ސަރުކާރުން އަދާލަތު ޕާޓީއަށް ޙައްޤުވާ މިންވަރު ލިބެން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމުން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގިނަ ސުވާލުތަކެއް އިމްރާނާއި ކުރިމަތި ކުރުވައިފިއެވެ.

ޝަހީމް މިސުވާލުތައް އިމްރާނާއި ކުރިމަތިކުރުވާފައި ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަހީމް ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ. "ބްރަދާ ޝައިހް އިމްރާން. މަނިކުފާން އަރިހުން ފުއްދާނެ ކަމަށް އެމްޑީޕީން ބުނި އެއްވެސް ވައުދެއް ފުއްދެވިތޯ؟ ރާއްޖޭގައި ވެރިކަން ފޮރޮޅާލަން ހެދި ކޯލިޝަން އެގްރިމެންޓް ކޮބާ؟ ކޮބާ %16؟ ކޮބާ ހަތަރު ވަޒީރުން؟ ކޮބާ 16 މަޖިލިސް މެންބަރުން؟ ކޮބާ މިވެރިކަން ގެނައި ރާއްޖޭގެ ސިޔާސީ ހަތަރު މަޒުހަބުގެ ހަތަރު އިމާމުންގެ މަތީ މަޝްވަރާ؟ ކޮބާ މެނިފެސްޓޯގައި އަދާލަތުން ހިމެނި 33 ސިޔާސަތު؟ ކޮބާ އަދާލަތު މެންބަރުންނަށް ލިބެން ޖެހޭ ވަޒީފާތައް؟ އަދާލަތައް ލިބުނު ސްލޮޓްތަކުގައި ގިނައިން ތިބީވެސް އެމްޑީޕީ މުހުސިންމެން ކަހަލަ އެމްޑީޕީގެ އަސްލު މީހުން. އެމީހުން ސްލޮޓްތަކަށް ލީވެސް އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ރައުޔެއް ނެތިއެވެ."

ޝަހީމް ވިދާޅުވީ އަދާލަތު ފަރާތުން މަޖިލިސް މެންބަރުކަމަށް ކުރިމަތިލި ބައެއް ބޭފުޅުން ނަން އަނބުރާ ނެގީ ވެސް ސަރުކާރުން އެބޭފުޅުންނަށް ވަޒީފާއެއް ދެއްވާނެ ކަމުގެ ޔަގީންކަން ދީގެން އެމްޑީޕީއަށް ގޮނޑިތައް ކަށަވަރު ކުރަން ކަމަށެވެ. "ކީއްވެ އެމީހުން ހާލުގައި ޖެހެން ދޫކޮށްލެއްވީ؟" ޝަހީމް ސުވާލު ކުރެއްވިއެވެ.

ޝިދާތާއަށް ނިކަމެތިކަން މެދުވެރިވިއިރު ޝިދާތާ އަކީ އަދާލަތުގެ އިސް ބޭފުޅެއް ކަމަށާއި އަދި އެއީ މިސަރުކާރު ގެނައުމަށް ބޮޑު ގުރުބާނީއެއްވި ކަމަށް ބުނެވޭ ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. ނަމަވެސް އޭނާ ނިކަމެތި ގޮތަކަށް ދުއްވާލިއިރު އޭނާ މަގާމުން ވަކިވިފަހުން ނޫނީ އަދާލަތު ޕާޓީން އޭނާގެ ދިފާޢުގައި އެއްވެސް ބަހެއް ނުބުނި ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު މިވާހަކަ ބުނީމަ އިމްރާން ކޯފާ ނުވާނެ ކަމަށް އުއްމީދު ކުރަން. އެމްޑީޕީން އަދާލަތު ޕާޓީއަށް ޙައްޤު މިންވަރު ދީފާނެ ކަމަށް ދުށުމަކީ މޮޔަކަމެއް." ޝަހީމް ވިދާޅުވިއެވެ.

"މިހުރިހާ ކަމަކާއި އަދާލަތުގެ އެންމެހާ ޙައްޤުތައް ޤުރުބާން ކުރައްވާފައި ވެސް ބްރަދާ އިމްރާން ނިކުންނެވީ އޭރުވެސް އެމްޑީޕީ އަށް މަޖިލިސް މެޖޯރިޓީ ހޯއްދަވައި ދެއްވާށެވެ. އެއީ އަދާލަތު މަޝްވަރާ މަޖިލިސްގެ އެއްވެސް ނިންމުމެއް ނެތިއެވެ. އެކަމުގެ ސަބަބުން މުޅި ގައުމުގެ ނިޒާމަށާއި އިސްލާމީ އުއްމަތައް ކުރަމުން އެދަނީ ފޫބައްދަން ދަތި ކަމެކެވެ. އަދި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތައް ބޮޑެތި ގޮންޖެހުންތައް މެދުވެރިވަމުންދާ އިރު އަދާލަތު ޕާޓީގެ އަސްލު އިސްލާމީ ޝަހްސިއްޔަތު ފެނިގެން ނުދާކަމީ މިއަދު ލޮލުން ކަރުނައަޅައި ހިތާމަ ކުރާ ކަމެކެވެ." ޝަހީމް ލިޔުއްވާފައި ވެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އުފެދުނު ބޮޑު ނުތަނަވަސްކަމެއްގެ ތެރެއިން ޝިދާތާ އިސްތިއުފާ ދެއްވި ނަމަވެސް، އޭގެ ހުރިހާ ޒިންމާ އޭނާގެ ބޮލުގައި ނޭޅުއްވޭނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ޝިދާތާ އިސްތިއުފާ ދެއްވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެން ޖެހިވަޑައިގެންނެވީ ހުރިހާ އެންމެން ވެސް "މާބޮޑު ދެކޮޅުވެރިކަމެއް ނެތް، މައްސަލަ ނުޖައްސާނެ" މީހަކު އެ މަގާމަށް އައްޔަން ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ. އަދި އެއީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވެސް އަދި ސަރުކާރުގެ މީހެއްގެ ހައިސިއްޔަތުން ވެސް ގަބޫލު ކުރައްވަން ޖެހިވަޑައިގެންނެވި ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޖެންޑާ މިނިސްޓަރުގެ މަގާމަށް މީހަކު އައްޔަން ކުރެއްވުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައީސް އޭނާއާ މަޝްވަރާ ކުރެއްވި އެވެ.އަދާލަތަށް ކޯލިޝަންގެ ތެރެއިން ހައްގުވާ މިންވަރު ހޯދައިދިނުމަށް ގޮތްތަކެއް ރާއްވަވާނެ ކަމަށް އެ ރައީސް ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް އެގޮތަށް ކަންތައް ކުރައްވާނެ. އަދި އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް ވެސް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. އާރިފާ

  ކޮބަ އި އަޅާ. ތަން ހީވެ އި

  21
  • ކިނބޫ

   އޭނައާ ސުވާލު ކުރައްވާނެ ކަމެއް ނެތް އެއީ ނަޝީދުގެ ޓުކުރީގަ އޮތް ޒައްގޫމެއް. ޝަހީމަކީ އިއްޒަތްތެރި ބޭފުޅެއް. އެކަހަލަ މީހުނާ ސުވާލު ކުރެއްވުމުގެ ބޭނުމެއް ނެތް.

   • އިއްބެ

    އެހެންވެ ވަގެއްގެ ފަހަތުން ތެޅިބޭލީ..... މީހުން ކިޔާ އަޑު އިވޭ ޔާމީން ޝަހީމް ފަހަތުލައިގެން އުޅުނީ ދީނީ ތާކިހާ ރައްޔިތުންނަށް ދައްކައި ތާއީދު ހޯދާށޭ،،، ޝަހީމް ހުރީ ނިގުލަށް ފިތި ބާރުވެފައޭ އިއްޒަތްތެރިކަމުން

 2. ށަރީ

  ތިޔަ އަދާލަތުގަ 500 މީހުންވެސް ހަމަވާނަމަ ލޮނުލީ އެއްޗެއް ނުކާނަން. ޢަދާލަތަކީ ކުޑަ ޖަމިއްޔާއެއް.

  29
  5
 3. ލޮލްލޮލް

  މަގޭވެސް އެބައޮތް ސުވާލެއް! އެ ވީޑިއޫގަ ހުރި ހަމަ ޝަހީމުތަ ބޮނަކުއާ ފުޅިއަކާ އެކު

  2
  81
  • ކެކެކެ

   މަގޭވެސް ސުވާލެއް އެބޯތޭ ވީޑިއޫ އަކީ ކޯޗެއްކަން ސާފުކޮށް ދެއްވަފާނަންތޯ؟

 4. ހަސަން ފޭދޫ

  "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް އެގޮތަށް ކަންތައް ކުރައްވާނެ. އަދި އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް ވެސް ބެލެވޭ،" އޭނާ ވިދާޅުވި އެވެ. 5 ވަރަކަށް އަހަރުގެ ވަގުތު ކޮޅެއްބޭނުންވާނެ. ތިކަކަން ދެން މިދައުރުގަ މިއޮށް ކުޑަ ދުވަސްކޮޅުނުވާނެ. ދެންއަންނަ ދައުރަކުން ހަމަ ސީީދާ ބުނިވަރަށް ދޭނަން.

  44
  2
 5. އެދުރުބެ

  ޝަހީމު ނުޖެހޭ ސަރުކާރުގެ ވަޒީރުންނާ މުހާތަބު ކުރާއިރު ޕާޓޭކުދިން ވާހަކަ ދައްކާ ގޮތައް ޝެއިހު އިމުރާނާއި މުހާތަބު ކުރާކައް. ކޮންބުރަދާ އިމުރާނެއް ކިޔާކައްތަ؟

  5
  78
 6. ސަރިފާ

  ތި އިމުރާނަކީ ހަމަ ފައްކާ މުނާފިގުއެއް މުނާފިގުންގެ އަލާމާތަކީ 3 ވަހަކަ ދައްކާފިނަމަ ދޮގުހަދާނެ / ވަޢުދެއްކޮންފިނަމަ ޚިލާފްވާނެ/ ޢަމާނާތެއް ކޮށްފިނަނަމަ ޚިޔާނާތްތެރިވާނެ މި 3 ސިފަ އިމުރާންގައިގާ އެބަހުރި

  49
  5
  • އެމް މެމް ޕީ އާރު ސީ

   އެހެންވެ ވަގެއްގެ ފަހަތުން ތެޅިބޭލީ..... މީހުން ކިޔާ އަޑު އިވޭ ޔާމީން ޝަހީމް ފަހަތުލައިގެން އުޅުނީ ދީނީ ތާކިހާ ރައްޔިތުންނަށް ދައްކައި ތާއީދު ހޯދާށޭ،،، ޝަހީމް ހުރީ ނިގުލަށް ފިތި ބާރުވެފައޭ އިއްޒަތްތެރިކަމުން

 7. ގެރި މޯދީ

  އަދާލަތަށް ޙައްޤު މިންވަރަކީ އެޅިހާ ބަތަކަށް ރިހަ ކިޔައިގެން ތިބުން.

  65
  4
 8. ވަހްޝީކާފަމީދާ

  އޭ ބުރޯ ބުނަން ވާހަކައެއް ތި އިމްރޯނު ދުވަހަކުވެސް ތެދެއް ނުހަދާނެ މައޭ ދަންނަމޭ އޭނަ ބުރޯ ވެސް އޭނަޔަށް އިތުބާރު ނުކުރައްޗޭ އެސޮރު ކިޔަވަން އުޅުނު އިރު އަހަރުމެން ނަށްވެސް ހެދީ ދޮގޭ

  10
 9. ސަލާމްބެ

  ތިޝެއިޚް އިމްރާން އަ ކީ ޝައްކެއްވެސް ނެތް ގޮތުގަ ޝެއިޚުންނައް ހުރިބޮޑު ހުތުރެއް . ގައްދާރެއް. ބޮޑުދޮގުވެރިއެއް. އަދާލަތްޕާޓީ އުފައްދަން ދެވުނު ސޮއި ވެސް އަނބުރާ ގެނެސްފިން. ޢަދިއެޕާޓީ އުފައްދަން ސޮއެއްދެވުނު ކަމައްޓަ ކާ ހިތާމަ ކުރަން. ސަބަބުތައް ވަރަށްވެސްގިނަ. އުންމީދަ ކީ ނަމުން އިސްލާމް ދީނުގެ ނަން ބޭނުން ކޮށް އަދާވާތްތެރިންނައްވާގިވެރިވެ ހިންގާ ނަހަމަގުޅުންތައް ހިންގާނެ ފުރުސަތު ހަރާމް ކޯރު ޝޭޚައް ގެއްލުވާލުން. އިރާދަފުޅު ކިރެއްވިއްޔާ އުންމީދަ ކީ ތިޔަ ޕާޓީއާއި އިމްރާންވެސްއޮޔާދިއުން.

  10
  1
 10. ލުޠުފީ

  "އެދުރުބެ" އަހަރެމެން ކިޔާނެ އެއްޗެއް ކިޔާނީ އިމްރާނެއް އެހެންމީހެއް ނޯންނާނެ. ކަލޭމެން އެމް ޑީ ޕީ މީހުންވެސް ކިޔާ އުޅޭފަދައިން.

 11. މާހިރާ

  އަދާލަތު ޕާޓީ ނަގާ ކޮޅަށްޖަހަން ޖެހުނުވަގުތު ޕާޓީއާ ދުރަށް ވަޑައިގެންފައި ދެން އިތުރަށް ވާހަކަފުޅު ދައްކަވަން ނުހައްދަވާށެވެ.

  15
  • ކިނބޫ

   ތިތިބީ އަދާލަތު ކޮޅަށް ޖަހައިގެނެއްނު. ލާދީނީތަކެއްގެ ފޫކޮޅުން ވަސް ބަލަން ފެށީމަ ޝަހީމެއް ނުހުންނަވާނެ. އެއީ އެއަށްވުރެ އިސްލާމްދީނުގެ ލޯބި ވަރުގަދަ ބޭފުޅެއް. ނަފްސުގެ އަގުބޮޑު ބޭފުޅެއް. ނުވިކޭނެ.

 12. މުހައްމަދު

  ކަލޯ! ދެން ލަލަލާ..؟

 13. އަދުން އަހަންމާ

  ސަހީމްތީ އަދާލަތު މީހެއް ނޫނެއްނު ކޮން ކމއެއް

  1
  1
 14. ފާޚިރު

  ޝަހީމް އާބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދެއްކީމަ ގަބޫލު ކުރާނެ ބައިގަނޑެއް އުޅުނަސް އިސްލާމް ދީނަށް ލޯބިކުރާ މީހުން ގަބޫލެއް ނުކުރާނެ. ވަރަށް އަޚްލާގު ރަނގަޅު ދީން ވެރި ބޭފުޅެއް.

 15. އާދިލު

  ބުރޯ ޝަހީމް ތިވިދާޅުވާ އިމްރާންއަކީ އަމިއްލައެދުމުން ފޯވެފަ ހުރި ބޮޑު ގަމާރެއް ޖާހާޝަރަފައްޓަކާ ނުކުރާނެ ހަމަ އެއްކަމެއވެސް ހަމަނޯންނާނެ އެއްވެސް ތާކުންތާކުޖެހޭ މީހެއްނީން ތީ އެމް.ޑ.ޕީ އިން ދުރައްދެވޭނެ ގޮތެއް ދެން ނޯންނާނެ ރަނގަޅައް ބަނދެފަ އެހެރީ ކޮންމެގޮތެއް ހެދިޔަސް ހުންނަން ޖެހޭނީ

 16. ސަމީ

  ބަރާބަރު ސުވާލު ތަކެއް

 17. ާއައްޑޫ މީހާ

  ޑރ ޝަހީމްގެ މިވާހަކަ ފުޅު އަށް އަޅުގަނޑު 100% ތާއީދު ކުރަން އަދާލަތު ޕާރޓީގެ ދުސްތޫރު ގައި ބުނަނީ ނަންތައް ހުށައަޅާނީ ޕާރޓީގެ ރައީސް ކަމައް އަދި ކޮމެޓީން އަކުން ނިންމި ކަމުގައި ވިޔަސް މަޝްވަރާ މަޖިލީސް އަށް ގެނަސް މެންބަރުންގެ މެދުގައި ބަހުސު ކުރެވި މަޖިލިސް ގެ ރުހުން ހޯދަންވާނެ . މިކަން ނުކުރޭ .