީމާ ވެސް އޭ ރިޕޯރޓް ! އެއް އަހަރު ވާއިރު ޒަހާ ގެ ޖަވާބު ތައް ހުރީ " މާދަމާ މާދަމާ ". އަޅުގަނޑު، އަޅުގަނޑުގެ ދަރިފުޅާ ކުރާ ސުވާލަކަށް ޖަވާބު ދޭނީ ދަރިފުޅު ! ދަރިފުޅު ގެ ކޮއްކޮ އެއް ނޫން. ދަލުބޭރުން ޖެހިގެން ނަޝީދު މިގޮތަށް ދެން ފަހަރަކުން އަނގަ ހުޅުވައިފި ނަމަ ހުރިހާ އިދިކޮޅު މެންބަރުން އެއްފަހާރާ ހޯލުން ނުކުމެ ވަޑައިގަތުން ރަނގަޅު.

    13
    1
  4. ފާއިޒު

    އެކަމެއް ނުހުއްޓޭނެ. އެކަމަކު އެއީ ޙުކުމް ކުރުމުގެ ބާރު ލިބިފައިވާ ގޮތް ނުން ގޮތަށް ޙުކުމް ކުރާ ފަނޑިޔާރެއް. އޭނާ ޙުކުމް އިއްވަނީ މަޖުލިހުން އެކަމަށް ވަކި ގޮތެއް ނުނިންމާ އޮއްވާ. އޭނާ އަށް އެ ގޮނޑީގައި އިނދެގެން ކަންކަން ނިންމޭނީ މަޖުލީސް ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތަށް.

    11
  5. ޑަރޭ

    ޖާބިރޫ ކަލެޔަށްވުރެ ނުހޮރައްޕާން ބޮޑުމީހަކަށް ހުރީއޭނާ...ތިދެމީހުންގެ އަނިޔާވެރިކަންވެ. ސް މިގައުމަށް ވަރަށްބޮޑު.

  6. ޔަހްޔާ

    ކުފޫހަމަނުވާ މޮޔަކު އިނދެގެން ކުރާހާ ދެއުޅިއެއްނުވާ ކަންކަމަށް އަތްޖަހާތީ
    ސަފުން ޤައުމު ބާކީވެގެން އޮވެދަނިއްޔޭ އަފުން މިކަމުގާ ލޯމަރާލައި ތިބޭތީ