ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްގެ ދަރިފުޅު ލައިބާ އަހުމަދު މަހްލޫފް (އެލީ)އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައި، ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އައި ފިރިމީހާ ކަރަން ސިންގ އާ ދެ މީހުން އެލީއާއެކު، ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

ދެ ތަރިންވެސް މީސް މީޑިއާގެ އެކައުންޓުގައި އެލީއާއެކު ނަގާފައިވާ ފޮޓޯތައް މިހާރު ވަނީ ލާފައެވެ.

އެލީގެ ހަތް ވަނަ އުފަން ދުވަހަކީ މިއަދެވެ.

އުފަން ދުވަހުގެ ތަހުނިޔާ ކިޔާ ބިޕާޝާ އިންސްޓަގްރާމް ސްޓޯރީއަށް ވަނީ އެލީ އާއި ފިރިމީހާއާއެކު، ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި އެ ފޮޓޯގައި އެލީގެ ނަން ޓެގްކޮށްފައިވާއިރު، "ބަރަކާތް ލައްވާށި" މިހެން ވެސް ލިޔެފައި ވެއެވެ.

އަދި ކަރަން ވަނީ ޓްވީޓާގައި އެލީއާއެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓްކޮށްފައެވެ. އެ ފޮޓޯ އެލީ ގެންގުޅޭ ޓްވިޓާ އެކައުންޓް ޓްގްކޮށްފައިވާއިރު، އެލީ ވަނީ އެ ފޮޓޯ ރީޓްވީޓްވެސްކޮށްފައެވެ. މީގެ އިތުރުން، މަހްލޫފް އަހުމަދު އާއި އަނބިމީހާ ނަޒޫ ނަސީމްވެސް ވަނީ އެ ފޮޓޯ ރީޓްވީޓްކޮށްފައެވެ.

ކަރަން ކުރި ޓްވީޓްގައި ބުނެފައި ވަނީ، ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދޭ ކަމަށެވެ.

"ނިމުމެއް ނެތް އުފާ ފާގަތިކަމަށް އެދެން، ގާތް އެކުވެރިޔާ މަންކީ މޭން".

މިއީ އެ ދެތަރިން އެލީއާއެކު ކޮން އިރަކު ނެގި ފޮޓޯއެއް ކަމެއް އެނގިފައެއް ނުވެއެވެ.

ބިޕާޝާ އާއި ކަރަން ދާދި ފަހުންވެސް ވަނީ ރާއްޖެ އައިސް، ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްފައެވެ.

ބިޕާޝާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ އެލޯންއިންނެވެ. އެ ފިލްމްގައި ކަރަންވެސް ފެނިގެން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ާައައިންތު

  ދެން އަހަ ރުމެނަށް ކޮންކަމެއް

  86
  2
 2. Anonymous

  މިއީވެސް ނޫހުގަ ޖަހަންޖެހޭ ޚަބަރެއްތަ؟؟ ފްރެންޑުން ފްރެންޑުންނަށް އުފަންދުވަހުގެ ތަހުނިޔާ އަދި އެހެން ތަހުނިތާތައްވެސް ފޮނުވާ، ދެން މިކަހަލަ ބަޔަކަށް މީހަކު ވިޝްއެއްކުރިޔޭކިޔާފަ ޖެހެނީ މުޅިދުނިޔެއަށް އަންގައިގެން ކިބްރުވެރިކަން ދައްކަން، ތަންފުކެއް ބޯޑުވަރު

  72
  1
 3. އިބްރާ

  ފިރިހެން މީހާ އެދައްކައިދެނީ ތިމަންނާއަކީ ޝައިތާނާގެ އަޅެއްކަން އަންގައިދޭ ނިޝާނެވެ.

  64
  1
 4. އައްޑޫ ލެއި

  ތެއޮތީ ހަތެރެސްކަން ހަމަވެފެއި

  63
 5. ބޮޑާ

  މީނާހިތުން މީ ވަރަށް ރަނގަޅު ކަމެއްހެންހީވަނީ ދުނިޔޭގެ މުއްސަނދިކަމަށްވުރެ އާޚިރަތުގެ ތަނަވަސްކަމާއި ހެޔޮކަންބޮޑު

  30
 6. ދިދަ ދަނޑި

  ތީ މިދުނިޔެމަތީ ނުވެފައޮތް ކަންތައް... ބާރަށް ކިނބިއްސެއް އެޅުނަސް ނޫސްތަކުގަ ޖަހަންވާނީ..

  27
 7. ތުއްތު

  ފަސްޓް އޮފް އޯލް ވީއާރ ނޮޓް ސަޕޯސްޓު އުފަންދުވަސް ފާހަގަ ކުރަން. ނިކަން ދެކިބަލަ އެޝައިތާނީ ނިޝާން. އެމީހުންނަށް ފުރުސަތު ލިބުނީނު އެފޮޓޯ މީހުންނަށް އާންމުކުރަން.
  އެހެން ނޫނަސް އިސްލާމުން ނޫން މީހުން ގާތް އެކުވެރިންގެ ގޮތުގަ ނަގައިގެން ނުވާނެ.
  އަދި އެބޭބީއަށް އެނގޭނީ ކޯއްޗެށް. ޕޭރަންޓްސް މިކަމުގައި މައްސަލައަކީ.

  12
  1