ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ދިގު އިންތިޒާރަކަށް ފަހު ލިބިވަޑައިގެންނެވި، ވ. ބޮޑުމޮހޮރާއާ ހަވާލުވުމަށް ޖެޓްސްކީއެއްގައި ވަޑައިގަތުމަށް އޭނާ މިއަދު ނިންމަވައިފިއެވެ.

އެކަން ހާމަކޮށް، ޑީއާރްޕީން ކުރި ޓްވީޓެއްގައި ބުނީ ބޮޑުމޮހޮރާ ޖާބިރުއަށް ލިބިވަޑައިގަތީ ދިގު އިންތިޒާރަކަށް ފަހުގައި ކަމަށާއި ޖާބިރަށް އެ ރަށް ލިބުމުން އެ ރަށާއި ހަވާލު ވުމަށް ޖެޓްސްކީ އެއްގައި ދިއުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު އެކެއް ޖަހާއިރު ކަމަށެވެ.

"ޖާބިރު ހެޕީ ކްލަބް": ވ.ބޮޑުމޮހޮރާއާއި މެދު ޖާބިރު ދުށް ހުވަފެން ހަގީގަތާއި ދިމާލަށް!

ވ. ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ޖާބިރަށް ދީފައި ވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

އެ ރިސޯޓްގެ މަސައްކަތް ކުރިއަށް ދަނީ ތިން ފޭސް އަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފޭސްގެ މަަސައްކަތް ހަ މަސް ދުވަސް ތެރޭގައި ނިންމާލާނެ ކަމަށް ޖާބިރު ކުރިން ވަނީ ވިދާޅުވެފައެވެ. ފުރަތަމަ ފޭސްގައި ހިމެނޭނީ 100 އެދުގެ ރިސޯޓެއް ކަމަށާއި އެގެ ތެރޭގައި ހިމެނޭނީ އަތިރި މަތީގައި އަޅާ ކޮޓަރިތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރިސޯޓްގެ ދެވަނަ ފޭސް އާއި ތިންވަނަ ފޭސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅުވަރަކަށް އަހަރު ތެރޭގައި ނިންމަވަން މަސައްކަތް ކުރައްވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ޖާބިރުގެ ކުންފުންޏަކަށް 50 އަހަރަށް ދީފި

އަދި އެ ތަނުގައި ކަނޑު އަޑީގެ ކޮޓަރިތަކާއި، ގޭމިން ސެންޓަރެއް އެޅުމުގެ ވިސްނުންވެސް ގެންގުޅުއްވާ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

އެ ޕްރޮޖެކްތަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އެ ރަށުގައި ގާއިމްކުރާ ސެންޓަރު އެޅުމަށްޓަކައި ބޭރުގެ ކުންފުނިތަކާއި އެކު ވާހަަކަ ދައްކަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރައްޔިތު އަހަންމަދު ވައިމަތީ

    ތިހެން އުޅުން މީހެއް ކުރިން ވެސް ވަރަށް އަޑުގަދަކޮށްފަ ކޮންމެވެސް ޙާލިދު އަކަށް ދޫކޮށްފައިވާ ރަށެއް އޭނާ އަތުން އަތުލާ ދިނުމުން ބުރުމާ އެއްބޭނުން ކޮށްގެން ރިޒޯޓަކަށް ހަދާ ސަރުކާރާއި ބައިއަތު ހިފީ ހަމަޖާބިރަކީ މިޒަމާނުގެ އޭގެ މީހެއް

  2. އަބު

    ޖާބިރު އަގަމަތީ ޓޭޕް އަޅައިފި

  3. ސައްތާރު

    އަހަރުމެންނަށް ކީތް ޖާބިރު ބޮނބިއަރި އެއްގަ ދިޔަޔަސް. ތިޔަތާކުން ސަރުކާރަށް ދައްކަން ޖެހޭ ޓެކްހަކާ އެހެން ލާރިއެއް ވެސް އޭނާ ބަލާނީ ނުދައްކާ ވީހާ ވެސް ދިގު ދެންމޭތޯ. ކާރީގަ އުޅޭ މަދުބަޔަކަށް ތިއިން ކުޑަ ފައިދާ އެއް ވިއަސް ޤައުމާ ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާ އެއް ނެތް. ކާށިދޫ މީހުންނަށް ވެސް ވޯޓް ބޭނުންވެގެން އުޅުނު އިރު ގޮސް ކިހާ ސަޅިއެއް ބުރުއްސާ އެމީހުންނަށް ޚިޔާލީ ފޮލާ ކައްކާ ދިން. ކޮބާ ހޮވިގެން މިއަދާ ހަމައަށް އޭނަ ކާށިދޫ އަށް ކޮށްދިން ކަމެއް.

    10
    1
  4. ބޯކިބާ

    ޖާބިރުގެ އަމިއްލަ ވިޔަފާރިގަނޑުގެ ކަންކަންވެސް ބަލަހައްޓަނީ ޑީއާރުޕީއިންތަ.

  5. ބެއްޔާ

    ރިޝްވަތުގެ ބުރަ މަސައްކަތަކަށްފަހު ލިބުނު ރައްޔތުންގެ މުދާ ގަނޑަކާ ހަވާލުވާން އެކޮޅުކޮޅުން އޮވެ ދިޔަޔަސްހެޔޮ. ރައްޔިތުމީހާގެ ހައްގު މިންވަރަކީ އަނގަޔާ އަތާ ދިމާނުވެ ހިތްދަތިކަމުގައި އުޅުންތޯ.

    9
    1
  6. ހުސޭނުބޭ

    ކުރިންވެސް ހެއްދެވިގޮތަށް ދަންވަރުގަޑީ ބިސްއަޅަން އަރާ ވެލައެއްހެން އެރުއްވުން އެންމެ މޮޅު ގޮތަކީ!

    15
  7. ތެދުބަސް

    ކާށިދޫމީހަކަށް ކަމެއްވާނީ ދަރިއަކަށްވެސް ކަމެއްވެގެންތާ .

  8. މެކްްސް

    ކާށިދޫ އަށް ކޮއްދިން ކަމެއްނެތް ކެޑީ ހުސްފޮނި ހޮވުނީމަފިލާގެން އުޅެނީ

  9. އަންމަޑޭ

    ނާ މިހާރު ކާށިދޫ ގާފަރު މީހުން ދަތުރު ކުރަނީ ކޭބަލް ކާރުގައި ކާށިދޫގައި ހުރި ހޮސްޕިޓަލަށް މާލޭ މީހުންގޮސް ތިބި ދަތުގެ ޑޮކްޓަރ އަކަށް ދައްކަން އެހެންވީމަ ހަމަ ރަގަޅު ނޫންތޯ