ރާއްޖޭގައި ގާނޫނުގެ "އަލިފު" ނޭނގޭ ވަކީލުން އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި ތައުލީމްގެ ބިލަށް ރައްޔިތުންގެ މަޖިލިހުގައި މިއަދު ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ ގިނަ ތަންތަނުންދޭ ސަނަދުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަން އެކަށީގެންވާ ގޮތެއްގައި ބަލައި މޮނިޓަކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން އެކްރެޑިޓް ކުރެވޭނެ އުސޫލުތަކެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ބޭނުން ކުރާ މެޑިކަލް ޑިގްރީތަކަކީ ގަބޫލު ކުރެވޭ ތަންތަނުގެ ޑިގްރީއެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ގާނޫނީ ވަކީލުކަމާއި އިންޖީނިއަރުކަން ކިޔަވައިގެން އަންނަ މީހުން އަތުގައި ރަނގަޅު ޑިގްރީއެއް އޮވޭތޯ ޝަރީފް ވަނީ ސުވާލު އުފައްދަވައިފައެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މިއަދު ރާއްޖޭގައި އެކި ގޮތް ގޮތަށް ހުރި ގަވައިދުތަކާއި އުސޫލުތައް އެއް ފުރާޅެއްގެ ދަށަށް އައިސް، އެއް ގާނޫނެއްގެ ތެރެއިން ފެންނާނެ ގޮތްވުމުން ދެން މި ދެންނެވި މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ބޭރުގެ ގިނަ ބައެއް ގައުމުތަކުގައި ސަނަދު ވިއްކާފައި ވެސް އެބަހުއްޓެވެ. އަދި ބައެއް މީހުން ހަތަރު ވަރަކަށް ހަފްތާއަށް ކޯސްތަކުގައި ބައިވެރިވެފައި 10،000 ޑޮލަރު ނުވަތަ 15،000 ޑޮލަރު ދީގެން މާސްޓާސް ޑިގްރީއެއް ހޯދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގައި ވަރަށް ގިނަ ފަރާތްތަކުން މި ޑިގްރީ މިހާރު ވެސް ނަގަމުންދާ ކަން ފާހަގަ ކުރެވޭ،" ޝަރީފް ވިދާޅުވިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ މިންގަނޑުގެ ސަނަދުތައް އެކްރެޑިޓް ކުރާނެ އުސޫލުތަކެއް ގާއިމުކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެކަން އާންމު ރައްޔިތުންނަށް ސާފުކޮށް ފެންނަން ހުންނަން ޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ޔުނިވަސިޓީތަކާއި ކޮލެޖްތަކުން ތައުލީމް ދެނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ރަނގަޅު ތަރުބިއްޔަތެއް ދަރިވަރުންނަށް ލިބޭތޯ ކަށަވަރުކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ދަރިވަރުންނަށް ސަނަދުތައްދޭ ފެކްޓަރީއަކަށް ޔުނިވަސިޓީތަކާއި ކޮލެޖްތަކާއި ތައުލީމްދޭ ތަންތަންވުމުގެ ބަދަލުގައި ހަރުދަނާ ދަރިންތަކެއް އުފެއްދުމަށް އިސްކަންދޭ އުސޫލުތަކެއްގެ އެ ތަންތަނުގައި ހަދަން ޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭން ބޭރުގައި އަޑު ނާހާ ޔުނިވަސިޓީތަކުންނާއި ކޮލެޖްތަކުން ޑިގްރީ ނަގައިގެން އަންނަ އިރު، އަޅުގަނޑުމެންނަށް ހަރުދަނާ އުސޫލުތަކެއް ރާއްޖޭގައި ތަންފީޒު ކުރެވި، އެކަންކަމުގެ މައްޗަށް އަމަލު ނުކުރެވޭތީ އަލްއުސްތާޒް ކިޔައިގެން މި ތިބެނީ،" ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ގާނޫނީ ވަކީލުކަން ނަގައިގެން އެބަތިބި ގާނޫނުގެ އަލިފު ވެސް ނޭނގޭ މީހުން. ބޭރުން ކޮންމެވެސް ޑިގްރީއެއް ނަގައިގެން. އަޅުގަނޑުމެންގެ ރާއްޖޭގެ ބައެއް ކޮލެޖްތަކުން ދޭ ޑިގްރީ، ހިތާމައާ އެކު ދަންނަވަން ޖެހެނީ މި ފެންވަރުގައި އެބަހުއްޓޭ. މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް. އަޅުގަނޑުމެންނާ އެބަ ދިމާވޭ މިކަހަލަ މީހުން،"

ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަންވެފައި އޮންނަން ޖެހޭނީ ހަރުދަނާ، ގައުމު ބިނާ ކުރާނެ ދަރިންތަކެއް އުފައްދާ ތަންތަނަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސޮނިފުހޭ

    އެ ސޮރު އެހެރީ ބޮލު ރޮދި ކެޑިފައި ހެން ހީވޭ

    10
    4
  2. މަވޯޓާ

    މަވޯޓާ ޝަރީޫނީ މި ޤައުމުގަ ކުފޫ ހަމަވާ ހަމަ އެކަކުނުހުންނާނެ މަވޯޓާ އެކަނި ޤާނޫނު ގެ އަލިފާ ބާ އެނގޭނީ އަދި މަޖިލީހުގެ މެމްބަރުކަމަށްކުފޫ ހަމަވާނީވެސް މަވޯޓާ އެކަނި ސިޔާސީ ގޮތުން އެވަގުތަކު އެންމެ މަންފާ ލިބޭ ކޮޅަކަށް ދުވަމުންދާ ސިޔާސީ ރަންޑިން މިކަހަލަ ވާހަކަ ދެއްކީމާ ހަމަ ހިނި އަނނަނީ މަވޯޓާ އެކަނި މި ޤައުމުގަ ޞައްހަ ސަނަދުތަކާ ސެޓްފިކެޓުތައް ހޯދާފަހުރީ

    9
    1
  3. ޟިހާރު

    ކާފަރު ގާނޫނު ކިޔަވަންޔާ ދިވެހި އިސްލާމީ ގާނޫނެއް ނޭންގޭނެ. ޙަމައެކަނި ކާފަރު ޔޫކޭ ގާނޫނު ކިޔަވާމީހުންނަށް ގާނޫނީ ވަކީލުކަން ދީގެން ނުވާނެ.

    19
    1
  4. އައްބޭބެ

    އިންޑިޔާގެ މައިސޫރު ޔުނިވަރސިޓީއަކީ އޭގެ އެއްތަން.

  5. އެލެން

    "ޤަނޫނު" ކިޔާއިރު ނެތެއްނުން އަލިފެއް؟ ދެން ކޮން އަލިފެއް

    13
  6. އެންތްރެކްސް

    ރަގަނޅު ވާހަކައެއް ތިބުނީ...އެމީހުންނަށް ވިއްޔާ ޤާނޫނު ތާ ނޭގެނީ...އަހަންނަށް ހީވަނީ ކަލެއައް ދިވެހި ބަސް ވެސް ނޭނގޭ ހެން....ޤާނޫނުގަ ނޯންނާނެ އަލިފެއް.. " ޤާނޫނު " ގަ އަލިފެއް އިންތޯ ކަލޭ އަމިއްލައައް ބަލާބަލަ...
    ޤާނޫނުގަ އިންނަނީ "ޤާފު" "ނޫނު" "ނޫނު" މި ތިން އަކުރު...
    .." އަޅުގަނޑުމެންގެ ތެރޭގައި ޤާނޫނީ ވަކީލުކަން ނަގައިގެން އެބަތިބި ގާނޫނުގެ އަލިފު ވެސް ނޭނގޭ މީހުން...ހަމަ އެގޮތަށް،
    .." އަޅުގަނޑުމެންގެ ތެރޭގައި މަޖްލިސް މެމްބަރުކަން ނަގައިގެން އެބަތިބި ދިވެހި ބަސް ވެސް ނޭގޭ މީހުން...ދިވެހި ބަހުން ލިޔަން ކިޔަން ވެސް ނޭގޭ މީހުން...
    - މިސާލަކަށް މަވޯޓާ ޝަރީފު މެން ކަހަލަ މީހުން...
    އަޅެ ފަހެ ދޮގެއްތަ މީ؟؟؟؟....

    • ދިވެހިބަސްނޭނގޭ

      ކޮމެންޓް ކުރި މީހާއަށްވެސް ދިވެހިބަސް ނޭނގޭ. ގާނޫނުގެ އަލިފު ނޭގެއޭ އޮތީމާ އެއީ ގާނޫނު މިލަފުޒުގައި އަލިފު އޮތް ވާހަކައެއް ނޫން. އަދި ދިވެހިބަހުގައި ނަމުގެ ދަރަޖަގައި އޮންނަ ލަފުޒެއްގެ ފަހަތަށް ފަހަތަށް ގެ މިއަކުރު ލައިގެން އެއާ ވިއްދައިގެން ނަމެއްގެ ދަރަޖައިގައި އޮންނަ އަނެއް ލަފުޒު އޮންނައިރު އެބުނަނީ ކީކޭކަން ނުވެސް ދަންނަ، ދިވެހިބަހުގައި އޮންނަ މަޖާޒުގެ މާނަވެސް ނުދަން މީހެއް. ކޮމެންޓް ލިޔުނު މީހާ ބުނެފައި އޮތްގޮތަށް މަޖިލީހުގައިވެސް ތިބީ ދިވެހިބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުންކުރަން ނުދަންނަ ރޯނުއެދުރުން. މަވޯޓާ ޝަރީފު އެބުނިގޮތަށް މިހާރު ގިނަވާނީ އެމީހާގެ އެތެރޭގައި އެއްޗެއް ނެތް އެކަމަކު ލައްކަ ބައިވަރު ހުރިކަމަށް ކަރުދާސްކޮޅެއްގައި ލިޔެފައި ތިބޭ މީހުން. އެކަހަލަ މީހުން ތިބޭނީ މުރައްކަބުޖާހިލުވެފައި. އަދި ނިކަން އަޑުގަދަވެފައި އަނގަގަދަވާނެ.

  7. ދަފީން

    މަޖްލިސްގައި ހ ށ ނޭގޭ މެމްބަރުންވެސް އެބަތިބި!

    14
  8. ޙާލަތު

    ޤާނޫނުގެ ހުރިހާ އަކުރެއް އެނގޭ މަޖިލީހުގެ ރައީސް ކުރީ ދުވަހުވެސް މަޖިލިހަށް ހަމައެކަނި ބުނި ސަލާމްވެސް ބުނީ މުރަކަ ބަލަންދާން

  9. ކެރޭނެބާ؟

    އިޚްލާޞްތެރި ކަމެއް ހުރިއްޔާ ޤާނޫނުުުުުުުުހަދަން ތިބޭމީހުންގެ ތަޢުލީމީ ފެންވަރު ކަނޑައަޅަންވީނޫންތޯ؟ އެންމެ ދަށްވެގެން ޝަރީޢާ/ލޯ/ ފަދަ ނޫނީ ދެންވެސް ޤާނޫނު ހަދާއިރު ބޭނުންހިފޭނެ ދާއިރާއެއްގެ ޑިގްރީއެއް އޮންނަންޖެހޭގޮތަށް! އިތުރަށް އެދާއިރާއެއްގެެ 3 ވަރަކަށް އަހަރުގެތަޖުރިބާ.

  10. ޙަސަނު

    މީ ވަރަށް ފީކަޅާ މީހެއް އެ ހުންނަނީ ލާދީނީ ޕާޓީގަ އަނެއްކޮޅުން 19 ދިވެހިން މަރާފަ ހުރި ބޮދު ބާޣީ ގެ ދިފާޢުގަ މަޖިލީހުގަ ވާހަކަ ދައްކާފަ ހުރި މީހެއް

  11. އުސްތާޒު

    މީ ހަމަ ފައްކާ ބޮލު ރޮއްޖެއް. ދެކޮޅު ނުރަޔަށް ވީމަ ވާ ގޮތް. ފައްކާ ބޯ ގަޅިޔެއް. ނުދައްކާނެ ތާކުން ތާކު ޖެހޭ އެއްވެސް ވާހަކައެއް. ރޯނު އެދުރެއް.

  12. މޯދީ

    ބައެއްގެ އަބުރާ ނުބެހި ދައްކާނެ ވާހަކައެއް ނޭނގެނީތަ؟ ޑިގްރީ ގަންނަނަމަ ގަންނާނީ ހަމައެކަނި ވަކީލުން އެކަންޏެއްނޫން. ތިމާ ދައްކާ ވާހަކައިން ތިމާގެ ފެންވަރު އެނގޭނެ. ތިޔައީ އުޑެއް ބުޑެއް ނުދަންނަ ޖާހިލެއްކަމަށް ޤަބޫލުކުރެވެނީ.

  13. ހުސޭނުބޭ

    އަލިފު އެނގޭކަށް ނުޖެހޭ! ދޮގުހަދަން އެނގޭނަމަ އެއީ ވަކީލެއް!

  14. ބުއްޅަމޯދީ

    ބޮލުރޮދި އޭއް! ސޮހޮލު އޭއް!