ފުރާނަ ހުރިހާ ހިނދަކު އައްޑޫ ސިޓީގައި ދީނާ ޚިލާފް ކަމެއް ކުރަން ފުރުސަތު ނުދެއްވާނެ ކަމަށާ، އިސްލާމް ދީނާިއ ބީރައްޓެހި އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިސްލާމް ދީން ހިމާޔަތް ކުރުމަށް ކުރައްވާނެ މަސައްކަތްތަކާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން، ލަތީފް ވިދާޅުވީ، ފަހަކަށް އައިސް އިސްލާމް ދީނާއި ފުށު އަރާ ކަންކަމަށް، ފުރުސަތުދީ ދީނާއި ޚިލާފް ވާހަކަދެއްކުމަކީ އާއްމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބުދު ބެހެއްޓި ކަމަށާއި، އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވަނީ މިއަދު އޭނާގެ ކެމްޕެއިނަށް ދޮރުން ދޮރަށް ހަރަކާތްތައް ފައްޓަވާފައެވެ.

އައްޑޫގެ މޭޔަރު ކަން ލިބިއްޖެ ނަމަ، 100 ދުވަސް ތެރޭގައި ފުއްދެވުމަށް، ގިނަ ވައުދުތަކެއް ލަތީފް ވެވަޑައިގެންނެވިއެވެ.

ކާނިވާ ސަރަހައްދުގައި ޕީޕިއެމްއިން ކުރިއަށް ގެންދިޔަ، "މަގޭ ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ މޭޔަރުކަމަށް ހޮވިޑައިގެންފި ނަމަ 100 ދުވަހުގެ ތެރޭގައި އައްޑޫސިޓީގެ ހުޅުދޫ މީދޫގެ ސިއްހީ މަރުކަޒުގައި ސްކްރީން ކުރުމާއި އެކްސްރޭގެ ޚިދުމަތް ދެވޭނެ މަގު ފަހިކުރައްވާނެ ކަމަށެވެ.

އަދި އެ ސިޓީގެ ހުރިހާ ރަށެއްގައި ގެސްޓް ހައުސް އެޅުމުގެ ހުއްދަ ދެއްވުމާއި، ވިޔަފާރިވެރިންނަށް ބިންދޫކުރުމާއި ގެދޮރު އިމާރާތް ކުރުމަށް ބިން ދިނުމުގެ މަަސައްކަތް ވެސް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެސިޓީގެ އަތިރިމަތި ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަމަނަމަ

  ސާބަހޭ ލަތީފް ދަރިންނޭ ފަރަންޖީން ނަށްބައިއަތު ހިފާއެމްޑީޕީގެ ލާދީނީ ގުންޑާއިނަ ވޯޓުނުދޭތި ނަމަނަމަ އެބައިގަނޑަ ށްދެވޭވޯޓަކީ އިސްލާމް ދީނާދެކޮޅަށް ދެވޭވޯޓެ

  23
  4
 2. އަލިބެ

  ތިހެންވީޔާ ފުރާނަ ނެތް ވަގުތުތައް އަންނާނެ

  7
  4
 3. ައޮފްބެ

  ފުރަތަމަ 5 ވަގުތު ނަމާދު ކުރެވޭތޯ ބާލާބަލަ، ދީނޭ ނުކިޔަ!!!އިސްލާމް ދީނާިއ ބީރައްޓެހި މީހެއްމީ

  4
  7
 4. ާއަހުމަދު

  އިންޑިއާ ސިފައިން އައްޑޫން ބޭރަކޮއް ދޭހެތި

  13
  1
 5. މުހައްމަދު ބިން އިއްލެ

  ކޮންކަމެއް ކޮއްދެވޭނީ ކުރިން ހުވާކުރީ އައްޑޫގައި ވޮލީ ކުރިއަރުވަން އައިސް އައްޑޫއިން ވޮލީ ނައްތާލީ.މިފަރު އައްޑޫގައި އިސްލާމް ދީން ކުރިއަރުވަން ށޯ..މޮޅު މީހެއް ތީ. ދެމީދާ ފެހި ބުޅަލައް ވީވަރު ވެސް ނުވިއްޔާ ރަގަޅު. ވަރަށް ސަލާން ލަތީފައް

  1
  3
 6. ސަދސަ

  އަހރެންގެ ވޯޓް ލިބޭނީ އިންޑިއާ މިލިޓަރީ ބޭސްގެ ފުލް ކޮންޓްރޯލް ދިވެހި ސަރުކާރަށް ނުވަތަ ކައުންސިލް ދަށަށްގެނެސް އިންޑިޔާ މިލިޓަރީ މީހުން ފައްސާލާނެ ހިތްވަރު ދައްކާ މީހަކަށް.