ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރެން ފަށައިފި ނަމަ، އެކަން ސިއްރުނުކޮށް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި ތައުލީމްގެ ބިލަށް ރައްޔިތުންގެ މަޖިލިހުގައި ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސިގައްލާ ފެތުރުނު އިރު، އެކަން ރައްޔިތުންނަށް ހާމަކޮށްދޭން ބޭނުން ނުވި ކަމަށެވެ. އެކަމާ ގުޅިގެން ބޮޑު ކަންތައްގަނޑެއް ކުރިމަތިވި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އޭރު އަޅުގަނޑު ހުރީ ފަރުކޮޅު ފުށީގައި ކުނި ކަހާ ކުއްޖަކަށް. އަޅުގަނޑުގެ ދޮން ބައްޕަ އަބްދުލްއަޒީޒްގެ ވަރަށް ގިނަ ކުދިން އެބަތިބި. ނުލާހިކު ނިކަމެތި ހާލުގައި ހުއްޓައި ސިގައްލާ ޖެހިގެން އަޅާލާނެ މީހެއް ނެތި އަޅުގަނޑު ހުންނަން ޖެހުނީ،" ޖާބިރު ވިދާޅުވިއެވެ.

"އެހެންވީމަ ކޮރޯނާ ވައިރަސް ރާއްޖޭގައި ސިއްރުކޮށްގެން ނުވާނެ. އެކަން ވެސް އޮތިއްޔާ ސާފުކޮށް އެނގެން ޖެހޭ،"

ޖާބިރު ވިދާޅުވި ގޮތުގައި އުމްރާ އަށް ދާދި ފަހުން ވަޑައިގެން، މިފަދަ ބަލިމަޑުކަމަކުން ރާއްޖެ ސަލާމަތް ކުރޭތޯ ދުއާ ވެސް ކުރެއްވި ކަމަށެވެ.

ޖާބިރު ވަނީ އިޓަލީގެ މިލާނުން މަތިންދާ ބޯޓުތަކުގައި އަންނަ މީހުން ސްކްރީން ކުރެވޭނެ ނިޒާމެއް އޮތްތޯ ސުވާލު ކުރައްވައިފައެވެ. އަދި އެއްވެސް އެއްޗެއް ސިއްރުކޮށްގެން ފައިދާއެއް ނުވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޗައިނާގައި ފެތުރެން ފެށި ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެ ކަމުގެ ފުރުސަތު ބޮޑުކަމަށް ވާތީ، ކަމާބެހޭ އިދާރާތަކުން ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ. ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށް، އޭގެ ދަށުން މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢެޑްމުންޑޯ

    އިބްރާހިމްނާސިރުގެ ވެރިކަމުގެ ފަހުދައުރުގައި ޖެހުނީ ކޮލެރާ ، ރައީސް މައުމޫނުގެ ފުރަތަމަ ދައުރުގައި ޝިގިއްލާ ޖެހުނީ ، ޖާބިރަށް އޮޅުނީ

    15
    1
  2. ހިޔަލަ

    ރަށްރަށުގައި ވެސް ކޮރޯނާ ގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކޮށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ޙާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ޙާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތަކާ ފަރުދީ ޒިންމާ ނަގާނެ ގޮތުގެ މައުލޫމާތު ވެސް ރައްޔިތުންނަށް ހިއްސާ ކުރުމަކީ މުހިންމު ކަމެއް...
    މިފަދަ ޙާލަތެއް މެދުވެރިވުމުގެ ކުރިން ރައްކާތެރިވުމަށް ދުރާލާ ރޭވުމާއި ރައްޔިތުންނަށް މިފަދަ ބަލިތަކަށް ރައްކާތެރިވުމަށް ބޭނުންވާނެ ސައްޙަ މަޢުލޫމާތު ފޯރުކޮށްދޭން ފެނޭ..

    16
  3. އަބު

    ޖާބިރު، މަނިކުފާނު މިހާރު ތިޔަ ދައްކަވަނީ އިތާ ހިތުން ގުޅޭ ކަހަލަ ވާހަކަ.. ޝުކުރިއްޔާ. ތިޔައީ މަޖުލިސް މެންބަރުގެ ބަހާއި އަމަލު ހުންނަންވީ ގޮތަކީ... އޭރުންން އަޅުގަނޑުމެން ބަލައިގަންނާނަން...

    32
  4. ރާއްޖެތެރެ

    ކިތަންމެ ގިނަ ޑުރިލް ބޭއްވިޔަސް އަތޮޅު ތެރޭގައި ބައްޔަށް ޓެސްޓު ކުރެވޭނެ ވަސީލަތެއް ނެތިއްޔާ ކޮބާ ތިޔަ ޑްރިލްގެ ބޭނުމަކީ

    32
  5. ކަހަނބު

    އޭ ޖާ ކެސިނޯ ގިނަވަންޏާ ވާނީ އެހެން އަނެއްކާ ކައޭ ވެސް ޓެސްޓް ޕޮޒިޓިވް ވީތަ

  6. ކޮރޯނާ

    ސިއްރުކޮށްގެން ނޫނީ ނެތޭ ވާކަން... އަތަކު އެއްޗެއް އޮތީއެއް ނޫން ބަޖެޓުގަ ލާރިއެއް އޮތީއެއްނޫން... ތައްޔާރޭ ކިޔާއިރު ފުދިގެން ޢުޅޭ ގައުމުތައްވެސް އެއުޅެނީ ނުވެގެން.... މިމީހުން ތަނެއްގަ 2 އެނދުބަހަޓާފަ ކަންދައްކަން ޑިރިލް ޖެއްސީމަ ނުރައްކާ ވައިރަސްއިން ސަލާމަތްވާކަމެއް ނުދަނަހުރިން! ފަތުރުވެރިން އަންނީ ކުރިއެކޭވެސް އެއްގޮތަށް،

    12
  7. ޗަކޮއެ

    ގައުމު ބަނޑަށް ޖެހިދާނެތީ ބުނަން ނުކެރިގެން މިއުޅެނީ.

  8. ޑްރިލް ސޮރު

    ސިއްރު ކުރުމެެއްނޫން މުހިއްމީ! ކަށަވަރުވެ އެގޭ ގޮތުގައި މިރާއްޖޭގައި މިއުޅޭ ގިނަ ބައެއްގެ އާދަ ތަށް އެހުރީ ކޮރޯނާ އަށް މަރުހަބާ ކިޔާގޮތަށް! ކުޅާއި އަރިދަފުސް ފޮޅާ ތަޅާބާލަނީ ގޮތެއް ފޮތެއްނެތި! ޙަށަމް ބަދެގެން މިސްކިތުގައި ހުރެފައި ފޮޅާ އަރިދަފުހުގެ ޓިށޫ އެލަނީ ހާބީ ހެދުމުގެ ޖީބަށް! މިކަމާ ބެހޭ އިދާރާތަކުގައި އެތިބީ ރައްޔިތުންގެ ފައިސާއިން އުޖޫރަލިބިގެން ނިދާފައި ތިބޭބައެއް! ކޮންތަރައްގީ އެއްގެވާހަކަ އަގަ ތައްމިނަށް ހުޅުވާފަ މިދައްކަނީ!

  9. ތާރީޚް

    ކޮލެރާގެ ވަބާ ރާއްޖެ އައީ 1978 ގައި. އެއީ ނާސިރުގެ ވެރިކަމުގެ ފަހު އަހަރު . ޝިގެއްލާ ރާއްޖެ އައީ 1982 ގައި . އޭރު މައުމޫނުގެ ވެރިކަމަށް 3 އަހަރު ފުރި 4 ވަނަ އަހަރަށް އަޅާފަ އޮތީ . މައުލޫމާތައްޓަކައި މިވާހަކަ ދަންނަވާލީ . ޢަހަރެން 1982 ގައި މަޖީދިއްޔާ ސްކޫލްގައި އުޅުނުއިރު ކެޑޭޓް ކުއްޖެއްގެ ގޮތުގައި ގޭގޭ ގެ ވަޅުތަކަށް ކްލޯރިން އަޅަން ދިޔަ ހަނދާން ވަރަށް ރަނގަޅަށް ހުރޭ .

  10. ކަލާމް

    މިކަހަލަ ބުރާންތިން މިތެބެނީ ރައްޔިތުން މަޖިލިސް ގެ މެމްބަރުން ގޮތުގައި. 19 ރައްޔިތުން މަޖިލީހުގެ ރައީސަކީ މި ގައުމަތް ޖެހިފައިވާ ބޮޑު މުސީބާތެއް.. މި ލޮލީ އަކީ އޭގެ ދެވަނަ މީހާ އިނގޭ އެއްވެސް އެއްޗެއްނޯންވޭ ..އެކަމަކު ހަމަ ހުރިހާކމަެއް އިނގިގެން އުޅޭ ދެމީހުންމިއީ

  11. ބޮޑުވަޒީރު

    މި ވައިރަސް މުޅިދުނިޔެ އަށް ފެތުރިފަ އޮތް އިރު ވަކި ރާއްޖެ އައް މިހާރު މި ވައިރަހުގެ އަސަރު ކޮއްފަ ނުތުމަކީ ނެތް ކަމެކޭ ނެތް ބުނެވޭކަށް، ވ ވ ވ ވ ބޮޑައް އެބަ ޖެހޭ މިކަން ދިރާސާކުރަން، ބޭރުން އަންނަ މީހުން އަންނަވަރުން އަންނަނީ އެތެރެވަނީ.، ތަޖުރިބާކާރުން އެބަ ބުނޭ 14 ދުވަސް ފަހުންވެސް ވައިރަހުގެ އަސަރު އެބަކުރެޔޭ 27 ދުވަސް ވަންދެންވެސް އަލާމާތެއް ނުފެނި ހުރެދާނެޔޭ އެ މުއްދަތުގަ ނުއެގި ފަހުންވެ އޭގެ އަސަރު އެބަ ފެނެޔެ،، ވީ އިރު 14 ދުވަހު ކަރަންޓީނު ކުރިޔަސް ނިސާނެއް ނުފެނި ފަހުން ވެސް ނިސާނެއް ފެނިދާނެ، ދެން ރިސޯޓް ތަކައް ދާ ފަތުރުވެރިން ފަރާތުން މި ވައިރަސް ފެނުން ވ ވ ވ ބޮޑަށް ގާތް، އެންމެ ރަނގަޅީ ބޭރު ގައުމު ތަކުންވެސް އެއްވެސްވަރަކަށް މީހުން ވެސް މުދާ ވެސް ނުގެނެސް މަޑުކޮއްލުން، ދިވެހިންގެ ރައްކަލަކަށް،