ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސާމްޕަލްތައް ޓެސްޓުކުރާނީ ޑްބްލިޔުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމް ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސާމްޕަލްތައް އުފުލުމާއި ތަޙްލީލު ކުރުމުގައިވެސް އެ ހޮސްޕިޓަލުން ޢަމަލު ކުރަނީ ޑަބްލިޔުއެޗްއޯ އާއި ކަމާއިބެހޭ ފަރާތްތަކުން އެކަމަށް އެކަށަ އަޅާފައިވާ ޚާއްސަ ޕްރޮޓޮކޯލް ތަކާއި ބައިނަލް އަޤްވާމީ ގޮތުން ބަލައިގަންނަ ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ހޮސްޕޓަލްސް އެންޑް އެންޑް ހެލްތް ކެއަރ ޕްރޮވައިޑަރސް އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑު ފޯރ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއަރ ޕްރޮވައިޑަރސް (އެން.އޭ.ބީ.އެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯރ ޓެސްޓިން އެންޑް ކެލިބަރޭޝަން ލެބޯޓްރީ (އެ.އޭ.ބީ.އެލް)ގެ ގައިޑްލައިން ތަކާއި އެއްގޮތަށް ކަމަށެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ އައިޖީއެމްއެޗްގެ ލެބޯޓްރީއަށް ތަޙްލީލް ކުރުމަށް ގެނެވޭ ސާމްޕަލް ތަކަކީ ކޮންމެ ވައްތަރެއްގެ ސާމްޕަލް ތަކެއް ކަމުގައި ވީނަމަވެސް އެ ސާމްޕަލް ތަކާއިމެދު ދެކެވޭނީ އަދި އަމަލު ކުރެވޭނީ އެއީ އިންސާނުންނަށް ގެއްލުމެއް ލިބިދާނެ އެއްޗެއް ކަމަށެވެ.

އަދި ނުރައްކާތެރި ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލެއް ތަޙްލީލު ކުރި ނަމަވެސް މި ތަކެތި އުފުލުމާއި ތަޙްލީލު ކުރުމުގައިވެސް ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސަލާމަތީ ގޮތުން އަޅަންޖެހޭ އަޅަންޖެހޭ އެންމެހާ ފިޔަވަޅު ތަކެއް ހޮސްޕިޓަލްގެ ލެބޯޓްރީގައިވެސް ޑަބްލި.ޔުއެޗް.އޯގެ މިންގަނޑު ތަކާއި ސްޓޭންޑަޑް ޕްރެކްޓީސް އާއި ޕްރޮޓޮކޯލް ތަކާއި އެއްގޮތަށް އެޅިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މުވައްޒަފުންގެ ސަލަމާތައި ރައްކާތެރިކަމަށް އެ ހޮސްޕިޓަލުން ހާއްސަ ސަމާލުކަމެއް ދެމުންގެންދާނެ ކަަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ހެދެނީ އައިޖީއެމްއެޗްގައެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ ފަރާތުން ރާއްޖެއަށް، ކޮވިޑް 19 އަށް ޓެސްޓު ކުރެވޭނެ 10 ކިޓް ވަނީ ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސީން

    ކޮވިޑް19ގެ ސާންޕަލްތައް އުފުލުމުގައިވެސް އަމަލުކުރަނީ؟؟؟ މިވަގުތު ކިތަކެއްސާންޕަލް ޓެސްޓްކުރުން ކުރިއަށްދޭތޯ