"ދީނާއި ޤައުމުގެ ދިފާޢުގައި"ގެ ނަމުގައި މިމަހުގެ 13 ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއަކީ ތަފާތު ބޮޑު ޖަލްސާއަކަށް ހަދާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އެ ޖަލްސާއާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވަމުން ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރ އަދި ކައުންސިލް މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މި ޖަލްސާ ވެގެންދާނީ ބަޔަކަށް ވަރަށްބޮޑު ހައިރާންކަމެއް ގެނެސްދޭނެ ޖަލްސާ އަކަށް ކަމަށެވެ. އަދި ވިދާޅުވީ ޖޭޕީން ތައްޔާރުވަނީ 2023ގެ ރިޔާސީ އިންތިޚާބަށް ކަމަށެވެ.

ރިޔާޒު ވިދާޅުވީ ދުނިޔެ މައްޗަށް އިރުއަރާ އިރު އޮއްސޭ ކޮންމެ ދުވަހަކީ ޖޭޕީގެ އަސްލު ސައިޒާއި މަސައްކަތް ވަރަށް ސާފުކޮށް ފެނިގެންދާނެ ދުވަހެއް ކަމަށާއި، އަދި މީގެ ހަތަރު މަސް ކުރިން ޖޭޕީން ފެށި މަސައްކަތުގައި ޕާޓީއަށް ލިބެމުން އަންނަ ކުރިއެރުންވެސް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތައްޔާރުވަނީ 2023 އަށް އަނެއްކާވެސް އިރާދަ ކުރެއްވިއްޔާ. އަޅުގަނޑުމެންގެ އަސްލު ސައިޒާއި މަސައްކަތް ވަރަށް ސާފުކޮށް ފެނިގެންދާނެ އިރުއަރާ އިރު އޮއްސޭ ކޮންމެ ދުވަހަކު ތިބޭފުޅުންނަށް،" ރިޔާޒު ވިދާޅުވިއެވެ.

ވިލުފުށީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ރިޔާޒު ރަޝީދު ވިދާޅުވީ ޖޭޕީގެ ބޭނުމަކީ މީހުން އެއްކުރުން ނޫން ކަަމަށެވެ. އަދި ވިދާޅުވީ ޕާޓީ އަށް އަންނަ ކުރިއެރުމާއި ޕާޓީ އަށް މެމްބަރުން އިތުރުވަމުން އަންނަ މިންވަރު ފެންނާނެ ކަމަށާއި މިހާރުވެސް 14 ހާހަށްވުރެ ގިނަ މެމްބަރުން ޕާޓީގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، މިމަސް ނިމޭއިރު 15 ހާހަށް މެމްބަރުން އިތުރުވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"މިހާރު ގާތްގަނޑަކަށް 14 ހާހަށްވުރެ މައްޗަށް އަޅުގަނޑުމެންގެ މެމްބަރޝިޕް އިތުރުވެގެން ދިޔައީ. މިމަސް ނިމޭއިރު އިރާދަ ކުރެއްވިއްޔާ 15 ހާހަށްވުރެ މަތީގަ އަޅުގަނޑުމެންގެ މެމްބަރޝިޕް އޮންނާނެ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބާއި އަދި އޭގެ ކުރިން ބޭއްވި ރިޔާސީ އިންތިޚާބު ތަކުންވެސް ޖުމްހޫރީ ޕާޓީ އާ ނުލާ އެއްވެސް ޕާޓީ އަކަށް ކާމިޔާބު ކުރެވިފައި ނޯންނާނެ ކަމަށާއި، ކޮންމެ ފަހަރަކުވެސް އޭގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ ޕާޓީ އަކީ ޖުމްހޫރީ ކަމަށެވެ.

"ވޭތުވެދިޔަ ރިޔާސީ އިންތިޚާބު ތަކަށް ބެލީމަ އެނގޭނެ އެއްވެސް ޕާޓީ އަކަށް ޖޭޕީ އާއިނުލާ ވިން އެއް ނުކުރެވުނު. ކޮންމެ އިންތިޚާބެއްގަވެސް ކޮން ބަޔަކަށްތޯ ވެރިކަން ލިބޭނީ، ކޮން ބަޔަކަށްތޯ ވެރިކަން ދާނީ މި ޑިސައިޑް ކުރަނީ ޖެޕީ. މީގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ޖުމްހޫރީ ޕާޓީ،" ރިޔާޒު ވިދާޅިވިއެވެ.

ޖުމްހޫރީ ޕާޓީ އާއި އެންމެ ވާދަވެރި އެއް ޕާޓީ އެއްގެ ގޮތުގައި އެމްޑީޕީ ފިޔަވާ ދެން އޮތް ފިކުރަކީ ޕީޕީއެމް ކަމަށް ވިދާޅުވަމުން ރިޔާޒު ވިދާޅުވީ ޕިޕީއެމަށް 2013 ގެ އިންތިޚާބުވެސް ކާމިޔާބު ކުރެވުނީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާއިއެކު ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބުނު ދެފަހަރުވެސް ކާމިޔާބު ކުރެވުނީ ޖުމްހޫރީ ޕާޓީއާއެކު ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނަހުލާ

    އަހަރުމެން ތިބޭނަން ބަލަން

    59
    1
    • ޙައްގުބަސް

      ކީއްކުރަން ދައްކާ ތަފާތެއް! މީހުން އެއްކުރެވޭވަރު ގިނަކުރަންތަ؟ ބަޔަކު ނޫޅޭ ތަފާތު ބަލާކަށް! ފުރަތަމަ ކަމަކީ ދީނާ ގައުމަށްޓަކައި މިސްލޯގަންގެ ދަށުން ޖޭޕީން ތިޔަ ބާއްވަން އުޅޭ ޖަލްސާ ބާއްވަން ނިންމިއިރު ޖޭޕީގެ ބަހާ ޢަމަލާ ދިމާނުވާކަން ރައްޔިތުންނަށް އެނގޭ! ކަނޑައެޅިގެން ދީނާ ޚިލާފު އެތައްކަމެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބަޔަކާ އަދި އެކަމަށް ހިތްވަރުދޭ ބަޔަކާއެކު ދެމި ތިބޭތިބުން ރައްޔިތުން ގަބޫލުނުކުރޭ! ކަނޑައެޅިގެން ދިވެހިންގެ ގައުމިއްޔަތާ ގަައުމުގެ މިނިވަންކަމަށް ބުރުއަރާގޮތަށް އަދި އަވަށްޓެރި ގައުމެއްގެ ނުފޫޒާ އެގައުމުގެ ސިފައިން މިގައުމަށް ފާކޮށްގެން ތިބޭ ތިބުމާއި ދެކޮޅަށް މިހާތަނަށް ޖޭޕީން އެއްވެސް ބަހެއް ނުބުނެ އޮތް އޮތުން ރައްޔިތުން ގަބޫލުނުކުރޭ! މިފަދަ ނުބަައި ހުރިހާ ކަމަކަށް ވާގިވެރިވާ ނުލަފާ ދޮގުހަދާ ތަރައްގީއެއްވެސް ނުގެނެވޭ ހިޔަޅު ޕާޓީއަކާ ކޯލިޝަން ހަދައިގެން ޖޭޕީން ތިބޭ ތިބުމުން އެނގިގެންދަނީ ޖޭޕީގެ އަސްލު ސިފަ!! މިކަންކަމާ މިސިޔާސަތުތައް ބަދަލުނުކޮށް ޖޭޕީން ހަތަރު އަނގައިން ދައްކަމުންދާ ވާހަކަ ދިވެހި ގިނަ ރައްޔިތުން މިހާރު ގަބޫލުނުކުރޭ! ޖޭޕީގެ ލީޑަރަކީވެސް އަމިއްލަ އަންބޮނޑި ބޮޑުކުރެވޭނަމަ ކޮންމެ ގޮތެއްވިޔަސް ވަރިހަމަވެގެން ހުންނަ ފަރާތެއްކަންވެސް ގިނަބަޔަކު މިހާރު ގަބޫލުކުރޭ! ޖޭޕީ މިހާރު އޮތް ހާލަތުން ދީނާ ގައުމަށްޓަކައޭ ކިޔާފަ ޖަލްސާއެއް ބާއްވަނީ ކޮންބަޔަކަށް އޮޅުވާލަންތޯ؟ ކާނިވާ ސަރަޙައްދު ފުރާލުމުގެ މަގުސަދުގައިކަމަށް ބޮޑަށް ބެލެވެނީ ދީނާ ގައުމަށްޓަކައޭ ކިޔަނީ!! ދަންނަވަންތޯ ނެތޭ ޖޭޕީގެ އިޚްލާސްތެރިކަމެއް! އެއް ހޮރަކުން ދެފަހަރު ކަށި ޖެހިޔަ ނުދޭނެކަމަށްބުނެ އެހޮރަށް ވަދެ މިހާރުވެސް އޮތްތަން މިފެންނަނީ!!

      36
      2
      • ފަޅުވެރިން

        ވަރަށް ސީދާ ވާހަކަކޮޅެއް ތިޔަދެއްކެވީ.

        10
        2
  2. ބުރުތުގާލް

    އޭ ރިޔާޒް ކައޭ ދެބޯ ގެރި ދުއްވާ ދުއްވާ ދިވެހިން ފޫހިވެއްޖެ

    31
  3. ޒާ

    ވިލާ ރިސޯޓްތަކުގެ ހުރިހާ މުވައްޒަފުންނާއި ގެސްޓުން ނެނަޔަސް ހާހެއްހާ މީހުންވެސް ހަމަ ނުވާނެ. ހެހެ. އަމިއްލައަށް ފަލީހަތްވާން ކާނިވާ ތިހޯދީ.

    34
  4. ސަކީނާ

    ތިޔަ ޖަލްސާ ކުނޫޒުގަ ބާއްވަން ފެނޭ އެތަނަށް 2، 3 މީހުން ދިޔަޔަސް އެތަން ފުރޭނެ އޭރުން ހީވާނީ މީހުން ވަރަށް ގިނަހެން، އަސްލު ސައިޒް އެނގޭނީ އިންތިހާބު އޮންނަ ދުވަހު ހެހެހެހެ

    26
  5. ާަާަަައަސްލު

    ﷲއާއި ރަސޫލާއަށް ފުރައްސާރަކުރާއިރުވެސް ހަމަބަލަން ތިބެފަ، އަދުލުއިންސާފް ނެތިދާއިރުވެސް ތިބެފަ، ގާސިމްއަންހެނުން ޕާޓީކުރާއިރުވެސް ބަލަންތުބެފަ ކޮންގައުމާ ދީނެކޭކިޔާކައް..ﷲއިރާދަކުރެއްވިއްޔާ ތިބައިގަނޑު ބާރެއްނެއްބައެއްކަމުގަލައްވާށި..

    31
  6. ޣަަާސިމޯ

    ރިޔާޒު ކަލޭތިއުޅެނީި ޔާމިން ދުވަސް ދުއްވާލިހެއް މަގެޭދުވަސް ދުައްވާލައްދޯ

    21
  7. މާކުންބެ

    ތެޔޮބޯޓޭ ތެޔޮ ލޮރީއޭ ނު ކިޔާ...ފްލައިމީއިން ހިލޭ ޓި ކެޓްދީގެން މާލެއަށް މީހުންޖަމާނުވާނެ ކަމަ ކަށް ބަޔަ ކުނުބުނޭ..އަދި ޙައިރާނެވެސް ނުވާނެ..ނި ކަން ވަރުހުރިނަމަ ވޯޓުން ދައް ކަދީ..ޖޕގެ ރަޖިސްޓްރީން ދައް ކަދީ...އެހެން ނޫނަސް ކޮންބައެއް ޖޕގެ ކަމަ ކާ ކަންބޮޑުވަނީ..ތިޔައީ ސަރު ކާރު..މޑޕއިން ބޮޑުޖަލްސާއެއް ބޭއްވީމަ އެ ކަމާ ޙައިރާންވާނެ ބަޔަ ކުނުތިބޭނެ ސަރު ކާރު އޮތީ ތިމީހުން އަތުގަ ވަސީލަތްތައޮތީ ތިމީހުންއަތުގަ ފައިސާއޮތީ ތިމީހުންއަތުގަ..ޕޕމއިން ބޭއްވި ޖަލްސާފެނިފަ ބަޔަ ކަށް ވަރެއްވެއްޖެތާ..ކަލޭމެން ވާދަޖަހަނީ ޕޕމއާ އެ ކަމަ ކު ގޮވަމުންދަނީ ތިމަންނާމެންމީ އިދިކ ކޮޅު ކޯލިޝަނޭ ޕޕމއާ އެ ކައްޗެ ކޭ..ފައިސާދީފަ ގަނެގެން ގެންދަނީ ޕޕމގެ މީހުން..ވާދަ ކުރަނީ ޕޕމއާ ޕޕމ އަށް ކުރިއެރުމެ ލިބެންނޭދެނީ ޕޕމގެ ލީޑަރު ޖަލަށްލާން ބާރުއެޅީ މިމީހުން..ތި ކިޔަންއުޅޭއެއްޗެ އިގޭނީ ތެޔޮ ފީފާއަށް...

    21
  8. މުހައްމަދު

    ???????

  9. މާމިގިލީ މީހާ

    ބުރުމާ އެކަށް ތާއީދެއް ނެތޭ. ބުރުމާ ޖަހާ މަކަރަކީ ބޯގިނަ ކުރާން 100 ރުފިޔާ ދީގެން ބަންގާޅީން ޖަލްްސާއަށް ގެންދާނީ. ދެއަތައް އެބުރޭ ބުރުމާ... އެއްވެސް މީހަކު ނުދާނެ ތިޔަ ބުރުމާގެ ޖަލްސާއަކައް.ދެން މީނާގެ މުއައްޒިފުންނައް މަޖުބޫރު ކުރާނީ. ވަޒީފާގެ ބިރު ދައްކައިގެން. މިހާރުވެސް މާމިގިލީ އެޔާޕޯޓުގެ ކުދިނައް މަޖުބޫރު ކޮއްގެން 30 މިނެޓް އިތުރައް ޑިޔުޓީ އެނަގަނީ. 8 ޖަހާއިރު ދާ ކުދިން މިހާރު ނިމެނީ 4:30 ގަ. ކޮންބައިތޯ ވަޒީފާޔާ ބެހޭ ގާނޫނު.

    21
    2
  10. ލަކީ

    ޙެހެ ރިޔާޒު ހާދަ ފައިސާއެއް ހޯދާއިގެން އިއްޔެގަ ތިދިޔައީ އެކަން ކަވަރުކުރަން މިއަދު ނޫސް ކޮންފަރެންސް ބާއްވާނީ ސާބަސް ބޯހުރޭ

    17
  11. އިކްލީލް

    ވިލާގައި މަސައްކަތްކުރާ އެންމެންގެނެސް ޖަލްސާ ބާއްވާ! މަވާ ސަލާން

    2
    1
  12. އަލަޑަބިޔާ

    ގައުމައްލިބުނުކޮންމެެެެެެެެެެެެެެެެނިކަމެތިކަމެއް
    ލިބުނީގާސިމުގެބައިވެރިވުންއޮވެގެން
    ކަަަަަަަަަަަަަަަަަަަަަންރައްޔަތުންނައްއިގޭ

  13. އަހްމަދު

    ޖޭޕީވެސްބައިވެރިވާ ކޯލިޝަން ސަރުކާރަކީ ލާދީނީ ސަރުކާރެއްކަން ރައްޔިތުންގަބޫލުކުރާއިރު ދީނާ ގައުމުގެދިފާއުގައޭކިޔާފަ ލާރިދީގެން ކާނިވަލައް މީހުންތަކެއްއެއްކުރުމައްވުރެ ދީނާޚިލާފައް ސަރުކާރުގެ އަމަލްތައްހުންނަކަމައް ގަބޫލުކޮށް ސަރުކާރު ކޯލިޝަނުންބޭރުވާންވީނު އޭރުންރައްޔިތުންގަބޫލުކޮށްފާނެކަންނޭގެ

  14. ޢައްޔަބެ

    ފައިސާ އާއި މުދަލަށްޓަކާ ގައުމާ ދީން ދޫކޮށްގެންތިބެ ތިދައްކާވާހަކަ ދެކޮޅު ޖެހޭބާ! ސައްލިއަށް ހެއްލޭ ބޯގިނަ ކުރެވިދާނެ!

    10
  15. ޒަރީރުގެ ހުދާ

    އެކައްޗެއްވެސް ނުދެއްކޭނެ. ގެ އެނދަކަށް ނޭރޭނެ ފާޑުފާޑު ކޮށްފައެއް.