ޤާނޫނީ ވަކީލުންގެ ދައުރަކީ ދޮގު ހަދައި އޮޅުވާލުމެއްނޫން ކަމަށާއި، އިންޞާފުވެރި ކަމާއެކު ޝަރީއަތް ހިނގާކަން ކަށަވަރުކުރުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޝަމީމް ވިދާޅުވީ، ފުލުހުންގެ ތަޙްޤީޤާބެހޭގޮތުން ވަކީލުން ދޮގުހަދާނަމަ ބާކައުންސިލުން އެ މައްސަލަ ބަލާނެ ކަމަށެވެ.
https://twitter.com/HuShameem/status/1234457493373251586?s=19
ބާ ކައުންސިލް އެކުލަވާފައިވާއިރު، އެ ކައުންސިލުން ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރަން ޖެހޭނެއެވެ.
އަދި މީގެ އިތުރުން ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށައަޅައި އެމިންގަނޑުތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޤާނޫނީ ޚިދުމަތަށް ޢާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، އެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ފޯރުކޮށްދޭ ޤާނޫނީ ޚިދުމަތްތަކަށް ފާރަވެރިވެ، މުރާޖަޢާކޮށް، އިޞްލާޙުކުރުމަށް އެފަރާތްތަކަށް ލަފާ ދިނުމަކީ ވެސް އެކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.
ވަޓް އަ ޖޯކް! ޤާނޫނީ ވަކީލުން ރޯމާދުވާލުވެސް ޝަރީއަތަށް ވަދެފައި އިރު ދައްކާފައި އެ ބުނަނީ އެހުރީ ހަނދޭ! ހަމަ އެހެން ބުނާއިރަށް ފަނޑިޔާރު މަނިކުފާނު ބުނާނެ އެއީ އިރުކަމަށް ޤާާނޫނީގޮތުން ސާބިތެއްނުވެޔޭ! ޤަބޫލުނުކުރާނަމަ ހުމާމުގެ ޤާނޫނީ ވަކީލު ޝަރީޢަތުގައި ކިޔައިދިން ލޯބީގެ އަފުސާނާތައް މަތިން ހަދުމަކުރައްވާ!
ތިބުނާ ވަކީލުންނަކީ މިދުނިޔޭގަ ތިބި އެންމެ ދޮގުހަދާ މީހުން މީހުން މަރާފަތިބި މީހުންގެ ވަކީލުންނައް ތިބުނާ ކޯޓުތަކައް އައިސް ދައްކާ ވާހަކަ ތކުން ހީވަކީ މިމަކީލުން ނަކީ މަރުނުވާނެ ބައެއްހެން ހުސް މުރުތައްދު ދޮގުހަދާނީ
މިއަހަ ރުއަޑުއެހި އެންމެބޮޑުޖޯކް! ޝުކު ރިއްޔާ ދިވެހިހު ރިހާމީހުނަކީ ލޯކަނުގަމާ ރުބަޔެކޭތޯ ތިޔަވިދާޅުވަނީ! މިއަދުކު ރާހުކުމް މާދަމާހުދުކާފޫ ރަށް ހަދަނީ ތިޔަވިދާޅުވާވަކީލުންނޫންތޯ؟ ޢެއްބަޔަކަށް ލިބޭއިނާޔަތްތައް އަނެއްބަޔަކަށްނުލިބޭގޮތަށް ވަކާލާތުކު ރަނީ ކޮންބައެއްތޯ؟ ތިޔަވިދާޅުވަނީ އަދި އެހެންކަހަލަފަ ރިއްސެއް ތިޔަފަ ރިހި ޅެމަކަށް ބަދަލު ނުކު ރެވޭނަމަ ހަނުހުންނަވާ!!!!!
ތިކަން އެއްމެ ރަގަޅަށް ކު ރާމީހާތީ...ފިނިފެންމާ ދޯނި...ޝަމީމުގެ ތިބުނިބަހުގެ އެއްވެސް ތެދުވެ ރި އިޙުލާސްތެ ރިކަމެހު ރިނަމަ ރޔާމީންގެ މައްސަލަ އަލުން ރިވިޔު ކު ރަންހަށަޅާ...ތީ ހަމަ ހުސްދޮގުހަދަން ދައްކާދަޅަ ހޮޅި ވާހަކަ..
ބައެއް މީހުނައް ގާނޫނީ ވަކީލު ކަމުގެ ހުއްދައަކީ ހީވަނީ ދޮގުހަދަން ދޭ ލައިސަންސެއް ކަމަށް
ދޮގުނުހަދާ އޮޅުވާނުލާ މިގައުމުގައި އެކަން ކުރޭތަ
ހެޔޮކޮށް ތިޔާބުނީ. އެހެންވެ އަހަރެން މިހުންނަނީ ޤާނޫނު ކިޔަވައި ވަކީލަކަށް ވެވުނު މޮޔަ ހީވެ ގޭގަ ދަރިން ވިހައިގެން ދަރިން ބަލަން. އަހަންނަކަށް ދޮގު ބުރާންތިން ދިފާޢުކޮށްދެން ދޮގުހަދާކަށް ނުދެވޭނެ. މާ މުހިންމުކަންކަން އެބަހުރި.
ޤާނޫނީ ވަކީލުންނާއި ރ.މަޖްލިސްގެ މެމްބަރުންނަކީ މިހާރު މީހުން ވަރަށް ފޫހިވާ ބައެއް. އެއީ އޭގެ ގިނަބައެއްގެ ހުތުރު އަމަލު ތަކާއި ހަޑި ބަސްމަގުގެ ސަބަބުން.
ތިނޫންކަމެއް އެވެރިން ނުކުރޭ
ޤާނޫނީ ވަކީލުން ދޮގުހަދާކަށް ނުވާނެ ނަމަވެސް ރައީސް ޔާމީނަށް ހުކުންއިއްވީ ޤާނޫނާޚިލާފައް މިކަމާ ހެކިވާނެ ހައިތަން . މިމީހުން ލަދެއްނުގަނެއި އަނގަތަޅާކަށް
ތިއީ ހަމައެކަނި ސިޔާ ސީވެރިންގެ ވަކީލުންނަށް ދޭ އިންޒާރެއްތަ ؟ ނޫނީ މީހުން މަރާ ފޭރޭ ޕާޓޭންގެ ވަކީލުންނަށްވެ ސް ތަ ؟
މުޅި ދުނިޔޭގަ ހުރި އެންމެ ބޮޑު ދޮގުވެރިޔާ..އުޅޭ ފާޑެއް..ހައްހައް
ދަތްޕިލަ އަތަށް ލައިގެން ހުރެ ދޮގުހެދިޔަކަސް ނުވާނެ. މިޞްރުން ކިޔެވި އެއްޗެހީގެ ފައިދާ ތޮ ހޯދަނީ ދޮގާއި މަކަރާއި ހީލަތުން.ކިޔެވި އެއްޗަކުން ޒީނަތްތެިކަން ލިބިގަތުމަށް އިންކާރުކުރާ ދީނައް ފުރައްސާރަކުރާ މީހެއްތީ.
ކުޑަކުއްޖަކަށް ހެޔޮ ނޭދުނު މީހަކު ރައްޔިތަކަށް ހެވެއްނޭދޭނެ ތީ މައުސޫމް އިބްތިހާލް އާއި ދެކޮޅަށް ވަކާލާތު ކުރި ފާޖިރު ކަލެއަށް އިތުބާރު ކުރަން ހެޔޮނުވާނެ
ފުލުހުންގެ ދައުރަކީ ދޮގު ހަދާ އޮޅުވާލުންތޯ؟
ޔާމީނުގެ މިއަދުގެ ޝަރީއަތަށް ނުފޫޒުފޯރުވުމަށް ކުރިޓްވީޓެއް. ދޮގުހެދީ ފުލުހުންތޯ ނޫނީ ވަކީލުންތޯ ޝަމީމު ތަހުގީގުކޮށް ބަލާފާތޯ ތިޔަވާހަކަތިދައްކަނީ. ތިޔަހަރީ ރަނގަޅަށް ސަރުކާރުން ބަނދެލާފާ.