އިސްލާމްދީނަށް ނަސްރު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ހުށަހަޅާފައިވާ ހަކަތައިގެ ބިލަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިސްލާމް ދީން ބޭނުންކޮށްގެން ދޮގު ހަދާ ކަމަށާއި، އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެކަަމަކީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން. މިއަދު ކަންކަން ވަރަށް ސާފް، ކަމެއްގައި ދޮގެއް ނޫނިއްޔާ މަކަރެއް ހީލަތެއް ވާނަމަ ރައްޔިތުންނަށް އިނގޭނެ، އެކަން ހިނގާ ވަގުތުން ފެށިގެން އެކަމަށްޓަކައި ރައްޔިތުން ފިޔަވަޅު އަޅާނެ". ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ، މިދިޔަ ސަރުކާރުން ވައްކަން ނޫން ކަމެއް ނުކުރާ ކަމަށާއި، އެ ފަރާތަތަކަށް ވައްކަން ކުރަންވެސް ނޭނގޭ ކަމަށެވެ. އެގޮތުން ވައްކަން ކުރާ އެތިވެސް ބަހަން ނޭނގޭ ބައިގަނޑަކީ އިދިކޮޅު ފަރާތްތައް ކަމަށް ޣަފޫރު ވަނީ ފާހަގަކުރައްވާފައެވެ.

"އެއީ އެބޭފުޅުން ތިބި ފެންވަރު އިނގެތޯ،ބައްލަވާ، ދުނިޔޭގެ އެތައް މިތަނުން އެތައް މުދަލެއް ހޯދައި، މުޅިދައުލަތް ދަވާލައިގެން އެ ތިބީ، މިއީކީ ނޫންކަންކަން ކުރަން ޖެހޭ ގޮތަކީ މިއަދު އަރާ އިންސާފޭ ހަމަހަމަކަމޭ ކީމާ، މާޒީއޭވެސް އަޅުގަނޑުމެން ކިޔާނަން". ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މީހުން ވެރިކަމަށް އަންނަން އުޅެނީ ރައްޔިތުންނަށް އަނިޔާ ދިނުމަށްތަކައި ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައިގެން ކަންކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަން އުޅޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ދައުލަތުން ހަރާން ފައިސާ ހޯދައިގެން ބޭރުގައި ފިލައިގެން އުޅޭ ފަރާތްތައް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"މި ގައުމުގެ ރައްޔިތުންގެ މުދަލުން ހަރާން ކައިގެނެއް އެހެން ތިބޭކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އިންސާފުގެ ކުރިމައްޗަށް ހާޒިރުވާންޖެހޭނެ. އަބުރެއް ކައްޗެއް ނުލެވޭނެ އަޅުގަނޑުމެންގެ. އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކު، އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި. އިސްލާމްދީނަށް ނަސްރު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ" ޣަފޫރު ވިދާޅުވިއެވެ.

މެމްބަރު ޣަފޫރު މިގޮތަށް ވިދާޅުވެފައިވާއިރު، އިސްލާމްދީނާއި ހިލާފު ކަންކަން ހިމެނޭ ވޯކްޝޮޕެއް ހަނިމާދޫގައި ބޭއްވުމުގައި އެންމެ އިސްކޮށް ހުންނެވީ އޭނާ ކަމަށް ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިސްލާމް ދީނަށް ނަސްރު ހޯދައިދޭންތަ ގަޕޯ ޔަހޫދީންގެ ޓީމެއްގޮވައިގެން މުޅިރާއްޖޭގައި ދީން ފަތުރަން ތިޔަދުވަނީ ގައްދާރު ގަފޫރު ، ....

    89
    • ޙައްގުބަސް

      ގަޕޯ ކަލޭ ނުބުންޏަސް ރައްޔިތުންނަށް އެނގޭ އިސްލާމް ދީނަށް ނަސްރު ދޭ ޕާޓީއަކީ ކޮން ޕާޓީއެއްކަން! ތިޔަޕާޓީގެ ރޫހާނީ ލީޑަރު ނަޝީދު އިސްލާމް ދީނަށް ނަސްރު ހޯދައިދޭން އުޅުނުގޮތާ މިހާރު އުޅޭގޮތްވެސް ދިވެހި ރައްޔިތުންނަކަށް ނޯޅޭ! އައްޑޫ ސިޓީގައި ބުދު ބެހެއްޓީވެސް އިސްލާމް ދީނަށް ނަސްރު ދޭން؟ ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ބޭރުގެ މީޑިއާ ތަކުގައި ވާހަކަ ދެއްކީވެސް އިސްލާމް ދީނަށް ނަސްރު ދޭން؟ ދީނީ އިލްމުވެރިން ރާއްޖޭގައި ތަގްރީރު ދޭން ގެންނަން އުޅުމުން އެކަން މަނާކުރީވެސް އިސްލާމް ދީނަށް ނަސްރު ދޭން؟ ދޮން މީހުން އުޅޭގޮތަށް އުޅުނީމާ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެޔޭ، ބޯންޖެހޭނެޔޭ ބޮއިގެން ހަމައިން ނެއްޓިފައިވާ ގަޑި އަންނަން ވާނެޔޭ ބުނެ ދިވެހިންގެ ކަރަށް ރާ އަޅަން ހިތްވަރު ދިނީ އިސްލާމްދީނަށް ނަސްރުދޭން؟ ލާދީނީ ލާގައުމިއްޔަތު ފަތުރަން ބޭރުގެ މުނާފިގު އެޖެންޓުން ރާއްޖެގެނަސް ދެކުނުގަޔާއި އުތުރުގައި ދީނާއި ޚިލާފު ވާހަކަތައް ދެއްކި ބައްދަލުވުން ބޭއްވީ އިސްލާމް ދީނަށް ނަސްރު ދޭން؟ ގަޕޯ އަނގަ ފުރާ ފޯށް އަޅައިގެން ދެމިޔަކަނުން ސޮނި ބާލަބާލަ އޮވެ މޮޅުވާހަކަ ދެއްކިޔަސް ރައްޔިތުންނަކަށް އެމްޑީޕީއާއި އެތާ ތިބި މީހުންގެ ހާލަތު ރައްޔިތުންނަކަށް ދެން އޮޅުވައެއް ނުލެވޭނެ!! ކަލެއަށް ހެޔޮވިސްނުން ދެއްވާށި ގަޕޯ! ދިވެހި ރައްޔިތުން މިހާރުވަނީ ދޮގުހަދާ ތިޔަ ހިޔަޅު ވިސްނުން ގެންގުޅޭ ޕާޓީއަށް ބޮޑުތަނުން ނޫނެކޭ ބުނެފަ މިހާރު! ދެން އަންނަ އިންތިޚާބުތަކުން އެކަން ރައްޔިތުން ފިސާރި ރަގަނޅަށް ދައްކާނެ! ވައްކަމޭ ކުރަނީ ތިޔަބުނާ ޕާޓީން!!

      33
  2. ލުޓޭރުންގެ ސަރުކާރު

    ތިއީ ބުނަންޖެހޭވަ ރުގެ ވާހަކަ އެއްވެސްނޫން..އިހައްދުވަހު ތިކަމުގެ ފެށުމަކަށް ހަނިމާދޫގަވަނީ ވޯކްޝޮޕެ ބޭއްވިފަ..ޢަފޫ ރު އިސްވެހު ރެ..އިތު ރަށް ގެންނަންޖެހޭނީ ގަސްކާނާކޮޅެ..މޑޕއަކީ އަދި ދިވެހިން ދަންނަ ޕާޓީއެއްނޫންވީމަ ތިގޮތަށް ތައާ ރަފްކޮއްދޭންޖެހޭނެ..ތިޕާޓީގެ އިސްލީޑަ ރަކީ އިސްލާމްދީނަށް އެއްމެ ރަގަޅަށް ނަސް ރުދޭމީހާ..އޭނަގެ ދަށުން ދެންތިބީ ޝަހިންދާ ގް ރޫޕް..

    59
  3. ސައްތާރު

    މާތްކަލާކޯ މީނަމީ ދޮގުނުހަދާ މީހެއް ސުބުހާނަﷲ ތީ ހަމަ ފީނާ ގަފޫރުތަ ކަލޭ މަހުޖަނަކަށްވެ މާލޭގެ އެތަށް މިތަނުން ބިން ތިގަންނަނީ މާވަރަކަށް ދުފާފަ މަގުމަށްޗަށް ރަތްކުޅުޖަހާތީ ހާޑިމްހަމް ކަލެޔަށްދޭ ޕައުންޑަށްތަ؟ ލާދީނީ ލާދީނީ ލާދީނީ ގަފޫރު...

    61
  4. ކާފުގަޕޯ

    އިސްލާމްދީނުގެ މަސްދަރުތަކާއި އަސާސްތަކަށް ރުޅިއަރާ ބަޔަކަށް އިސްލާމްދީނަށް ހޯދައިދެވޭނެ ނަސްރެއް ނޯންނާނެ. އިސްލާމްދީނޭ ކިޔައިގެން ފިތުނަ އުފައްދައި އަހަރެމެންގެ ލޭހޫނުކުރަން ނޫޅޭ، ކަލޭ ދޭ މޯދީ ގާތަށް ގެރިޔަށް އަޅުކަންކުރާނެ ގޮތް އުނގެނެން.

    52
  5. ފާތުމަ

    ޢަގަފުރާ ތިހެންކިޔާ ދާއިރާގެ ގުންޑާއިން ތިބޭނެ އަތްޖަހަން!

    51
  6. މާ

    ލާދީނީ ޣަފޫރު މޭކަރާލީ ކަލޭތީ އަންނިއަށް ސެލިއުޓް ކުރަންޖެހޭތީ ސިފައިންގެއިން ކެނޑުނު ބީތާއެއް. ބޮނޑިބަތް ކެވުނުފަހުން ލާދީނީވެފަ ތިހުރީ. ދެންވެސް ތައުބާވޭ އަވަހަށް. ލާދީނީ ލާދީނީ ލާދީނީ ރއްޔިތުން ގުނބޯ ހައްދަން ތިޖަހާ ހުރިހާ ގޭމެއް ގޮވަނީ އަތަށް

    49
  7. ކުޅުދުއްފުށި

    ކަލޭތި ކުޅުދުއްފުށީ ގިނަބަޔަކަށް ދޮގުހަދާ އޮޅުވާލާ މަކަރާ ހީލަތުން މަޖިލީހުގެ ގޮނޑި ހޯދި މީހެއް ތިމަށްނަޔަކީ ރައީސް މައުމޫނުގެ މީހެކޭ ކިޔައިގެން މަކަރާ ހީލަތުން އެތަށް ބަޔަކަށް އޮޅުވާލައިގެން ކުޅުދުއްފުށީގެ މެންބަރަކަށްވީ ހޮވުމާއެކު އެމް ޑީ ޕީ އަށް ގޮނޑި ވިއްކާލީ ކަލޭ އިސްލާމް ދީނޭ ނުކިޔާ

    52
    1
  8. ޢެޑްމުންޑޯ

    އެހެންވެދޯ އިސްލާމްދީނަށް. ޙަޖޫޖަހަނީ

    48
  9. ފަސްބައި ނަޖިސްވެއްޖެ

    ގަޕޯ ހާސްނުވޭ، އެމްޑީޕީ ވަޅުޖަހާކަށް ދެން މާގިނަދުވަސްތަކެއް ނެތް. މިހާރު ރާއްޖޭގެ މެޖޯރިޓީ ތާއީދުކުރާ ބައެއްނޫން އެމްޑީޕީގެ މަތިފަޑީގައި ތިބީ.. ގަޕޯމެންގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލަނީ ގަޕޯމެންގެ އަމިއްލަ އަތުން. އެހެންބަޔަކު ގަޕޯމެންނޭ ކިޔައިގެން އިތުރަށް ހަދާނެ ދޮގުތަކެއް، އަދި ކަތިލާނެ އަބުރެއްނެތް. ފޮޓޯތަކުންނާއި ނޫސްޚަބަރު ތަކުން އެހެރީ މެންދުރުގެ އިރުފެންނަ ފަދައިން ހާމައަށް ބޮޑުމަންޒަރު ފެންނަން. އަސްލު ތިޔަ އޮޅުވާލެވެނީ ހަމަ އަމިއްލަ ނަފްސަށް.

    45
  10. ާަާމަ

    ފުރަތަމަ މަޖިލިސް ގޮނޑި ހޯދީވެސް މަކަރާ ހީލަތުން...

    44
  11. ގައުމު

    ދީނައް ނަސްރު ދޭވަރު އެބަ ފެނޭ ލާދީނީ ގައުމައްގެނެސް ވޯރކްޝޮޕްތައް ބާއްވާއިރު ދީނޭ ކިޔާފަ އަދި އަނގަ އެބަ ހުޅުވަޔޭ ބުރާންތި

    42
  12. މޫސަ

    އެހެންވެގެންދޯ ހަ ރުބީ ކާފަ ރުން ގޮވައިގެން ދީނާ އިދިކޮޅު ވޯކްޝޮޕްތައް ހިންގަން ކަލޭ ތިޔަ ދުއްވަނީ.

    41
  13. ހުސޭނުބޭ

    ބެއްޔާ! ކޮބައި ބެއްޔަގެ ލަދު! ތަނެއްގައި ހުރި މުރުތައްދެއް އަތުގައި ހިފައިގެން މުޅި ރާއްޖޭގައި އިސްލާމްދީނަށް މަލާމާތްކޮށްކޮށްފައި އައިސް ކަލޭ ﷲ ދެކެ ބިރުވެސް ނުގަންނަނީތަ؟ ލަދުހަޔާތް އަރުއްވާގަތީމާ ކަލެއަށާއި ކަލޭގެ ޕާޓީއަށް އަބޫޖަހުލުވެސް އޯކޭވާނެ! ކަލެޔާއި ކަލޭގެ ޕާޓީއަކީ އިސްލާމްދީނަށް ހުރި ފުރައްސާރައެއް!

    41
  14. ޔާމިން

    އިސްލާމްދީނަށް ތިހާހެޔޮއެދޭތީތޯ އިސްލާމްދީނާއި ހިލާފު ވޯކުޝޮޕު ހިއްގާއިރު އެކަމުގެ އަޑީގަ ތިއުޅެނީ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތިއްޔޭމީގެންމީހެއްގެ. އިސްލާމް ދީނާއި ނުބެހި އަގަމަޑުންލައިގެންހުރެވޭތޯބަލާ ކަލޭވެސް ރީތިގޮތަކަށް މިފަހަރު ވޯޓުން ބަލިކޮށްލާނައްމިފަހަރު. އިންޝަﷲ.

    42
  15. އެކްޓަރ

    މިުލަފާ މީހާވަނީ ރާއްޖޭގެ ދީން އެއްބައިވަންތަކުރާ ޤާނޫނާއި ޚިލާފުވެފަ، މަށްސަލަ ބަލާ އަދަބު ލިބެންޖެހޭ. ރ.މައުމޫނުގެ ބޮޑީ ގާޑަކަށް ހުރެ ހިންގީވެސް ޖަރީމާ ،...

    33
  16. ޙައްގުބަސް

    ކަލޭ ނުބުންޏަސް ރައްޔިތުންނަށް އެނގޭ އިސްލާމް ދީނަށް ނަސްރު ދޭ ޕާޓީއަކީ ކޮން ޕާޓީއެއްކަން! ތިޔަޕާޓީގެ ރޫހާނީ ލީޑަރު ނަޝީދު އިސްލާމް ދީނަށް ނަސްރު ހޯދައިދޭން އުޅުނުގޮތާ މިހާރު އުޅޭގޮތްވެސް ދިވެހި ރައްޔިތުންނަކަށް ނޯޅޭ! އައްޑޫ ސިޓީގައި ބުދު ބެހެއްޓީވެސް އިސްލާމް ދީނަށް ނަސްރު ދޭން؟ ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ބޭރުގެ މީޑިއާ ތަކުގައި ވާހަކަ ދެއްކީވެސް އިސްލާމް ދީނަށް ނަސްރު ދޭން؟ ދީނީ އިލްމުވެރިން ރާއްޖޭގައި ތަގްރީރު ދޭން ގެންނަން އުޅުމުން އެކަން މަނާކުރީވެސް އިސްލާމް ދީނަށް ނަސްރު ދޭން؟ ދޮން މީހުން އުޅޭގޮތަށް އުޅުނީމާ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެޔޭ، ބޯންޖެހޭނެޔޭ ބޮއިގެން ހަމައިން ނެއްޓިފައިވާ ގަޑި އަންނަން ވާނެޔޭ ބުނެ ދިވެހިންގެ ކަރަށް ރާ އަޅަން ހިތްވަރު ދިނީ އިސްލާމްދީނަށް ނަސްރުދޭން؟ ލާދީނީ ލާގައުމިއްޔަތު ފަތުރަން ބޭރުގެ މުނާފިގު އެޖެންޓުން ރާއްޖެގެނަސް ދެކުނުގަޔާއި އުތުރުގައި ދީނާއި ޚިލާފު ވާހަކަތައް ދެއްކި ބައްދަލުވުން ބޭއްވީ އިސްލާމް ދީނަށް ނަސްރު ދޭން؟ ގަޕޯ އަނގަ ފުރާ ފޯށް އަޅައިގެން ދެމިޔަކަނުން ސޮނި ބާލ އޮވެ މޮޅުވާހަކަ ދެއްކިޔަސް ރައްޔިތުންނަކަށް އެމްޑީޕީއާއި އެތާ ތިމި މީހުންގެ ހާލަތު އޮޅުވައެއް ނުލެވޭނެ!! ކަލެއަށް ހެޔޮވިސްނުން ދެއްވާށި ގަޕޯ! ދިވެހި ރައްޔިތުން މިހާރުވަނީ ދޮގުހަދާ ތިޔަ ހިޔަޅު ވިސްނުން ގެންގުޅޭ ޕާޓީއަށް ބޮޑުތަނުން ނޫނެކޭ ބުނެފަ މިހާރު! ދެން އަންނަ އިންތިޚާބުތަކުން އެކަން ރައްޔިތުން ފިސާރި ރަގަނޅަށް ދައްކާނެ!

    31
  17. ކޮރަލް

    ޕެސްޓް ކޮންޓްރޯލް ކުރާ މަޖްލިސް މެމްބަރަށް ބިޑަކާ ނުލާ އެތައް މިލިއަނެއްގެ މަސައްކަތް ހަވާލު ކުރާ މައްސަލަ ވަގުތުން ބަލަން ޖެހެ އެވެ.

    11
  18. އެނގިއްޖެ

    ތިކަމާ ނޫޅޭ. މާތްރަސްކަލާނގެ ކޮންމެ ކަމަކަށް ކުޅަދުންވަންތަ.

    13
  19. ރޭސް

    މި ޣަފޫރުބެއްޔާގެ އުމުރުން ކިހާދުވަހެއް ވެެއްޖެބާ!

    14
  20. މާމީ

    މީ ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިމީހެއްނުން މީނަ އަކީ ލާދީނީ ހިންގާ މީހާ ކަލޭ ނިކަން މިސަރުކާރުން ކުރާ ވައްކަން ދެލޯފޮހެލާފަ ބަލާލަބަލަ

    21
  21. ސަމި

    ތިހާ ލަދު ޙަޔާތް ކުޑަ މުނާފިގު ބައެއް ނުދެކެން

    11
  22. ބްރޯ

    އިސްލާމްދިނަށް ނަސްރު ހޯދައިދޭންވެގެންތޯ ،އިސްލާމްދިން ނޫންދީން ރާއްޖެއަށް ތައާރަފް ކުރުމަށާ ދިވެހިން އިސްލާމްދީންނޫން ދީންތަކަށް ތަބާކުރުވުމަށް ބޭރުގެ ކްރިސްޓިއަން ޖަމައަތްތައްގެނެސްގެން ވޯކް ސޮޕް ބާއްވާއިރު އިސްލަމީ ވާއިޒުން ރާއްޖެ އައުން މަނާކުރަނީ އެއީތޯ އިސްލާމްދީން ކުރިއަރުވާގޮތަކީ ؟

  23. ބްރޯ

    ދަވްލަތުގެ ފައިސާ ހިފައިގެން ބޭރަށް ގޮސް ތިބި މީހުން އިގިރޭސި ހިމާޔަތް ހޯދާދީފަ އެމީހުންއިގިރޭސި ވިލާތުގެ ބޭތިއްބީ އެމްޑީޕީ ގެ އިސްވެރިން ނޫންބާ؟

    10
  24. ސަޅި ބާސާ

    މަނިކުފާން ތިޔައުޅުއްވަނީ ޔަހޫދީންނަށް ދިވެރިރާއްޖެއިން ނަސްރު ހޯއްދަވާދެއްވުމަށް އަހަރުމެންގެ ބޯކެވޭނީ ވަކިވަރަކަށް ގަޕޯ . މިރާއްޖެއަކީ ހަމައެކަނި އެމް.ޑީ.ޕީގެ ޤަވްމެއްނޫން. އެހެން ހީނުކުރައްވާތި. އަދި މިއުޅެނީ ނަސްރު ހޯއްދަވާ ދެއްވުމަށް ށޯ. ތިހަމައެންމެ ނުލަފާ ޔަހޫދީންގެ ވައްތަރު. މުނާފިޤުންވެސް އުޅުއްވާނީ ހަމަތިޔަގޮތައް.

  25. ސަޓޯ

    އާނ... ކަލޭމެން ނަސްރުވިއްޔަ ތިހޯދަދެނީ

  26. ވަގުތަށް

    ހެޔޮނުވާނެ މިޒާތު ގައުމާއި ދީނަށް ޣައްދާރުވާ ޔަހޫދީ މުނާފިގުންގެ ފޮޓޯ މިނޫހުގަޖަހާ މިނޫސް ނުތާތިރު ނުކުރޭ.

  27. ކައްޕިތާން

    އެކަން އެބަ އިނގޭނު ލާދީނީ ގުރޫޕެއް ގޮވައިގެން ކައުސިލަރުންނައް ބާރު އަޅައިގެން ވޯކްޝޮޕްތައް ބޭއްވީ ބަލަ ކަލޭތީ ޕާއްޓޭއްނައް އެތިކޮޅު ދޭމިހެކޭ ނުބުނަންދޯ މީވަރއްގިނަ މީހުން ދަންނަ ސިއްރެއް ވެދުން ބީރްބޯ

  28. Anonymous

    އިސްލާމްދީނަށް ނަސްރުހޯދައިދިނުމަށް ސެކިއުލަރދީން ޕްރޮމޯޓް ކުރަނީ!!! ތިވާހަކަ ގަބޫލުކުރާނެ މީހަކު މިގައުމުގައި ނެތް. ވަރަށް ސަލާމް. ނޯ ޓު ލާދީނީ ޕާޓީ، މޑޕ. މިފަހަރުގެ ޝިޔާރު.

  29. Anonymous

    ޣަފޫރު ތިއީ މިދިޔަމަހު ސެކިއުލަރދީން ފެތުރުމުގައި އުޅުނު މީހެއް. ޣަފޫރު ނޫން މީހަކު ތިހެން ބުނިނަމަ ތަންފުކެއް ތާހިރުވާން. ހަސަންޓޭވެސް ޣަފޫރަށްވުރެ ރަނގަޅުވާނެ.

  30. ފފފފ

    އިސްލާމްދީނޭ ކިޔައިގެން ދޮގުނުހަދާ!! ﷲ ތަޢާލާ ކަލޭމެންގެ އަތުން ބާރު ނަންގަވާނެ ސަަބަބަކަށް އެކަންވުމަކީ ވަރަށް ގާތް ކަމެއް. ﷲ އަށް ބިރުވެތި ނުވިއެއްކަމަކު ކަލޭމެންގެ ޒަމީރު އަދިވެސް ބުނާނީ ﷲ ތަޢާލާއަށް ނިސްބަތްވާގޮތަށް ދޮގުވެސް ނުހަދާށޭ.