މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް އަންނަ ބުދަ ދުވަހު ބައްދަލުވުމެއް ބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާއި މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން އަންނަ ބުދަ ދުވަހު އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މި ބައްދަލުވުމުގައި މަޝްވަރާ ކުރާނީ މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅޭގޮތުން ކަމަށެވެ.

މި ބައްދަލުވުން އޮންނާނީ އެ ދުވަހުގެ 20:15 އިން 22:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އައި އިމަރާތުގެ ހަތަރުވަަނަ ފަންގިފިލާފައެވެ.

ޒިޔާއު ވިދާޅުވިގޮތުގައި، އެއީ ޕަބްލިކް ފޯރަމެކެެވެ.މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހާއި މަޝްވަރާ ކުރެވޭ މައްސަލައާއި ގުޅޭ ސަރުކާރުގެ އިދާރާތަކުގެ ބޭފުޅުންނާއި، ޓެކްނިކަލް ބޭފުޅުން މައުލޫމާތު ދެއްވާނެ އެވެ.

މިނިމަމް ވޭޖްގެ މަސައްކަތް ކުރި އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާދީފައިވަނީ މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށެވެ. މި އަދަދަކީ ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ހުރިހާ ދާއިރާއަކަށް ހުށަހެޅި އަދަދެވެ.

އެންމެ ކުޑަ އުޖޫރަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާން ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އެކަމަކު ފެބްރުއަރީ މަސް ނިމި މާޗް މަސް ފެށިގެން ދިޔައިރުވެސް އެކަން އިއުލާން ކުރެވިފައި ނެތުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Mahujanu

    ސިޔާސީ މަގާމުތަކުގެ މުސާ ރަ ބޮޑުކު ރަންވީމަ ކީއްވެތޯ ތިހާ ހާސަ ރު ނުދަމަނީ. ތިޔަކު ރާ ޖެއްސުން މިފަހަ ރު ވޯޓުން ފިސާ ރި ދައްކާލާނަން.

    11
  2. ބްރޯ

    ކޮން ހިޔާލު ހޯދުމެއްބަާ ؟ ދިވެހިން ބޭނުންވަނީ 12000 އާއ 20000 ދެމެދުގެ މުސާރައެއް .އެންމެ ކުޑަކޮށްލިބުން .މިހާރު ދަވްލަތަށް މިރާ އަށް އެގޭނެ ހުރިހަާ ވިޔަފާރިތަކުގެ ސޭލްސް އެތަންތަނަށް ހިގާހަރަދު މިހާރު ދެވޭ މުސާރަތައް ދަވްލަތުން މިހާރުދޭ މުސާރަ ތައް ދަވްލަތަށްލިބޭ އާމްދަނީ ، އާމްދަނީ ބެހެމުންދަ ބައިތައް .ދަވްލަތުގެ ތަރައްގީއަށް ފައިސާ ބޭނުންވާމިންވަރު ދަވްލަތުގެ ދަރަނި ގެ މިންވަރު ދަވްލަތުން ދަރަންޏަށް ފައިސަާ ޕެމަންޓް ތައްދައްކަންޖެހޭ ތާވަލް ،ދަވްލަތުން ހަރަދު ކުރަންޖެހޭ މިންވަރު ،އާއްމު ހިޔާލު ތަކަކަށް ތިކަންކަމެއް ނޭގޭނެ އައްމު މީހާ ނުވަތަ ވަޒިފާ އަދާކުރާމީހާ ބޭނުންވާނީ ވިހާ ވެސް ބޮޑުއެއްޗެއްލިބުން .މިހިސާބަށް މި މުސާރަ މައްސަލަ ދިއުމުން ސަރުކާރެއްގެ ބޭނުމަކީ ކޮބައިބަވައޭ ހިތަށް އަރަންފަށައިފި . މަޖިލީހުން ނިންމަން ނުކެިގެން އެކޮނޮމިކް މިނިސްޓަރަށް އެ މިނިސްޓަރަށް ނުކެރިގެން ކޮމިޓީއަކަށް އެކޮމިޓީންނިންމާ މަޖިލީހަށް ފޮނުވުމުންއެކަންކުރަންނުކެރިގެން އާންމު ހިޔާލަކަށް މިހިސާބުން 2008 ންފެށިގެން ވަމުންއައ ވައުދުގެ ދެކޮޅު ނުޖެހޭ މިންވަރު ރައްޔިތުންނަށް ހާމަ ވާވަރު ނުވޭބާ؟ ސަރުކާރެއް ގެނެސް ތަފާތު މިނިސްޓްރިހަދާ ފައިނޭންސް އާ އެކޮނޮމިކް މިނިސްތްރިއާއި ޕޭކޮމިސަން ހަދާފަ މިވަނީ ދަވްލަތަށާ ރައޔިތުންނަށް ލިބޭ އާމަދަނީ ގެ ހިސާބުތަކުން ގައުމު ކުރިޔަށްދާމިންވަރު ހޯދުމަށާ ލިބެ އާމްދަނި އިން ދަވްލަތް ބަގުރޫޓް ނުވަފަދައިން ހަރަދުކުރުމަށް ރޭވުންތެރިކަމައެކު ދަވްލަތް ހިންގުމަށް. އެންމެ ކުޑަކޮށްދެވޭނެ މުސާރަ ދަވްލަތަށް ކަނޑައަަޅަންނޭގި އަބޮއްފުޅާ ދަބޮއްފުޅުގެ ވާހަކަޔާ ހަމަޔަށް ދިއުމަކީ ހިތާމަ ހުރިކަމެއް އަދި ދަވްލަތް ދެމި އޮތުމާދެތެރޭ ވެސް ސުވާލު އުފެދިގެންދާކަމެއް ؟

  3. އަލިކަތީބް

    ސާބަސް އަބަދުވެސް ޚިޔާލުހޯދާ ކަމެއް ކުރާނެކަމެއްނެތް، އިންތިޚާބު ނިމެންދެން ޚިޔާލު ހޯދަމުން ގެންދިޔާމަ ރަގަޅުވާނެ. ސިވިލް ސާރވަންޓުންނަށް 3100ރ އިދާރީ މީހުންނަށް 4465ރ ވަރަށް ބޮޑު ނމުސާރައެއް މިދެނީ މިހާރުވެސް، ބޮޑެތި މަޤާމުތަކުގައި ތިބޭ މީހުންގެ އެލަވަންސަށް ލިބޭވަރުވެސް ސިވިލްސަރވިސް އިދާރީ މުވައްޒަފުންގެ މުޅި މުސާރައަށްވެސް ނުލިބޭ. ކޮބާ އިންސާފު އެމީހުންވެސް ހަމަ އަނބިދަރީން ބަލަހައްްޓަންޖެހޭ. އެއުޅޭ ޝަމީމް ކިޔާމީހާ ސިވިލްސަރވިސް ރައީސަކަށް ހުރެގެން މުވައްޒަފުންނަށް ހޯދައިދިންއެއްޗެއްނެތް. ހައްތާވެސް މޮޅު ވާހަކަދައްކަނީ.

  4. ކަމަނަ

    ވަރަށް ރަގަޅު ވާހަކައެެއް