އދ. އަތޮޅު ވިލަމެންދޫ ރިސޯޓުގެ މުދިމު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ރިސޯޓުގައި މަސައްކަތް ކުރަމުންދާ 49 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު މެންދުރު ކާން އުޅުނު ވަގުތު ބޮލަށް އެނބުރުން އަރައި، އަރި އަޅާލުމާއި ގުޅިގެން އެ ރިސޯޓުގެ ކްލިނިކަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.

އަދި އޭނާ ނިޔާވެފައި ވަނީ 13:35 ހާއިރުކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެެވެ.

އެ މީހާ ނިޔާވެފައި ވަނީ ގުދުރަދީ މަރަކުން ކަމަށް ކްލިނިކުން އޭނާ ބެލި ޑޮކްޓަރު މައުލޫމާތު ދޭ ކަަމަށް ފުލުހުން ވިދާޅުވިއެެވެ.

މިކަމާއި ގުޅިގެން ރިސޯޓުންނާއި ފުލުހުން ބަލަން ޖެހޭކަންކަން ބެލުމަށްފަހު މިހާރު އެ މީހާގެ ހަށިގަނޑު މާލެ ފޮނުވާލާފައިވާކަަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރިސޯޓުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަރީ

    ކޮވިޑް 19 ؟

    3
    38
    • ާ

      އެޖެންޑާ 19 އަތަށް ގޮވީ
      ކޮވިޑް 19 ވެސް އަތަށް ގޮވަނީ

      9
      45
      • ބިންހުސައިން

        ސުބުޙާނަ ﷲ! ތިއީ ދެންބޮޑުވަރު! إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎ މިހެން ބުނެލާ! ތިބާ މަރުވީމާވެސް ދިރިތިބީން ހެއުދުޢާ ނުކޮށް ބުނަންވީ އަތަށް ގޮވީއޭތޯ؟ ވިސްނާލައްވާ!

        55
        1
  2. އިބްރާ

    އޭނާގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާައިމީ ނިޢުމަތް ދެއްވާށި. އާމީން

    142
    2
  3. ޒ

    މުދިމަކަށްވެސް ބޭރުމީހުން.... ދިވެއްސަކަށް ވަޒީފާއެއް ނުދޭތި....

    29
    4
  4. ހޫން

    ޤުދުރަތީ ގޮތުން މަރުވާނީ. ޙުރިހާ އެންމެން ވެސް

    19
    2
  5. އަހަރެން

    ގުދްރަތީ މަރެއް ވިޔަސް ރިސޯޓް ގެ ބަހެއް ހޯދަން އުޅެން ޖެހޭތަ؟ އެކި މީހުންނަށް މަރު އަންނާނީ އެކިގޮތައް، އެދެން މާބޮޑު ކަމަކަށް ހަދައިގެން ނޫހުގަ ޖަހާވަރު ކަމެއް ބާ؟ އެ ފުރާނަޔަށް ހެޔޮ ރަހުމަތް ލައްވާށި!

  6. އަލިކޮއި

    ނޫން އަމިއްލަ ނަފްސު ޤަތުލު ކޮއްގެންވެސް ބައެއް މީހުން މަރުވޭ އެއީޔަކީ ޤުދުރަތީ މަރަކައްނުވާނެ

  7. އިބްރާހީމް

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

    11
    1