ރާއްޖެއަށް ކަރަންޓްގެ ހިދުމަށް ފޯރު ކޮށްދެމުން އަންނަ ސްޓެލްކޯއިން ކޮށްދެއްވަމުން އަންނަ ބުރަ މަސައްކަތަށް ދިވެހި ރައްޔިތުން ހެޔޮހިތުން ގަބޫލު ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަތާ 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސްޓެލްކޯ އިން ކުރައްވަމުން އަންނަނީ ބުރަ މަސައްކަތްތަކެއް ކަމަށާއި މިހާ ގިނަ ދުވަސް ވަންދެން އެފަދަ އަސާސީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ.

"ތިޔަ ބޭފުޅުން ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ހިދުމަތަށް ދިވެހި ރައްޔިތުން ހެޔޮ ހިތުން ގަބޫލު ކުރާނެ އަދި ބަލައިގަންނާނެ" ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ އެކި ރޮނގުރޮނގުން އިނާމް ހާސިލް ކުރައްވާފައިވާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

"މިހާ ދިގު މުއްދަތެއް ވަންދެން، އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ވަރަށް ބުރަ އަދި ގޮންޖެހުންތައް ބޮޑު ކަމެއް. މިހާ ހިސާބަށް މި ޚިދުމަތް ތަރައްޤީވެގެން އައީވެސް، ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަ، ބުރަ މަސައްކަތްތަކެއްގެ ސަބަބުން. މީގެ އިރުކޮޅެއް ކުރިން އަގު ވަޒަންކުރެވިގެން އެދިޔައީ، އެފަދަ ބައެއް ބޭފުޅުން ކުރެއްވި ވަރަށް މުހިންމު ޚިދުމަތްތަކެއް. އެހެންކަމުން، ސްޓެލްކޯއަށް ނުވަތަ އިންޖީނުގެއަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިގެން، ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ޙާޞިލް ކުރެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު އާދަމަށާއި، ޢަބްދުއްޝަކޫރަށް އަދި މުޙައްމަދު ރަޝީދަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދާއި ހަމައަށްވެސް ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް އަސާސީ ހިދުމަތެއްގެ ގޮތުގައި ކަރަންޓްގެ ހިދުމަތް ދިނުން ކަމަށާއި ސަރުކާރުގެ އަމާޒަކީ ކަރަންޓްގެ ހިދުމަތް ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުން ކަމަށެވެ.

ކޮންމެ އަހަރެއްގެ މިދުވަސް ކޮޅަކީ ހޫނު ގަދަ ވުމުގެ ސަބަބުން ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެ ކަރަންޓް ބިލް ބޮޑުވާ ދުވަސްކޮޅެއްކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. މިކަމުގެ ސަބަބުން ކަރަންޓްގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަވެސް ބައެއް ފަހަރު ދިމާވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސްޓެލްކޯ އިން މިހާރު ހިންގާ 35 އިންޖީނުގެއިން ކަރަންޓްގެ ހިދުމަތް ދިނުމަށް މަހެއްގެ މައްޗަށް 12 މިލިއަން ލީޓަރު ޑީސެލް ބޭނުންވާ ކަމަށާއި އެއީ މަހަކަށް ބަލާނަމަ 92 މިލިއަން ރުފިޔާ ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ހޫނު ދުވަސްވަރަށް ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމުން އިންޖީނުތައް ހިންގަން ބޭނުންވާ ޑީސެލަށް ކުރާ ހޭދަ 9 ޕަސެންޓް އިތުރުވެގެންދާ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ވަނީ ކަރަންޓް އިސްރާފުވާ މިންވަރު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހުރިހާ ބޭފުޅުން ސަމާލުކަން ދެއްވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މޫރިތި

    މި މަހު އައި ކަރަންޓު ބިލު ބޮޑުވެެއްޖެ. ބުނަނީ ހޫނު ގަދަވީމައި ކަރަންޓު ބޭނުންކުރިލެއް ގިނަވީކަމަށް. އެކަމު ބޭނުންކުރަނީ އެއް ފަންކާ. އުޅެނީ ގޭގައި އެއް ބައެއް. ދިއްލަނީ އެއް ބޮތްކެއް. އާ ބޮތްކެއް އާ ފަންކައެއް ހަރެއް ނުކުރަން. ގޭގައި އުޅޭ ގަޑީގައި ނޫނީ ފަންކާ އެއް ނުޖަހަން. މިމަހު 2500 އެެހެން ނޫނީޔާ އަބަދު އަރަނީ އެވެރެޖްކޮށް 2100 ރުފިޔާ. ނެތް ކަރަންޓަކުން ގިނައިން ކަރަންޓު ބޭނުން ކުރާނެ ގޮތެއް ވިސްނާ ވިސްނާވެސް ނޭނގުނު.

    7
    1
  2. ދަރަނި ދަންތުރަ

    އަޅެ ކަލޭވެސް ތިޔަ ނުލަފާ އިނބިލީހާ އެކު ފުޓޯ ނެގީތަ؟ އަލީ އަހުމަދޫ...

    13
  3. މަނިކ

    ދޮގެއް ނޫން

    1
    4
  4. ނާސިރު

    މިވެރިކަން ހަމަ އައުމާއެކު އަހަ ރުމެންގެ ގޭގެ ބިލް 2100 އިން 4500 އަށް ބަދަލުވި. އޭގެ 4މަސްފަހުން މީހުން އެއްޗެހިގޮވަން ފެށީމަ 3800 އަށް ބަދަލުވި. ހޫނު މޫސުން ކުރިންވެސް އާދޭ. ސްޓެލްކޯއިން ދައްކާވާހަކަ ޤަބޫލެއް ނުކުރާނަން.

    6
    1
  5. ވޮއްލެ

    އެއްވެސް ރައްޔިތަކު ހެޔޮހިތަކުން ގަބޫލެއް ނުކުރޭ. މަޖުބޫރުވެގެން ގަބޫލު ކުރަނީ.

  6. މޑ

    ގަބޫލް ނުކުރަން މިވެރިކަން އައިފަހުން ކަރަންޓް ބިލް ވަރަށް ބޮޑު މިއީތޯ ހިންހަމަ ޖެހުމަކީ

    6
    1
  7. ނާޒުކު

    ސްޓޭލްކޯގެ އެންމެ މުހިއްމު މޭސްތިރީގެ ފޮޓޯގަޑެއްލާންވެސް ނުކުރެނު ދޯ

  8. އަބުދުލް ﷲ

    ސްޓެލް ކޯ ސްޓެލްކޯއަށް ވީ ރައީސް ޔާމިނު ކޮއްފައިވާ މަސައްކަތުން

  9. ނާޒުކު

    ސްޓެލްކޯއަށް ޚިދުމަތް ކުރި މީހުންގެ ޕްރޮފައިލްވެސް އެންމެ ކުޑަމިނުން ނުކެރުނު ގެންނާކަށް. އަދި ހާއްސަކޮއް ޢަބުދުއްޝުކޫރަކީ އެތައް ދުވަހެއްވަންދެން ސްޓެލްކޯއަށް ޚިދުމަތް ކުރެއްވި ވެރިއެއް. އަދި މުވައްޒަފުން ލޯބި ލިބިފައިވާ މީހެއް.

  10. ބުއްޅާބެ

    2017+18 އަށް ވުރެ 2019 އާ މިއަހަރު ކަރަންޓު ކެނޑޭލެއް ބޮޑުތަނުން މަދު

  11. މާލް

    ތީ ހަމަ ކެންޕެއިން އެކަމަށް ހާއްސަ ކޮއްފަ ތިބިމީހުން ތީ

    2
    1
  12. ސާކިއުލާ

    ތީ ސީދާ މީޓަރުތަކުގެ ރީޑިން އިން ވައްކަންކަން ކުރާބައެއް

    2
    1
  13. ބޮގަރު

    ހެޔޮނުވާނެ ފޮނި ވާހަކަ ނުދައްކާ ވެރިކަމުން ފައިބާ