ސިވިލް ސާވިސް މުވައްޒަފުން ހަރަދު ކުޑަކޮށް، ވަޒީފާ އަދާ ކުރާ އޮފީހުގެ މަގްސަދުތަކާއި، އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރަން ސިވިލް ސާވިސް ކޮމިނުން އަންގައިިފިއެވެ.
މިގޮތަށް މަސައްކަތް ކުރަން އަންގައި މިހާރު ވަނީ ސާކިއުލާއެއް ނެރެފައެވެ.
އެ ސާކިއުލާގައި ވިދާޅުވެފައި ވަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސިވިލް ސަރވިސް މުވައްޒަފުންގެ އެއްބާރުލުން އިތުރުކުރުން ދިވެހި ސިވިލް ސަރވިސް ޚިދުމަތަކީ ދައުލަތުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ މުސްތަގިއްލު ޚިދުމަތެއް ކަމަށެވެ.
އަދި މި ޚިދުމަތް ދިނުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ދައުރަކީ، ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު، ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްކުރުމެއް
ނެތި ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާއި، ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން ކަމަަށް އެ ސާކިއުލާގައި ވެއެވެ.
އަދި ހުރިހާ ފަރާތްތަކުން ސިޔާސީ ނުފޫޒުތަކުން އެއްކިބާވެތިބެ، އެ ހިނދަކު ވެރިކަން ހިންގުމާ ހަވާލުވެއޮތް ސަރުކާރެއްގެ ސިޔާސަތު އެކަށައެޅުމުގައާއި، އެ
ސިޔާސަތުތަކަށް އަމަލީސިފަ ގެނައުމުގައި އެހީތެރިވެދޭން ވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް އެ ސާކިއުލާގައި ވެއެވެ.
އެހެންކަމުން، ސިވިލް ސަރވިސްގެ އިދާރާތައް މެދުވެރިކޮށް ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތަކާއި، މަސައްކަތްތައް، އެ ޚިދުމަތެއް ނުވަތަ މަސައްކަތެއް ނިންމަންޖެހޭ އަވަސްމިނުގައި ނިންމުމަށް ނަސޭހަތްތެރިވެފައި ވެއެވެ.
"އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ މަޤްސަދުތަކާއި އަމާޒުތައް ހާސިލުކުރުމުގައި، ޚަރަދުކުޑަކޮށް، ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ފައިދާވާނޭ އުޞޫލުތަކުން، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ މަޤްސަދުތަކާއި، އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރުމަށް ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުންނަށް އަންގައި އެ ގޮތުގެ މަތިން ޢަމަލުތައް ބެހެއްޓުމަށް ދަންނަވަން". އެ ސާކިއުލާގައި ވެއެވެ.
އަދިވެސް ސިވިލް ސަރވިސްގެ މުއައްޒަފުން ތަ ހަ ރަދު ކުޑަކު ރަންވީ. ތި މެންބަ ރުންގެ، މުސާ ރަ، ކުޑަކޮށް ބަލަ
އެވެރިން އެތިއްބަވަނީ ލަނޑުދަނޑި ހާސިލް ކޮއްގެނޭ
ކުންފުނިތަކުން އެނަގާ އޯޓީ ތަކަކީ ހައްގުން ކަމަކާ ނުލާ ނަގާއެއްޗެއް މަސައްކަތެއްނުކޮއް ސައި ކެފޭތަކުގައި ތިބެފާގޮސް އޯޓީ މީ ކޮންފަދަކަމެއް. ވިސްނަލަބަލަ. ގައުމު އިނދަ ޖެހެނީ
ކުރިޔަށް އޮތް އިންތިޚާބުގެ ވޯޓަށް ސިވިލް ސާވެންޓުން ބިރުގަންނަވަނީ! ނުލިބޭނެ ވޯޓެއް!
ޑިމޮކްރަސީގެ ބާރަ އަހަރުގެ ތެރޭގައި މިނިވަން މުވައްސަސާތައް އުފައްދައި ބޮޑެތި މުސާރަތައް ދީފައި ސިޔާސީ ގިނަ މަގާމުތައް އުފައްދައި ބޮޑު މުސާރައާއެކު ރޯނުއެދުރުންނަށް ދީފައި ގުރުބާންކުރާތައް މިފެންނަނީ މިކައް. އަނެއްކާވެސް އަނެއް ގުރުބާނީއަކަށް މި އް ތައްޔާރުވަނީ. މުސާރަ ބޮޑު ނުވާތާވެސް 12 އަހަރުވީއޭ ބުންޏަސް ދޮގަކަށް ނުވާނެ. 12 އަހަރުގެ ތެރޭގައި އިންފްލޭޝަނަށް ވީގޮތް ކިޔައިދޭން ދަންނަ މީހަކުވެސް ހުރިހެނެއް ހިއެއް ނުވޭ. ރައްޔިތުންނަށްޓަކައި ވަތަނަށްޓަކައި ގައުމަށްޓަކައި ވަރަށް ތެދުވެރި ކޮންމެ 5 އަހަރަކުން އެތައް ގޮނޑިއެއް އިތުރުވަމުންދާ މަޖިލީހެއްވެސް އޮންނާނެ. އެތަނުގައިވެސް އޮންނަނީ މި ކަން ގުރުބާންކުރުން.
ބޭކާ ރުޚަ ރަދުތައްކޮށް ހު ރިހާކަމެއްބޮއްސުންލީމަ ގޮތްހުސްވެގެންޤު ރްބާންކު ރަންމިޖެހެނީ ސިވިލްސާވިސްގެބޭފުޅުން ދުވަހުންދުވަހަށް ސިޔާސީބޭފުޅުންވަނީގިނަ އެކިނަންނަމުގަގާތްތިމާގެ މީހުނަށްއެޅޭބައި ބޮޑުވާވަ ރަކަށް އެތަކުލީފްއުފުއްލަން ސިވިލްސާވިސްގެބޮލަށް ކިހާއިންސާފުވެ ރި ފަތިހަކަށްތޯއަލިވިލެންމިދަނީ! ޝުކު ރިއްޔާ! މައުމޫން ޤާސިމް އިމް ރާން ޝުކު ރިއްޔާ ވޯޓުއޮތީމިހާ ރު އަތްފޯ ރާފަށަށްކައި ރިވެފަ ވިސްނަވާ!
ކިތަންމެ ބިރެއް ދައްކަން އުޅުނަސް ލާދީނީ އަންނި ހިމެނޭ ބަޔަކަށް ވޯޓް ދެވޭކަށްނެތް، ވަރަށް ސަލާމް
އަދިވެސް ސިވިލް ސަރވިސްގެ މުއައްޒަފުން ތަ ހަ ރަދު ކުޑަކު ރަންވީ ސިޔާސީ މަގާމް ތައް މަދުކޮށްބަލަ
ސިޔާސީ މަގާމް ތައް މަދުކޮށްބަލަ
ސިޔާސީ މަގާމް ތައް މަދުކޮށްބަލަ.
ސިވިލް ސަރވިސް މުއައޒަފުން ޚަރަދު ކިދަކުރަން މުއަޒަފުންނަށް މުސާރައިގެ އިތުރުން އެއްވެސް އިތުރު އެއްޗެއް ދެއްވައިތޯ
މަޖުލީހުގަ ތިށްބަވާ އަޅުގަނޑު މެންގެ ހާޑް ވޯކިން މެންމްބަރުންގެ ޔޯ؟؟
ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީމަ ދައުލަތުގެ ޚަރަދު ކުޑަވޭދޯ! އަދިވެސް ސިވިލްސަރވިސް މުވައްޒަފުންތަ ޚަރަދު ކުޑަކޮށް އުޅެންވީ!
ބިރުނުދައްކާ ނުލިބޭނެ
ސިވިލް ސަރވަންޓުންނޭކިޔާފަ އަގަ ހުޅުވަން ލަދެއްވެސް ނުގަނޭ،،، ކޮބާ ވަޒީފާއާއި ބެހޭ ޤާނޫނު އޭގަ އޮތީ ކީކޭތޯ ބައްލަވާލައްވާ.. ވަޒީފާގެ ކުރިއެރުމެއް ނުލިބި ބޯނަސްއެއް ނުލިބި އޮޓީ ކޮޅެއް ނުލިބި.. ބިކަ ކޮށްލުމަށްފަހު، ރަގަޅަށް މަސައްކަތް ކުރާށޯ....
ސިވިލް ސާރވަންޓުންގެ ހައްޤުތައް މިސަރުކާތު ގެންދަނީ ފޭރެމުން
ހަރަދު ކުޑަކުރަން ކޮންމެ ފަހަރަކު ސިވިލް ސަރވިސް މުވައްޒަފުން މިގުރުބާން ކުރަނީ. ތިވަރިއްޔާ ސިވިލް ސަރވިސް އުވާލާފަ ހުރިހާ މުވައްޒަފުން ގެއަށް ފޮނުވާލަންވީނު. ލަނޑުދަނޑިތައް ހާސިލް ކުރަން ބޮޑުމުސާރައާއެކީ ސިޔާސީ މަގާމް ދީފަތިބި މީހުން ލައްވާ މަސައްކަތް ކުރުވާ.
ސިވިލް ސަރވަންޓުންނަށް ލިބެނީ ގާނޫނު ހަދާ މަޖްލިސްގެ މީހުނަށް ހަމަ އެކަނި މަޖްލިސްގައި ކެއުމަށް ދުވާލެއްހެ މައްޗަށް ހޭދަކުރާ މިންވަރަށްވުރެ ކުޑަ އެއްޗެއް. ކޮންމެ ދުވަހަކު މަޖްލިސްގައި ބާކީކުރާ ކާތަކެތި ނައްތާލުމަށް އިިންޑިއާއިން މެޝިން ހޯދާފައި ހެނައުމަކީ ލައްކަ ވާހަކަ.
މިގައުމުގަ މި އޮތް ވެރިކަން ވަށްޓާލަން އަޅުގަނޑު ނުކުންނަން ތައްޔާރު، ތިޔަބޭފުޅުން ކިހިނެއްތޯ.
މަށަޢްފެންނަނީ
1-މަޖިލިސް މުސާރަ ކުޑަކުރަން
2-ސިޔާސީ މަގާމު މަދުކުރުން
3-ސިވިލްސާވިސްގައި ރަނގަޅު މޮނިޓަރިން މެކޭނިޒަމް އެއްލާފަ މުވައްޒަފުންވެސް މިހާރަށްވުރެ މަދުކޮށް މުސާރަ ބޮޑުކޮށް
4- ވޯކުވިސާ ބޭނުންވަރަކަށް ބޭނުންކަމަކަށް ލިބުން ރަނގަޅު ކޮށްލުން
5-މަސްދޯނިފަހަރުން ބޯޓްފަހަރުން ބަންގާޅީން ބޭލުން
6-ކުށުގެ ވެށިން ހައްޔަރުވާ ބޮންދުން ޑީޕޯޓް
ތީފޭކް ޚަބަރެއް ރައްޔަތުނަށް އޮޅުވާލު މެއް ރަޔަތުންގެ ލޮލުގައި އަޅުވާ އަނދު ނެއް ރައްޔަތުން ވަރަށްބޮޑަށް ވިސްނާ މިލާދީނީ ބައިގަނޑު ކައުންސިވޯޓު ހޯދުމަށް ޓަކައި ފަތުރާ ރޯބުހު ތާންދޮގު ޚަބަރެއް ރަށްޔަތުން ސައްކުކުރާ ތީއޮޅުވާލުމަށް ފެތުރި ދޮގުޚަބަރެއް އެމީހުން މިސަރުކާރުން ބޮޑު އެއްޗެއްދީގެން ސަރުކާރު ބުނާގޮތަށް މިހާރު އޮނާނީ ނިން މާފަ އެކަންފޮރުވުމަށް އޮޅުވާލުމަށް ނޫސްތަކު ގައިޖަހައިގެން ރައްޔަތު ންގުބޯހެއްދުމަށް ޓަކައި އެބަގަނޑު ނުކުރާނެ ކަމެއް ނުދައްކާނެ ވާހަކައެއް ނުހަދާނެ ދޮގެއްނޯނާނެ ކައުސިލް ވޯޓާދިމާކޮށް އަމުދުން އެފަދަކަމެއް ނުކުރާނެ އެއީވަރަށް ބޮޑުއޮޅުވާ ލުމެއްރަށްޔަތުނަށް އަރުވާލިއަޑެއް ވިސްނާ ލަބަރަށްޔަތުން މިސަރު ކާރުން ބޭނުންވާގޮތަކަ ށްކަވޯޓުގެކަންތަ ނުކުރާނަޔަކު މިސަރުކާ ރަށް ޔަގީ ނުވާބައެއް ވެއްޖެއްޔާ ވަގުތުން ވަޒީފާއިން ވަކިކުރާނެ އެހަމަޔަގީން ކަމެއް ކޮންމެގޮތަކުންވެސް ލާދީނީ ބައިގަޑުބޭނުން ވާނީވޯޓު މިފަހަރު ރަށްޔަތުނަށް އެއަރުވާލި އަޑަކީ ވވ ބޮޑުއޮޅުވާލުމެއް ރަގަޅަ ށްވިސްނާލައިފި ނަމަ މިޚަބަރަކީ ދޮގުޚަބަރެއް ކަންސާބިތުވާނެ!