ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ދިގު އިންތިޒާރަކަށް ފަހު ލިބިވަޑައިގެންނެވި، ވ.ބޮޑުމޮހޮރާގައި ރިސޯޓު ހުޅުވާނީ ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ކެސީނޯ އާއި އެކު ކަމަށް ވިދާޅުވެއްޖެއެވެ.

ބޮޑު މޮހޮރާ ލިބުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ޖެޓްސްކީ އެއްގައި ބޮޑުމޮހޮރާ އަށް ވަޑައިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ބޮޑު މޮހޮރާގައި ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ކެސީނޯ އެޅުމަކީ މިހާރު ކުރައްވަމުން އަންނަ އުއްމީދެެއް ކަމަށާއި، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ހުއްދަ ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ޖާބިރް ޖެޓްސްކީ ގައި ބޮޑުމޮހޮރާ އަށް ކުރެއްވި ދަތުރުގެ ތެރެއިން

ޖާބިރު ވިދާޅުވީ ބޮޑުމޮހޮރާ ހާއްސަވެގެން ދަނީ، އެރަށަކީ ގުދުރަތީ ގޮތުން ރީތިކަމެއް ލިބިފައިވާ ރަށެއް ކަމުންނާއި، އަދި ރަށުގެ ފަޅަކީ މުޅި ރާއްޖޭގައިވެސް އޮތް އެންމެ ބޮޑެތި ފަޅުތަކުގެ ތެރެއިން ފަޅަކަށް ވާތީ ކަމަށެވެ. މީގެ އިތުރުން އެރަށް މާލެ އާއި ކައިރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބޮޑުމޮހޮރާ އަކީ މެރިން ޓެކްނޯލޮޖީ ކިޔާ ކުންފުންޏަކުން އަޅުގަނޑު ގަނެފައި އޮތް ރަށެއް މާ ކުރީގައި. ދެން އެހެން ނަމަވެސް އަބްދުﷲ ޔާމީންގެ ސަރުކާރުން މީހުންގެ މުދާ ވިއްކައިގެން އުޅުމުގެ ތެރޭގައި އަޅުގަނޑުގެ ހުރިހާ މުދަލެއް ވަނީ ނަގާފައި. އޭގެ ތެރޭގައި އަޅުގަނޑު ރިސޯޓު ހަދަން ގެނައި ކޮންޓެއިނަރުތަކާއި އެގައި ހުރި މުދާވެސް ހިމެނޭ" ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ފާޑު ވިދާޅުވެ ޖާބިރު ވިދާޅުވިއެވެ.

ޖާބިރް ޖެޓްސްކީ ގައި ބޮޑުމޮހޮރާ އަށް ކުރެއްވި ދަތުރުގެ ތެރެއިން

ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓާއި ހަވާލުވެގެން ހުންނަވާ އެލް.ޖޭ ކެރިކޭސަރ ވިދާޅުވީ 36 މަސް ދުވަހުގެ ތެރޭގައި އެރިސޯޓު ބޭނުންވާ ފެންވަރަށް އެއްކޮށް ހަދައި ނިމޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ރިސޯޓުގެ 80 ޕަސެންޓު ހިއްސާ އޮންނަނީ ޖާބިރަށެވެ. އަދި ބާކީ އޮތް 20 ޕަސެންޓުގެ ތެރެއިން 10 ޕަސެންޓު އަނބިކަނބަލުން ދިޔާނާ އަށް ދިނުމުގެ އިތުރުން، އަނެއް 10 ޕަސެންޓު ހިއްސާ ދިނުމަށް ހަމަޖެހިފައި ވަނީ ސަރުކާރަށެވެ. ޖާބިރު ވިދާޅުވީ ސަރުކާރަށް 10 ޕަސެންޓު ހިއްސާ ދިނުމަށް ނިންމާފައި ވާނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވިސްނާފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ހުސެން

    ކެސީނޯ ހުއްދަތަ؟މީހުން ﷲ އަށް ބިރުވެތިވަނީ އެހެނަސް މިމީހުން ހައްތާވެސް ފާހިށުކަން ކަން ނުކުރެވިގެން ހޭބަލިވަނީ

    80
    3
  2. ސޮމެޮނެ

    ބޭނުމީ ކޭބަލް ކާރު ، %10 އެއްނޫން.

    42
    1
  3. ހިތާމަހުރި

    ހާދަހާވާ ކެސިނޯ ވެގެން އުޅޭ ސޮރެކޭދޯމީ.

    57
    3
  4. ދިޔާނާ

    ދިވެހިންނަށް ހެޔޮ އަގުގަ ރިސޯޓުތަކަށް ދެވޭނެ ގޮތެއް ހަދާނީ ކޮންއިރަކު ބާ މާލޭގަ އުޅޭ މީހުންނަށް ރާއްޖޭގެ ރީތިކަން ބަލާލެވެންވެސް ނެތް އަތުން ހަރަދުތަކެއް ނުކޮށް . ޖާބެ މިކަމާ އުޅެބަލަ ތި ރިސޯޓުގަ ދިވެހިންނަށް ހިލޭ ތިބެވޭ ގޮތަށް

    27
    2
    • ރާއްޖެތެރެމީހާ

      މާލެއަށް ރާއްޖެތެރޭ މީހުން ގޮސް ތިބެނީ ހިލޭތަ؟
      މާލެއަށް ގޮސް ބޭސްފަރުވާއެއް ކުރަންވިޔަސް ގޮސް ތިބެންޖެހެނީ ކުއްޔަށް.

  5. jaabiraa

    We Maldivians do not want casino. All should know that the Haraam is Haraam. there will not be any barakaay in the trade or income out of it. Mr. Jabir, please refrain from doing such Haraam activity.

    43
    1
  6. ޙަމަހަމަ

    ޢަމިއްލަ ދުލުން ޓީވީއަށް އަރާ ބުނީ އާޔަތް ކިޔާފަ ތިޔައީ ށައިތާނާގެ އަމަލެ ކޭ!

    ޖާބިރުއަށް ފިޔަވަޅުއަޅާ!

    41
    1
  7. މާމީ

    ކަލޭ ކެސިނޯ އަޅަން ބުނުމުން އަހަރުމެން އެކަމާ ދެރަވޭ އެކަމަކު ﷲ އިރާދަކުރައްވާގޮތަކައް ހުރިހާކަމެއް ނިއްމަވާނީ ކަލެއަށް ތިރައްމިސުލޯސަރުކާރުން ފަހަރުގަ ދީފާނެ ﷲ ނަހީކުރެއްވި ހުރިހާކަމެއް ކުރާގޮތައް، ނެތިކުރައްވަން ﷲ ކުޅަދުންވަންތަ ކަން ހަނދާކުރޭ،،،،،،

    56
    1
  8. Anonymous

    ކަލޭގެ ހަލާކުވުން ގާތް ވެއްޖެކަން ކަށަވަރު

    47
    1
  9. ޒަމީލް

    ރާއްޖޭގައި ކެސިނޯ ހެދޭނަމަ ނާސިގެތައް ވެސް ހެދޭނެތާ..؟

    38
    3
  10. Anonymous

    ބޮޑުމޮހޮރާގައި ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ކެސިނޯ އަޅާނަން - ޖާބިރު

    1 ގަޑިއިރު ކުރިން ( މާޗް 4, 2020 )

    އިރާކުރެއްވިއްޔާ މިނުލަފާކަލޭގެ ކުރަން މިގަސްތުކުރާ މިނުބައި ކަންތައްތަށް ވުމުގެ ކުރަން

    ﷲ މީނާ ހިތްޕަވާނެ. يا الله މިގައުމު މިފަދަ ނުލަފާ މީހުންގެ ޝައިތޯނީ އަމަލްތަކުން

    އިބަމީންގެ މިގައުމު ސަލާމަތް ކޮށްދެއްވާށ

    ސުވ

    46
    1
  11. އަހްމަދު

    ކޮބާތޯ ކޭބަލް ކާރު ޕްރޮޖެކަޓް؟

    27
  12. ކޮރަލް

    ކެސިނޯ ނޫން ވާހަކަ އެއް ނުދައްކަ އެވެ. ކެސިނޯ ހަދަން ސަރުކާރައް 10 ޕަސެންޓް ވެސް ދީ ފި އެވެ.

    28
  13. އަލީ

    ސަރުކާރުގެ ބަހެއްލިބިދާނެތޯ މިކަމާ؟

    17
    1
  14. ނަގޫރޯޅި

    ތި ބުނާ ތަނެއް އަޅަން މަދުވެގެން 6ކަ މަސް ނަގާނެ. މިލިޔަނުން ޑޮލަރުވެސް އަރާނެ،
    މަތިން ގަޑިޖެހުނީމާ ބުއްލަބޭއަކައް 67 ރަބަރު ސްޓޭމްޕަށް އަދި ކައިރި އައުވާނުންނައް އަތެއް ފަޔެއް ހަލުވާވެސް ނުލެވޭނޭ. މަތިންގަޑި ޖެއްސެވިމާ ތިހުރިހާ އެއްޗެއް ގަރަގުވާން ފަޅި ސިކުންތުވެސް ނުނަގާނެ. ﷲގެ ނިޔާ ގައުމު ލޫޓުވަމުންދާ ވަގުންނައްވެސް ނޭގޭނެ.

    24
  15. އަޒްލިފާ

    ޖާބިރު މައި ލަވް....

    4
    22
  16. ކޮމެންޓީ

    މިކަހަލަ ލާދީނީ މީހުން ޕްރޮމޯރޓް ނުކޮށްބަލަ

    33
    1
  17. ނާޒުކު

    ކެސިނޯ ޖާބެ. ދިޔާނާ ވަރިކޮއްފަ ކެސިނޯއަކާ އިންނަށް ވީނު ﷲ ހަރާންކުރެއްވި ކަންތަން ކުރަމަށް ހާދަ ފޯރި އެބަހުއްޓޭ. ޖާބެ އަށް އިގޭތަ ތިޔާކިޔޭ ލަވައެއް. މުދަލަކީ ﷲގެ އެއްޗެއް. އެ ހެޔޮގޮތުގައި ބޭނުންކުރުމަށް ﷲ ވަނީ އަންގަވާފަ. ކެސިނޯ ކުޅުވައިގެން ލިބޭ ފައިސާ އެއީ ހަރާމް އެއްޗެއް.

    12
  18. ދިވެހި ރައްޔިތެއް.

    އޭ މިހިރަ ނިކަމެތި އިންސާނާ! ތިބާ ﷲ އަށް ބިރުވެތި ނުވަނީތަ؟ ތިބާއަށް ތަނަވަސްކަމާ ގިނަގުނަ ނިޢުމަތްތައް ﷲދެއްވާފައި އެވަނީ މި ދުނިޔޭގއި އެ ނިޢުމަތްތަކުގެ ބޭނުން ހިފައި އެއިން ތިބާ ހޭދަކުރާގޮތެއް ﷲ އިމްތިޙާނުކުރެއްވުމަށްޓަކައިކަން ހަނދާންނެތުނީތަ؟
    ފުރަތަމަވެސް ތިޔަ ގަދަބަސް ބުނެލަނީ ﷲ ނަހީކުރައްވާފައިވާ ކަމެއް ކުރާނެ ކަމުގެޚަބަރުން. "ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ކަސިނޯ " އަޅާނަމޭ؟ މިހާރު މި ޤައުމުގައި ޖުވާކުޅުން ހުއްދަވީތަ؟ މާތް ﷲ ކަނޑުއަޑީގެ ރީތި ކަމާ މަސްމަހާމެހީގެ ނިޢުމަތް ލެއްވިފަދައިން އެ ކަނޑު ހެއްދެވި ﷲއަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ކުފުރުވެރިވާނަމަ އެކަނޑުގެ އަޑިއަށް ތިބާ ޣަރަޤު ކުރެއްވުންވެސް ދުރުވެގެންނުވޭ.
    އަވަހަށް ތައުބާވޭ.

    18
  19. މާލެ ބޭބެ

    ކޮސް އެމްޕީ.. ރާއްޖޭގެ ސަރަހައްދަކީ ކަނޑު އަޑި އާއި ޖައްވާއި ވަށައިގެންވާ 200 މޭލުގެ ރޭޑިއަސް... ހޭހޭ...ޤާނޫނު ބަދަލް ކުރަންޖެހޭނީ.... ނުކުރެވޭނެ ނޭޅޭނެ
    އިންޝާ ﷲ

    16
  20. ޢަލީ

    ތިރަށް ޖާބިރުހިމެނޭ ކުންފުންޏަކަށް ލިބުނީ ސީއެސްއާރ ގެ ދަށުން ކޮންމެވެސް ކަމެއް ކުރަންޖެހޭ ގޮތަށް މިހާރު އެކަން ނިމުނީތޯ؟ އެކަން ބަލައިދިނުމަށް އޭސީސީއަށް ގޮވާލަން

  21. ތަޚާނުގެ ޢަލިދީދީ.

    މީނާ ހައްޔަރުކުރޭ.

  22. ލޮލީ

    ކަލޯ ހާދަ ވަރަކަށް ތިޔަހެރަ މުދަލާގެން
    ކިހާ ދުވަހަކު ދިރި ހުންނާނަންތޯ ؟

  23. ނޮޅިފިސް

    މީނަ ލާދީނީ މީހަކަށް ނުވާނެތޯ؟ ހަލާލު ޓޫރިޒަމްގަ ކެސީނޯ ހުއްދަވަނީބާ.

    6
    1
  24. ޞަބީ

    ޖާބިރަށް ﷲ ގެ ކޯފާއެއް އައިސްދާނެ މިހަރު މާ މައްޗަށް ތިދަނީ

    5
    1
  25. ޔޫސުފް

    ދިވެހިން މިއީ މަޖާ ބައެއް. ޖުވާ ކުޅުމަކީ ހަރާމް ކަމެއް. އެކަމް ކޮންމެ އާއިލާއެއްގަ ގުނާލަންވި ކިތައް މީހުންބާ ތިބީ ރިސޯޓުތަކުގަ ރާ އުފުއްލަން. ނޫނީ ކުފުރުގެ ބޮޑު އީދު ކަމަށްވާ ކްރިސްމަސް ގަ ބައިވެރިވާ. ޖުވާ އަކީ ހަރާމް ކަމެއް. ފަލަކީ ވެސް ހަރާމް އެއްޗެއް. އަދި ކްރިސްމަސް އަކީ ކުފުރު.

    1
    3
    • ޔޫނުސް

      ރިސޯޓު ތަކުގަ ރާ އުފުލަނީ އަމިއްލަ މަސައްކަތުން އާމުދަނީ ލިބޭ ގޮތަށް މީހަކަށް އުނދަގުލެއް ނުކޮށް، ޖުވާ އެއީ މުޅި އާއިލާ ބަނގުރޫޓުވާ ވަރުގެ ކަމެއް ، ތި ހަމަ މޮޔައެއް

  26. ޤާދިރު

    މާތް ﷲ ޖާބިރުގެ ތި އުއްމީދު ހާސިލް ނުކުރައްވާށި!

    10
    • ބީވާ

      އާމީން

  27. އާއްމު ރައްޔިތުންގެ ޕާޓީ

    ކެސީނޯ އަޅާކަށް ހުއްދައެއް ނުލިބޭނެ. އަދި ވިޔަފާރިވެރިން ބިންތައް ހިފަހައްޓައިގެން ތިބުން ވެސް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓުވާނަން.

  28. ގާބުރި

    ބޮޑު މޮހޮރާގައި އެންމެފުރަތަމަ ދުނިޔޭގެ ފުއްޓަރުމަތީ ހަދާ ނެރު ކަނޑާނަން- ގާބުރި-
    ދިވެހިން: ވާއު ސަޅި.

  29. ބީވާ

    މި ވެރިކަން އޮތިއްޔާ ހުއްދަ ދޭނެ.

  30. ޒާ

    ޖާބިރު ޖެހޭނީ މޮޔަވާން. ހިލާ މިރާއްޖޭގައި ކެސިނޯ އެޅިޔަނުދޭނަން.