ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގދ. އަތޮޅުގެ ހުރިހާ ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
ނަޝީދު ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައި ވަނީ މިއަދެވެ.
އެމްޑީޕީގެ ތަރުޖަމާނު އަދި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ ކެމްޕެއިން ހަރަކާތުގައި ގދ. އަތޮޅުގެ ރަށްތަކުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ނަޝީދުގެ ދަތުރުފުޅުގައި ދޮރުން ދޮރަށް ހިންގަވައި ޖަލްސާތައް ވެސް ބާއްވަވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.
އަފްޝަން ވަނީ ގދ.އަތޮޅުގެ ވީހާވެސް ގިނަ މީހުން މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި މިރޭ ގދ. ގައްދޫ ހަރުގޭގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ.
އެއްވެސް ރަށަ ކަށް އެ ލާދީނީ ނަޝީދު ނާރުވާތި.
ލާދީނީ މީހުންނައް ދިވެހިރާއްޖޭގެ ހުރިހާކަންކޮޅު ތަކުން ނޫނެކޭބުނޭ އަދި އެމްޑީޕީއައް ވޯޓުނުދެއްވާ
ރަށްރަށުން މީނާއާ ދެކޮޅަށް ނުކުންނަންވެއްޖެ. ބޮޑުއިބިލީސް އަޑީގަ ހުރެގެން އޭނާގެ އއކުވެެި އަނދުން ހުސޭނު ލައްވާ ރާއްޖެތެރޭމީހުނަށް ފުރައްސާރަ ކުރަނީ
ހުވަދު އަތޮޅުގެ ލޮބުވެތި މުސްލިމުންނާއި އަޙުންނާ އުޙްތުންނަށް މިގައުމުގާ ސެކިއުލާ އިސްލާމްލަދީނާ ދެކޮޅަށް މަސައްކަތް ކުރަމުންދާ މީހުނނަކީ އމޑޕ ގެ ފިކުރުގަ ތިބި އމޑޕ މީހުންކަން މިއަދު ރައްޔޮތުން ވިސްނާލަން ޖެހޭކަމެއް ހެޔޮނުވާނެ ﷲ ރަސޫލާ އަށްޓަކާ މިބައިމީހުންގެ މަކަރު ވެރިކަމުން ސަލާމަތްވޭ ނަސީދުމެން ނަކީ ސީދަ އިސްލާމްދީނާ ދުރުވިސްނުން ގެންގުޅޭ މީހުނަށް އެފަދަ މީހުންނަށް ހިމާޔައްދީ އެމިހުން ގެ ދިފާއުގަ ބަސްބުނާ މީހެއް ނަސީދަށް ވާގިވެރިވާ ކޮންމެމީހަކީ ލާދީނިއްޔަތު ފެތުރުމަށް އެހީވެދޭމީހެއް
އިންޑިޔާގައި އުޅެފައި އެތައް ތަނެއގައި އެނބުރިފައި އައިސް މުގުނީ ބުނި ކަންތައް ކުރެވޭތޯ ބަލަންތަ ހުރިހާ ރަށަކަށް މި ކަލޭގެ އަރަނީ.