އާއްމުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ފަސް ފަރާތަކުން އެ މަގާމަށް ކުރިމަތިލައިފިއެވެ.

މި މަގާމަށް މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އިއުލާން ކުރިއެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކޮންމެ ފަހަރަކުވެސް އަލުން އިއުލާން ކުރަނީއެވެ. ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަސް ފަރާތެއް ކަމަށެވެ.

ޖޭއެސްސީއަށް ކުރިމަތިލެއްވި ފަސް ބޭފުޅުން:

  • އާމިނަތު އުއްމުކުލްސޫމް މޫންލައިޓް ހައުސް / ސ. މަރަދޫ
  • އަލީ މުހައްމަދު މަނިކު ދަފްތަރު ރ.ސ 1151
  • އާދަމް މިގްދާދް ހ. ރޯޒްމެރީ
  • އަހްމަދު މިޒްމާދް މއ. ލޫބީން
  • އަހްމަދު ނަސީރު އާބާދުވިލާ / ސ. މީދޫ

މި ފަސް ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްޓަކައި ޖުޑީޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ކޮމެޓީން އެ މަސައްކަތް ވަރަށް އަވަހަށް ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.