އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރި ވަލު ތެރޭގައި ބަޔަކު އަލިފާން ރޯކޮށްލައިފިއެވެ.

މިހާރު އެ ސަރަހައްދުގައި އެމްއެންޑީއެފް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރި ވަލުތެރޭގައި އަލިފާން ރޯވެގެން ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އައްޑޫ އާ ހޮސްޕިޓަލް ކައިރި ވަލުގައި ރޯކޮށްލާފައި - ފޮޓޯ: އެމްއެންޑީއެފް

އަދި މިހާދިސާގެ މައުލޫމާތު އެމްއެންޑިއެފް އަށް ލިބުނީ މިއަދު މެންދުރު 12:37 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެ އަލިފާންގަނޑު 200 ފޫޓަށް ފެތުރިފައި ވާ ކަމަށެވެ. އަދި އަލިފާން ކޮންޓްރޯލް ކުރުމަށް ފަޔާ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި 14:00 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.