އަވަށްޓެރި އިންޑިއާގައި ކުށެއް ނެތް މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާ އާއި ބެހޭގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިގެން ބަހުސްކޮށް، އަދި އެކަމާއި ބެހޭ ގޮތުން ސަރުކާރުންވެސް ބަސް ބުނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ގޮވާލައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ކުރީގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވީ އިންޑިއާ މުސްލިމުންނަށްކުރާ އަނިޔާ ޖޭޕީގެ ފަރާތުން "ހަރުކަށި އިބާރާތުން" ކުށްވެރިކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސްގެ ރައީސް މުޙައްމަދު ނަޝީދު، ޚާއްސަކޮށް އެމްޑީޕީއާ ގުޅޭ މައްސަލަތަކުގައި ކުއްލި މައްސަލަތައް ވައްދައިގެންނާއި އެކި ގޮތްގޮތަށް މަސައްކަތްކުރާ ތަން ފެންނަ ކަމަށާއި އެހެންކަމުން މިކަމުގައިވެސް އެފަދައިން ޢަމަލު ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ލެވެލްގައި މިހާތަނަށް އެކަން ކުށްވެރިކޮށް ހުއްޓުވައިދީފައިވެސް ނުވާ ކަމަށެވެ.

"ޖޭޕީގެ ފަރާތުން ރަސްމީކޮށް ޢިއުލާން މިކުރަނީ، އިންޑިއާ މުސްލިމުންނަށްކުރާ އަނިޔާ ޖޭޕީގެ ފަރާތުން ކުއްވެރިކުރާ ވާހަކަ. ހަމަ އެއާއިއެކު އަޅުގަނޑު ދަންނަވާލަން ރައްޔިތުންގެ މަޖިލީސްގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ގިނައިން ކަންކަމުގައި ކުއްލި މައްސަލަތައް ވައްދައިގެންނާއި އެކި ގޮތްގޮތަށް މަސައްކަތްތައްކުރާ މަންޒަރު ފެނޭ ބައެއް އިޝޫތަކުގަ. ޚާސަކޮށް އެމްޑީޕީ އާ ގުޅޭ އިޝޫތަކުގަ. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިންޑިއާ މުސްލިމުންނަށްކުރާ އަނިޔާތަކާއިބެހޭ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިގެން ކުރިއަށް ގެންދިއުމަށް،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިފައިވާއިރު، އިންޑިއާ މުސްލިމުން ތަޙައްމަލް ކުރަމުން އެގެންދަނީ ބޮޑެތި އަނިޔާތަކާއި ވޭން ކަމަށާއި، އެހެންކަމުން އެކަމާއި ދެކޮޅަށް މިއަދު ސަރުކާރުންވެސް އަދި މަޖިލީހުންވެސް އެއްޗެކޭ ބުނުމަކީ ޖޭޕީގެ ވަރަށް ބޮޑު އެދުމެއް ކަަމަށެވެ.

އިންޑިއާގައި މުސްލިމުންނަށް ދެމުންދާ ޙަމަލާތަކާއި ބެހޭގޮތުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) މިއަދުގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމަށް މަޖިލީހުގެ ޤަވައިދު ތަން ނުދޭކަމަށް ވިދާޅުވެ ނަޝީދު ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޯހަލާކު

    ތީރިއަލިޓީ ބޯއި...އަގެއްނެތް 2ބޯގެރިދުއްވާދުއްވާ ރައްޔިތުން ފޫހިވެއްޖެ..ގައުމު ބޮޑުއަނދަވަޅަކަށްވައްޓާލީ ކަލޭމެން....

    32
    4
  2. ވިސްނާލުމަށް އެދެމޭ

    ބަލައިލްހާމޫ ވަޓްއީސް ދިސް... ސަ ރުކާ ރަކީކޮބާ..ޖޕއޮތީ ސަ ރުކާ ރު ކޯލިޝަނުގަ ނޫންތަ...ޖޕ ކޯލިޝަނާ ވަކިވީތަ. މިސަ ރުކާ ރު ގެނައީ ޖޕ އިސްވެއޮވެ..އިލްހާމަކީ މިސަ ރުކާ ރު ގެނައުމަށް ދިޔަހިއްކި މީހެއް..ކަޅުފޮށީގެ ހިއްސާދާ ރެ..ދެން ކޮންގޮވުމެ ގޮވާކަށް..13ވަނަދުވަހު ބާއްވަންއުޅޭ ޖަލްސާއަށް މީހުންއާދޭތޯ ހިންތާއެ ހަދާނެކަމެނެތް...ފައިސާހިންނާނެ ސޭޓްއަތުގަ ގަނެގެން މީހުންގެންދޭ..ހިތާ ރޫހުން އެދިގެންދާނެ ބައެއްނެތް..ފައިސާދީފަ ގަނެގެން ގެންދަންޖެހޭނީ.. މިއީ ރިއަލިޓީއަކީ.. ރައްޔިތުންނަކީ މަ ރުމޯލުންކަމައްތަ ތިމީހުން ހީކު ރަނީ..ނޮންސެންސް...

    25
    1
  3. Anonymous

    ގ. ކެނެރީގެ ބުއްޅަބޭ އަކީ ގެރިމޯދީގެ ޑޮގެއް

    32
    1
  4. މާމީ

    އިންޑިއާގެ މުސްލިމުން މެރުމުގެ ރަސްމިއްޔާތު ފައްޓަން އެމެރިކާ އަދި ދިވެހިރާއްޖެ އިންވެސް ބައިވެރިވި ކަން އެގޭނޫންތޯ؟ އެވަރުންވެސް ތިބޭފުޅުންނަކަށް މިހާރު ނުފެންނާނެ ތިތިބީ އަނދުން އަޅާގެން ވިއްޔާ......

    26
    1
  5. ބޯނެއް ބޯ

    މުސްލިމުނާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގާ ހިނގަމުން ދާ ލާއިންސާނީ އަމަލްތަށް ކުއްވެރިކޮށް އެކަމާ ނުރުހުން ފާޅުކުރުމަކީ މިސަރުކާރަށް ކުރެވޭނެ ކަމެއްނޫން އެއީ މިގައުމުގާ ލާދީނީ އިސްލާމް ދީނަށް ފުރައްސާރަކުރުމާ ﷲރަސޫލާޔަށް މަލާމާތް ކުރުމާ ލާދީނީ ހުރިހާ ކަމެއް ކުރަނީ އމޑޕ އަށް ނިސްބަތްވާ މީހުން ކީއްކުރާނީ ދޯ ދުވެހިން މިތިބީ ޒާތީ ހަސަދަޔާ ބަދަލް ހިފުމުގާ ތިއްބާ އަހަރެމެންގެ ތެރެއަށް ޔަހޫދީން ވަދެ ފައިސާދީގެން މިގއުމު ހަލާކު ކުރަމުން ދާއިރުވެސް މިތިބެނީ މިސަރުކާރަށް ސަނާކިޔަކިޔާ ސޭކު އިމްރާނު އިލްޔާސް އިޔާޒް ކަހަލަގެ މީހުން ކޮބާ އިލްޔާސް ރަސޫލާ ދުޢާދެއްވި މީހުންނަކީ އިސްލާމްދީނަށް ފުރައްސާރަ ކުރާމީހުންތަ މީ މިގައުމަށް އެންމެ ބޮޑަށް ޙިޔާނަތް ތެރިވި ސޭކު

  6. ސޭޓާ

    ހޭއެރީރަ ނޫނީ ހޭބަލިވީތަ؟ ކިހާ ބޮޑު އެއް.

    11
  7. މުނާފިޤު

    ޖޭޕީން ލަދުގަންނަން ޖެހޭނެ މިހާރު ތިގޮވެލިފަތިގޮވަން ކަލޭމެން ކޮބާ އިހައްދުވަހު ދީނައްފުރައްސާރަކޮއް ރަސޫލާއައް ޖޯކުޖަހާ އެމްޑީއެންއޭ ކިޔާ ލާދީނީބަޔަކު ރިޕޯޓު ނެރުނުއިރު މިއަދު ދީނާ ޤައުމައްޓަކައޭ ކިޔާފަނިކުންނަންތިއުޅެނީ އެވެސް އަދި ލޯކަލް ކައުންސިލް އިންތިޚާބައް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޖަލްސާއަކައް މީހުން ނުނިކުންނާނެހެންހީވީމާ މިކިޔަނީ ދީނާޤައުމައްޓަކާ މިހާމަކަރާ އޮޅުވާލުންބޮޑު ބައެއްމީ

  8. އަލިބެ

    ލާދީނީ އެމްޑީޕީއަކުން ތިކަމެއް ނުކުރާނެ

  9. Anonymous

    މިއަދު މިޙާލަތަށް މިޤައުމުގެ ގެންދިއުމުގެ ބާނީން ޤާސިމާއި މައުމޫނާއި އިމްރާނާއި ޝޭޚް އިލްޔާސް އިޔާޒް މެންފަދަ ބޭޅުން. ގެރިމޯދީއަށް އަޅުވެތި ވެފައި ވާ މިންވަރު ފެނޭދޯ ލަދު ޙަޔާތް ކުވެސް ކުޑައީ މިސަރުކާރު ގެ .ދިނީ ޢިލްމު ވެރިންނޭ ކިޔާ ބޭފުޅުން ކޮޅެއް. މުސްލިމުންނަށް އިންޑިޔާގައި އެދޭ އަނިޔާ ފެނޭތޭ. ކެހި ކަނޑުލުން ހިތި ފިލުވާ.

  10. ކޮންބަޔެއް.

    އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގަ އިންޑިޔާއަށް ޤައުމު ވިއްކާލާގެން ރައީސް ސާލިހު އެހުންނެވީ އަދިވެސް ކޯލީޝަނޭކިޔަ. ޖޭޕީ އަމިއްލަޔަށް ކޯލީޝަނުން ވަކިވެބަލަ. އީރާނާ ޤަތަރާއެކުގަ ޑިޕޮލޮމެޓިކް ގުޅުން ޤާއިމްކުރުމަށްވީ ވަޢުދިވެސް ނުފުެއދުނެއްނު ޝާހިދުވެސް ހިންގަނީ ހުސްކަރެޕްޝަން.