ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަށް އޮތް ހައްގު މިންވަރަކީ އެންމެ ވަޒީރެއް ކަމަށާއި އެ ވަޒީރުކަން ވެސް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި ތައުލީމްގެ ބިލަށް ރައްޔިތުންގެ މަޖިލިހުގައި މިއަދު ބަހުސް ކުރައްވަމުން ރާއީ ވިދާޅުވީ އެމްޑީޕީން އެހެން ސިޔާސީ ޕާޓީތަކަށް ހައްގު މިންވަރު ކަށަވަރުކޮށްދެމުން އަންނަ ކަަމަށެވެ.

"ބައި ހަމަނުވާ ޕާޓީއެއްގެ ވަޒީރު އަރާފައި ތިމަންނަމެންނަށް ހައްގު މިންވަރު ނުލިބެއޭ ބުނީމަ، މިއަށް ވުރެ ބޮޑު ޖޯކެއް އަޅުގަނޑަށް ހިއެއް ނުވޭ އޮންނާނެ ހެން ރާއްޖޭގައި. ހައްގު މިންވަރަކީ އެންމެ ވަޒީރެއް. އެ ވަޒީރުކަން އަޅުގަނޑުމެން ހުންނާނީ ދީފައި،" އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިޝާރާތް ކުރައްވައި ރާއީ ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް ސަރުކާރުން ހައްގު މިންވަރު ލިބެން ޖެހޭ: އިމްރާން

ރާއީ އެގޮތަށް ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޝިދާތާ ޝަރީފް ވަކި ކުރުމުން އަދާލަތު ޕާޓީއަށް ލިބެން ޖެހޭ ހައްގު މިންވަރު ކޯލިޝަންގެ ތެރެއިން ލިބެން ޖެހޭ ކަމަށް އިމްރާން ރޭ ވަނީ ވިދާޅުވެފައެވެ. އަދި އަދާލަތު ޕާޓީއަށް ލިބެންވާ ހައްގު މިންވަރު ހޯދައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އިމްރާން ގަބޫލު ކުރައްވައެވެ.

ރާއީ ވިދާޅުވި ގޮތުގައި އިމްރާންގެ ވާހަކަތަކަކީ ދެއުޅިއެއް ނުވާ ވާހަކަތަކެކެވެ. މި ސަރުކާރު ގެނައީ އެމްޑީޕީގެ މެމްބަރުން ކަމަށާއި އެ ޕާޓީ އަށް އަދިވެސް ހައްގު މިންވަރު ލިބުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

"އަނެއްކާ މި ސަރުކާރުގެ ވަޒީރަކު އަރާ މި ވާހަކަތައް ދެއްކުން އެއީ ނުހަނު ހުތުރު ކަމެއް،" ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ސަރުކާރުގައި "ކޮންމެ ކުލައެއްގެ ވަޒީރުން" ތިއްބެވި ނަމަވެސް އެ ބޭފުޅުން ބުނާހާ ގޮތެއް ނަހަދާނެ ކަަމަށެވެ. އެމްޑީޕީގެ ހިޔަނިން ހިނގާ ޕާޓީއެއްގެ ވަޒީރަކު ވިދާޅުވިޔަސް، ހައްގު މިންވަރު ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށް ރާއީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މާމީ

    އިމްރާނު ރާކަނިމަސް ކެވިއްޖެތަ؟ މަކުނު ދޫ މީހާ އެބުނީ އަދާލަތުގެ ހައްގު މިންވަރު ،،،

    44
    4
  2. ފޮއްބަރަވެލި

    ކަލޯގަޔާ ތީނަ އަށް ހައްގުވާ މިންވަރެއް ނެތް ހެން ހީވޭ އާފަހެ މަށަށް ހީވަނީ ތީ ބޯ ބުރާންޗެއް ހެން މަކުނުދޫ ދާއިރާ މީހުން ކަލޭ ހޮވި ސަބަބެއް މަށަކު ނުދެނެ ހުރިން ތިއަށް ވުރެ ހެޔޮ ލަފާ ގާބިލު މީހުން ތި އަތޮޅު ގައި އެބަ ތިބި ވިއްޔަ ލާރިދިނަސް އުނަގަނޑު ރޮދި ގަނޑު ވިއްކާ ލާ ކަށް ނުވާނެ އެއްނު ފުކެއް ބޮޑުވަރު

    44
    1
  3. އާރިފާ

    މީ ކޮންތާކުހުރި މީހެ އްތަ. މާ އަނގަ ފުޅާވެގެން

    46
    2
  4. އަބު

    އަދާލާތު ޕާޓީދެކެ އަޅުގަނޑު ފޫހިވީ މިސަބަބާ ހުރެ، އ

    23
    9
  5. ނިއުމަތު

    ކޮބާ ކޮބާ ހީވޭ އިމްރާން... ދެންނެތް މާގިނަދުވަހެއް މަނިކުފާނުވެސް ސަރުކާރު ތެރެއިން ބޭރުކުރާންން.

    32
    2
  6. ޢެޑްމުންޑޯ

    އިމްރާނަށް ރަގަޅުފިލާވަޅެއް މިފަހަރު ލިބޭނެކަމަށް އުންމީދުކުރަނީ

    36
    1
  7. ޢިއްބެ

    ކަލޭމެން އަދި ސައިޒަށް ކެޑޭތަން ފެންނާނެ. ބަލަ ތިކަޑަ އެމް.ޑީ.ޕީ އަށް ތާއީދު ނުކުރާ އެތައްބައެއްގެ ވޯޓާ އެކީ ތިތިބީ ހޮވިފަ. ކަލޭމެންގެ ސުންޕާކަން މިހާރު ރައްޔިތުންނަށް އެގިއްޖެ. ދެން ކަލޭމެން ވެރިކަމަކަށް ނުހޮވޭނެ. މީ ވަރަށް ވާހަކަ

    43
    1
  8. އަދާލަތު

    ރަނގަޅު ވާހަކައެއް. ޢިމްރާނު އެއީ މަތިންޖެހިގެން އުޅޭ މީހެއް. އަދާލަތަށް އެންމެ ވަޒީރެއްވެސް ޙައްޤެއްނޫން.

    10
    17
  9. ތާހިރު ވާހަކަ

    އިބޫ ޞާލިހަކީ ރައީސް ނަސީދެއް ނޫނޯ.. އެކަމަކު އިބޫ ޞާލިހަކަށް ނެތް މިނިވަންކަމާއެކު އަމިއްލަ ބުއްދިން ވިސްނާ ފިކުރު ހިންގާލެވޭކަށްވެސް.. އަދި ކަމެއްގައި ގޮތެއް ކަނޑައެޅޭކަށްވެސް.. އެމްޑީޕީގައި އޮތީ ރައީސް ނަސީދުގެ ފިކުރު، އެމްޑީޕީން ޕުރޮމޯޓުކޮށް ފަތުރަނީ ރައީސް ނަސީދުގެ ފިކުރު، އެމްޑީޕީގެ އާންމު މެމްބަރުންގެ ހުރީ ރައީސް ނަސީދުގެ ފިކުރު، ރައީސް ނަސީދުގެ ފިކުރަކީ ލާދީނީ ސެކިއުލަރ ފިކުރު.. އެމްޑީޕީގެ ރައީސަކީ ނަސީދު ނޫން އެހެންމީހަކުނަމަ އެމްޑީޕީގައި އޮންނާނީ އެރައީސެއްގެ ފިކުރު.. އެވެދާނެ ދީނީ ގައުމީ ފިކުރަކަށްވެސް ނުވަތަ ލާދީނީ ސެކިއުލަރ ފިކުރަކަށްވެސް.. ދެން ރާއީމެން ކަހަލަ ނަސީދަށް ސަނާ ދަންނަވާ ޕަޕެޓުން އެހެންމީހުންނަށް އިނގިލި ދިއްކޮށް ހައްގު މިންވަރޭ ކިޔައި އަނގަ ފުޅާ ކުރީމަ އަހަރެމެންގާތަށް އަންނަނީ އަމަށަކު ހިންޏެއްނޫން.. ހީހީނ ދެކަމު އެއްކޮށް ހާޖަތަށް ދެވޭވަރުވޭ..

    28
    2
    • ???

      ހަމަ ???????????????????????????????????????????????

  10. ޒާ

    މިފަހަރު ރާއި އެބޫނީ ހަމަ ބަރާބަރު ވާހަކައެއް. ސަތޭކަ މީހުންވެސް ހަމަނުވާ ޕާޓީއަކަށް ކޮންހާ މިނިސްޓަރުކަމެއްތަދޭންޖެހެނީ. އެއީ އިމްރާން އެކަނި ޕާޓީ. އެހެންވެ އިމްރާނަށް އޮތީ ހައްގުވާވަރު ދީފަ.

    7
    4
  11. ހިތާމަ

    މަކުނުދޫ ރާއީތަތީ؟ ކަލެއަށް އެނގޭތަ ވާނުވާ؟ ނޭނގެންޏާ ވާނުވާޖަހަން ހަވާލުކުރަންޖެހިދާނެ. ތިހިރީ ރަނގަޅަށްވެސް ރީނދޫއުނގުޅިފަހުރި ޕަޕެޓޭއް. ވައްކަންކޮށްގެން ވޯޓުހޯދައިގެން އަރާތިހިރީ. ހަނދާންކުރާތި. ބާލާނެވަގުތު އެބައާދޭ. ބިލްފާސްކުރާއިރަށް އެކަންކުރާނަން

    9
    1
  12. އަޙްމަދު

    މީދެން ކާކު! ކާލެޔަށް ޙައްގު މިންވަރު ލިބޭ! ކަލޭ ހުރޭ އެމްޑީޕީ ކައިގެން، ބޮއިގެން އަދި ލައިގެން!

    10
    1
  13. ހަޖަމް

    ރާއީއެވެ. ދިވެހިރާއްޖޭގެ ދުސްތޫރަށް ބެލިޔަސް އެމް.ޑީ.ޕީގެ ސެކިޔުލަރ އެކަކަށްވެސް ވަޒީރުކަން ކީއްކުރަންތޯ؟ މިޤައުމުން ވެލިފުކެއްގެ މިންވަރުވެސް ޙައްޤެއް ނުވާނެ.

    16
  14. ޕަރުވޭޒް މުޝައްރަފް

    އެއީ ކުމުންދޫ ނަސީރު އާ ދޮން އައިމިނަގެ ދަރި ރާއީ އެކޯ މަޖިލީހަށް އަރަން ދިން ސްޕީޗް ގައި ކިޔެއްނޫންތަ އަޑެއްނާހަންތަ މަކުނުދޫ މީހެކޭ ނުކިއައްޗޭ ދެންވެސް މަކުނުދޫ މީހުން އޭނަޔަށް ވުރެ ބޯރަނގަޅު ވާނެ މައުމޫނުވެސް މަކުނުދޫގައި ހުންނެވީ އެރަށް ސަޅިވީމައޭ

  15. ފަހުން އަލީ

    ކަލޯ އުޅޭ ގޮތެއް ދީނާ ހާދަ ދެކޮޅޭ

  16. އިދުރީހު

    ދެން އިމުރާނައް ހައްގުމިންވަރުހޯދަން އަނގަވެސް ފުޅާކޮއްލަން ނުކެރޭނެ

  17. ކޮރަލް

    ވެރިކަން ބޭނުންވީމަ އަދާލަތު މުހިއްމު ވީ އެވެ. ވެރިކަން ލިބުނީމަ ކޮލީޝަން ބޭނުމެއް ނުވިއެވެ. އެމްޑީޕީ ގެ ހަގީގަތަކީ މިއި އެވެ.

  18. ހަގީގަތް

    ދެން ރާއީ ޖެހޭނީ މަކުނުދޫ ދާއިރާގެ މަތިން ހަދާން ނައްތާލަން. ވޯޓް ދިން މީހުން މިހާރު ތިބީ ކުރެވުނީ މޮޔަކަމެއް ކަން އިހްސާސް ވެފަ. ކުމުންދޫ ގައި މިހާރު ރާއީ ދެކޮޅު މީހުން ގިނައީ

  19. ޒީރޯ ޓޮލަރަންސް

    މިސަރުކާރު ގެނައީ އެމްޑީޕީގެ މެމްބަރުން ކަމަށް މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވި ކަމަށް އެވަނީ އެކަން ހަމައެހެން އޮތީމަތޯ؟ އެހެންކަމުން ކީއްކުރާ ކޯލިޝަނެއްތޯ އެހެދީ؟

  20. ފުތު

    ތިގޮލާތީ ލާދީނީ ގޮލައެއް.

  21. އެސޮރު

    ރާއީ ކަލޭ ހޮވާފަ ތިޔަހުރީ މަކުނުދޫ ދާއިރާ ކުރިއަރުވަން ވާއެއްވެސް ކަމެއްނެއް، އިސްތިއުފާދީފަ ގޭގަ އޮވޭ.

  22. ޢާއިޝާ

    ކަލޯ، ދުނިޔެ އަތް ދަށުލައިކާލަންވީނު. އޭރުން ހިތް ފުރޭނެބާ