ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ދާން ފަށައިފިއެވެ. ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ދާން ފަށާފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށްވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި މިދިޔަ މަހުގެ އާމްދަނީއާ ހަރަދުގެ ރިޕޯޓުގައިވާ ގަޮތުގައި ދައުލަތަށް އެންމެ ބޮޑަށް އާމްދަނީ ދަށްވެގެން ދިޔައީ ތިން ދާއިރާއަކުންނެވެ. އެއީ ބީޕީޓީއާ ޖީއެސްޓީ އަދި ވިތުހޯލްޑިން ޓެކުހުންނެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދައުލަތަށް އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 2.9 ބިލިއަން ރުފިޔާ ލިބުނެވެ. ޓެކުހުގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ދެ ބިލިއަން ލިބުނު ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޓެކުހުން ލިބުނީ 1.7 ބިލިއަން ރުފިޔާއެވެ.
ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ނުވަތަ ބީޕީޓީގެ ގޮތުގައި ލިބިފައި ވަނީ 567.3 މިލިއަން ރުފިޔާއެވެ. ވިތު ހޯލްޑިން ޓެކްސްގައި ލިބުނު އާމްދަނީ ދަށްވެފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު މި ޓެކުހުން 86.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ވިތު ހޯލްޑިން ޓެކުހުގެ ގޮތުގައި ލިބުނީ 77.7 މިލިއަން ރުފިޔާއެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު 302.1 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ ޖެނުއަރީ މަހު ލިބުނީ 287.5 މިލިއަން ރުފިޔާއެވެ.
ދައުލަތަށް އެންމެ ބޮޑަށް ފައިދާވީ ޓީޖީއެސްޓީއާ އެއާޕޯޓު ޓެކުހުންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބުނ 485.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 519.6 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާ ގޮތުގައި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މި އަހަރު 68.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު ލިބުނީ 59.2 މިލިއަން ރުފިޔާއެވެ.
ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް ލިބިގެން ދިޔަ އާމްދަނީ ބޮޑުތަނުން މިއަހަރު ޖެނުއަރީ މަހު ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 484.5 މިލިއަން ރުފިޔާ ޓެކްސް ނޫން ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު މި އަހަރު ލިބިފައިވަނީ 215.3 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ނަން

  އިންޑިއާ އިން އަނެއްކާވެސް ލޯނެއް ނަގާ!

  47
  1
 2. މީރާ

  ދައުލަތުގެ އާމުދަނީގެ %50 ޝާހިދުގެ ދަތުރުތަކަށް ހަރަދުވޭ

  47
  1
 3. ސޮމެޮނެ

  ދެން އަތްޖަހާ !

  38
  1
 4. ޜާރާގުޑި

  ޢިސްރާފުބޮޑުވުމާއި ހައްގު ނޫންހޭދަކުރުމާއި ކޮރަޕްޝަނުގެ ސަބަބުން މިސަރުކާރުން ކުރާ ކަންކަމުގެ ބަރަކާތެއްނެތް! ޙައްގު ނޫން އަދަބު މީހުންނަށް ދީ މީހުންގެ އަބުރު ކަތިލުމާއި މަކަރު ހެދުމާއި އޮޅުވާލުން އިންތިހާ! ކުރިޔަށް މިއޮތް މަސްތަކުގައި އޭގެ ހިތިރަހަ ކަރުބުޑުގައި ނުލާނެ ކަމަށް ހީނުކުރާތި!

  24
 5. އަލިފް

  ބޯ ހަލާކު.......

  28
 6. ށަރީ

  ކު ރީގެސަ ރުކާ ރުގެ ކަމެއްބާ!!!

  42
  1
 7. މުހައްމަދު

  ތިވާނީ ނިމިދިޔަ ސަރުކާރުގެ ދޯހޮޅިކަމުން ވީކަމަކަށް..
  ނިމިދިޔަ ސަރުކާރު.. ނިމިދިޔަ ސަރުކާރު..
  ނިމިދިޔަ ސަރުކާރު.. ނިމިދިޔަ ސަރުކާރު..
  ބޯހަލާކު.. މިގެނެވުނު ސރކރަކާހެދީ

  44
 8. ނަސޭހަތެއް

  ތަނަވަސްކަމާއި ރިޒްގު ލިބުމުގައި ނިޔަތް ވެސް މުހިއްމު. ހިންގަން ތިބި ބަޔަކު ހެއްދެވި ފަރާތުގެ ކިބައިން ވާގި އެދި ދީނަށް ނަަަސްރު ދީ ނޫޅޭނަމަ ދިރިއުޅުމުން ވެސް އެކަން ފެންނާނެ. ޔަގީން ކުރަނީ ހިންގަން ތިބި އިސްމީހުން އިސްލާހުވެ ކެތްތެރިވެ ރަނގަޅު މަގުގަ ތިބޭނެކަމަށް.

  20
 9. ގައްބެ

  "ދައުލަތައް އެންމެ ފައިދާވީ ޖީއެސްޓީ އިންނާއި އެއާޕޯޓު ޓެކުހުންނެވެ". ބޯހަލާކު....ޢިގްތިސޯދާ ޓެކްސް އާއިބެހޭލިޔުންތައް އެކަންކަން އެނގޭކުއްޖަކާ ހަވަލުކޮއްލަންވީނު.

  7
  1
 10. ހުސޭނުބޭ

  މުޅި ދައުލަތުގައި ބޮޑެތި ވަގުން! މަތިން ލާރި ފޭބިޔަސް ތިވަރުގެ ވަގުން އުޅޭ ސަރުކާރަކު އާންމުދަނީ މަދުވާނެ!

 11. ކްލޯސްޑް

  އެއްްވެސް އެމްޑީޕީ އެއް ނޯންނާނެ އިނގޭތޭ ބޮޑު އެއް އެމްޑީޕީ ނިޒާމް އޮންނާނީ އިނގޭތޭ ލާމަރުކަޒީ ނިޒާމް އަކީ އެއީ މަމެން ޕިންކީން އުފެއްދި އެއްޗެކޭ އެެއީ މަމެން ޕިންކީންގެ މިލްކެކޭ މީގައި އޮވެގެން ނުވާނެ އިތުުރު އެއްވެސް ޗޮއިސް އެއްް ވެސް އަދި އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް....

 12. މަރީ

  ދައުލަތް ހިންގަން ނޭގޭކަން މިފެންނަނީ.

  7
  1
 13. މާހިރު

  ކުރިޔައް އޮތީ ކިޔަކިޔާ ތިއްބަކަސް ކަމަކު ނުދާނެ ބޮޑަތިމުސާރަތައް ކަނޑާ އަތްފޯރާ ހިސާބަށް ތިރިކުރަން ހަރަދު ކުޑަކުރަން ވިސްނަވާ މަގޭހިޔާލު

 14. މުނާޒް

  ވިޔަފާރިތައް ދަށްވީ.މީހުންގެ ފުދުންތެރިކަން ދަށަށް ދިޔައީ.ކޮރަޕްޝަނާއި އި ސްރާފުގެ ނަތީޖާ

 15. ކައްޕިތާން

  ދައުލަތަށް އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ. ބަލަ އާމްދަނީގެ ގޮތުގަ ހިލޭ އެހީ އެންމެ ގިނައިން ލިބެނީ ރައްޔަތު މީހާ އަތުންނަގާ ޖީއެސްޓީގެ ނަމުގައި ނަގާޖިޒީ އިން ކޮބާ އެންޕީއެލް އާ ބާކީ ތަންތަން ޕާޓިނިޒާމޭ ކިޔާފަ ބައިކުދިން ތަންތަނުގެ ވެރިންނައް ލައިގެން ހުސް އަދިވެސް ތަނެއް އޮތިއްޔާ ބޭރުބަޔަކައް ދެވޭތޯ ބަލާ މިޔޮތީވާ ގައުމެއް ކޮން އިޙުލާސް ތެރިކަމެއްނޯތޯ ހުންނާނީ ޙުދު އަނބިދަރީންވެސް މިތިބީ އަޅުވެތިކޮއްގެން ހަދާ ގަވައިދުތަކުގަ ބެދި ހަފުސް ވެފައި ހެދޭ ނެހެދޭ ނޭންގޭ ބާރެއް ދެއްވީމަ މާތް ﷲ މިއަނިޔާވެރިންގެ ކިބައިން އަބަދުގެ އަބަދައް މިގައުމު ސަލާމައް ކުރައްވާ ފާންދޭވެ އާމީން